ހުރިހާ ފޯނުތަކާއި އެހެން އިލެކްޓްރޯނިކްތަކުގައި ސީޕޮޓުގެ ޗާޖަރު ބޭނުން ކުރެވޭ ގޮތް މަޖުބޫރު ކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ބޮޑީއެއް ކަމަށްވާ ޔޫރަޕިއަން ކޮމިޝަނުން ނިންމައިފިއެވެ. އެ ޖަމިއްޔާ ހުށަހަޅާ މި ބަދަލާއެކު އެޕަލް ބްރޭންޑުތަކުގެ އުފެއްދުންތަކުގެ ޗާޖަރުތައް ވެސް ސީޕޮޓަށް ބަދަލު ކުރަން ޖެހޭނެއެވެ. މިހާރު އެޕަލް ނޫން އެހެން ހުރިހާ ބްރޭންޑުތަކުގެ ބައެއް އުފެއްދުންތަކުގައި ސީޕޮޓު ޗާޖަރު ބޭނުން ކުރެއެވެ. ޔޫރަޕިއަން ކޮމިޝަނުން ބުނިގޮތުގައި މިއީ އިސްރާފު ކުރުން މަދު ކުރުމަށް ގެންނަ ބަދަލެއް...
އަޙްމަދު ވަހީދު
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިސް މަގާމުތަކަށް ކުރިމަތިލި ބޭފުޅުންގެ ލިސްޓު އާންމުކޮށްފިއެވެ. އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ޕާޓިގެ އެތެރޭގެ އިންތިހާބަށް ވާދަކުރާ މެމްބަރުންގެ ލިސްޓު އެ ޕާޓީން އާންމުކޮށްފައިވާއިރު، އޭގެ ތެރެއިން ޕާޓީގެ ޒައީމް ކަމާއި، ރައީސް އަދި ނައިބުރައީސްގެ އިތުރުން ޒުވާނުންގެ ކައުންސިލްގެ ރައީސް، ނައިބުރައީސް އަދި އަންހެނުންގެ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ކަމަށް ކުރިމަތިލައްވ...
ޝިއުނާ އާދަމް
ދުނިޔެ ތަޖުރިބާކުރަމުންދާ ކޯވިޑް ބަލިމަޑުކަމުގެ އާލަމީ ވަބާއިން ހަނދާންކޮށްދެނީ މުޅި ދުނިޔެއަކީ އެއް އާއިލާއެއް ކަމަށާއި، އިންސާނީ ތަފާތުކުރުން ނައްތާލައި އެއްބައިވުމަށް ތުރުކީގެ ރައީސް، ރަޖަބް ތައްޔިބު އުރުދުޣާން ގޮވާލައްވައިފިއެވެ. އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުން ވެގެން ގޮސްފައި ވަނީ މިއީ ކޯވިޑް-19 އަށް ފަހު ދުނިޔޭގެ ވެރިން އެއްތަނަކުން ބައްދަލުވި ފުރަތަމަ ފަހަރަށެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް ގައުމުތަކުގެ ރައީސުންގެ ވާހަކަތަކުން އާންމު މަޖިލީހުގެ މާހައުލު ހަލަބޮ...
އަޒްފާ ރަޝީދު
މަސްދަރު ހާމަކުރުމަށް ބާރު އަޅައި، ސަރުކާރުގެ ފަރާތުން ހެއްކާއި ބެހޭ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭތީ، މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިގޮތުން އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ މަސްދަރު ހާމަކުރުމަށް ބާރު އަޅައި، ސަރުކާރުގެ ފަރާތުން ހެއްކާއި ބެހޭ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާ...
އަޒްފާ ރަޝީދު
ސްޕެނިޝް ލަލީގާގައި ބުރާސްފަތި ދުވަހުގެ ރޭ ކާޑިޒްއާއި ބާސެލޯނާ ބައްދަލުކުރި މެޗު އެއްވަރުވެ، ބާސާގެ ކޯޗުގެ މަޤާމުގައި މިވަގުތު ހުރި ކޫމަންއަށް އިތުރު ޕްރެޝަރާއި ކުރިމަތިލާން ޖެހިއްޖެއެވެ. ކާޑިޒްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މެޗު ކޮންޓްރޯލް ކޮށްގެން ބާސެލޯނާއިން ކުޅުނު ނަމަވެސް މުޅި ފުރަތަމަ ހާފުގައި ވެސް އެ ޓީމަށް ލަނޑުޖަހާނެ މާ ރަނގަޅު ފުރުޞަތެއް ތަނަވަސް ކުރެވިފައި ނުވެއެވެ. މެޗުގައި ބާސެލޯނާއަށް ލަނޑުޖަހާނެ […]
އިބްރާހިމް ޚަލީލް
ކޯވިޑް 19 ބަލީގައި ރާއްޖެއިން 46 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ. ހެލްތް ޕރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކޮށްފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ. ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 230 އަށް އަރާފައެވެ. ކޯވިޑް 19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި ދަށްވެފައިވާއިރު، މިބަލީގައި ރާއްޖެއިން މީހުން ނިޔާވަމުން އަންނަ މިންވަރުވެސް ދަށްވެފައިވާކަން އެޗް.ޕ...
އަޒްފާ ރަޝީދު
ދުނިޔޭގެ އެންމެ ބޮޑު ނިއުސް އެޖެންސީ ސީއެންއެން ގައި ރާއްޖޭގެ އިޝްތިހާރުތައް ދައްކަން އެއްބަސްވެއްޖެއެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ސީއެންއެން އިންޓަނޭޝަނަލް ކޮމާޝަލް އާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްއެމްޕީއާރުސީ އޮފީހުގައި މިމަހުގެ 20 ވަނަ ދުވަހުގައެވެ. މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދެވެ. އަދި ސީއެންއެންގެ ފަރާތުން ޑިރެކްޓަރ އޮފް ސޭލްސް އަބީޖީތް ދާރްއެވެ. މ...
އަޙްމަދު ވަހީދު
ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން މި އަހަރު ކުރިއަށްގެން ދިޔުމަށް ހަމަޖެހިފައިވާ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދެވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ކޮންމެ މަހަކު އެލަވެސްގެ ގޮތުގައި 5000ރ. ލިބޭނެއެެވެ. މިއީ އެމްޕީއެލްގެ އެކި ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް އެ ކުންފުނިން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމުގައި އުމުރުން 18 އަހަރުން ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އޯލެވެލް އާއި އޭލ...
އަޙްމަދު ވަހީދު
ތ. އަތޮޅުގެ ގާދިއްފުށްޓާއި ބުރުނީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫއުގެ ދަށުން ގާދިއްފުށީގެ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި 500 މީޓަރުގެ ރިވެޓްމަން...
އަޙްމަދު ވަހީދު
ށ. މިލަންދޫ މާކޯ ރައްދަނޑު އޮންނަ ސަރަހައްދަކީ ވަކި ސަރަހައްދެއްގެ ގޮތުގައި މިލަންދޫ ކައުންސިލުން ކަނޑައަޅައިފިއެވެ. މިކަން މިގޮތަށް ނިންމީ އެ ރުއްދަނޑަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާތީ އެކަން ހައްލު ކުރުމަށްޓަކައި އެރަށު ކައުންސިލްގެ 4 ވަނަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ. އަދި އެ ނިންމުމުގައި ވާގޮތުން މާކޯ ރުއްދަނޑު ވަކި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ އިން ކަނޑައެޅުމަށް ފަހު ބިޑް އުސޫލުން ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް […]
އަޙްމަދު އަރުޝަމް
ޖައްވު ނުސާފުވާ މިންވަރު އިތުރުވެ އޭގެ ނުރައްކާ ބޮޑުވެފައިވާކަމަށްބުނެ، އެއަރ ކޮލިޓީ ގައިޑްލައިންތައް ވަރުގަދަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ނިންމައިފިއެވެ. އެ ޖަމިއްޔާއިން އެއަރ ޕޮލިއުޝަން ގައިޑްލައިންއަށް 2005 ވަނަ އަހަރު ބަދަލު ގެނެސް ބުނެފައިވަނީ، ޖައްވު ނުސާފުވުމުގެ ސަބަބުން އަހަރަކު 7 މިލިއަނަށްވުރެ ގިނަ ކުދިން ދުވަސްނުފުރާ ވިހާކަމަށެވެ. އަދި ޖައްވު ތަޢައްޔަރުވުމުގެ މައްސަލައަކީ ދުނިޔޭގެ ސިއްހަތަށް ދިމާވެފައިވާ ތިމާވެއްޓާއި ގުޅުންހު...
އަޒްފާ ރަޝީދު
ކުވޭތަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް އެމަނިކުފާނު އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައި ކުވޭތުގެ ބޮޑުވަޒީރު ހިޒް ހައިނަސް ޝައިޚް ޞަބާޙް ޚާލިދު އަލް-ޙަމަދް އަލް-ޞަބާޙް އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އ.ދ. ގެ މައި އިދާރާގައި އިއްޔެ ކުރިއަށް ދިޔަ މި ބައްދަލ...
ހުސައިން ހަބީބް
އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމަށް ހުށަހަޅާފައިވާ ޒައިނިޒަމްއާއި ބެހޭ ޤަރާރާއި މެދު ހިތްހަމަނުޖެހިގެން އިޒްރާލާއި، އެމެރިކާ އެ ބައްދަލުވުން ދޫކޮށް ނުކުމެއްޖެއެވެ. އާންމު މަޖިލީހަށް ހުށަހަޅާފައިވާ ޒައިނިޒަމްއާއި ބެހޭ ޤަރާރާއި މެދު ހިތްހަމަނުޖެހިގެން އިޒްރާލާއި، އެމެރިކާ އާންމު މަޖިލީހުގެ ބައްދަލުވުން ދޫކޮށް ނިކުމެގެން ގޮސްފައިވާކަން އެސޯސިއޭޓް ޕްރެސް އޭ.ޕީ ނޫހާއި ހަވާލާދީ ބައިނަލްއަގްވާމީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފަވެއެވެ. އިޒްރޭލާއި، އެމެރިކާ ބުނެފައިވާގޮތުގައި ޒައިނިޒަމް ގަރާރ...
އަޒްފާ ރަޝީދު
ނޫސްވެރިންނަށް މުޒާހަރާތަކުގައި ވަމުންދާ އަނިޔާއާއި ގުޅޭ މަޝްވަރާތައް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ބައްދަލުކޮށްފިއެވެ. ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިއަދު ކުރިއަށްދިޔަ މިބައްދަލުވުމުގައި އެކޮމިޝަންގެ ފަރާތުން ވަނީ މުޒާހަރާތައް ކަވަރުކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންނަށް ދިމާވަމުން އަންނަ އެކި ކަހަލަ ދަތިތަކާއި، އަދި ފުލުހުން ބާރުގެ ބޭނުން ކުރާ ވަގުތުތަކުގައި ނޫސްވެރިންނަށް ލިބޭ އަނިޔާތަކާއި ބެހޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މަޝްވަރާކޮށްފައ...
އަޒްފާ ރަޝީދު
މ. ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލާފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަސައްކަތް ނިންމާލާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ ދަށުން، 77,831 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 227 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 193 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 130 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއ...
އަޙްމަދު ވަހީދު
ށ. ފުނަދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށު ކައުންސިލުން 2 މިިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްފިއެވެ. މި ބަޖެޓް ފާސްކޮށްފައިވަނީ ފުނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގައި ހުރި 4 ޖަނަރޭޓަރުގެ ތެރެއިން 1200 ވޯޓުގެ ޖަނަރޭޓަރު އަދި 800 ވޯޯޓުގެ ޖަނަރޭޓަރަށް ދިމާވި މައްސަލަތަކަކާއި ގުޅިގެން 24 ގަޑިއިރު މުޅިރަށަށް އެއްފަހާރާ ކަރަންޓު […]
އަޙްމަދު އަރުޝަމް
އިންޑިއާ އެގްޒިމް ބޭންކާއެކު 2 ލޯން އެއްބަސްވުމެއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން މިއަދު ސޮއިކޮށްފިއެވެ. މިއީ ފަހި ދިރިއުޅުން ކޯޕަރޭޝަންއިން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ 4000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށްޓަކައި ވެވުނު އެއްބަސްވުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މި ލޯން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ ވާޗުއަލްކޮށެވެ. މި ރަސްމިއްޔާތުގައި އެފްޑީސީއާއި އެގްޒިމް ބޭންކުގެ އިތުރުން އެކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި، ފައިނޭންސް މިނި...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގެ މަގުބައްތި ތަކަށް ދިމާވާ މައްސަލަތައް ކައުންސިލަށް ރިޕޯޓުކުރުން ފަސޭހަކުރުމުގެ ގޮތުން ޝަކުވާ ފޯމެއް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތައާރަފްކޮށްފިއެވެ. އެ ކައުންސިލުން މިއަދު ފޭސް ބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެއްވެސް މަގުބައްތިއެއްގެ މައްސަލަ ފާހަގަކުރެވިއްޖެނަމަ، އެ ފޯމް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމުށް އެދޭކަމަށެވެ. އަދި އެ މައްސަލައެއް ހިއްސާކުރުމުން، ވީއެންމެ އަވަހަކަށް އެމައްސަލައެއް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ކައުންސިލުން ވިދާޅުވެފަވެއެ...
އަޙްމަދު އަރުޝަމް