ދިރާގުގެ ބައެއް ނަންބަރުތަކުން ގުޅުމާއި ޑާޓާ ލިބުމުގައި އަނެއްކާވެސް ދަތިތަކެއް ދިމާވެއްޖެއެވެ. ދިރާގުން ކުރި ޓްވީޓެއްގައި ބުނީ ބައެއް ކަސްޓަމަރުންނަށް ވޮއިސް ކޯލް ކުރުމުގައި އަދި ޑާޓާ ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލަ ދިމާވާން ޖެހުނު ސަބަބެއް ހާމަ އެއް ނުކުރެއެވެ. މި މައްސަލަ ހައްލުކޮށް ވީހާ ވެސް އަވަހަށް އަލުން ހިދުމަތް ދެވޭތޯ މަސައްކަތްކުރާ ކަމަށް ވެސް ދިރާގުން ބުންޏެވެ. Some...
އިބްރާހިމް އަސްވާޤް
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި ނާއިބު ލީޑަރު ކަމަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިންތިހާބު ކޮށްފި އެވެ. 65 މެންބަރަކު ތިއްބަވާ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު 13:30 ގައެވެ. މި އިންތިޚާބުގައި ޕީޖީ ލީޑަރުކަަމަށް އަސްލަމާއި ވާދަކުރެއްވީ މިހާރުގެ ޕީޖީލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމެވެ. އަސްލަމަށް 40 […]
އަލީ އާދިލް
ސަޢުދީ އަރަބިއްޔާގެ އަވަށެއްގައި އުޅުނު ވަރަށް މުއްސަދި މީހެކެވެ. އޭނާއަކީ ވަރަށްގޯސް ނަމާދު ނުކުރާ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ. އެރަށުގައި އުޅޭ ހެޔޮލަފާ މީހުނާއި ޢިލްމުވެރިން އޭނާ އިސްލާހުވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ސަބަބަކީ އެފަދަ މުއްސަދި މީހަކު އިސްލާހުވެއްޖެނަމަ އާއްމުރައްޔިތުންނަށާއި މުޖުތަމައަށް ނުހަނު ގިނަ ފައިދާތަށް ކުރާނެތީއެވެ. އޭނާ އިސްލާހުވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. މީސްތަކުން އޭނާއަށް ނަސޭޙަތްތެރިވަމުން މިދަނީ އޭނާ ހައްޖައްދޭތޯއެވެ. ހައްޖަކީ މީހާގެ ދިރިއ...
އަލީ ރިޔާޟް
ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހދ. ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތުގައި ބާއްވަން ޖެހޭ އެއްވެސް ސަބަބެއް މިހާރު އޮތްކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ފޭސްބުކްގައި މިއަދު އާތިފް ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މޮނިޓަރިންގައި ގިނަ ދުވަސްތަކެއް ކުޅުދުއްފުށި އޮތުމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާ އެ މަނިކުފާނަށް ހުށަހެޅެމުން ދާ ކަމަށާއި ނަމަވެސް ކޯވިޑްގެ ހާލ...
އިބްރާހިމް ޚަލީލް
ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙް ޅ. އަތޮޅުގެ ހަ ރަށަކަށް ކުރައްވާ ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އެ އަތޮޅުގެ މީހުން އުޅޭ ހަތަރު ރަށަށް ވެސް ވަޑައިގަންނަވާނެއެވެ. އެއީ ހިންނަވަރު، ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫ އެވެ. މީގެއިތުރަށް ވަޑައިގަންނަވާނީ ސިނާއީ ރަށް ފެލިވަރަށާއި، މަޑިވަރަށެވެ. ހިންނަވަރު، ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫއަށް ކުރައްވާ ޒިޔާރަތުގައި ރައީސް، ވަކި ވަކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަ...
ޔުމްނާ ޢަލީ
ހދ. ނޭކުރެންދޫ ސްކޫލްގައި ހަތަރު ކްލާސްރޫމް އިމާރާތް ކުަރން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. އިއްޔެ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އޮތް ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި، އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ އެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި ނޭކުރެންދޫ ތަމްސީލް ކުރަށްވާ، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ، 4,708,302.70 (ހަތަރުމިލިއަން ހަތ...
ޝިއުނާ އާދަމް
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރަމުންދާއިރު “ޓޫރިޒަމް ނެތް ހދ“ އަށް ޓޫރިޒަމް ގެނައުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކޮށްފި އެވެ. ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ އަދި މިހާރު ޓޫރިޒަމް މިނިސްޓްރީގެ ނައިބްގެ މަގާމު ފުރުއްވަމުން ގެންދަވާ އަޙްމަދު އާތިފް ވިދާޅުވީ “50 އަހަރު ވީއިރު ގާވެފައި ހުރި އެއްޗެއް ހެޔޮކުރަން އިރުކޮޅެއް ވާނެ” ކަމަށެވެ. އަދި ހދ އަތޮޅަށް ޓޫރިޒަމް ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމުގައި ވިދާޅުވި...
އިބްރާހިމް އަސްވާޤް
ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް މިހާރު މިއޮތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރައްވާފައި ނުވާނެ ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ރޭ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީ (241) ގައި ވާހަކަދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީން މިހާރު ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިސްވެއޮވެ ހިންގަވާ “އިންޑިއާ އައު...
އަލީ އާދިލް
ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިލަދޫގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހެއް ހުއްޓުވުމުން، އެމީހާ ހުއްޓުވި ފުލުސް އޮފިސަރަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި ފުލުސް މީހާގެ ސައިކަލުގައި ރޭ ވަނީ އަލިފާން ރޯކޮށްލާފައި ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ޔުމްނާ ޢަލީ
ޔޫރަޕާލީގުގައި ބުރާސްފަތި ދުވަހުގެރޭ ސުޕެއިންގެ ބާސެލޯނާއާއި އިޓަލީގެ ނަޕޯލީ ބައްދަލުކުރިމެޗް 1-1 ކުން އެއްވަރު ވެއްޖެއެވެ. މެޗުފަށައިގެން ފުރަތަމަ ހަމަލާ ފޮނުވާލާފައި ވަނީ ބާސާއިންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ބާސާގެ ޒުވާން މިޑްފީލްޑަރ ޕެޑުރީ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސްދަނޑިމަތިން ބޭރަށެވެ. މީގެ އިތުރުން ވެސް ބާސާގެ ފަރާތުން ގިނަ ހަމާލާތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން މެޗުގައި 18 ހަމަލާއެއް އުފެއްދިއިރު އޭގެތެރެއިން ގޯލާއި އަމާޒު ވެފައިވަނީ ފަސް ހަމަލާއެކެވެ. ނަޕޯލީއި...
އަލީ ރިޔާޟް
ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އިޤްރައު އިންސްޓިޓިއުޓް ގުޅިގެން އެ ރަށުގައި ޤިރާއަތު ތިން ލެވެލްއެއްގެ ކޯސްތަކެއް ހިންގަން ނިންމައި ބައިވެރިން ހޯދުމަށް އިޢުލާން ކޮށްފިއެވެ. މިގޮތުން ޤިރާއަތު ލެވެލް 1، 2، 3 ހިންގުމަށް ހަމަޖެހިފައިވާއިރު މި ތިން ކޯހަކީ ވެސް އެމްކިއުއޭ އެޕްރޫވް ކޯސްތަކެއް ކަމުގައި އެ ކޮމެޓީން ވަނީ ހާމަ ކޮށްފައެވެ. އެ ކޮމެޓީން މި ތިން ކޯހުގައި ބައިވެރި ވުމަށް ފުރުޞަތު ހުޅުވާލައި ކޮށްފައިވާ އިޢުލާނުގައި މި ކޯސްތަކަށް […]
އިބްރާހިމް ޚަލީލް
ރަޝިއާގެ ބިލިއަނަރެއް ކަމަށްވާ އެލީޝާ ބަރަކަނޯވިޗް އަޒްމަނަވްގެ ޕްރައިވެޓް އެއާބަސް އޭ340 ރާއްޖެއަށް އަތުވެއްޖެއެވެ. ރާއްޖޭގެ އޭވިޝަންގެ ހަބަރު ގެނެސްދޭ އޭވިއޭޓަސް މޯލްޑިވްސްގައި ބުނެފައިވާ ގޮތުގައި މި ބޯޓު އައީ މި ހަފިތާ ތެރޭގައެވެ. ނަމަވެސް އެއާ ގުޅޭ އިތުރު މައުލޫމާތެއް އެ ވެބްސައިޓުގައި އާއްމު ކޮށްފައި ނުވެއެވެ. އަޒްމަނަވް މައިނިން އާއި މެޓަލްގެ ވިޔަފާރި ކުރާ ބޭފުޅެކެވެ. އޭނާ އަކީ ރަޝިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ މެޓަލޯ އިންވެސްޓްމަންޓުގެ މެޖޯރިޓީ ޝެއާ ހޮލްޑާވެސްމެއެވެ. […]
އަޙްމަދު ވަހީދު
ހއ. އަލިދޫ ރިސޯޓްގެ ކުއްޔަށް 29 މިލިއަން ޑޮލަރު (447 މިލިއަން ރުފިޔާ) ދައްކަން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނީގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ. ޔޮޓް ޓުއާސުން ކުރިން ހިންގި އަލިދޫ ރިސޯޓް އެ ކުންފުނިން ހިންގި މުއްދަތުގެ ކުލި ނުދެއްކުމުން ކުއްޔާއި ޖޫރިމަނާއަށް 2017 ވަނަ އަހަރާ ހަމައަށް 29 މިލިއަން ޑޮލަރު އަރާފައި އޮތުމުން އެ ފައިސާ ދައްކަން ސިވިލް ކޯޓުން […]
ހުސައިން ހަބީބް
އދ. ދަނގެތީގައި މަރާލި ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ ގާތިލް ސާލިމް ކިބައިން މަރަށް މަރު ހިފަން މަހްމޫދުގެ ހުރިހާ ވާރިސުން އެދުމުން މައާފަށް އެދި ސާލިމް ކޯޓުގައި އާދޭސްކޮށްފި އެވެ. މިދިޔަ އޮކްޓޫބަރު މަހު މަހްމޫދު މަރާލި މައްސަލާގައި ކުށަށް އިއުތިރާފްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމްގެ ކިބައިން މަރަށް މަރު ހިފުން ނޫން ގޮތެއް ބޭނުން ނުވާ ކަމަށް މަހްމޫދުގެ ފަސް ދަރިންނާއި އަނބިމީހާގެ އިތުރުން އޭނާގެ މަންމަ ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ބުނެފަ […]
ހުސައިން ހަބީބް
މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާނެ މީހުން ހޯދަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް އިން އިއުލާންކޮށްފި އެވެ. މިއަދު އެ ބިއުރޯއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި އަހަރުގެ ސެޕްޓެމްބަރު 13 އާއި 14 އަދި އެ މަހުގެ 17-25 އަށް ކުރިއަށް ގެންދާ ބޯހިމެނުމުގައި ޓްރޭނަރުންނާއި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ މެއި މަހުގެ 31 ނިޔަލަށެވެ. ތަމްރީނުތަކުގެ ދުވަސްވަރުގަ އާއި ބޯހިމެނުމުގ...
އަލީ އާދިލް
އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ވައިބަރ އިން ފައިސާ ފޮނުވޭ ހިދުމަތެއް މިއަދު ތައާރަފުކޮށްފި އެވެ. މި ހިދުމަތް ތައާރަފު ކޮށްދެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު ހަސަން އަލް ހަމާދީ އާއި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމެވެ. މި ރަސްމިއްޔާތުގައި ވައިބާރގެ ސީނިއާ ޑިރެކްޓަރު ޑީވިޑް ސޫ ވެސް ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވިއެވެ. އުރީދޫން ބުނި ގޮތުގައި އެ ކުންފުނިން މި ހިދުމަތް ތައާރަފުކުރީ ވަކިވަކި […]
އަޙްމަދު ވަހީދު
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން މިދިޔަ އަހަރު އެންމެ ރަނގަޅު ވިޔަފާރި ކޮށްފައިވާ އެޖެންޓުންގެ އަގު ވަޒަންކޮށްފިއެވެ. އެޖެންޓުންގެ އަގު ވަޒަން ކުރުމަށްޓަކައި މިއަދު ބޭއްވި ހަފްލާގައި މިދިޔަ އަހަރު އެންމެ ރަނގަޅު ފަސް އެޖެންޓުން ހޮވައި، ކޮންމެ މީހަކަށް 5000 ރުފިޔާގެ ގިފްޓް ވައުޗަރެެއް ވަނީ ދީފައެވެ. މި ގިފްޓް ވައުޗާޔައް ހަވާލުކޮށްދެއްވީ އެސްޓީއޯ އެނާޖީ އެންޑް ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާންއެވެ. އެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓުން...
އަޙްމަދު ވަހީދު
ހދ. ހަނިމާދޫއިން 200 ބަންޑާރަ ގޯތި ދޫކުރުމުގެ ހުއްދަ ހަނިމާދޫ ކައުންސިލަށް ދީފިއެވެ. ހަނިމާދޫއިން މީހުން ދިރިއުޅުމަށް 3000 އަކަފޫޓުގެ 200 ގޯތި ދޫކުރުމުގެ ހުއްދަ ހައުސިން މިނިސްޓްރީން އެ ރަށު ކައުންސިލަށް ދީފައިވާކަން ހާމަކޮށްފައި ވަނީ އެ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މިކަން ހާމަކޮށް ފިރާގު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ 11 އަހަރަށް ފަހު ހަނިމާދޫން ބަންޑާރަ ގޯތި ދޫކުރުމަށް ސަރުކާރުން ހުއްދަ ދެއްވައި، ދެއްވި […]
އިބްރާހިމް ޚަލީލް