މަޝްރޫޢުތަކުގެ ނަން ބަދަލު ކުރުމަށްވުރެ ރައްޔިތުން އެދެނީ ކަން ކޮށްދިނުމަށް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕީޕީއެމްގެ އެއް ނާއިބުރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޑރ. މުޢިއްޒު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. “ހިޔާވަހި މަޝްރޫޢު، ރީތިގަސް އެޕާޓްމަންޓަށް ނަން ބަދަލުކޮށް، ދެ އަހަރު ތެރޭގައި މަސައްކަތް ނިންމަނީ” މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރަކަށް އިޝާރާތް ކުރަށްވަމުން ޑރ. މުޢިއްޒު ވިދާޅުވީ، އެއީ އަނެއްކާ ރައީ...
އަލީ އާދިލް
ރައީސް އިބްރާޙީމް މުޙައްމަދުގެ ސަރުކާރުން އަތޮޅު ތެރޭގެ ސިއްހީ ދާއިރާ އަދާހަމަ ކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ތާރީހު ނުދެކޭ ފަދަ މަސައްކަތްތަކެއް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ސަރުކާރުން އަތޮޅުތަކުގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ގެންދަވަނީ ހޮސްޕިޓަލްތައް އިމާރާތްކުރުމާއި، ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކޮށް، އެތަންތަނުގެ ވަސީލަތްތަކާއި، ޚިދުމަތްތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ. މިގޮތުން ޔާސިރު ތަމްސީލް ކުރަށްވާ ކުޅ...
ތިލަދުން
މޫލީ މެދުވެރިކޮށް އެޕަލް ގިފްޓް ކާޑަކާއި ޕަބްޖީ ޔޫސީ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތުގެ ދަށުން މޫލީ ގެ އީ2އެސް ޕްރޮޑަކްޓުތައް ގަންނަ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން އެއްވަނައަށް ހޮވާލެވޭ ނަސީބުވެރިއަކަށް 50 ޑޮލަރުގެ އެޕަލް ގިފްޓް ކާޑެއް ލިބޭއިރު ދެވަނައަށް 3850 ޕަބްޖީ ޔޫސީ ލިބޭނެއެވެ. މޫލީއަކީ އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމެވެ. މި ޕްލެޓްފޯމުގެ ދަށުން ލިބެން ހުންނަ އީ2އެސް ޕްރޮޑަކްޓުތަކަކީ ޑިޖިޓަލް ކާޑާއި ގޭމިން ކަރަންސީގެ ބާވަތްތަކެވެ. މީގެ ތެރޭގައި […]
އަޙްމަދު ވަހީދު
ރާއްޖޭގެ ބާއްވާ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތް ‘ސްނީ ސްޕޯރޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް’ މިރޭފަށާނެއެވެ. 91 ޓީމާއެކު މިފަހަރުގެ މުބާރާތް ކުރިޔަށް ދާނީ ހުޅުމާލެ ރެހެންދި ފުޓުސަލް ދަނޑު 1 އަދި 2 ގައެވެ. މިރޭ މި މުބާރާތުގެ 6 މެޗު ކުޅެން ހަމަ ޖެހިފަވާއިރު 1ނަމްބަރު ދަނޑުގައި 20:15 ގައި ވަށަފަރު ހޯރަފުއްޓާއި ދެކޮޅަށް ނުކުންނައިރު، ހަމަ އެ ގަޑީގައި 2ނަމްބަރ ދަނޑުގައި ކުމުންދޫ ނިކުންނާނީ ފިނޭ އާއި ދެކޮޅަށެވެ. 21:15 ގައި […]
އަލީ ރިޔާޟް
އއ. އުކުޅަހުގެ އިންޖީނުގެއަށް ދިމާވެފައިވާ ވޯލްޓޭޖް ޑްރޮޕްގެ މައްސަލައަށް ސްޓެލްކޯއިން ދާއިމީ ހައްލެއް ހޯދައިދީފިއެވެ. އެ ކުންފުނިން ވަނީ އުކުޅަހުގެ ވޯލްޓޭޖް ޑްރޮޕް މައްސަލަ ހައްލު ކުރުމަށް ވޯލްޓޭޖް ސްޓެބިލައިޒާއެއް ބަހައްޓައި އިއްޔެ ބޭނުންކުރަން ފަށާފައެވެ. މިއާއެކު އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯއިން އަންނަނީ އުކުޅަހުގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ. މި މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް އެ ކުންފުނިން ވަ...
އަޙްމަދު ވަހީދު
އިޓާލިއަން ސީރިއާ އޭގައި ޔުވެންޓަސްއާއި ޓޮރީނޯ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ހުކުރު ދުވަހުގެ ރޭ ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު ނަމަވެސް މި މެޗުގައި ޔުވެންޓަސްއަށްވުރެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައި ވަނީ ޓޮރީނޯއިންނެވެ. އަދި ގިނަ ހަމަލާ ވެސް އުފައްދާފައި ވަނީ އެ ޓީމުންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ޔުވެންޓަސްއިންނެވެ. […]
އިބްރާހިމް ޚަލީލް
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރާ މޯލްޑިވްސް ގޭސްގެ މުވައްޒަފުންގެ ފޭސްބުކް އަދި އެހެނިހެން ސޯޝަލް މީޑިއާ ގެ ޕްރޮފައިލް ގެ ފޮޓޯތައް ސުވާލު މާކުތަކުން ފުރާލައިފި އެވެ. އެކުންފުނިން މީސްމީޑިޔާގައި ބޭނުން ކުރަމުން އަންނަ ރަސްމީ ޗެނަލްތަކުގެ ޕްރޮފައިލްވެސް ވަނީ ބަދަލުވެފަ އެވެ. މި ސުވާލު މާކު ތަކާއި ގުޅިގެން އާންމުން އަންނަނީ އެކި ސުވާލު ކުރަމުންނެވެ. ރާއްޖޭގެ ބާޒާރުގައި އެންމެ ހެޔޮ އަގުގައި ގޭސް ވިއްކަމުން އަންނަ މޯލްޑިވްސް ގޭސް އިން ގޭސް އަގު […]
އިބްރާހިމް އަސްވާޤް
ސަރުކާރުން ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކުރާ ރޯހައުސްތަކާއި ފުލެޓުތައް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކާބެހޭ ގަވާއިދެއް އެކުލަވާލައިފިއެވެ. ހައުސިން މިނިސްޓްރީން ނެރެފައިވާ ގަވާއިދުގައިވާ ގޮތުން ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދެވޭނީ އެ މަޝްރޫއު ހިންގި އިދާރާއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން އެ އިދާރާއެއްގެ ހުއްދަ ލިބިގެން ކަމަށެވެ. ނަމަވެސް އިޖުތިމާއީ ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ފުލެޓްތަކާއި ރޯހައުސްތަކާއި ގޯތި...
އަޙްމަދު ވަހީދު
ޅ. ހިންނަވަރުގައި ބޭންކުގެ ބްރާންޗެއް ޤާއިމުކޮށްދިނުމަށް އެދި އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވައިފިއެވެ. ރައީސް ޞާލިޙް މިހާރު ޅ. އަތޮޅުގެ ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ހިންނަވަރަށް ކުރެއްވި ޒިޔާރަތުގައި ރޭ ވަނީ ހިންނަވަރު ކައުންސިލާ ބައްދަލު ކުރަށްވާފައެވެ. ހިންނަވަރު ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ހިންނަވަރު ކައުންސިލަރުން ވަނީ ރަށުގައި ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ކުރިޔަށްގެންދަވާކ...
ޔުމްނާ ޢަލީ
ހއ.ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ލިބޭ “ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ އޮޑިޝަން 26 ފެބްރުއަރީ 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލު ކޮށްފިއެވެ. 01 އޭޕްރިލް 2022 އިން 15 އޭޕްރިލް 2022 އަށް މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް ޖުމްލަ 34 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ. […]
އިބްރާހިމް ޚަލީލް
އައްޑޫ ސިޓީގެ މަރަދޫފޭދޫގެ ފަޅު ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަރަދޫފޭދޫގެ ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮތްކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ ހެނދުނު 10:14 ގައި ކަމަށް ފުލުހުން ވަނީ ވިދާޅުވިއެވެ. ނިޔާވެފައި އޮއްވާ ފެނިފައި ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ޢަލީ އިބްރާޙީމް ކިޔާ މީހެކެވެ. “އެމީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް […]
ޝިއުނާ އާދަމް
މާލެ ހުޅުމާލެ ބްރިޖް މަތިން ދުއްވާފައި ދިޔަ ތެޔޮ ބައުޒަރެއްގައި ރޯވެއްޖެ އެވެ. ސިނަމާލެ ބްރިޖްމަތިން ދުއްވަމުންދިޔަ ފިއުލް ބައުޒަރެއްގައި އަލިފާން ރޯވީ މިއަދު ހެނދުނުއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ސިނަމާލެ ބްރިޖްމަތިން ދުއްވަމުންދިޔަ ފިއުލް ބައުޒަރެއްގައި އަލިފާން ރޯވެގެން އެ ހާދިސާގެ ރިޕޯޓް މިއަދު ހެނދު 9:49 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓާއެކު ސިފައިންގެ ފަޔާ ޓީމް ވަނީ އެ ތަނަށް ގޮސްފައެވެ. ނަމަވެސް ސިފައިން ދިޔައިރު ތެޔޮ ބައުޒަރެއްގައި ރޯވި އަލިފާން ވަނީ ނިއްވާލާފައެވެ. އެ […]
ޔުމްނާ ޢަލީ
ހދ. ހަނިމާދޫއަށް އުފަން އާސިފް ސަލީމް (އާސިއްޕެ) އަކީ ހަނިމާދޫގައި އުފެދުނު ވަރަށް މޮޅު ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ އާދަމް ސަލީމް (ސައްލި) ގެ ތިން ދަރިންގެ ތެރެއިން އެކަކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ މެމްބަރު، ހަނިމާދޫ ނީރަންމާގޭ އާދަމް ސަލީމް އާލާސްކަންފުޅާ އުޅުއްވުމަށް ފަހު 2002 ވަނަ އަހަރުގެ ނިޔާވުމާއި ގުޅިގެން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހަނިމާދޫއަށް ހުޅުވާލައިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުންއައި ފުޓްބޯޅް މުބާރާތުގެ ނަން ވަނީ އެ އަހަރުން […]
އިބްރާހިމް ޚަލީލް
ގދ. ތިނަދޫގައި މާރާމާރީއެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގދ. ތިނަދޫގައި މާރާމާރީއެއް ހިނގިކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ފުލުހުންނަށް އެކަން ރިޕޯޓް ކޮށްފައި ވަނީ މިރޭ 21:25 ހާއިރެވެ. މި މާރާމާރީގައި އަނިޔާ ލިބިފައި ވަނީ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް ދަނީ ތިނަދޫ ގައި ހުންނަ ޑރ. އަބުދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް އަދި މީހެއް ހައްޔަރެއް ނުކުރެއެވެ. ފުލުހުން ގެންދަވަނީ މި […]
ޔުމްނާ ޢަލީ
ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލާގައި ތުހުމަތުވާ ބަޔަކު ހައްޔަރު ކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމައްސަލާގެ ތުހުމަތުގައި ހައްޔަރު ކުރީ ތިން ދިވެހި ފިރިހެނުން ކަމަށެވެ. އެ މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެއީ 22 އަހަރުގެ މީހަކާއި، 27 އަދި 31 އަހަރުގެ މީހެކެވެ. ފުލުސް މީހާގެ ސައިކަލުގައިއަލިފާން ރޯކޮށްލާފައި ވަނީ ރޭގައެވެ. އެ ހާދިސާ ހިނގާފައި ވަނީ މިލަދޫގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހެއް ހުއްޓުވުމުން، […]
ޔުމްނާ ޢަލީ
ހުޅުމާލޭ ފޭސް 2 ގައި ބިދޭސީން ތަކެއްގެ މެދުގައި މަރާމާރީއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ދެންމެ ވިދާޅުވީ، ހުޅުމާލޭ ފޭސް 2 ގައި ބިދޭސީން ތަކެއްގެ މެދުގައި މަރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ފުލުހުން ވިދާޅުވީ، މި މާރާމާރީގައި ތިން ބިދޭސީ ފިރިހެނަކަށް އަނިޔާވެގެން މިހާރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. “މާރީމާރީ ހިނގާފައި ވަނީ ވައްކަމުގެ މައްސަލައަކ...
ޔުމްނާ ޢަލީ
މި އަހަރުގެ ތެރޭގައި އަދި އިތުރު ދެ އެއަރޕޯޓް ހުޅުވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ، މިހެން ވިދާޅުވީ ޅ. މަޑިވަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓް ރަސްމީގޮތުން މިއަދު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ މަޑިވަރު އެއަރޕޯޓް ހުޅުވުމާ އެކުގައި، މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި އެއަރޕޯޓެއް ހުޅުވިފައިވާކަން ފާހަގަ ކުރަށްވާފައެވެ. ސަރުކާރުގެ އަމާޒަކީ، އަދި އެމްޑީޕީގެ މެނިފެސްޓޯގައިވެސް އޮތް ފަދައިން، މީހުނ...
ޝިއުނާ އާދަމް
ޅ. މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. ރައީސް ޞާލިޙް މިއަދު ވަނީ ޅ. އަތޮޅަށް ކުރަށްވާ ދަތުރެއް ފައްޓަވާފައެވެ. މިދަތުރުފުޅުގެ ތެރެއިން މިއަދު އެމަނިކުފާނު މަޑިވަޑިވަރު އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ވަނީ މިއަދަކީ ޅ. އަތޮޅުގެ ރައްޔިތުން ދިގު އިންތިޒާރެއްގެ ނިމުން އައި ދުވަހެއްކަން ފާހަގަ ކުރަށްވާފައެވެ. އަދި އެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށް ވިދާޅު...
ޔުމްނާ ޢަލީ