މާދަމާއިން ފެށިގެން ވެމްކޯއިން ކުނި ނަގާނީ ވަކި އެޕާޓްމަންޓުތަކުން ކަމަށް އެކުންފުނިން ހަނދުމަކޮށްދީފިއެވެ.

ވެމްކޯއިން މިމަހުގެ ކުރީ ކޮޅު ނެރުނު ބަޔާނެއްގައި ބުނީ، މާދަމާއިން ފެށިގެން އެ ކުންފުނިން ކުނި ނަގާނީ ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަނި ކަމަށެވެ. އަދި ވަކި އެޕާޓްމަންޓުތަކުން ކުނި ނަގަން ފެށީ އާއްމުންގެ އެދުމުގެ މަތިން ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި ބަދަލާއެކު މާދަމާއިން ފެށިގެން މަގުމައްޗަށް ކުނި ނެރުން މަނާ ވާނެއެވެ.

ވެމްކޯއިން ކުނި ނަގާ ވަގުތުތައް

- މާލެ: ހަވީރު 6:00ން ރޭގަނޑު 11:00އަށް

ވިލިމާލެ: ރޭގަނޑު 8:00-11:00 އަށް

- ހުޅުމާލެ: ރޭގަނޑު 8:00-11:00 އަށް

ވެމްކޯ ސައިޓަށް ކުނި އުކާލަން ދޫކޮށްފައިވާ ޑީ ކާޑުގެ ހިދުމަތްވެސް މާދަމާއިން ފެށިގެން މެދުކަނޑާލާނެއެވެ. އެހެންކަމުން ޑީ ކާޑު ގެންގުޅޭ ކަސްޓަމަރުން ދެން ޖެހޭނީ ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓްރީވާށެވެ.

ކުނި ނަގާ އުސޫލަށް ގެނައި މިބަދަލާއެކު އެ ހިދުމަތް ފޯރުކޮށްދޭނީ ރަޖިސްޓްރީކޮށްފައިވާ ގެތަކުގެ ތެރެއިން ފާއިތުވި ތިން މަސް ދުވަސް ނޫން އެހެން ހުރިހާ މަހެއްގެ ފީ ދައްކާފައިވާ ގެތަކަށެވެ.