ސިއްހީ ދާއިރާގައި ކުރިމަތިވާ މައްސަލަތައް ހައްލުވާނީ ސަރުކާރަށް ޖެއްސުންނުކޮށް އެންމެންވެސް އެކަމާއި އުޅިގެންކަމަށާއި، އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ހުންނަގޮތުން އެކަން ހައްލުކުރުމަށް ގޮންޖެހުންތައް ކުރިމަތިވާކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ. ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތްތައް ރަނގަޅަށް ނުލިބޭ ކަމަށް ބުނެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ތަޅުމުގައި އިއްޔެ ވާހަކަ...
އަލީ އާދިލް
ދިވެހި ފުލުހުންނަށް ލިބޭ ކޮންމެ މޮޅުކަމަކާއި ކުރިއެރުމަކީ ގައުމަށް ލިބޭ މޮޅުކަމަކާއި ކުރިއެރުމެއްކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ސައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ގައުމީ މުއައްސަސާއެއް ކަމުގައެވެ. އަދި ފުލުހުންނަށް ގާއިމު ކޮށްދެވޭ ކޮންމެ ވަސީލަތަކާއި ލިއްބައިދޭ ކޮންމެ ހުނަރަކާއި ކޮންމެ ގާބިލު...
ޔުމްނާ ޢަލީ
އަންގާރަދުވަހުގެ ރޭ ކުޅުނު މެޗުތަށް ކާމިޔާބުކޮށް ޕޯޗުގަލް އަދި ޕޮލެންޑް ވޯލްޑް ކަޕުން ޖާގަ ހޯދައިފިއެވެ. ޕޯޗުގަލް 8 ވަނަ ފަހަރަށް ވޯލްޑްކަޕް ގެ ޖާގަ ކަށަވަރު ކުރީ ޔޫރަޕިއަން ކޮލިފިކޭޝަންގެ ޕްލޭ އޮފް ބުރުގެ ފައިނަލް މެޗުގައި ނޯތު މެސަޑޯނިއާގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. ޕްލޭ އޮފް ބުރުގެ ސެމީގައި ޔޫރަޕްގެ ޗެމްޕިއަން އިޓަލީ ބަލިކުރި މެސަޑޯނިއާ އާއި ދެކޮޅަށް ޕޯޗުގަލްވަނީ މޮޅުކުޅުމެއް ކުޅެފައެވެ. މެޗުގައި 9 ހަމަލާއެއް ޕޯޗުގަލްއިން ވަނީ […]
އަލީ ރިޔާޟް
2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް އިރާދަކުރެއްވިއްޔާ ޤާއިމުކޮށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޞާލިޙް ވިދާޅުވީ، ފުލުހުން ބިނާކުރުމަށްޓަކައި ރާއްޖޭގެ އެންމެ ދެކުނުގައި ހުޅުވިގެން އެދިޔަ ނެޝަނަލް ކޮލެޖް...
ޝިއުނާ އާދަމް
ލިވަޕޫލްގެ ދެ ފޯވާޑުންގެ ކުރިމަތިލުން މާނޭ ކާމިޔާބުކޮށް ސަލާހުގެ މިސްރު ކަޓުވާލުމަށްފަހު ސެނަގޯލްއިން ވޯލްޑްކަޕް ޖާގައެއް ކަށަވަރު ކޮށްފިއެވެ. މިސްރުގައި ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން މިސްރު މޮޅުވެފައި އޮއްވައި އަންގާރަދުވަހުގެ ރޭ ސެނަގޯލް ގައި ކުޅުނު މެޗު 90 މިނެޓް ނިމުނު އިރު 1-0 ގެ ނަތީޖާއިން ސެނަގޯލް ކުރީގައި އޮތުމުން 15 މިނިޓް ގެ ދެހާފް ކުޅުމަށްފަހު އެގްރިގޭޓުން ދެޓީމް އެއްވަރު ވުމުން ނަތީޖާ ނެރެން ވަނީ ޕެނަލްޓީ ޖަހާފައެވެ. ޕެނަލްޓީގައި މިސްރުން […]
އަލީ ރިޔާޟް
އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނުއުވަބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އާބާދީ ބޮޑު ހަ ރަށެއްގައި 11 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމު ގާއިމުކުރުމަށް މެލޭޝިއާގެ މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އަދި ޕަވާ ޗައިނާ ހުއަޑޮން އިންޖިނިއަރިން ކޯޕަރޭޝަން ޖޮއިންޓް ވެންޗާއާ ހަވާލުކޮށް، މަޝްރޫއު ތަންފީޒުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. މިއީ ރާއްޖޭގައި އެއް ކޮންޓްރެކްޓެއްގެ ދަށުން އެއްމެ ގިނަ އަދަދަކަށް ސޯލާ ޕީވީ ނިޒާމު ގާއިމުކުރާ މަޝްރޫއުއެވެ. މިއަދ...
އަޙްމަދު ވަހީދު
ރިސޯޓު ހަދަން ހުޅުވައިލި ރަށްތަކަށް ބޮޑެތި އަގުތަކެއް ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. ރިސޯޓުތައް ހަދަން މި ރަށްތައް އިއުލާން ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މި ރަށްތަކަށް ބީލަން ހުށަހެޅުން ކުރިއަށް ގެންދިޔައީ މިމަހުގެ 22 އާއި 23 ގައެވެ. ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެ ރަށްތަކުގެ ތެރެއިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހަޅާފައިވާ އަގުތައް، މިނިސްޓްރީން ކަނޑައަޅާފައިވާ އެންމެ ދަށް އަގަށް ވުރެ އެވްރެޖުކޮށް 250 އިންސައްތަ ބޮޑު […]
އަޙްމަދު ވަހީދު
އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް “ހައްޕު” ގޭމް ވިއްކަން ފަށައިފިއެވެ. “ހައްޕު” އަކީ ފީކޮއި ބްރޭންޑުގެ ދަށުން އުފައްދާފައިވާ ބަސް ދިމާކުރާ ގޭމެކެވެ. މި ގޭމަކީ ދިވެހިން އުފައްދާފައިވާ ދިވެހި ގޭމެކެވެ. މި ގޭމް ހަތް އަހަރުން ފެށިގެން މަތީގެ ކޮންމެ ބަޔަކަށް ވެސް ކުޅެވޭނެއެވެ. މީގެ ތެރޭގައި ފުރާވަރުގެ ކުދިންނާއި ބޮޑެތި މީހުންވެސް ހިމެނެއެވެ. މިއީ އާއިލާއާއެކު ނުވަތަ ރައްޓެހިންނާއެކު ވަގުތު ހޭދަ ކޮށްލަން ރަނގަޅު ގޭމެކެވެ. މިއީ ގޭމެއްގެ އިތުރުން އިންސާނާގެ ބަސްކޮށާރަ […]
އަޙްމަދު ވަހީދު
ހއ. ދިއްދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. ދިއްދޫ “ތިލަދުން” އަށް ވާހަކަދެއްކި މީހަކު ބުނީ އެ އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އެ އަތޮޅު އުތީމު ފިރިހެނަކަށް ކަމަށެވެ. އެކްސިޑެންޓް ހިނގަންމެދުވެރިވީ އޭނާ ދުއްވި ސައިކަލް “ރޭސް ތާށިވެ” ކޮންޓްރޯލްނުވެގެންނެވެ. ސައިކަލް ކޮންޓްރޯލްނުވެ ވަނީ ދިއްދޫގެ ޓޫޖޭ ފިހާރަ ބިއްލޫރި ގަނޑުގައި ޖެހި، ބިއްލޫރިގަނޑު ވަަރަށް ބޮޑަށް ތަޅައިގެން ގޮސްފައެވެ. “އެވަގުތ...
ޝިއުނާ އާދަމް
ނ. މާފަރު މަގުތަކުން ބިޓުމަން ސާފުކުރުމުގެ މަސައްކަތް ނިމެން ކައިރިވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ އެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެދިވަޑައިގަތުމަކަށް އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ކުރިއަށްދާ މަސައްކަތެކެވެ. ނ. މާފަރު ކައުންސިލުން މި މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ އަރިހު އެދިވަޑައިގަތީ އެމަނިކުފާނު ޖެނުއަރީ 2022 ގައި ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައެވެ.
އަޙްމަދު ވަހީދު
ދިވެހި ސަރުކާރާއި، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ސަރުކާރާ ދެމެދު މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި އެއްބަސްވުމަކީ، ދޭދޭ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވާފަދަ މުހިންމު އެއްބަސްވުމެކެވެ. މި އެއްބަސްވުމަކީ ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ ވަރލްޑް ގަވަރމަންޓް ސަމިޓް 2022 ގެ ހަވާސާގައެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ...
ޔުމްނާ ޢަލީ
ބޮޑެތި ބާރު ތަކުން ކުދި ޤައުމުތަކަށް ވަދެގަންނަނީ “ނަންފިލާގަޑުތައް” ބޭނުން ކޮށްގެންކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮށް ހުޅުވާފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އެ ކޮލަޖަށް އިޝާރާތްކުރައްވައި، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ އުމަރު ވިދާޅުވީ، އައްޑޫގައި ހުޅުވުނު މަރުކަޒުގެ ބޭރު ނަންފިލާގަޑުގައި ‘ނެޝަނ...
އަލީ އާދިލް
ހއ. ދިއްދޫ ކައުންސިލްގެ ފަރާތުން އެރަށުގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތް ދޭން ފަށަން ނިންމައިފިއެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު “ތިލަދުން” އަށް ވިދާޅުވީ، މިޚިދުމަތް ދޭން ފަށާނެ ވަކި ތާރީޚެއް ފަހުން އަންގާނެ ކަމަށާއި ނަމަވެސް މިހާރު މިޚިދުމަތަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަފައިވާ ކަމަށެވެ. މީގެ ކުރިން އެރަށުގައި މިޚިދުމަތް ދެމުންދިޔައީ ފެނަކައިގެ ފަރާތުންނެވެ. އޭރު މިޚިދުމަތް ދީފައިވަނީ ކޮންމެ ގެއަކުން -/50 (ފަންސާސް ރުފިޔާ) ގެ ފީއެއް ނަގައިގެންނެވެ. ފެނަކައިގެ ފަރާތުން...
އައިޝަތު ނަސާޔާ
މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގުރިކަލްޗަރއިން ސަރަޙައްދީ ހެޗަރީތައް ޤާއިމްކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހއ. ފިއްލަދޫ ހިމެނިއްޖެއެވެ. އެގޮތުން އެމިނިސްޓްރީއިން ވަނީ މިރަށްތަކަށް އަމާޒްކޮށްގެން މެރިކަލްޗަރ އެކްސްޕޯޝަރ ޕޮރޮގުރާމްއެއް ކުރިއަށް ގެންގޮސްފައެވެ. އަދި މިޕްރޮގްރާމްގައި ފިއްލަދޫ ކައުންސިލްގެ އިތުރުން ހއ އަތޮޅު ކައުންސިލުންވެސް ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގައި ފިއްލަދު ކައުންސިލުން ބައިވެރިވީ އެ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ރަޒީފްއެވެ. “ތިލަ...
އައިޝަތު ނަސާޔާ
ރާއްޖޭގައި ބާއްވާ ފުރަތަމަ ބާ އެގްޒާމަށް ތައްޔާރުވެ، އެ އިމްތިހާނުގައި ބައިވެރިވާ ކޮންމެ މީހެއްގެ އަތުން ފީއަކަށް 10،000 ރުފިޔާ ނަގަން ބާ ކައުންސިލުން ނިންމި ނިންމުމަކީ އެންމެ އިންސާފުވެރި ނިންމުމެއް ނޫންކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ. މި އަހަރުގެ ޖޫން މަހު ބާ ކައުންސިލުން ބޭއްވުމަށް އިންތިޒާމު ކުރަމުންދާ ދިވެހިރާއްޖޭގެ ފުރަތަމަ ބާ އިމްތިޙާނު އޮންނާނީ 25 ޖޫން 2022 ވާ ހޮނިހިރު ދުވަހުއެވެ. އަދި ބާ އިމްތިޙާނުގެ ފީ ގެ […]
އަލީ އާދިލް
ދިވެހި ރާއްޖޭގައި މިހާތަނަށް ހިންގާ އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ވިދާޅުވިގޮތުގައި، މިއީ ދިވެހިރާއްޖޭގައި މިހާތަނަށް ޕަވަރ ޕާރޗޭސިންގް އެގްރީމެންޓްގެ ދަށުން ސޮއިކުރެވޭ އެންމެ ބޮޑު ސޯލަރ ޕީވީ އެއްބަސްވުމެވެ. މިއަދު ސޮއިކުރެވުނު ކޮންޓްރެކްޓްގެ ދަށުން ތިން ސިޓީއާއި، ތިން ރަށެއްގައި 11 މެގަވޯޓު ސޯލާ ޕެނަލް ހަރުކުރާނެއެވެ. މި މަޝްރޫޢު ހިންގާ ސިޓީތަކާއި، ރަށްތައް: ހދ....
ޔުމްނާ ޢަލީ
މީގެ 11 އަހަރު ކުރިން ވިލިމާލޭގައި ގްރޫޕަކުން ހަމަލާދީ މަރާލި އަހުމަދު މިރުޒާ އިބްރާހިމްގެ ގާތިލަކު މަރަން ހުކުމްކޮށްފައި ވަނިކޮށް އޭނާގެ ވާރިސުން ސުޕްރީމް ކޯޓުގައި މިއަދު ގާތިލަށް މައާފް ދީފި އެވެ. 2011 ވަނަ އަހަރު ހުޅުމާލޭ ކުޑަކުދިންގެ ޕާކް ކައިރީގައި ނ. މާޅެންދޫ ވައިޓްހައުސް، މިރުޒާއަށް ލަކުޑި ބުރިން ހަމަލާދީ މަރާލި މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ދެ މީހުންގެ ތެރެއިން ޏ. ފުވައްމުުލަކު ޒާވިއާ އަބްދުﷲ ނަޒީފަށް ވާރިސުން މައާފް ދިނީ ސުޕްރީމް ކޯޓަށް […]
ހުސައިން ހަބީބް
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޕެޓްރޯލް ޝެޑުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކުރަން ނިންމައިފިއެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރި މުހައްމަދު ގަސަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބަދަލު ގެންނާނީ އަންނަ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ. މި ބަދަލާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެސްޓީއޯގެ ސަބްސިޑިއާރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެފްއެސްއެމުން ހުޅުމާލެ ރަށު މާރ...
އަޙްމަދު ވަހީދު