މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެމްޑީޕީ ކުޅުދުއްފުށީ ސިޓީގެ ރައީސްކަން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ކާމިޔާބު ކުރައްވައިފިއެވެ. މިއަދު ކުރިއަށް ދިޔަ އިންތިޚާބުގައި އެމްޑީޕީ ކުޅުދުއްފުށީ ސިޓީގެ ރައީސްކަމަށް މޭޔަރު އާތިފްއާއި ވާދަކުރެއްވީ ހުސައިން މުހައްމަދެވެ. އެމްޑީޕީ ކުޅުދުއްފުށީ ސިޓީގެ ރައީސްކަން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ކާމިޔާބު ކުރެއްވިއިރު މާލޭ ސިޓީގެ ރައީސްކަން ކާމިޔާބު ކުރެއްވީ މާލޭ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދެވެ. އެމްޑީޕ...
އަލީ އާދިލް
ކުރިއަށް އޮތް 36 ގަޑިއިރު، ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން އިލްތިމާސްކޮށްފިއެވެ. ރާއްޖޭގެ މޫސާމާބެހޭ މައި އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނީ ކުރިއަށް އޮތް 36 ގަޑިއިރު، ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މިގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ޢާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭކަމަށް އެ އިދާ...
ޔުމްނާ ޢަލީ
ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދެމުންދިޔަ ކޯވިޑް ބަލީގެ މީހެއް ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ އުމުރުން 80 އަހަރުގެ ދިވެއްސެކެވެ. އޭނާ ނިޔާވީ މިއަދު މެންދުރުފަހު 2:30 ގައެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 231 ވަނަ މީހާއެވެ. ކޯވިޑް ބަލީގައި އިއްޔެވެސް ވަނީ ރާއްޖެއިން މީހަކު ނިޔާވެފައެވެ. އެއީ 46 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ […]
ޙުސައިން ޝަހުދީ
ހުންއައިސް، ރޯގާ ޖެހިގެން ފަރުވާ ހޯދަން އަންނަ މީހުން ޑޮކްޓަރަށް ދައްކަން ހާއްސަކޮށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ. އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ އެ ފްލޫ ކްލިނިކުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:30 އިން ރޭގަނޑު 10:00އަށް ހިދުމަތް ދޭނެ ކަމަށެވެ. އެތަން ހުޅުވާފައި ހުރީ އެފްއޭއެމްގެ ކުރީގެ އިމާރާތުގައެވެ. އެ ހޮސްޕިޓަލުން ބުނީ ކޯވިޑް-19ގެ އަލާމާތްތައް ކަމުގައިވާ ހުމާއި ރޯގާ އަދި ކެއްސުމުގެ އަލާމާތެއް ހުރި މީހަކު ހޮސްޕިޓަލަށް [...
ޝިއުނާ އާދަމް
ސިފައިންގެ ތަމްރީނަށް ރާއްޖެއިން ބޭރުގައި ހުރި އެމްއެންޑީއެފް އޮފިސަރަކު ނިޔާވެއްޖެއެވެ. އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި ނިޔާވީ އިންޑިއާ ޕޫނޭގައި ހުންނަ ނެޝެނަލް ޑިފެންސް އެކެޑަމީގައި އޮފިސަރ ކެޑޭޓް ތަމްރީން ހަދަމުންދިޔަ އޮފިސަރެކެވެ. ނިޔާވެފައި ވަނީ އުމުރުން 22 އަހަރުގެ ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމްއެވެ. އެއީ އއ. ހިމަންދޫއަށް ނިސްބަތްވާ އޮފިސަރެކެވެ. ސުލްތާން ނިޔާވީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސަރ ކެޑޭޓް ތަމްރީނު ހަރަކާތުގައި އުޅެނިކޮށް މިއަދު މެންދުރުފަހުއެވެ...
ޝިއުނާ އާދަމް
މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ބޮން ގޮއްވާލި އަދުހަމް އަހުމަދުގެ މައްޗަށް ކުރާ މުޅި ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފިއެވެ. ޕީޖީ އޮފީހުން ބުނީ އޭނާގެ ޝަރީއަތް ސިއްރުކުރަން ކޯޓުން ނިންމީ އެ މައްސަލާގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ބޭރުވެދާނެ ކަމުގެ ފުރުސަތު އޮތުމާއި އެކު ޝަރީއަތް ސިއްރުކޮށްދިނުމަށް އަދުހަމް އެދިގެން ކަމަށެވެ. އަދުހަމްގެ ޝަރީއަތް ސިއްރުކުރަން ނިންމި ނަމަވެސް އޭނާއަށް […]
ޝިއުނާ އާދަމް
ލ. އިސްދޫ އިން ހޭންޑް ގްރެނޭޑެއް ހޮވި ކަމަށް ބުނާ ވާހަކަތައް އެމްއެންޑީއެފް އިން ދޮގުކޮށްފިއެވެ. ލ. އިސްދޫއިން ކުޑަކުއްޖަކު މަގުމަތިން ހޭންޑް ގްރެނޭޑެއް ހޮވާފައިވާ ކަމަށާއި، އޭތި އެމްއެންޑީއެފް އިން ނަގާފައިވާ ކަމަށް ބުނެ އަޑު ފެތުރިފައިވެއެވެ. އެމްއެންޑީއެފް އިން ބުނީ އެއީ އަތުބޮމެއް ނޫން ކަމަށެވެ. އަދި އެއީ ހޭންޑް ގްރެނޭޑެއް ގޮތަށް ފަރުމާކޮށްފައި އޮތް ގޭސް ލައިޓަރެއް ކަމަށެވެ. އެއީ އެއްވެސް ނުރައްކަލެއް ނެތް އެއްޗެއް ކަމަށް ވެސް ބުންޏެވެ. އެމްއެންޑީއެފް އިން […]
ޝިއުނާ އާދަމް
ކޯވިޑް-19ގެ ސަބަބުން އަރާ ފޭބުން މަނާކޮށްފައި އޮތް ށ. މިލަންދޫ އާންމު ހާލަތަށް ގެނެސްފިއެވެ. މިލަންދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް އާންމު ހާލަތަށް ގެނައީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި މިވަގުތު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 50އަށް ވުރެ ދަށްވެފައިވާ ކަމަށާއި، އެއީ މުޅިންވެސް ކުރީގެ ކޭސްތަކާއި ގުޅުންހުރި މީހުންކަމަށް އޭނާ ވިދާޅުވިއެވެ. މިލަންދޫ މޮނިޓަރިން ހާލަތުން ވީއްލާފައި ވަނީ ރަށުގައި ބަލި ފެތުރިފައިވާ […...
ޙުސައިން ޝަހުދީ
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ދ. އަޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު މެންދުރުފަހު 14:45 އިން ފެށިގެން އިރުއޮއްސި 18:45 އާއި […]
ޔުމްނާ ޢަލީ
ހޮޅުއަށްޓަކީ މީހުން އިށީއިނުމަށްޓަކައި ކަށިކެޔޮ ހޮޅުން ނުވަތަ ރުއް ފަޅައިގެން ބޭރުގައި އަޅާފައި ހުންނަ އައްޓަށް ކިޔާނަމެކެވެ. މިއީ ދިވެހިންގެ ދިރިއުޅުމާއި ދާދި މިދާކަށް ދުވަހާއި ޖެހެންދެން ވެސް ގުޅިލާމެހިފައިވާ މުހިންމު ތަނެކެވެ. ހާއްސަކޮށް ރާއްޖެތެރޭގެ ދިރިއުޅުމުގެ ބައިވެރިއެކެވެ. މި ލިޔުމުގައި ހޮޅުއަށީގެ އެކިއެކި ބައިބައިގެ މަޢުލޫމާތު ތަފުސީލުކޮށް ގެނެވިފައި ވާނެއެވެ. ލިޔުމުގައި ބަޔާންކުރެވިފައިވާ ބައިތަކުގެ ނަންތައް ރާއްޖޭގެ އެކިއެކި ހިސާބުގައި ބޭނުން ކުރުމުގައި ތަފާތުތަކެއް ހުރުމަކީ އެކަށީގެ...
އިބްރާހިމް ޚަލީލް
ރާއްޖޭގެ ރަށަތައް ފެރީގެ ނިޒާމަކުން ގުޅުވާލުމަށް ޕްލޭނިން މިނިސްޓްރީއާއި އެމްޓީސީސީ ގުޅިގެން ފެށި ފެރީ ނެޓްވޯކުގެ ފުރަތަމަ ލޯންޗު ފެރީ ބާލައިފިއެވެ. މި ފެރީ ބަލައިފައިވަނީ މިއަދު އެމްޓީސީސީ ބޯޓުޔާޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ލޯންޗު ފެރީ މޫދަށް ބޭލުމުގެ ވީޑިއޯއެއް ހިއްސާ ކުރައްވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވައުދުފުޅު ފުއްދެވުމަށް އެ ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕްލޭނިން މިނިސ...
އަޙްމަދު ވަހީދު
މިއުޒިކް އާރޓް ތެރަޕީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯރ ޓްރެއިނިނގް އެންޑް ރިސާޗް (ޔުނިޓާރ)އާއި، ގްލޯބަލް ފައުންޑޭޝަން ފޯރ ޕަރފޯމިންގ އާރޓްސް (ޖީ.އެފް.ޕީ.އޭ.)ގެ އިސްވެރިންނާ މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާކުރައްވާފައި ވަނީ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ޔުނިޓާރގެ ނިއުޔޯކް އޮފީހުގެ ހެޑް، ހިޒް އެކްސެލަންސީ މާރކޯ ސުއާޒޯ އާއި، ޖީ.އެފް.ޕީ.އޭ.ގެ އެގްޒެކެޓިވް ޑިރެކްޓަރ މިސް ލޫސިއާ ޖޭ. ގުއޯ އާއި، ޖ...
ޔުމްނާ ޢަލީ
އޭސިއާ ފައުންޑޭޝަން މޯލްޑިވްސްގެ އެހީތެރިކަމާއެކު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ހިންގުން ހަރުދަނާ ކުރުމުގެ ޕްރޮޖެކްޓެއް ފަށައިފިއެވެ. މިއީ އޭސިއާ ފައުންޑޭޝަން މޯލްޑިވްސްގެ ފަރާތުން ރާއްޖޭގައި ހިންގަމުން އަންނަ މަދަނީ ޖަމްޢިއްޔާތައް ބާރުވެރި ކުރުވައި އެ ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ސަޕޯޓިން ރީޖަނަލް ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން އިން ދަ މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ރ...
އިބްރާހިމް ޚަލީލް
ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ހައްގުތައް ހޯދައި ދިނުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ކުރާ މަސައްކަތަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އެ ޖަމިއްޔާއާއި ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)އާއި ދެމެދު ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޓީމްއިން ބުނީ މި އެއްބަސްވުމަކީ މަސައްކަތްތެރިންގެ ހައްގުތަށް ހޯދުމުގައި ދިމާވާ އެކިއެކި މައްސަލަތަކުގައި މަސައްކަތްތެރިންނަށް ޤާނޫނީ ލަފަޔާއި އެހީފޯރުކޮށްދިނުމުގ...
ޙުސައިން ޝަހުދީ
އަންނަ މަހުގެ އަށްވަނަ ދުވަހު އުރީދޫ މޯލްޑިވްސް އިން އައިފޯން 13 ގެ ފޯނުތައް ޕްރިއޯޑަރަށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި ފޯނުތައް ޕްރިއޯޑާ ކުރެވޭނީ އެ ކުންފުނީގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށެވެ. އިއްޔެ ދުނިޔޭގެ ބާޒާރަށް ނެރުނު އައިފޯނު 13ގެ ފޯނުތަކުގައި އެންމެ ބޮޑު ބަދަލެއް ފެންނާނީ ކެމެރާއިންނެވެ. އެގޮތުން އެހެން އައިފޯނުތަކާ އަޅާބަލާއިރު އާ އައިފޯނުތަކުގެ ވީޑިއޯ ކޮލިޓީ ވަރަށް ބޮޑަށަ ރަނގަޅުވާނެއެވެ. އައިފޯން […]
އަޙްމަދު ވަހީދު
ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތް ހދ. ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފިއެވެ. ނޮޅިވަރަމް މޮނިޓަރިން ހާލަތުން އާންމު ހާލަތަށް ގެނެސްފައި މިވަނީ އެރަށް އެ ހާލަތުގައި އޮންނަތާ 28 ދުވަސްފަހުންނެވެ. ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފައިވާކަން އެރަށަށް އަންގާފައިވާކަމަށް ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން” ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. މުސްތަފާ ވިދާޅުވިގޮތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް އާންމު ހާލަތަށް ގެނެސް...
ޙުސައިން ޝަހުދީ
ވަކި ވަޒީފާއެއް އަދާކުރަން މީހެއްގެ ގައިގަ ހުންނަން ޖެހޭނީ ކޮން ހުނަރުތަކެއް ކަން ބަލާ ، ވަޒީފާގައި ވަކި މުއްދަތަކަށް ދެމިތިބޭ މީހުންނަށް ރަސްމީ ތައުލީމީ ޕްރޮގްރާމެއްގައި ބައިވެރިނުވެ، އެމީހުންގެ ކިބައިގައި އެ ހުނަރުތައް ހުރިކަން ސާބިތުކޮށްދިނުމުން އެކަމަށް ސެޓިފިކެޓެއް ލިބޭނެ އުސޫލެއް ގާއިމްކޮށްފިއެވެ. ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މީހުން ބިނާކުރުމުގެ ކަންކަން ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއ...
ޝިއުނާ އާދަމް
މޫސުން ގޯސްވެ، ހއ އަތޮޅުން ފެށިގެން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ. މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވީ މެދުރާއްޖެތެރޭގެ އަތޮޅުތަކާއި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިރޭ މެންދަމު 03:30 އާ ހަމައަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ ކަމަށް މެޓް […]
އަލީ އާދިލް