އަފްޣާނިސްތާނުގެ ރައްޔިތުންގެ ބޭސްފަރުވާއަށާއި، ކާބޯތަކެތި ހޯދުމަށާއި އަދި މިނޫންވެސް އަސާސީ މުހުތާދުތައް ފުއްދުމަށް ޕާކިސްތާން ސަރުކާރުން 28 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ. މި ނިންމުން ނިންމެވިކަން ހާމަކުރެއްވީ އެ ޤައުމުގެ ބޮޑުވަޒީރު އިމްރާން ޚާނެވެ. މިގޮތުން ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް އުމަރު ޖާވިދު ބަޖްވާއާއި، އެ ޤައުމުގެ ސަރުކާރުގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވީ ޕާކިސްތާނުން 28 މިލިއަން ޑޮލަރުގެ އެހީގެ...
އަޒްފާ ރަޝީދު
“ބޯޑާ މައިލްސް” ޕްރޮގްރާމުގެ އެސޯސިއޭޓް ޕާޓްނަރަކަށް މަޝްހޫރު އޮންލައިން ޓްރެވަލް ބުކިން ޕްލެޓްފޯމް، އަގޯޑާ ހަމަޖައްސައިފިއެވެ. އިއްޔެ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ބޯޑާ މައިލްސްގެ ފަރާތުން ސޮއިކުރެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ)އެވެ. އަދި އަގޯޑާގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ ޖޯން ބްރަައުންއެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މުހައްމަދާއި އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑ...
އަޙްމަދު ވަހީދު
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް 10 ހާސް މެންބަރުން ހަމަކޮށްފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ)އިން “މޯލްޑިވްސް ނެޝަނަލް ޕާޓީ” ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދީ، އެ ޕާޓީގެ ރަޖިސްޓަރީ ހަވާލުކުރީ ހުސްވި އޮކްޓޯބަރުމަހުގެ 25 ވަނަ ދުވަހުއެވެ. އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) މި ރޭ ކުރެއްވި ޓްވީޓެއްގައި އެ ޕާޓީއަށް 10 ހާސް މެންބަރުން ހަމަވިކަން ވަނީ ޢިއުލާން ކުރަށްވާފައެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެމްއެންޕީގެ މެންބަރުންގެ އަދަދު 10000 އަށްވުރެ […]
އަލީ އާދިލް
ހއ. ބާރަށު ސްކޫލްގެ ޕްރިންސިޕަލްގެ ސައިކަލު ރޯކޮށްލާފައިވާތީ އެ މައްސަލަ އެރަށު ކައުންސިލުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ސައިކަލު ރޯ ކޮށްލާފައި މިވަނީ މި ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި މިކަން ކުރި ބަޔަކު ކޮށްފައިވަނީ ޕްރިންސިޕަލް ދިރިއުޅުއްވާ ގެ ކަމަށްވާ މީޒާންގޭގެ ގޯތި ތެރޭގައި ސައިކަލް ބަހައްޓާފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބާރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި ސައިކަލު ރޯކޮށްލުމުގެ އިތުރުން އެގެއަށް ވެސް […]
އައިޝަތު ނަސާޔާ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމްގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި އެވެ. ރައީސް ޔާމިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައެވ...
އަލީ އާދިލް
ކަރަންޓު އުފެއްދުމަށް ބޭނުންވާ ޖެންސެޓް އަމިއްލައަށް އެސެމްބަލްކުރަން ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ. އެ ކުންފުނިން ބުނީ މި މަސައްކަތް ފެށީ ރައްޔިތުންނަށްދޭ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި އީޖާދީ ވިސްނުންތަކާއެކު އިތުރަށް ފުޅާކޮށް، ތަރައްޖީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. މި މަސައްކަތް ފެނަކައިން އެންމެ ފުރަތަމަ ފެށީ މި އަހަރުގެ ޖޫން މަހުގައެވެ. ފެނަކައިން ބުނީ މިހާތަނަށް ހަ ރަށަކަށް ބޭނުންވާ ޖެެންސެޓް، އެސެމްބަލް ކޮށް ކާމިޔާބު ކަމާއެކު ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ....
އަޙްމަދު ވަހީދު
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓު އަޙްމަދު މަޚްލޫފުގެ މައްޗަށް ރިޝްވަތުގެ ދަޢުވާ އުފުލައިފި އެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު މީޑިއާތަކަށް މަޢުލޫމާތުދެމުން ވިދާޅުވީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް ގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑްރިންގގެ މައްސަތައް ތަކާއި ގުޅިގެން ދަޢުވާ ކުރުމަށް 24 ނޮވެންބަރު 2021 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައ...
އަލީ އާދިލް
ހއ. އުތީމުގެ އަމިއްލަ ޖަމްއިއްޔާ އެއް ކަމަށްވާ “ވިންގާސް”އިން އިންތިޒާމް ކޮށްގެން އެރަށުގެ ކަނބަލުންނަށް ހާއްސަކޮށް ވޮލީ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ. މިއަންނަ ޑިސެމްބަރ މަހުގެ 15 އިން 22 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 4 ޓީމަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. “ތިލަދުން”އަށް މައުލޫމާތު ދެއްވަމުން ވިންގާސް ގެ މެމްބަރެއް ކަމަށްވާ މުޙައްމަދު ބަސީރު ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެމްބަރ މަހުގެ 1 އިން 10 ވަނަ ދުވަހާއި […]
އައިޝަތު ނަސާޔާ
އަންނަ އަހަރަށް 37.65 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ އަންނަ އަހަރަށް 36.92 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކުރުމަށެވެ. ނަމަވެސް ބަޖެޓު ކޮމިޓީން ވަނީ 73 މިލިއަން ރުފިޔާ އިތުރުކޮށް 37.65 ބިލިއަނުގެ ބަޖެޓެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފައެވެ. ބަޖެޓު ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. މި ޖަލްސާގައި ބަޖެޓު ފާސް ވެފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިން ތިއްބެވި 73 މެމްބަރުންގެ ތެރެއިން […]
އަޙްމަދު ވަހީދު
ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް މޯލްޑިވިއަން އިން ކުރާ ދަތުރު އަގު ހެޔޮކޮށްފިއެވެ. މި ބަދަލާއެކު މިހާރު މާލެއިން ޑާކާއަށް ދެކޮޅު ޓިކެޓް ފެށޭ އަގު ވަނީ 406 ޑޮލަރަށް ދަށްކޮށްފައެވެ. އަދި އެއްކޮޅު ޓިކެޓް ވަނީ 225 ޑޮލަރަށް ވަނީ ހަދާފައެވެ. ޓިކެޓުގެ އަގުގެ ދަށްކުރުމުގެ އިތުރުން ބެގެޖު އެލަވެބްސް ވެސް މޯލްޑިވިއަން އިން ވަނީ އިތުރުކޮށްފައެވެ. އެގޮތުން މިހާރު ބެގެޖް އެލަވެންސްގެ ގޮތުގައި 40 ކިލޯ ލިބޭނެއެވެ. މޯލްޑިވިއަން އިން ހަފްތާއަކު ތިން ދުވަހު ޑާކާއަށް […]
އަޙްމަދު ވަހީދު
ލޯކަލް ކައުންސިލްތަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލުމަށް، މަޝްވަރާކުރުމަށް ވޯކްޝޮޕެއް ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ކައުންސިލްތަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލުމަށް، މަޝްވަރާކުރުމަށް ވޯކްޝޮޕެއް މިއަދު ވަނީ ފަށާފައެވެ. މި ވޯކްޝޮޕްގައި، ފުލުހުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން،...
ޔުމްނާ ޢަލީ
ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެ...
އަޙްމަދު ވަހީދު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި މެންޗެސްޓާ ޔުނައިޓެޑާއި ވިޔަރެއާލް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކޮށް މުބާރާތުގެ ގަދަ 16 ގެ ބުރުން އެ ޓީމް ޖާގަ ހޯދައިފިއެވެ. އަންގާރަ ދުވަހުގެ ރޭ ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ވިޔަރެއާލުން ކުޅުނު ނަމަވެސް އެ ޓީމަށް ވަނީ މެޗުގައި ލަނޑެއް ކާމިޔާބު ކުރެވޭ ގޮތްނުވެފައެވެ. މެޗުގެ ދެ ހާފުގައި ވެސް […]
އިބްރާހިމް ޚަލީލް
ދަރަނި ބޮޑުވެފައި ވަނީ ކުރީސަރުކާރުން ހިންގި ގިނަ މަޝްރޫޢުތަކަށް މި ސަރުކާރުން ފައިސާ ދައްކަންޖެހުމުންކަމަށާއި، އިދިކޮޅު މެންބަރުން ދަރަނީގެ ވާހަކަ ދައްކާއިރު “ގުދޯގުދޯ ގޮވަންވެސް ވަކި ހައްދެއް” އޮންނަންވާނެ ކަމަށް، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ. މެމްބަރު ޝާހިދު މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް، މާލިއްޔަތު ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ. ޝާހިދު ވިދާޅުވީ، ބަޖެޓް ބަހުސްގައި ވާހަކަ...
އަލީ އާދިލް
ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން މުޅިރަށަށް ހުޅުވާލައިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ “އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރަތް 2021” ގެ ގުރުއަތުލުން ބާއްވައިފިއެވެ. މި މުބާރާތަކީ ހަނިމާދޫ ގައި ފުޓްބޯޅައިން ފާހަގަ ކޮށްލެވުނު ހުނަރުވެރިއެއް ކަމަށްވާ، އެ ޖަމުޢިއްޔާގެ މެމްބަރު އަލްމަރުޙޫމު އާދަމް ސަލީމުގެ ހަނދާނުގައި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ މުބާރާތެކެވެ މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ 23 ނޮވެމްބަރ 2021 ވީ އަންގާރަ ދ...
އިބްރާހިމް ޚަލީލް
ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ދޭ އެލެވެންސް ބޮޑުކުރަން ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ތާއީދު ކުރަށްވައިފިއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ސަރުކާރުން ދެމުން އަންނަ އެލެވެންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް އެދި ވަނީ އޮންލައިން ޕެޓިޝަނެއް ހިންގަންފަށާފައެވެ. އެ ޕެޓިޝަން ހިންގަންފެށި ޚަބަރަށް ކޮމެންޓް ކުރަށްވަމުން މެންބަރު ނިހާދު ވިދާޅުވެފައި ވަނީ، އެ އެލެވެންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް އޭނާ ތާއީދު ކުރަށްވާ ކަމަށެވެ. މިއީ މި ޕެޓިޝަނަށް ފާޅުގައި ފުރަތަމަ ތާއީދު...
އަލީ އާދިލް
ހއ. ތަކަންދޫއިން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން 23 ނޮވެމްބަރ 2021 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި ފަހަރު އެ ރަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ސަރުކާރުން އެކުލަވާލައި ޢާއްމުކުރައްވާފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާއި، 17 ނޮވެމްބަރ 2021 ގައި އެ ކައުންސިލުން ފާސްކޮށްފައިވާ، ތަކަންދޫއިން ގޯތި ދޫކުރުމުގެ އުޞޫލުގައިވާ ގޮތުގެމަތިން ގޯއްޗަށް އެދޭ ފަރާތްތަކުގެ ތެރެއިން ގޯތި […]
އިބްރާހިމް ޚަލީލް
އުތުރުގެ ރައްޔިތުން އަދި ޚާއްޞަކޮށް ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަކީ ވިޔައަކުރަކަށް ވޯޓުދޭ ބައެއް ނޫންކަމަށާއި ރައްޔިތުން ބޭނުންވަނީ، އެކަމެއް ފެންނަންކަމަށާއި އެކަމެއްގައި އަތްލެވެން އަދި އެ ކަމެއް އިހުސާސުވާންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެ އެވެ. މެންބަރު ޔާސިރު މިހެން ވިދާޅުވީ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްގައި މިއަދު ވާހަކަ ފުޅުދައްކަވަމުންނެވެ. ޔާސިރު އިތު...
އަލީ އާދިލް