ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހްގެ މައްޗަށް ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސޯލިހްގެ މައްޗަށް ދައުވާކުރީ އެމްއެމްޕީއާރުސީއިން ދޫކުރި ރަށްތަކުގެ ތަހުގީގު ރިޔާސީ ކޮމިޝަނުން ކުރަމުން ދާތީ ރަށްތަކުގެ ހެޑްލީސް ބަދަލު ނުކުރަން އެ ކޮމިޝަނުން އަންގާފައި ވަނިކޮށް އޭގެ ތެރެއިން ބައެއް ތަންތަނާ ގުޅިގެން ތަހުގީގެއް ނުހިނގާ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ސޯލިހް ސިޓީ ފޮނުއްވި ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ ސޯލިހާ ދެކޮޅަށް ހުށަހެޅިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެއްކެއް ނެތް ކަމަށެވެ.
ދައުލަތުން ހުށަހެޅި ހެކިންގެ ބަހުން ވެސް ހެކިބަސް ލިބުނީ ސޯލިހާ އެއްކޮޅަށެވެ. ހެކިން ބުނެފައިވާ ގޮތުގައި ސޯލިހް ފޮނުވި އެއްވެސް ސިޓީއެއްގައި ލީސް ބަދަލުކުރަން ހުއްދަ ދީފައެއް ނުވެ އެވެ. އަދި ލީސް ބަދަލު ނުކުރަން އެންގި އެންގުމަށް އަމަލުނުކުރަން ފަހުން ޓޫރިޒަމް މިނިސްޓަރު ނިންމެވި ކަމަށް ހެކިން ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!