ގއ. ދާންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަސައްކަތް ފެށީ އަންގާރަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 52,099 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 4,953 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 333 މީޓަރުގެ ބޭރުތޮށި ލުމާއި، 529 މީޓަރުގެ އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ލ ރިވެޓްމެންޓް ޖެހުމާއި، 30 މީޓަރުގެ ލ ގްރޮއިންސް […]
އަޙްމަދު ވަހީދު
މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައްވައިފިއެވެ. ރައީސުލްޖުމްހުރިއްޔާގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި ޤައުމީ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، އީމެއިލް މެދުވެރިކޮށްގެންނާއި، ޕޯޓަލް މެދުވެރިކޮށްގެންނެވެ. އެގޮތުން އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މައިގަނޑު 34 ދާއިރަކުން ނަން ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. އަދި އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއް...
އައިޝަތު ނަސާޔާ
ބަންގްލަދޭޝުން އިތުރު ލޯނެއް ނަގަން ސްރީ ލަންކާއިން ނިންމައިފިއެވެ. މިފަހަރު އެގައުމުން ބަންގްލަދޭޝް އަތުން ނަގަން ނިންމީ ކަރަންސީ ސްވަޕްގެ ދަށުން 250 މިލިއަން ޑޮލަރުގެ ލޯނެކެވެ. އެކަން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޯމެން ވެސް ވަނީ އިއުލާން ކޮށްފައެވެ. ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު މިވަގުތު ހުންނެވީ ރަސްނީ ދަތުރުފުޅެއްގައި ލަންކާގައެވެ. ބެލެވޭ ގޮތުގައި ލޯނު އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ކުރީ މި ދަތުރުފުޅުގައެވެ. މިދިޔަ އަހަރުވެސް ކަރަންސީ ސްވަޕުގެ ދަށުން ބަންގްލަދޭޝުން...
އަޙްމަދު ވަހީދު
ށ. ފުނަދޫ ގައި ހުންނަ އެއަތޮޅު ހޮސްޕިޓަލުގެ ހާލަތާއިމެދު އެއަތޮޅުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ. ނަންހާމަ ނުކުރުމަށް އެދި އެރަށުން “ތިލަދުން” އަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ ކޯވިޑް-19 ގެ ކުރިން އެހޮސްޕިޓަލުގެ ހާލަތު ރަނގަޅު ކަމަށެވެ. ނަމަވެސް ކޯވިޑްގެ ދުވަސްކޮޅު ފެސިލިޓީތައް ގާއިމް ކުރުމުން ހޮސްޕިޓަލުގެ ޖާގަ ވަރަށް ކުޑަވެފައިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. އެގޮތުން މިހާރު އެހޮސްޕިޓަލުގެ ވޯޑްގައި ބެހެއްޓިފައި ހުރީ ޖުމްލަ 8 އެނދުކަމަށާއި، 6 ފަންކާ […]
އައިޝަތު ނަސާޔާ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހިދުމަތްތައް ޑިޖިޓަލް ކުރަން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ. “ޕޯޓް ޑިޖިޓަލްކޮށް” ނަމުގައި އެ ކެމްޕޭން ފެށީ ކްރޮސް ރޯޑުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަނެވެ. އެމްޕީއެލުން ބުނީ ވިަޔފާރި ބަނދަރުގައު މުދާ ކްލިއާކުރަން، މުހިންމު މަރުހަލާތަކެއް އޮންނައިރު، އެކަން ކުރުމުގައި ގިނަ ވަގުތު ހޭދަވާކަމަށާއި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ބޭނުންވާ ހުއްދަ އަދި ސޮއި ހޯދ...
އަޙްމަދު ވަހީދު
ސްރީ ލަންކާގެ ރަތުމަލަނާ އެއާޕޯޓަށް މޯލްޑިވިއަން އެއާލައިނުން ކުރަން ފެށި ދަތުރުތައް ހަފުތާއެއް ނުވަނީސް މެދުކަނޑާލައިފިއެވެ. އެ ދަތުރުތައް މޯލްޑިވިއަނުން ފެށީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެ ދަތުރުތައް މެދުކަނޑާލީ ތަރުހީބު ނުލިބުމުންނެވެ. އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފްލައިޓްތަކަށް ބުކިން ލިބުނީ ވަރަށް މަދުން ކަމަށެވެ. ފްލައިޓްތައް ކެންސަލް ކުރި ނަމަވެސް މިހާރު ބުކިން ހައްދާފައިވާ މީހުންނަށް އެހެން ފްލައިޓްތަކުން ޖާގަ ހޯދައިދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަލުން ލަނ...
އަޙްމަދު ވަހީދު
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ދިފާއުގައި އެމަނިކުފާނުގެ ފަރާތްޕުޅުން 18 ހެއްކެއް މިއަދު ހުށަހަޅައިފި އެވެ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ދޮވުނު ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތުން ދިފާއުގައި ހުށަހެޅީ ހަތް މީހަކާއި 11 ލިޔުމެވެ. އެ ހެކިތަކުގެ ތަފްސީލަކަށް މިއަދު ނުދެ އެވެ. ޔާމީނަށް ރިޝްވަތު […]
ހުސައިން ހަބީބް
ޅ.ހިންނަވަރު ބަނދަރު ތަރައްގޫ ކުރުމުގެ މސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތް ނިމިއްޖެ ކަމަަށެވެ. އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 57 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 421...
އަޙްމަދު ވަހީދު
ސީއެސްއާރު ނުވަތަ އިޖުތިމާއީ ޒިންމާގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. ހޯރަފުށީގައި އިންޓަނޭޝަނަލް ޕްރީސްކޫލެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކޫލުގެ މަސައްކަތް ފަށަން ވަނީ ބިންގާ އަޅާފައެވެ. ނިންގާ އެޅުއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ހޯރަފުށީ ކައުންސިލްގެ ނައިބު އަހުމަދު އިމްދާހުއެވެ. އެ މަސައްކަތް ކުރަން އެމްޓީސީސީގައި އެދުނީ ހޯރަފުށީ ކައުންސިލ...
އަޙްމަދު ވަހީދު
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ސްޓެލްކޯއަށް ދިން ރެންސަމްވެއާ އެޓޭކްގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ސްޓެލްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެޓޭކާ ގުޅިގެން މައްސަލަ ހައްލު ކުރަން މަސައްކަތް ފެށި ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ. ސްޓެލްކޯއަށް ރެންސަމްވެއާ އެޓޭކެއް ދިނުމުގެ ސަބަބުން އެ ކުންފުނިން ދެމުން އައި ހިދުމަތްތައް މެދުކެނޑުނެވެ. އެ ކުންފުނިން […]
އަޙްމަދު ވަހީދު
ހދ. ނޭކުރެންދޫ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް އޮތީ އިވެލުއޭޝަން ސްޓޭޖުގައި ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ފުރުޞަޠު ހޯއްދަވައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވަނީ މަކުނުދޫގައި ތަރައްގީ ކުރަން ނިންމާފައިވާ ބޮޑު ޓާފް ދަނޑާއި، މަކުނުދޫގައި އަޅަން ނިންމާފައިވާ ހޭންޑް ބޯލް ކޯޓުގެ މަސައްކަތާބެހޭ ގޮތުން ވަޒީރު، މަޚްލޫފްއާއި ސު...
އަލީ އާދިލް
ހއ. މުރައިދޫ ކައުންސިލްއިން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ވިދާޅުވީ މިއީ މުޅި ރަށަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވާ މުބާރާތެއް ކަމަށެވެ. މިމާރޗް މަހުގެ 4 އަދި 5 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާ މިމުބާރާތުގައި ސްކޫލް ދަރިވަރުންގެ އިތުރުން ރަށުގެ ރައްޔިތުންގެ ތެރެއިން ވެސް ބައިވެރިން ބައިވެރިވެފައިވާކަން އެކައުންސިލުން ވަނީ އުފަލާއި އެކު ފާހަގަ ކުރަށްވާފައެވެ. މި މުބ...
އައިޝަތު ނަސާޔާ
ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ހޯދި ވޭނެއް ގަބޫލުކުރަން ކައުންސިލުން ދެކޮޅު ހަދާތީ އަމިއްލަ މީހެއްގެ ގަރާޖަށް އެ ވޭން ގެންދަން އެރަށު ކޯޓުން ނެރުނު އަމުރެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ. ކުޅުދުއްފުށީ ހިޔާ ގަރާޖުން ކައުންސިލަށް ވޭނެއް ގެންނަން މިދިޔަ އަހަރު އެއްބަސްވުމެއް ހެދުމަށްފަހު ވޭން ގެނެސް، ކައުންސިލް އިދާރާގައި ބޭއްވި އެވެ. އެކަމަކު މިހާރު އޮތް ކައުންސިލުން އެ ވޭނާ ހަވާލުވާން ދެކޮޅު ހެދީ އެއްބަސްވުމުގައި ބުނާ މުއްދަތު ހަމަވިފަހުން ވޭން ގެނެސްފައިވާތީ […]
ހުސައިން ހަބީބް
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހްގެ މައްޗަށް ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ސޯލިހްގެ މައްޗަށް ދައުވާކުރީ އެމްއެމްޕީއާރުސީއިން ދޫކުރި ރަށްތަކުގެ ތަހުގީގު ރިޔާސީ ކޮމިޝަނުން ކުރަމުން ދާތީ ރަށްތަކުގެ ހެޑްލީސް ބަދަލު ނުކުރަން އެ ކޮމިޝަނުން އަންގާފައި ވަނިކޮށް އޭގެ ތެރެއިން ބައެއް ތަންތަނާ ގުޅިގެން ތަހުގީގެއް ނުހިނގާ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ސޯލިހް ސިޓީ ފޮނުއްވި […]
ހުސައިން ހަބީބް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތްތަކަށް އަނެއްކާވެސް ބުރޫ އަރަން ފަށައިފި އެވެ. މިއަދު އެންމެ ފުރަތަމަ ރައްޔިތުންގެ ބޭންކް ބީއެމްއެލްގެ ޚިދުމަތްތަކަށް ބުރޫ އަރަން ފަށާފައިވަނީ ހެނދުނު 8:11 އިން ފެށިގެންނެވެ. މިއަދުގެ މިހާތަނަށް އެކިފަހަރު މަތިން 15 ވަރަކަށް ފަހު ޚިދުމަތް ކެނޑި ފައިވެއެވެ. މިފަހަރު ރޯދަ މަހާ ދިމާކޮށް ހިދުމަތްތަކަަށް ބުރޫ އެރުމުގެ ސަބަބުން ގިނަ ކަސްޓަމަރުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، މި މަހު ލިބޭ ރޯދަ އިނާޔަތް ބޭނުން ނުކުރެވި […]
އަޙްމަދު ވަހީދު
އަންނަ ރޯދަ މަހު ބާއްވާ އުރީދޫ މަސްރޭހުގެ ޕާޓްނަރަކަށް ޑީޓެކް ކުންފުނި ހަމަޖައްސައިފިއެވެ. ޑީޓެކް އަކީ އިޖީނާއި ޖެޓްސްކީފަދަ ތަކެތި ވިއްކަމުން އަންނަ ކުންފުންޏެކެވެ. އެކުންފުނިން ވަނީ މަސްރޭސް ކާމިޔާބު ކުރާ ޓީމަކަށް އެވުންރޫޑް ބްރޭންޑްގެ 8.9 ހޯސްޕަވާގެ އިންޖީނެއް ހުށަހަޅައިފައެވެ. މި އަހަރުގެ މުބާރާތުގައި 23 ޓީމަކުން ބައިވެރިވާނެއެވެ. އެ މުބާރާތުން އެއް ވަނައަށް ހޮވޭ ޓީމަކަށް 50،000ރ. ލިބޭނެއެވެ. އަދި އެންމެ ގިނަ މަސް ބާނާ މީހަކަށް 5،000ރ. ލިބޭ އިރު އެންމެ ބަރު […]
އަޙްމަދު ވަހީދު
މި ރޯދަ މަހު ދުނިޔޭގެ ބައެއް ގައުމުތަކުގެ މުސްލިމުން 20 ގަޑިއިރު ރޯދަޔަށް ތިބެން ޖެހޭނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ. އިރު އަރާ ވަގުތު މިހާރުވެސް އެކި ގައުމުތަކަށް ތަފާތުވާއިރު އިރުއޮއްސޭ ވަގުތުވެސް ތަފާތުވެއެވެ. ރޯދަޔަކީ އިރު އެރީއްސުރެ އިރުއޮއްސެންދެން އަދާ ކުރަން ޖެހޭ އަޅުކަމަކަށްވާއިރު އެކި ގައުމުތަކުން ރޯދަޔަށް ތިބެން ޖެހޭ ވަގުތުވެސް ތަފާތުވެއެެވެ. ފަލަކީ އިލްމުވެރިން ކުރި ދިރާސާތަކުގައި އެންމެ ގިނަ ވަގުތު ރޯދަޔަށް ތިބެން ޖެހޭނީ ގްރީން ލޭންޑުގެ ނުކް ސަރަހައްދާއި […]
އަޙްމަދު ވަހީދު
މި ސަރުކާރު ބިނާވެގެން އައީ އިންޞާފް ޤާއިމުކޮށްދިނުމުގެ ވަޢުދާއެކުކަމަށާއި، އިންޞާފް ޤާއިމްވުމުގެ ތަޅުދަނޑިއަކީ ހިންގޭ ފުރިހަމަ ތަޙުޤީޤުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޞާލިޙް ވިދާޅުވީ، ފުލުހުންގެ ހިންގުމަށް ގެނެވިފައިވާ ޒަމާނީ ބޮޑު ބަދަލުގެ ޙަޤީޤީ ސަބަބަކީ، އަލަށް ޢަމަލު...
ޝިއުނާ އާދަމް