ތިލަދުންމަތީގެ ދެ ރަށެއް ހިމެނޭހެން 12 ރަށެއްގައި ފާމަސީ އަޅައޮދޭނެ ބަޔަކު ހޯދަން އެސްޓީއޯއިން އިއުލާން ކޮށްފިއެވެ. އެ ކުންފުނިން ކުރި އިއުލާނުގައި ބުނެފައިވާގޮތުގައި މި ރަށްތަކުގެ ތެރޭގައި ހއ. ތުރާކުނާއި ހއ. ހޯރަފުށި ހިމެނެއެވެ. މި ޕްރޮޖެކްޓުތަކަށް އެދެވޭނީ އެ ރަށެއްގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ކުންފުނިތަކަށެވެ. އަދި ފާއިތުވި ފަސް އަހަރު ތެރޭ ެ ލައްކަ ރުފިޔާއަށްވުރެ ކުޑަ ނޫން އިމާރާތެއް އިމާރާތް ކޮށްފައިވެސް ހުންނަން ޖެހޭނެއެވެ. މި މަސައްކަތަށް އެދި ހުށަހަޅާ […]
އަޙްމަދު ވަހީދު
ހދ. ނޮޅިވަރަންފަރު ފަޅުތެރެއިން ވެލިނެގުން އަނެއްކާ ވެސް އެ ރަށު ކައުންސިލުން މަނާކޮށްފިއެވެ. ނޮޅިވަރަންފަރު ފަޅުތެރޭ އޮންނަ ތުނޑި ވަރަށް ބޮޑަށް ގިރައިގެން ދިޔުމާއި ގުޅިގެން ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތައް އެ ރަށު ފަޅުތެރެއިން ވެލިނެގުން ނޮޅިވަރަންފަރު ކައުންސިލުން ވަނީ މަނާކޮށްފައެވެ. މިކަމާއި ގުޅިގެން އިއްޔެ ނޮޅިވަރަންފަރު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ކަނޑައެޅި މުއްދަތު ހަމަވުމާއިއެކު އަނެއްކާ ވެސް އެ ރަށުގެ […]
އިބްރާހިމް ޚަލީލް
މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ)އިން ރަށްރަށަށް ދަތުރުކުރުމުގެ ކުރީން ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ތިން ފިޔަވަޅަކަށް ލުއިދީފައިވާކަން މިރޭ ޢިއުލާން ކޮށްފައެވެ. މި ފިޔަވަޅުތަކަށް ލުއިދީފައި ވަނީ މާދަމާއިން ފެށިގެންނެވެ. މިގޮތުން މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ޕީސީއާރް ޓެސްޓް ހަދަންޖެހޭ ގޮތަށް އޮތް އޮތުން ވަނީ ނިމުމަކަށް […]
ޙުސައިން ޝަހުދީ
މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ “ބޯޑާ މައިލްސް” ޕްރޮގްރާމުގެ ދަށުން އަބާރަނަ (ގޯލްޑް) ޓިއާ ރާއްޖޭގެ ޓޫރިޒަމްގެ ޕައިނިއަރެއް ކަމަށްވާ ޖޯޖް ކޯބިން އާއި އޭނާގެ ދަރިކަނބަލުން ޖޯޖިއާ ކޯބިން އަށް ދީފިއެވެ. މިއީ ރާއްޖެ އަށް އައި ފަތުރުވެރިއަކަށް މި ޓިއާ ދިން ފުރަތަމަ ފަހަރެވެ. މި ޓިއާ ކޯބިން އަށް އެރުވީ، އޭނާ ރާއްޖެ އަށް ކުރެއްވި ދަތުރު ނިންމަވައިލެއްވުމަށް ފަހު، ފުރާވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވިި ރަސްމިއްޔާތުގައެވެ. މި ޓިއާ އޭނާއާއި އޭނާގެ […]
އަޙްމަދު ވަހީދު
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ މިހާރު އިޞްލާޙުކުރަންވެފައި އޮތް ތަނެއް ކަމަށް ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ނާޒިމް މިހެން ވިދާޅުވީ، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދު މަޖިލިސް ތަޅުމުގައި ވާހަކަ ދައްކަ...
އަލީ އާދިލް
ދިވެހިންގެ މެދުގައި މިހާރު މަގުބޫލުކަން ހޯދަމުން އަންނަ ބަސްބުރީގެ މިއަދުގެ ބަސް ދިމާކޮށްގެން ހަދިޔާއެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ. އެގޮތުން އުރީދޫން އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ބަސްބުރި ޓީޝާޓެކެވެ. އެ ކުންފުނިން މި ހަދިޔާ ހުށަހެޅީ މިއަދަކީ މާދަރީ ބަހުގެ ދުވަސް ކަމަށްވުމުންނެވެ. އެގޮތުން، ބަހަވީ ސިންދަފާތު ރައްކާތެރިކުރުމަށް basburi.com ފަދަ ސުމޭކީ މަންސަަތައް އެހީތެރިވެދޭ ކަމަށް އުރީދޫން ބުންޏެވެ. މިއަދުގެ ބަސް ދިމާކޮށްގެން ޕޯސްޓް ޝެއާކުރާއިރު #މާދަރީބަހުގެދު...
އަޙްމަދު ވަހީދު
ދިވެހި ބަހަކީ ކުޑަކުދީންނާއި ޒުވާނުން ޝައުޤުވެރިވާ، ޒަމާނީ ޓެކްނޮލޮޖީ އާ ރައްޓެހި ބަހަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު ޔުމްނާ މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައިފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ. ފެބްރުއަރީ މަހުގެ 21ވަނަ ދުވަހަކީ، ކޮންމެ އަހަރަކުވެސް ދުނިޔޭގައި ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހެވެ. މި އަހަރުގެ ބައިނަލްއަޤުވާމީ މާދަރީ ބަ...
ޙުސައިން ޝަހުދީ
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރަމުން އަންނަ މޯލްޑިވްސް ގޭސްގެ މޮބައިލް އެޕްލިކޭޝަން ލޯންޗް ކޮށްފި އެވެ. މީގެ ދެދުވަސް ކުރިން އެކުން ފުނީގެ މުވައްޒަފުންގެ ފޭސްބުކް އަދި އެހެނިހެން ސޯޝަލް މީޑިއާ ގެ ޕްރޮފައިލް ގެ ފޮޓޯތަކުގައި ސުވާލު މާކުތަކެއް ހިމެނޭހެން ކޮށްފައިވާ ޕޯސްޓްތަކަކީ މޮބައިލް އެޕްލިކޭޝަން ޕްރޮމޯޓް ކުރުމަށް ހިންގި ކެމްޕެއިންއެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެކުންފުނިން މީސްމީޑިޔާގައި ބޭނުން ކުރަމުން އަންނަ ރަސްމީ ޗެނަލްތަކުގައި ބުނެފައިވަނީ މޮބައިލް އެޕްލިކޭޝަން ތަޢާރ...
އިބްރާހިމް އަސްވާޤް
އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ށ. މިލަންދުއަށް ތައާރަފުކޮށްފިއެވެ. މިއަދު އެ ރަށަށް ތައާރަފު ކުރި މި ހިދުމަތަކީ 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއެކު ލިބޭ ހިދުމަތެކެވެ. އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ދުނިޔަވީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، ތައުލީމާއި، ބޭސްފަރުވާގެ ހިދުމަތްތަކަށާއި، ވިޔަފާރިތަކަށް އިންޓަނެޓްގެ މުހިންމުކަަން އިތުރުވެފައިވާ ކަމަށެވެ. އެހެންވެ އިންޓަަނެޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅު ތަަކަށް ފުޅާކުރުމަކީ މުހިންމ...
އަޙްމަދު ވަހީދު
ފެނާއި ނަރުދަމާގެ ހިދުމަތުން ނެގޭ ފިކްސްޑް ޗާރޖަސް ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކުރަން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އިސްލާޙެއް ހުށަހަޅުއްވައިފިއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ، ފެނާއި ނަރުދަމާގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފަށާފައެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ސްޕޮންސާ ކުރަށްވާފައި ވަނީ ވެސް ޔާސިރެވެ. އެ ބިލު މަޖިލީހަށް ހުށަހަޅުއްވައި ދެއްވުމަށްފަހު ޔާސިރު މިއަދު ވަނީ...
ޙުސައިން ޝަހުދީ
ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ށ. ކޮމަންޑޫ މިސްކިތްތަކަށް އޭސީ ހަދިޔާއެއްކޮށްފިއެވެ. ކޮމަންޑޫ ކައުންސިލުން ވިދާޅުވީ، ފެނަކަ ސީއެސްއާރު ގެ ދަށުން އެރަށު މިސްކިތްތަކައް ބޭނުންވާ 6 އޭސީ އެ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ 24000 ބީޓީޔޫގެ އޭސީތަކެކެވެ. ފެނަކަ ސީއެސްއާރުގެ ދަށުން މީގެ ކުރިން ވެސް ވަނީ އެރަށަށް އެހީތެރިކަން ދީފައެވެ. މިގޮތުން މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ވަނީ އެރަށު ސިއްޚީ މަރުކަޒަށް 4 އޭސީއާއި ޓީވީއެއް ހަދިޔާއެއްކޮށްފައެވެ. އެއީ […]
ޔުމްނާ ޢަލީ
އދ. ހަންޏާމީދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައކްަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 41 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 70 އިންސައްތަ މަސައްކަތާއި 4.91 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. […]
އަޙްމަދު ވަހީދު
ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސްގެ މޭރީގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގެ އަސަރު މޭރީގެ ހަށިގަނޑު ފެނިފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. މިދިޔަ އޮކްޓޫބަރު މަހު މަރާލި މޭރީގެ މަރުގެ މައްސަލާގައި ޅ. ހިންނަވަރަށް ނިސްބަތްވާ ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެ ދެ މީހުން ރާވައިގެން މޭރީ މަރާލި ކަމަށް ބުނެ އެވެ. ލަމްހާއަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ […]
ހުސައިން ހަބީބް
ސަރުކާރުގެ އެންމެ ފުރަތަމަ ސަބްމެރިން ކޭބަލް އަޅަން އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ކުންފުނި، ރިލަޔަންސް ޖިއޯއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް)ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާޕާސަން ރިޔާޒް މަންސޫރެވެ. އަދި ޖިއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ރައީސް މެތިއު އޮމެންއެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ބައިވެ...
އަޙްމަދު ވަހީދު
ސްނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ގައި 2 ވަނަ ރޭ ކުޅުނު މެޗުތަކުން ހއ. އިހަވަންދޫ، ހދ. ވައިކަރަދޫ، މަކުނުދޫ، ކަނޑިތީމް އަދި ގޮއިދޫ ވެސް ކުޅުނު މެޗްކާމިޔާބު ކޮށްފި އެވެ. ރޭ ހއ އަތޮޅުގެ 2 މެޗެއް ކުޅެފައިވާއިރު މުރައިދޫ ކެލާ ބައްދަލުކުރި މެޗް 1-1 ގެ ނަތީޖާއަކުންވަނީ އެއްވަރުވެފަވާއިރު 3-2 ގެ ނަތީޖާއިން ބާރަށް މައްޗަށް އިހަވަންދޫ ވަނީ ކުރިހޯދާފައެވެ. ހދ.އަތޮޅުގެ 2 މެޗު ކުޅެފައިވާއިރު 4-3 ގެ ނަތީޖާއިން މަކުނުދޫވަނީ ނެއްލައިދޫ ބަލިކޮށްފައެވެ. ދެވަނަ […]
އަލީ ރިޔާޟް
ދިގުމުއްދަތަށް ފައިސާ ދައްކާ ޚަލާސްކުރާ ގޮތައް ނޮޅިވަރަންފަރުން ދޫކުރުމަށް ހަމަޖެހިފައިވާ އަށް ހައުސިން ޔުނިޓަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ލިސްޓް އާންމުކޮށް، މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި ލިސްޓްގައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއްވާނަމަ މިފެށޭ މާރިޗް މަހުގެ ފުރަތަމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ޝަކުވާއެއް ސާފުވާނެ ހުށަހަޅަން ނޮޅިވަރަންފަރު ކައުންސިލުން އެދެއެވެ. މިގޮތަށް ޝަކުވާ ހުށަހަޅ...
ޙުސައިން ޝަހުދީ
ފުޓްބޯލް އެސިސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އާ ލީގު ފޯމެޓްގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ “ދިވެހި ޕްރިމިއާ ލީގު 2023/2024 ކޮލިފިކޭޝަން” ބުރުގައި އެންމެ އުތުރުގައެ ފަސް އަތޮޅު ހިމެނޭ ފުރަތަމަ ޒޯނުން 17 ޓީމަކުން ބައިވެރި ވެއްޖެއެވެ. އެފްއޭއެމުން ޒޯން 1، 2 އަދި 3 ގެ ކޮލިފައިންގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުއެވެ. ޒޯން-1 ގައި ހިމެނެނީ ހއ އަތޮޅުން ފެށިގެން ރ އަތޮޅާ […]
އިބްރާހިމް ޚަލީލް
ސްރީ ލަންކާ އަށް ބޭނުންޖެހިފައިވާ ތެލާއި ގޭހުގެ ބާވަތްތައް ގަންނާނެ ފައިސާވެސް އެ ގައުމުގެ ސަރުކާރުން ހިންގާ ތެޔޮ ކުންފުނި ސަރުކާރުގެ ތެޔޮ ކުންފުނި، ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) ގައި ނެތް ކަމަށް، ލަންކާގެ ހަކަތައާ ބެހޭ މިނިސްޓަރު އުދަޔަ ގައްމަންޕިލާ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ސީޕީސީގައި ފައިސާ ނެތުމުގެ ސަބަބުން، ގައުމަށް ދިމާވެފައިވާ ތެލުގެ މައްސަލަ ހައްލުކުރަން ދަތިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، މި ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ވެސް […]
އަޙްމަދު ވަހީދު