އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ، ދުނިޔޭގެ އިގްތިސާދީ މުހިންމު ރާސްތާއެއް ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ މަސްރަހު ގޯސްވެފައިވާއިރު، އެމެރިކާއިން ދެމުންދާ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު އެ ކަނޑުއޮޅި އާންމު ހާލަތަށް ނުގެންނާނެ ކަމަށް އީރާނުން ބުނެފިއެވެ. އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމުގެ އިންޒާރުމި ކުރިމަތިލުންތައް އިތުރަށް ހޫނުވެގެން ދިޔައީ، އީރާނުގެ މިސައިލް ނުވަތަ ޑްރޯން ހަމަލާއަކުން އެމެރިކާގެ އަސްކަރީ ނުވަތަ ވިޔަފާރި އުޅަނދަކ...
ނާޒިމާ އަލީ
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތުގެ ދަށުން މަގުގައި ކުރަހަންޖެހޭ ޓްރެފިކް ނިޝާންތަކާއި ރޯޑް މާކިންގްގެ މަސައްކަތްތައް 100 އިންސައްތަ ނިންމާލެވިފައިވާކަމަށް މި މަޝްރޫޫއު ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ. އެމްޓީސީސީން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން ސެގްމަންޓް 2 އަދި 3 ގައި ހިމެނޭ ޕާކިންގް ޒޯންތަކާއި ދުވާރު ހެދުމުގެ މަސައްކަތް މިހާރ...
އަޙްމަދު ވަހީދު
ކ. ހިންމަފުށީގައި ހިނގި މާރާމާރީއަކާ ގުޅިގެން މިސްރަށް ނިސްބަތްވާ ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ ހިންގާ ކަމުގެ ރިޕޯޓު 19 ޖުލައި 2026 ވަނަ ދުވަހުގެ ރޭ 19:24 އެހައިކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިސްރަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނ...
އަލީ އާދިލް
އެކުވެރި ދައުލަތްތަކުގެ (އދ. – ޔޫއެން) ދެން އަންނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އައްޔަންކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާ ކަމަށް ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފިއެވެ. އަންގާރަ ދުވަހު ނިއުޔޯކް ޕޯސްޓުން މިކަން ހާމަކޮށްފައިވަނީ ރައީސް ޓްރަމްޕާ ގާތް ގުޅުމެއް އޮންނަ މަސްދަރަކާ ހަވާލާދީއެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންފަންޓީނޯއަކީ މުޅި ދުނިޔޭގެ އިހުތިރާމް ލިބިފައިވާ، އަދި މީހުން އެއްބައިވަންތަ ކުރުވުމުގެ ހާއްސަ ގާބިލުކަމެއް ލިބިފައ...
ނާޒިމާ އަލީ
ހއ. ދިއްދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓުގެ ބޮޑުބައި ނިމި، އަމަލީ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، ދިއްދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ 98.55 އިންސައްތަ މަސައްކަތް މިހާރު ވަނީ މުޅިން ނިންމާލާފައެވެ. މިހާރު ކުރިއަށްދަނީ އިމާރާތްތަކުގެ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތަކެވެ. ޖުމްލަ 120 މިލިއަން ރުފިޔާ ހ...
ޝިއުނާ އާދަމް
ސަރުކާރުގެ ވުޒާރާތަކުގެ ޕާނަމަންޓް ސެކްރެޓަރީންނާއި ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން (އެސްޖީ) އިންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ޕޭ ކޮމިޝަނުން ނިންމި ނިންމުމާއި ގުޅިގެން އެސްޖީންގެ އުދާސްތައް ބަންޑުންކޮށްލައިފިއެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ސިވިލް ސާވިސް އިދާރާތަކުގެ ޕަރނަމަންޓް ސެކްރެޓަރީންނާއ،ި ޒިންމާދާރު އިސްވެރިންނާއ،ި ސެކްރެޓަރީ ޖެނެރަލުންނާއ،ި ވަގުތީ ސެކްރެޓަރީ ޖެނެރަލުން އަދި ޒިންމާދާރުވެރިންނަށް 21 ޖުލައި 2026 ގައި ފޮނުވާފައިވާ ސ...
ޔުމްނާ ޢަލީ
އާދީއްތަ ދުވަހު ކުޅުނު ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރި ތާރީޚީ މެޗަށް ލަމީން ނުކުތީ އޭނާގެ ކެރިއަރުގެ އެންމެ މުހިންމު މެޗަށެވެ. އެއީ އޭނާގެ ޅަ އުމުރުގައި ދުނިޔޭގެ ތަށި އުފުލާލަން ނުކުތް ޝަރަފްވެރި މެޗެވެ. އެ މެޗު ކުޅެވެމުން ދިޔަ ވަގުތާއި މެޗަށްފަހު ޔަމާލްގެ ޢާއިލާ ދަނޑުން ވަނީ ފެނިފައެވެ. ނަމަވެސް އެތަނުން ޔަމާލްގެ ބައްޕައެއް ނުފެނެއެވެ. ދަރިފުޅުގެ މުހިންމު ވަގުތުގައި ކުރިން މިފަދަ ވަގުތުތަކުގައި ފެނުނު ބައްޕަ ކޮބައިތޯ އެއީ […]
ނާޒިމާ އަލީ
އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އެންޑީ ބާންހަމް، އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ދޭ ހަމަލާތަކުގައި އިނގިރޭސި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދެއްވައިފިއެވެ. މި ނިންމުމުގެ ދަށުން އިންޑިއާ ކަނޑުގައި އޮންނަ ފޯޅަވަހި ނުވަތަ ޑިއޭގޯ ގާސިއާ މަރުކަޒާއި، އިންގްލެންޑުގެ ގްލޮސްޓަރޝަޔަރގައި ހުންނަ އާރް.އޭ.އެފް ފެއަރފޯޑް މަރުކަޒު ބޭނުންކުރުމުގެ އިޚްތިޔާރު އެމެރިކާގެ މަތިންދާބޯޓުތަކަށް ލިބޭނެއެވެ. މި މަރުކަޒުތައް ބޭނުންކުރާނީ އީރާނުގެ މިސައިލް ނިޒާމުތަކާއި، ހޯރްމުޒް ކަނޑުއޮޅިއަށް އަމާޒުކޮށް އ...
ނާޒިމާ އަލީ
ހއ. ކަނޑާލިފިނޮޅަށް ކުރިއާލާ ދެވޭ ހުއްދައެއް ނެތި އަރާފޭބުމާއި، ބަނދަރުކުރުން އަދި އެއްވެސް ހަރަކާތެއް ހިންގުން ވަށަފަރު ކައުންސިލުން މިއަދު މަނާކޮށްފިއެވެ. ވަށަފަރު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅު އަޅާފައިވަނީ އެ ރަށުގެ ގުދުރަތީ މާހައުލަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީކަމަށެވެ. މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ނިންމުމާ ގުޅޭގޮތުން ކައުންސިލުން ބުނީ، ކައުންސިލްގެ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން ނުވަތަ އުޅަނދަކުން އެ ރަށަށް އަރައިފިނަ...
އަލީ އާދިލް
ސިޔާސީ ޕާޓީތަކުގެ އަހަރީ މާލީ އޮޑިޓް ރިޕޯޓު ކަނޑައެޅި މުއްދަތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައި ނުވާތީ، އިދިކޮޅު އެމްޑީޕީ ހިމެނޭހެން ތިން ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފިއެވެ. އީސީން ފިޔަވަޅު އެޅި ޕާޓީތަކުގެ ތެރޭގައި އެމްޑީޕީގެ އިތުރުން ހިމެނެނީ އަދާލަތު ޕާޓީއާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ. މި އަހަރުގެ މާލީ އޮޑިޓް ރިޕޯޓުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ސިޔާސީ ޕާޓީތަކަށް ދިން މުއްދަތު ހަމަވީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހުގެ […]
އަލީ އާދިލް
ހދ. ހަނިމާދޫ ބަނދަރު ބޭރު ތޮށީގައި އަޅާފައި އޮތް ލޯންޗެއްގައި ރޯވެ އަނދާހުލިވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ހަނިމާދޫ ”ގަހާތަރި” ލޯންޗުގައެވެ. ހަނިމާދޫ ކައުންސިލް މެމްބަރު އަހްމަދު އަނާން ”ތިލަދުން” އަށް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ މިރޭ މެންދަމު 12:25 ހާއިރުކަމަށެވެ. ”ބެލެވެނީ ސްޓާޓް ކުރަން އުޅެނިކޮށް ކަރަންޓް ޝޯޓެއްވީކަމަށް، އާންމުންނާއި ފުލުހުން ގުޅިގެން އަލިފާން ނިއްވޭތޯ މަސައްކަތްކުރި، ނަމަވެސް ލޯންޗް ވަނީ އެއްކޮށް އަނދާ ހުލިފައި” އޭނާ ބުންޏެވެ. އެ ލޯންޗްގައި […]
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ހޯމް ގާރޑެނިންގ، ހައިޑްރޮޕޯނިކްސް އަދި ވާޓިކަލް ފާމިންގ ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް އެސް.އެމް.އީ ޑިޖިޓަލްގެ “ވިލުންވެށި” ގްރާންޓަށް އެދި ހުށަހަޅާނެ ގޮތުގެ ތަފްޞީލު މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި ސެޝަނަކީ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް އަމާޒުކޮށްގެން ރޭ ކުރިއަށް ގެންދިޔަ އޮންލައިން ސެޝަނެކެވެ. މި ސެޝަންގެ މައިގަނޑު ބޭނުމަކީ ވިލުން...
ޝިއުނާ އާދަމް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންދާ 16 މިސްކިތަކާއި، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ދެ ގޮފީގެ މަސައްކަތް އަންނަ ރަމަޟާން މަހުގެ ކުރިން ނިންމައި ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އިސްލާމީ ދާއިރާގެ މި މަޝްރޫޢުތައް ނިންމުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަމަށެވެ. ”މާތް ﷲ އިރާދަކުރެއްވިއްޔާ އިސްލާމީ […]
ޔުމްނާ ޢަލީ
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް، ޔޫރަޕްގައި ބިނާކުރި ތިމާވެއްޓާ ރައްޓެހި ފުރަތަމަ މިސްކިތް ކަމަށްވާ “ކޭމްބްރިޖް ސެންޓްރަލް މޮސްކް” އަށް ޒިޔާރަތްކުރައްވައި، އެ މިސްކިތުގެ ފަރުމާއަށާއި އެތަން ބިނާކުރުމުގައި ބަހައްޓާފައިވާ ފަރުވާތެރިކަމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފިއެވެ. މިދިޔަ ހޯމަ ދުވަހު ކޭމްބްރިޖް ސެންޓްރަލް މޮސްކަށް ކުރެއްވި ޒިޔާރަތުގައި، ރަސްގެފާނަށް ވަނީ އެ މިސްކިތަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބިނާކޮށްފައިވާ ތަނެއްކަން ހާމަކޮށްދޭ މުހިންމު މައުލޫމާތުތައް އަރުވާފައެވެ. މި ޒިޔާރަތ...
ނާޒިމާ އަލީ
ހުޅުމާލޭ ފޭސް 1 ގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ (އަޒީޒާ މިސްކިތް) މިސްކިތަށް ގެއްލުންދިންކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ ދެނެގަނެވިފައިކަމަށް ފުލުހުން ބުނެފިއެވެ. މި މިސްކިތަށް ގެއްލުންދީފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށް ފުލުހުން ވަނީ އިއްޔެ ބުނެފަވެއެވެ. ފުލުހުން ބުނީ އިއްޔެ އެ އިދާރާ އަށް ހުށަހެޅުނު، ހުޅުމާލޭގައި ހުންނަ އަޒީޒާ މޫސާ މިސްކިތަށް ގެއްލުން ދިން މައްސަލައެއް ދަނީ ތަހުގީގު ކުރަމުންނެވެ. ހުޅުމާލެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފި ”މި މައްސަލައިގައި ތުހުމަތ...
ޔުމްނާ ޢަލީ
ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިން އަތުން 1-0 އިން އާޖެންޓީނާ ބަލިވި މެޗަށްފަހު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އޭނާގެ އިހުސާސްތައް ބަންޑުންކޮށްލައިފިއެވެ. މެސީ ބުނި ގޮތުގައި މި ބަލިވުމުން ލިބުނު “ހިތްދަތިކަން ވަރަށް ބޮޑެވެ.” މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ސްޕެއިންގެ ފެރާން ޓޮރޭޒް ޖެހި ލަނޑާއެކު ސްޕެއިން ވަނީ ދެވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއާއެކު […]
އަޙްމަދު ވަހީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، މ. ރަންދޫވިލާ، އަމްޖަދު މުޞްޠަފާ، މިއަދު ޢައްޔަނުކުރައްވައިފިއެވެ. މި މަޤާމަށް އަމްޖަދު ޢައްޔަނުކުރެއްވުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި އަމްޖަދު މުޞްޠަފާއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ. ހުވައިކުރެއްވުމަށްފަހު، މަޤާމުގެ ލިޔުން އަމްޖަދަށް ހަ...
ޝިއުނާ އާދަމް
ވޯލްޑް ކަޕް 2026 މުބާރާތުގެ ފައިނަލްގައި ސްޕެއިން އަތުން ބަލިވި މެޗަށްފަހު، ދަނޑުމަތީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އާޖެންޓީނާގެ ކުޅުންތެރިންގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފީފާއިން ހޯމަ ދުވަހު ބުނެފިއެވެ. އާދިއްތަ ދުވަހު ކުޅުނު ފޯރިގަދަ ފައިނަލް މެޗު 1-0 އިން ކާމިޔާބުކޮށް ސްޕެއިން އިން ތަށި އުފުލާލި ވަގުތު، ދަނޑުމަތީގައި ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. ވީޑިއޯ ރިޕްލޭތަކުން ފެންނަ ގޮތުގައި މެޗު ނިމުނުކަން އަންގައިދޭ ރެފްރީގެ ފަހު ކަަށިގަނޑު […]
އަޙްމަދު ވަހީދު