މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އެހީއާއެކު ކުޅުދުއްފުށި ސިޓީ އޮޑި އެހެލާ ސަރަހައްދުގެ ދެކުނު އެއްގަމު ތޮށި މަރާމާތުކޮށް ތަރުތީބު ކުރުމުގެ މަސައްކަތް އެ ސިޓީ ކައުންސިލް އިން ފަށައިފިއެވެ. ސިޓީ ކައުންސިލުން ވަނީ މި މަސައްކަތް ކުރިއަށްދާ ވަގުތު އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ގޮތުން އިތުރަށް ސަމާލުވާން އެދިފައެވެ. ކުޅުދުއްފުށި ސިޓީގެ އޮޑިއެހެލާ ސަރަހައްދުގެ ދެކުނު އެއްގަމު ތޮށި މަރާމާތުކޮށް ތަރުތީބު ކުރުމުގެ މަސައްކަތް ކުޅުދުއްފުށި ސިޓީ...
އަޙްމަދު ވަހީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސިސްޓަމްތަކަށް ދިމާވަމުންދާ މައްސަލަތައް ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށާއި ޚިދުމަތަށް ބުރޫއަރައި، ދިމާވަމުންދާ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދޭކަމަށް ރައްޔިތުންގެ ބޭންކުން ބުނެފި އެވެ. ރައްޔިތުންގެ ބޭންކުން މިހެން ބުނެފައިވަނީ ޚިދުމަތްތައް ދޭތެރެ ދޭތެރެއިން މެދުކެނޑި ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑުވުމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގަ އެވެ. އެނޫސް ބަޔާނުގައި ބުނެފައިވަނީ ބީއެމްއެލް ގެ އޮޕަރޭޝަން ރަނގަޅު ކުރުމަށާއި ސިސްޓަމް...
އިބްރާހިމް އަސްވާޤް
ހއ. ހޯރަފުށީ އެއާޕޯޓަށް ލަފާފުރުމަށް އަޅާ ފާލަން އެޅުމުގައި ލާމަރުކަޒީ ގާނޫނުގައި ބުނާގޮތަށް ހޯރަފުށީ ކައުންސިލްގެ ރުހުމާއި، ލަފާހޯދައި، އެ ޤާނޫނުގައި ބުނާ އިޖުރާޢަތްތައް ފުރިހަމަކޮށްފައިވޭތޯ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ސުވާލު ކުރަށްވައިފިއެވެ. ސައްލެގެ މިއަދު މި ސުވާލު ކުރެއްވީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާއާއި އެވެ. މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ހޯރަފުށީގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް އަރާފޭބުމަށް އެޅުމަ...
އަލީ އާދިލް
ހއ. އިހަވަންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ކުރި ޢިއުލާނެއްގައި ވިދާޅުވީ، އިހަވަންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަޠު ހުޅުވާލާފައެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވ...
ޔުމްނާ ޢަލީ
ރައްޔިތުންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމެންޓް ގޭޓްވޭ “އޮޅުން ބޮޅުން” ވެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޝަކުވާ އިންތިހާއަށް ބޮޑުވެއްޖެ އެވެ. މޯލްޑިވިއަން މޯބައިލް އެޕް އަދި ވެބްސައިޓް މެދުވެރިކޮން އޮންލައިންކޮށް ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް، ޓިކެޓް ގަންނައިރު އެކައުންޓުން ފައިސާ ކެނޑި ޓިކެޓް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައިވާތީ އެކުންފުނިންވެސް ވަނީ ކަސްޓަމަރުންގެ ސަމާލުކަމަށް މިކަން ގެނެސްފަ އެވެ. މޯލްޑިވިއަންއިން މިއަދު ކުރި ޓުވީޓޭއްގައި ބުނެފައިވަނީ، އޮންލައިންކޮށް ޓިކ...
އިބްރާހިމް އަސްވާޤް
ހއ. ހޯރަފުށީ އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރުމާމެދު ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ނަހުލާ މިހެން ވިދާޅުވީ ހޯރަފުށީ އެއާޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، އެ އެއާޕޯޓަށް ކުރާ ދަތުރުތައް މަދުވުމާއި، ޖާގަ ހޯދުމުގައި ހުރި ކަންބޮޑުވުންތައް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރު ނަ...
އަޙްމަދު ވަހީދު
އެސްޓީއޯ މެދުވެރިކޮށް ހެލްތު މިނިސްޓްރީން ގެނައި 20 އެމްބިއުލާންސްގެ ދެވަނަ ޝިޕްމަންޓް ކްލިއާ ކޮށްފިއެވެ. އެސްޓީއޯއިން ބުނިގޮތުގައި މި ޝިޕްމަންޓް ކްލިއާ ކޮށްފައިވަނީ މިއަދުއެވެ. މިހާރު އެމްބިއުލާންސްތައް ވަނީ އެސްޓީއޯއަށް ގެންގޮސްފައެވެ. ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ނިމުމުން އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވަން ފަށާނެ ކަމަށެވެ. https://twitter.com/stoplc/status/1465292932169166849?t=XZ7jIF73QTnG58Wzhz8S_g&s=19 މި އެމްބިއުލާންސްގެ ފުރަތަމަ ޝިޕ...
އަޙްމަދު ވަހީދު
ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 250 އަށް އަރާފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 54 އަހަރުގެ މީހަކާއި، 90 އަހަރުގެ މީހެކެވެ. މީގެތެރެއިން ނިޔާވި އުމުރުން 54 މީހާއަކީ، ނ. މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ މީހެކެވެ. އެއީ ދިވެހި އަންހެނެކެވެ. ނިޔާވި 90 އަހަރުގެ […]
ޔުމްނާ ޢަލީ
ހއ. އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. “އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2021” ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހއ. އިހަވަންދޫގެ އެންމެހާ ޒުވާނުންނަށާއި، އިހަވަންދޫ ފިޔަވައި، ހއ. ހދ އަތޮޅުގައި ހުރި ސަރުކާރު...
އިބްރާހިމް ޚަލީލް
ހއ. ހޯރަފުށީގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް އަރާފޭބުމަށް އެޅުމަށް ނިންމާފައިވާ ފާލަމުގެ މަސައްކަތް ނުފެށި ލަސްވާތީ އެ މަސައްކަތް ގޮސްފައިވާ އޮތް ހިސާބެއް އޮޅުން ފިލުވުމަށް މިއަދު ސުވާލުކޮށްފިއެވެ. މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި މި މައްސަލާގައި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާއާއި ސުވާލުކުރެއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއެވެ. ޝިފާޢުގެ ސުވާލުގައި ފާހަގަކުރެއްވީ، ހއ. އަތޮޅުގެ ގިނަ ރައްޔިތުން ބޭނުންކުރަމުންދާ ހޯރަފުށ...
ތިލަދުން
ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ސެވިއްޔާއިންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި އަކޫނާ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ރަފާ މީރެވެ. ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަ […]
އިބްރާހިމް ޚަލީލް
ހއ. ބާރަށު ސިނާޢީ ސަރަޙައްދުން ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. ބާރަށު ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރަން ނިންމާފައި ވަނީ، ތެލުގެ ވިޔަފާރިކުރުމާއި، މަހުގެ ބާވަތްތައް އުފެއްދުމާއި، ވޯރކްޝޮޕް ހިންގުމާއި ގުދަން އަދި ވަޑާންގެ ހެދެމަށުމަށެވެ. އެހެންކަމުން އެ ސަރަހައްދުން ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ، ޝަރުތުހަމަވާ ފަރާތްތަކުން، ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުމަށްފަހު ބީލަން ހުށަހެޅުމަށް ބާރަށު ކައުންސިލުން މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ....
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާއި ވެސްޓްހޭމް ބައްދަލުކުރި މެޗު ސިޓީ ކާމިޔާބުކުރި އިރު މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވެސްޓްހޭމްގެ މައްޗަށް ކުރިހޯދާފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސިޓީން ކާމިޔާބުކުރި ފުރަތަމަ ލަނޑު 33 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ގުންޑަގަންއެވެ. ދެވަނަ ލަނޑު 90 ވަނަ މިނެޓުގައި ގުންޑަގަން […]
އިބްރާހިމް ޚަލީލް
“މޯލްޑިވްސް މެރިން އެކްސްޕޯ 2021″ ގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސައި މިއަދު ސޮއިކޮށްފިއެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މޯލްޑިވްސް މެރިން އެކްސްޕޯގެ ފަރާތުން ސޮއިކުރެއްވީ އިވެންޓް މެނޭޖަރު ޝާމް މުހައްމަދު އެވެ. މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ބޯޓިންގް އެސޯސިއޭޝަންއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ އެކ...
އަޙްމަދު ވަހީދު
ހއ. އިހަވަންދޫ ކައުންސިލްގެ ކުރީގެ ރައީސް، މުޙައްމަދު ރަޝީދު، ސިޔާސީ މަޤާމަކަށް އައްޔަން ކުރައްވައިފި އެވެ. ރަޝީދު އައްޔަން ކުރައްވާފައިވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާގެ ސީނިއަރ އެކްސެކެޓިވް ޑިރެކްޓަރުގެ މަގާމަށެވެ. ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އެމަގާމަށް ރަޝީދު އައްޔަން ކުރައްވާފައިވަނީ މިއަދު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރަޝީދު މަސައ...
އަލީ އާދިލް
މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މުސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ. މި މަޝްރޫއުގެ ދަށުން ކޮޅުފުށީގެ އިރުއުތުރު ފަރާތުގައި 136.6 މީޓަރުގެ ރިވެޓްމެންޓަކާއި ރަށުގެ ދެކުނ...
އަޙްމަދު ވަހީދު
ފަހަކަށް އައިސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތްތަކަށް ބަރޯސާވުމަކީ ވަރަށް ދަތިކަމަކަށް ވެއްޖެ އެވެ. ދަންވަރެއް މެންދުރެއް ނެތި ޚިދުމަތްތަކަށް ބުރޫ އަރަނީ އެވެ. މެއިންޓަރނެންސް ނުވަތަ އަޕްގްރޭޑްއެއް ކަމަށްބުނެ ޚިދުމަތް މެދުކަނޑާލާ ވަގުތު އެތައް އިރަކަށް ދެމިގެން ދަނީ އެވެ. މިއަދު ބީއެމްއެލްގެ އެއްވެސް އެންގުމެއް ނެތި މިވަނީ ޚިދުމަތްތައް އެތައް އިރަކަށް މެދުކެނޑިފައެވެ. މިދިޔަ އާދިއްތަ ދުވަހު އެއްކޮންހެން ދިޔައީ ޚިދުމަތް ނުލިބި އެވެ. އެކަމުގެ ސަބަބުން އެތައްބައެއްގެ އާންމު ދިރިއުޅު...
އަލީ އާދިލް
ހއ. ފިއްލަދޫގައި ގެވެށި އަނިޔާއާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ފަށައިފިއެވެ. ފިއްލަދޫ ސްކޫލްގެ ބެލެނިވެރިންނަށް ހާއްސަކޮށް އެރަށުގައި ކުރިއަށްގެންދާ މި ސެޝަންތަކަކީ މިނިސްޓްރީ އޮފް ޖެންޑަރ ، ފެމިލީ އެންޑް ސޯޝަލް ސަރވިސް ގެ ފަރާތުން ކުރިއަށްގެންދާ ސެޝަންތަކެކެވެ. އެގޮތުން މި ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހު ފަށާފައިވާ މި ސެޝަންތައް މާދަމާއާއި ހަމައަށް ކުރިއަށް ދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެމިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިޕްރޮގްރާމްގެ ދަށުން ފުރަތަމަ ސެޝަން...
އައިޝަތު ނަސާޔާ