ހދ. ނޭކުރެންދޫ ސްކޫލްގައި ހަތަރު ކްލާސްރޫމް އިމާރާތް ކުަރން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

އިއްޔެ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އޮތް ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި، އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ އެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި ނޭކުރެންދޫ ތަމްސީލް ކުރަށްވާ، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ، 4,708,302.70 (ހަތަރުމިލިއަން ހަތްލައްކަ އަށްހާސް ތިންސަތޭކަ ދެ ރުފިޔާ ހަތްދިހަ ލާރި) ރުފިޔާ އަށެވެ.

މި މަސައްކަތް 140 ދުވަހުގެ ތެރޭގައި ނިންމަން ވަނީ އެއްބަސް ވެފައެވެ.

ސަރުކާރުން ގެންދަވަނީ ސްކޫލްތަކުގެ ތަރައްގީއަށް މިފަދަ ގިނަ މަޝްރޫޢޫތަކެއް ހިންގަވަމުންނެވެ.