އަދާކުރާ ހިތްވާ ރަގަޅު އާމްދަނީ ލިބޭ ވަޒީފާތައް ދިވެހިންނަށް ފަހިކޮށް ދިނުމަކީ ލަނޑުދަޑިއެއްކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ، ފަތުރުވެރިކަން ކުރާ ތަންތަނުގެ ވެރިންނަށް ދިވެހިން ހެދުމަށް މަސައްކަތްކުރާނެކަމަށާއި، ރަގަޅު އާމްދަނީ ލިބޭ ވަޒީފާތަކަށް ދިވެހިން ގެންދިއުމަށް މަސައްކަތްތައްކުރަމުން އަންނަކަމަށެވެ. މިއަހަރުގެ ފަތުރުވެރިންގެ ދުވަހުގެ ޝިއާރަކީ “ޓުއަރިޒަމް ފޯރ އިންކްލޫސިވް...
އަޒްފާ ރަޝީދު
ހއ. އަތޮޅު ކައުންސިލްގެ ސިއްކަ ފަރުމާކުރުމަށް އާންމުންނަށް ހުޅުވާލައިފި އެވެ. އަދި ފަރުމާކުރާ ސިއްކަ ތަކުގެ ތެރެއިން 1 ވަނަ އަށް ހޮވޭ ފަރާތަކަށް -/5000 ރުފިޔާ ދޭން އެކައުންސިލުނެ ވަނީ ނިންމާފައެވެ. މިފުރުސަތު ހުޅުވާލާފައިވަނީ އިއްޔެ ހއ. އަތޮޅު ކައުންސިލުން ނެރުއްވި އިއުލާނެއްގައެވެ. މި އިއުލާނުގައި ވަނީ ސިއްކަ ފަރުމާކުރުމުގައި ހުންނަންވާނެ ޝަރުތުތައްވެސް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން، ސިއްކަ ހުންނަން ވާނީ އެ އިދާރާގެ ތީމު ކުލަކަމަށްވާ ‘ފެހި’ ކުލައިގަ ކަމަށާއި އެ ސިއްކައިން ހއ. އަތޮޅަށް […]
އަޙްމަދު އަރުޝަމް
ސާފް ޗެމްޕިއަންޝިޕުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީ ހަމަޖައްސައިފިއެވެ. އިއްޔެ ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ސޮއި ކުރެއްވި އިރު އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ. އެފްއޭއެ...
އަޙްމަދު ވަހީދު
ހއ. ދިއްދޫގައި ބިޒްނަސް ސެންޓަރުގެ ޚިދުމަތް ދޭން ފަށައިފި އެވެ. ހއ. އަތޮޅު ކައުންސިލުން ހާމަކުރެއްވި ގޮތުގައި މި ސެންޓަރުގެ މައިގަނޑު މަސައްކަތަކީ އެކި ގިންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވުމާއި، ވިޔަފާރި ކުރިއަށް ގެންގޮސް ދިނުމުގައި ފަންނީ އިރުޝާދު ދިނުމެވެ. ވިޔަފާރިއާ ގުޅުންހުރި ލޯން ނެގުމުގައި އެހީތެރިވުމާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގައި އެހީތެރިވުމާއި، ބިޒްނަސް ޕްލޭން، ބީއޯކިޔޫ ފަދަ ލިއުންތައް ތައްޔާރުކޮށް ދިނުން ހިމެނޭކަމަށްވެސް ހއ. އަތޮޅު ކައުންސިލުން ވިދާޅުވިއެވެ. މީގެ އިތުރުން...
އަޙްމަދު އަރުޝަމް
ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އެ އަތޮޅު މާރަންދޫގައި ކޮމިއުނިޓީ އައުޓް ރީޗް ޕްރޮގްރާމެއް ބާއްވައިފި އެވެ. އިހަވަންދޫގައި މަސައްކަތްކުރާ ފުލުހުންނާއި މާރަންދޫ ކައުންސިލް އިދާރާ އާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މާރަންދޫ މަމްސް ޖަމިއްޔާ ގުޅިގެން ބޭއްވުނު މި ޕްރޮގްރާމްތަށް ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެމްބަރ މަހުގެ 23 އިން 25 ވަނަ ދުވަހާ ހަމައަށެވެ. ފުލުހުން ވިދާޅުވީ މާރަންދޫގައި ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްތަކުގެ ތެރެއިން އެ ރަށު […]
އަޙްމަދު އަރުޝަމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ. އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޤްރީރު ކުރައްވާފައި ވަނީ ސެޕްޓެނ...
އަލީ އާދިލް
މިޝަން ފޯ މައިގްރަންޓް ވޯކާސްގެ ޑިޖިޓަލް ޕާރޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. އުރީދޫގެ އިޖުތިމާއީ ޒިންމާގެ ދަށުން މި ގާއިމްކުރެވުނު ޕާޓްނާޝިޕަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގެ ދިރިއުޅުން އިތުރަށް ފާގަތި ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުން ކަމަށް އެ ކުންފުނިން ބުންޏެވެ. އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މިޝަން ފޯ މައިގްރަންޓް ވޯކާސަ އަކީ މުހިންމު މަސައްކަތެއް ކުރާ ޖަމިއްޔާއެއް ކަމަށާއި އެ މަސައްކަތުގައި އެއްބާރުލުން ދޭނެ ކަމަށެވެ. އަދ...
އަޙްމަދު ވަހީދު
ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގައި ހަނިމާދޫ ދާއިރާގެ ރައީސްއަކަށް ޝާހިދު އާދަމް އިންތިޚާބު ވެއްޖެއެވެ. މި އިންތިޚާބުގައި ފިނޭއަށް ނިސްބަތްވާ ޝާހިދުއާއި ވާދަކުރެއްވީ ހަނިމާދޫއަށް ނިސްބަތްވާ އައްބާސް މުހައްމަދެވެ. އައްބާސްގެ މައްޗަށް ޝާހިދު ކުރި ހޯދީ 18 ވޯޓުގެ ތަފާތަކުންނެވެ. މިގޮތުން ޝާހިދުއަށް 195 ވޯޓު ލިބުނުއިރު އައްބާސްއަށް ލިބުނީ 177 ވޯޓެވެ. ދާއިރާގެ 4 ރަށުގެ ތެރެއިން 3 ރަށަކުން ޝާހިދު ކުރި ހޯދިއެވެ. އެއީ ފިނޭ، […]
އަލީ އާދިލް
ހއ. ކެލާގައި އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ‘އެންޒެޑް އެމާ ކެލާ އިންވިޓޭޝަން’ ވޮލީ މުބާރާތް ފަށަން ތައްޔާރުވެއްޖެ އެވެ. މި މުބާރަތަކީ ކެލާގައި ހުންނަ އެމާ ފިހާރަ އަދި ޖާރޒީ އާއި ބެނާ ފަދަ ތަކެތި ޕްރިންޓްކުރާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ އެންޒެޑް އާއި ގުޅިގެން އިންތިޒާމް ކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އަންހެން ވޮލީބޯޅަ މުބާރާތެކެވެ. ‘ތިލަދުން’ އަށް މައުލޫމާތުދެމުން ކެލާގައި ހުންނަ އެމާ ފިހާރަ ހިންގުމާއި ހަވާލުވެ ހުރި އަލީ ޒިޔާމް […]
އަޙްމަދު އަރުޝަމް
ހދ. ނޮޅިވަރަމް ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ގުރުއާން މުބާރާތް އަންނަ އޮކްޓޯބަރު މަހު ފަށަން އެކައުންސިލުން ނިންމައިފިއެވެ. މައިގަނޑު 2 ގޮތްޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ބަހާލެވިފައިވަނީ 6 އުމުރުފުރާ އަކަށެވެ. އޭގެތެރޭގައި 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި, 12 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރު ފުރައިގެ އިތުރުން 18 އަހަރުން މަތީގެ އުމުރު ފުރާ ހިމެނެއެވެ. އަދި މި މުބާރާތުގެ […]
އަޙްމަދު އަރުޝަމް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އުތުރުން ކުޅުދުއްފުށީ ސިޓީގެ އެކި ސަރަހައްދުތަކުގައި ރޭ ފެން ބޮޑުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެ ހިސާބުތަކުން ފެން ހިއްކުމަށާއި، އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް އެހީތެރިވުމަށް މޯލްޑިވިއަން ރެޑްކްރެސެންޓް ހދ. ބްރާންޗުން ހަރަކާތްތެވެފައިވާ ކަމަށް އެ ބްރާންޗުން ރޭ ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެފައި ވަނީ، އެ ސިޓީގައި އާދަޔާ ޚިލާފަށް ފެން ބޮޑުވެފައިވާ ކަމަށެވެ. އެހެނ...
ޔުމްނާ ޢަލީ
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި ކަނޑިތީމު ދާއިރާގެ ރައީސްކަމަށް އަމީން ފައިޞަލް އިންތިހާބު ވެއްޖެ އެވެ. ދާއިރާގެ ރައީސް ކަމަށް އަމީން ފައިސަލް އާއި ވާދަކުރެއްވީ ވާސިޢު އިމްދާދު އެވެ. އަމީން އަށް 544 ވޯޓް ލިބިފައިވާއިރު ވާސިޢުއަށް ލިބުނީ 223 ވޯޓެވެ. ދާއިރާގެ ނައިބު ރައީސްކަމަށް 2 ބޭފުޅަކު ވާދަކުރެއްވި އެވެ. އަހުމަދު ސުނީލް އަައި ވާދަކޮށް ކާމިޔާބު ކުރެއްވީ ޙުސައިން ނިހާދު އެވެ. އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ […]
އަލީ އާދިލް
އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. ހޯރަފުށީ ދާއިރާ އާއި ށ. ކޮމަންޑޫ ދާއިރާގައި ވޯޓުލާކަށް ނުޖެހުނެވެ. މިދެދާއިރާގައި ވޯޓުލާން ޖެހިފައިނުވަނީ މަގާމްތަކަށް ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓަކަށް ވުމުންނެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ހޯރަފުށީ ދާއިރާގެ ރައީސްކަމަށް ހޮވިފައިވަނީ އަރުޝަދު އަޝްރަފް އެވެ. ދާއިރާގެ ނައިބު ރައީސްކަމަށް ހުސައިން ޝާފިއު އަދި ސެކްރެޓަރީ އަކަށް އިބްރާހިމް ފަލާހް...
އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ށ. ފޭދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ފޭދޫގެ ތަރައްޤީއަށް އެންމެ މުހިންމުކޮށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން އެރަށު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި ބައްދަލުކުރެއްވުމުގައި ފޭދޫ ކައުންސިލަރު ވަނީ އެރަށަށް މިވަގުން މިވަގުތައް ބޭނުންވެފައިވާ މުހިންމު ކަންކަން ފާހަގަ ކުރައްވާފައެވެ. މ...
އަލީ އާދިލް
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން އަތޮޅުތެރޭގެ ހާލަތު މޮނިޓަރކުރަމުން އަންނަކަމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައެއް ރަށްރަށަށް ފެންބޮޑުވި ނަމަވެސް ބޮޑު ހާދިސާއެއް އެއްވެސް ރަށެއްގައި ހިނގިކަމުގެ މަޢުލޫމާތު އަދި ލިބިފައިނުވާކަމަށް އެއޮތޯރިޓީއިން ހާމަކޮށްފައިވެއެވެ. ހުޅަނގު މޫސުމުގެ ވައި ގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވައި ގަދަވެ ވިއްސާރަވަމުންކަމަށާއި، މިވިއްސާ ކުރިއަށް އޮތް 24 ގަިއިރުވެސް ރާ...
އަޒްފާ ރަޝީދު
އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހދ. ވައިކަރަދޫ ދާއިރާގެ ރައީސްކަން އަހްމަދު މަޖުދީ (މަޖޭ) ކާމިޔާބު ކުރައްވައިފި އެވެ. ހދ. ނެއްލައިދޫއަށް އުފަން މަޖުދީ މިއިންތިހާބު ކާމިޔާބުކޮށްފައިވަނީ އިތުރު 4 ކެންޑިޑޭޓުންނާއި ވާދަކޮށްގެންނެވެ. މަޖުދީ މިއިންތިހާބު ކާމިޔާބުކޮށްފައިވަނީ 9 ވޯޓުގެ ތަފާތަކުންނެވެ. މަޖުދީއަށް 203 ވޯޓު ލިބިފައިވާއިރު ވައިކަރަދޫ ދާއިރާގެ ރައީސްކަން ފެށުނީންސުރެއް ކުރައްވަމުން އަންނަ އަޙްމަދު ހާޝިމް އަށް ލިބިފައިވަނީ 194...
އަލީ އާދިލް
ސިއްޙީ ސަބަބުތަކާއި ހުރެ ވެކްސިން ނުޖެހޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ލިޔުމެއް ލިބިފައިވާ ފަރާތްތަކަށާއި، ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރަށްރަށަށް ދަތުރުކުރާއިރު، އެ ދަތުރުކުރާ ރަށްރަށުގައި އެޗްޕީއޭގެ މިންގަނޑަށް ވެކްސިން ފުރިހަމެވެފައިވާނަމަ، އެ ފަރާތްތަކުން ކަރަންޓީނުވާން ނުޖެހޭގޮތަށް ހަމަޖައްސައިފިއެވެ. އެޗްޕީއޭއިން މިއަދު އާންމުކޮށްފައިވާ ދަތުރުފަތުރުކުރުމުގެ އުސޫލުގައި ބުނެފައި ވަނީ ސިއްޙީ ސަބަބުތަކާއި ހުރެ ވެކްސިން ނުޖެހޭ ފާރާތްތަކާއި ވެކްސިން ނުޖެހޭ އުމުރުގެ ކ...
އަޒްފާ ރަޝީދު
އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. ދިއްދޫ ދާއިރާގެ ރައީސްކަން މުޙައްމަދު ނަޢީމް ކާމިޔާބު ކުރައްވައިފި އެވެ. މުހައްމަދު ޝާކިރު އާއި ވާދަކޮށް ނަޢީމް ކާމިޔާބު ކުރެއްވީ 40 ވޯޓުގެ ތަފާތަކުންނެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ނަޢީމް އަށް ލިބިފައިވަނީ 383 ވޯޓެވެ. ޝާކިރުއަށް ލިބިފައިވަނީ 343 ވޯޓެވެ. 14 ވޯޓު ބާތިލްވެފައިވާއިރު މިދާއިރާގައި ވޯޓު ލާފައިވަނީ މާލެއިން 151 މީހަކާއި ދިއްދޫއިން 589 މީހުންނެވެ. ޖުމްލަ […]
އަލީ އާދިލް