ރާއްޖެއާއި ދުރުން ބޭ އޮފް ބެންގޯލުގެ ހުޅަނގުއުތުރުގައި އުފެދިފައިވާ ތޫފާނު “ގުލާބު” މިރޭގެ ވަގުތެއްގައި އިންޑިޔާގެ އިރުމަތީ އައްސޭރި ހުރަސްކުރާނެ ކަމަށް ލަފާކުރެވޭކަމަށް ރާއްޖޭގެ މުސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ބުނީ ރާއްޖެއާއި ދުރުން ބޭ އޮފް ބެންގޯލުގެ ހުޅަނގުއުތުރުގައި ވަނީ “ގުލާބު” ނަން ދީފައިވާ ތޫފާނެއް އުފެދިފައި ކަމަށެވެ. ތޫފާން “ގުލާބު” ހުޅަނގަށް ދަތުރުކޮށް، މިރޭގެ ވަގުތެއްގައި އިންޑިޔާގެ އިރުމަތީ އައްސޭރި...
ޙުސައިން ޝަހުދީ
އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ށ. ފުނަދޫ ދާއިރާގެ ރައީސްކަން އަޙްމަދު ޞަބްރީ ކާމިޔާބު ކުރައްވައިފި އެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ފުނަދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު ޞަބްރީގެ އިތުރުން 2 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ ޢަބްދުލްޙަންނާން ޙުސައިން އާއި މުހައްމަދު އަބްދުލް ސަލާމް އަދި އަހުމަދު ޒުމްރަތު އެވެ. ފުނަދޫ ދާއިރާގެ ނައިބް ރައީސްކަމަށް ކުރިމަތިލާފައިވަނީ 3 ފަރާތަކުންނެވެ. ނ...
އަލީ އާދިލް
އަޑިއަށްދިޔަ ސަފާރީގެ ބައެއް ތަކެތި އޮޔާ ދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑިއެފްއިން އިލްތިމާސް ކޮށްފިއެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވެ، މިއަދު 08:39 ހާއިރު ކ. ތިލަފުށީ ހުޅަނގުދެކުނުން 04 ނޯޓިކަލް މޭލުން “ހޭންޑީ ކްރޫޒާ” ނަމަކަށް ކިޔާ މި ސަފާރީ ވަނީ އަޑިއަށް ގޮސްފައެވެ. މި ސަފާރީގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. “މި ސަފާރީ އަޑިއަށް ދިއުމުގެ ސަބަބުން އޭގައި [...
ޔުމްނާ ޢަލީ
އިންޑިއާގައި އިއްޔެ ކުއްލި ގޮތަކަށް ނިޔާވި ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމް ނިޔާވުމުގެ ހިތާމާގައި އެމްއެންޑީއެފްއިން ހަމަހިމޭންކަމުގެ ސްކޫތެއް ގެނެސްފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި އެމްއެންޑީއެފްގެ ހުރިހާ ޔުނިޓްތަކާއި، އޭރިއާ ކޮމާންޑްތަކުގައި މިއަދު ބޭއްވި މާސްޓަރ ޕެރޭޑްގައި ވަނީ މި ސްކޫތު ގެނެސްފައެވެ. އިންޑިއާ ޕޫނޭގައި ހުންނަ ނެޝެނަލް ޑިފެންސް އެކެޑަމީގައި އޮފިސަރ ކެޑޭޓް ތަމްރީން ހަދަމުންދަނިކޮށް އިއްޔެ ކުއްލި ގޮތަކަށް ނިޔާވި އުމުރުން 22 އަހަރުގެ ޕްރައިވެޓް މުހައްމަދު ސުލ...
ޙުސައިން ޝަހުދީ
މިއަދު ހެނދުނު ބޮލިފުށި ކައިރިން މާލެ އަށް ދަތުރު ކުރަމުން ދިޔަ ސަފާރީއަކަށް ދިޔަވެ، އަޑިއަށް ގޮއްސި އެކަކު ނިޔާވެއްޖެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ “ހޭންޑީ ކްރޫޒާ” ނަމަކަށް ކިޔާ މި ސަފާރީ އަޑިއަށް ގޮސްފައިވަނީ ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ދިޔަވެގެން ކަމަށެވެ. މި ސަފާރީއަށް ދިޔަވާން ފެށީ ތިލަފުށީ ހުޅަނގު ދެކުނުން 4 ނޮޓިކަލް މޭލު ބޭރުންނެވެ. މި ސަފާރީގައި 17 މީހަކު ދަތުރުކުރަމުން ދިޔައެވެ. އެ މީހުން މިހާރު ވަނީ އެމްއެންޑީއެފް ކޯސްޓް ގާޑުގައި […]
އަޙްމަދު އަރުޝަމް
އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހދ. މަކުނުދޫ ދާއިރާގެ ރައީސްކަން އަހްމަދު މައުސޫމް ދިފާއުކުރައްވައިފި އެވެ. މިއީ މަކުނުދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު މައުސޫމް އިންތިހާބުވި 3 ވަނަ ފަހަރެވެ. މައުސޫމް ވާދަކޮށްފައިވަނީ މަނުޢުމާން އަޙްމަދު އާއެވެ. މައުސޫމް އަކީ އެމްޑީޕީގެ ފައުންޑަރ މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. މީގެ އިތުރުން މައުސޫމް އަންނަނީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސީ) ގެ ޗެއާމަންގެ މަގާމުވެސް...
އަލީ އާދިލް
އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. އިހަވަންދޫ ދާއިރާގެ ރައީސްކަން ބޮޑު ތަފާތަކުން މުހައްމަދު މިސްބާހު ކާމިޔާބު ކުރައްވައިފި އެވެ. މިސްބާހް މިމަޤާމް ކާމިޔާބުކޮށްފައިވަނީ ޢަބްދުﷲ ޙުސައިންއާއި ވާދަކޮށްގެންނެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުން މިސްބާހް 573 ވޯޓް ހޯދާފައިވާއިރު ޢަބްދުﷲ ޙުސައިން އަށް ލިބިފައިވަނީ 280 ވޯޓެވެ. މިދެ ކެނޑިޑޭޓުންގެ ވޯޓްގެ ފަރަގަކީ 293 ވޯޓެވެ. އިހަވަންދޫ ދާއިރާގައި 4 ވޮޓުފޮއްޓެއް ބަހައްޓާފައިވާއިރު ޖުމްލަ 6...
އަލީ އާދިލް
އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ށ. މިލަންދޫ ދާއިރާގެ ރައީސްކަން އަޙްމަދު ފާޒިރު ކާމިޔާބު ކުރައްވައިފި އެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި މިލަންދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު ފާޒިރުގެ އިތުރުން ވާދަކުރެއްވީ އަހްމަދު ނިޔާޒު އެވެ. އަޙްމަދު ފާޒިރު އިންތިހާބު ކާމިޔާބު ކޮށްފައިވަނީ ބޮޑު ތަފާތަކުންނެވެ. އެއީ 462 ވޯޓެވެ. އަހްމަދު ނިޔާޒުއަށް ލިބިފައިވަނީ 94 ވޯޓެވެ. ދާއިރާގެ ނައިބް ރައީސްކަމަށް [...
އަލީ އާދިލް
އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހދ. ނޮޅިވަރަމް ދާއިރާގެ ރައީސްކަން އަލީ އަބްދުލްރަހްމާން (ނާސާ އައްޔަ) ކާމިޔާބު ކުރައްވައިފި އެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ނޮޅިވަރަމް ދާއިރާގެ ރައީސްކަމަށް އަލީ އަބްދުލްރަހްމާންގެ އިތުރުން 5 ކެންޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ އަޙުމަދު އާތިފް، އަލީ ސަލީމް، އަޙްމަދު ނާޠިމް އަދި އަލީ އާރިފް އަހުލާމް ރުޝްދީ އެވެ. 88 ދޯދި / ށ.ކަނޑިތީމު އަޙުމަދު […]
އަލީ އާދިލް
އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ތަޤްރީރު ކުރައްވާފައި ވަނީ ސެޕްޓެންބަރު 21 ވަނަ ދުވަހު ދިވެހިންގެ މާދަރީ ބަސް، ދިވެހިބަހުންނެވެ. އެމަނިކުފާނުގެ ތަޤްރީރުގައި ކޮ...
އަލީ އާދިލް
އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. ބާރަށު ދާއިރާގެ ރައީސްކަން ނަޢުޝާދު އިބްރާހިމް ކާމިޔާބު ކުރައްވައިފި އެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ބާރަށު ދާއިރާގެ ރައީސްކަމަށް ނަޢުޝާދު އިބްރާހިމްގެ އިތުރުން 3 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ ޝިހާމް އަބްދުލްއަޒީޒް އާދަމް އާއި މުހައްމަދު އަބްދުލް ސަލާމް އަދި ދާޢޫދު އިބްރާހިމް އެވެ. ނަޢުޝާދު އިބްރާހިމް އަށް ލިބިފައިވަނީ 273 ވޯޓްއެވެ. ޝިހާމް […]
އަލީ އާދިލް
އިއްޔެ ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ގެއެއްގެ ސިޑިމައްޗަށަ ކުޑަކަމުދިޔައީ ހާއްސަ އެހީއަށް ބޭނުންވާ ވެމްކޯ މުވައްޒަފެއް ކަމަށްބުނެ އެ ކުންފުނިން މައާފަށް އެދިއްޖެއެވެ. ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ ވީޑިއޯއާ ގުޅިގެން މައްސަލަ ރައްދުވާ ކަސްޓަމަރާއި، މައްސަލަ ދިމާވި ގޭބިސީއަށް އެ ކޯޕަރޭޝަނުގެ މުވައްޒަފުން ޒިޔާރާތްކޮށް މައާފަށް އެދިފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށަ ހިދުމަތްތައް ބައްޓަން ކުރުމަށް ކުރަން ޖެހޭ ކަންކަން ކުދަމުން އަންނަ ކަމަށްވެސް އެ ކުންފ...
އަޙްމަދު ވަހީދު
އިންޑިއާ ޕޫނޭގައި ހުންނަ ނެޝެނަލް ޑިފެންސް އެކެޑަމީގައި އޮފިސަރ ކެޑޭޓް ތަމްރީން ހަދަމުންދަނިކޮށް އިއްޔެ ކުއްލި ގޮތަކަށް ނިޔާވި ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމްގެ މަރު ތަހުގީގުކުރުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ. އުމުރުން 22 އަހަރުގެ ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމަކީ އއ. ހިމަންދޫއަށް ނިސްބަތްވާ އޮފިސަރެކެވެ. 2018 އޭޕްރީލް 8 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިލެއްވި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން ފުރިހަމަ ކުރަމުންދިޔައީ 2021 މާރިޗް 1 އިން 2004 މާރިޗް 15 […]
އަލީ އާދިލް
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، މޫސުމާއި ބެހޭ ގައުމީ އިދާރާއިން އޮރެންޖް އެލާޓް ނެރެފައި ވާތީ އާއި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެދޭކަމަށެވެ. މިގޮތުން ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކު...
ޔުމްނާ ޢަލީ
ރާއްޖޭގެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރާގައި އިތުރަށް މޫސުން ގޯސްވެ، ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށް އޮރެންޖް އިންޒާރު ދީފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ނ. އަތޮޅުން ފެށިގެން ދ. އަޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖް އިންޒާރު ނެރެފައި ވަނީ މިއަދު މެންދުރުފަހު 10:00 […]
ޙުސައިން ޝަހުދީ
ސްޕެނިޝް ލަލީގާގައި ފުރަތަމަ ފަހަރަށް އެތުލެޓިކޯ މެޑްރިޑް ބަލިވިއިރު، ރެއާލް މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ވިޔަރެއާލްއާއި ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. މި ސީޒަންގައި ސްޕެނިޝް ލީގުގައި މިހާތަނަށް ރެއާލް ބަލިވެފައި ނުވާއިރު އެ ޓީމުން ވަނީ ލީގުގައި ފުރަތަމަ ކުޅުނު ހަ މެޗުގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. މިގޮތުން ހަ […]
އިބްރާހިމް ޚަލީލް
50 މޭލަށް ވައިގަދަވެ އުދައަރާނެކަމަށް ލަފާކޮށް، ތިލަދުންމަތިން ހައްދުންމައްޗަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވީ މެދުރާއްޖެތެރޭގެ އަތޮޅުތަކާއި އުތުރުގެ އަތޮޅުތަކުގެ އެކިހިސާބަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެކަމަށާއި މެންދުރު ފަހުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ޔެލޯ އެލާޓް ނެރެފައިވަނީ 7:20 އިން 11:30 އާއި ދެމެދުގެ ވަގުތު ތަކަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަ...
އިބްރާހިމް އަސްވާޤް
މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަތިއުތުރު ޕްރޮވިންސްގެ ރައީސްކަން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާޙީމް ވަހީދު ކާމިޔާބު ކުރައްވައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާޙީމް ވަހީދު އިންތިޚާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. މަތިއުތުރު ޕްރޮވިންސްގެ ރައީސްކަން އިބްރާޙީމް ވަހީދު ކާމިޔާބު ކުރެއްވިއިރު، ކުޅުދުއްފުށީ ސިޓީގެ ރައީސްކަން ކާމިޔާބު ކުރަށްވާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފްއެވެ. މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ...
އަލީ އާދިލް