ވޯލްޑް ކަޕް 2026 މުބާރާތުގެ ފައިނަލްގައި ސްޕެއިން އަތުން ބަލިވި މެޗަށްފަހު، ދަނޑުމަތީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އާޖެންޓީނާގެ ކުޅުންތެރިންގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފީފާއިން ހޯމަ ދުވަހު ބުނެފިއެވެ. އާދިއްތަ ދުވަހު ކުޅުނު ފޯރިގަދަ ފައިނަލް މެޗު 1-0 އިން ކާމިޔާބުކޮށް ސްޕެއިން އިން ތަށި އުފުލާލި ވަގުތު، ދަނޑުމަތީގައި ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. ވީޑިއޯ ރިޕްލޭތަކުން ފެންނަ ގޮތުގައި މެޗު ނިމުނުކަން އަންގައިދޭ ރެފްރީގެ ފަހު ކަަށިގަނޑު […]
އަޙްމަދު ވަހީދު
ކުރީގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރި ގޮތް ބަލަން އުޅުނު ބޭރުގެ ގައުމުތަކާ ގުޅޭ މައުލޫމާތު ހާމަކުރަން އެންގި އެންގުމާ ދެކޮޅަށް އޭރުގެ ސަރުކާރުން ހައި ކޯޓަށް ހުށަހެޅި މައްސަލަ މި ސަރުކާރުން އަނބުރާ ގެންގޮސްފި އެވެ. ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރި ގޮތް ބަލަން ބޭރުގެ ގައުމުތަކުގެ ވެރިން ރާއްޖޭގެ ކިބައިން އެދުނު ކަމަށް 2023 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގައި އޭރުގެ އިސްވެރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއް […]
ހުސައިން ހަބީބް
އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓު މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ. މި ތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ. ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ 2026 ޖުލައި 18 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި ދެ ފަސިންޖަރެއްގެ އަތުންނެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ދެ މީހުންނެވެ. މި ދެ މީހުންގެ ލަގެޖުގައި […]
ޔުމްނާ ޢަލީ
އައްޑޫ ސިޓީއަށް ނިސްބަތްވާ ޒުވާނުންގެ ޖަމިއްޔާއެއް ކަމަށްވާ “ޕްރޮޖެކްޓް ތިމާވެށި” އިން އިސްނަގައިގެން، ކުޅުދުއްފުށި ސިޓީގައި ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށްގެން “ސަތުހައްޓި” ނަމުގައި ޚާއްސަ ވޯކްޝޮޕްއެއް ކުރިއަށް ގެންގޮސްފިއެވެ. މި ވޯކްޝޮޕް ކުރިއަށް ގޮސްފައިވަނީ މި ޖުލައި މަހުގެ 17 އިން 19 ގެ ނިޔަލަށެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ތިން ދުވަހުގެ ވޯކްޝޮޕަކީ ދިވެހި ޒުވާނުންގެ މެދުގައި ސަސްޓެއިނަބިލިޓީ ނުވަތަ ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ބަދަލުތަކުގެ އިތުރުން ލޯކަލް...
ޔުމްނާ ޢަލީ
ދުނިޔޭގެ ތަށި ކާމިޔާބުކުރި ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމު އެނބުރި ގައުމަށް ދިއުމުން، އެ ޓީމަށް މަރުޙަބާ ކިޔުމަށް ގާތްގަނޑަކަށް ދެ މިލިއަނެއްހާ މީހުން ސްޕެއިންގެ ވެރިރަށް މެޑްރިޑްގެ މަގުތަކަށް އެއްވެއްޖެއެވެ. ނިއު ޖާޒީގައި ކުޅުނު ފައިނަލް މެޗުގައި އާޖެންޓީނާ 1-0 އިން ބަލިކޮށް ތަށި ހޯދުމަށްފަހު، ހޯމަ ދުވަހު ޓީމު މެޑްރިޑަށް ދިއުމުން އެންމެ ފުރަތަމަ ބައްދަލުކުރީ އެ ގައުމުގެ ޝާހީ އާއިލާއާއެވެ. އޭގެ ފަހުން ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއާ ބައްދަލުކުރެއްވިއެވެ. ބޮޑުވަޒީރު ވަނީ ޓީމުގެ […]
އަޙްމަދު ވަހީދު
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށްފަހު އަލަށް އާންމުކުރި ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގެ އެއްވަނަ މަގާމު، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްޕެއިނުން ކަށަވަރުކޮށްފިއެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހަށްފަހު ސްޕެއިން ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕް ފައިނަލުގައި އިތުރު ވަގުތު ކުޅެގެން 1-0 އިން އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ތަށި އުފުލާލުމާ ގުޅިގެން، ކުރިން އެއްވަނައިގައި އޮތް އާޖެންޓީނާ ވަނީ ދެވަނައަށް ސޮއްސާލައިފައެވެ. ރޭންކިންގެ ތިންވަނަ އަދި ހަތަރުވަނައިގައި އެއްވެސް ބަ...
އަޙްމަދު ވަހީދު
ފީފާ ވަރލްޑް ކަޕް 2026 ގެ ތަށި ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުން ކާމިޔާބުކުރުމާ ގުޅިގެން، އެ ޤައުމުގެ ވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. މި ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޕެއިންގެ ރަސްގެފާނު ހިޒް މެޖަސްޓީ ފެލީޕޭ 6 ވަނައަށާއި، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސެލަންސީ ޕޭދްރޯ ސަންޗެޘް ޕެރޭޘް-ކަސްތޭޚޯނަށް ވަކިވަކިން ތަހުނިޔާގެ މެސެޖު ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސްޕެއިންގެ ޓީމުން ހޯދި މި ބޮޑު ކާމިޔާބީއަކީ އެ ޓީމުގެ ކުޅުންތ...
ޔުމްނާ ޢަލީ
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ދެމުންދާ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ފަސޭހަކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، އެ ވުޒާރާގެ ރަސްމީ ކޯލް ސެންޓަރު އިފްތިތާޙުކޮށްފިއެވެ. މި ކޯލް ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މި ޚިދުމަތް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ މިނިސްޓްރީގެ ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް މިހާރަށްވުރެ ލުއިފަސޭހަ މަގަކުން މަޢުލޫމާތު ފޯރުކޮ...
ޝިއުނާ އާދަމް
ށ. ފޭދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ކަސްރަތު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ރަށުގެ އަންހެނުންގެ ދުޅަހެޔޮކަން އިތުރުކުރުމާއި، ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ ގޮތެއްގައި ބައްޓަންކުރުމަށް އެހީތެރިވުމުގެ މަޤްޞަދުގައި ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ތަފާތު އެކި ކަސ...
ޔުމްނާ ޢަލީ
އީރާނުގެ ވައިގެ ދިފާއީ ބާރުތަކުން އެމެރިކާގެ ކްރޫޒް މިސައިލަކާއި ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އެގައުމުން ބުނެފިއެވެ. މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، އިރާގުގައި ހުރި އެމެރިކާ ސިފައިންގެ މީހަކު ވެސް ވަނީ މަރުވެފައެވެ. އީރާނުގެ އަސްކަރީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެގައުމުގެ ހުޅަނގުގެ ވައިގެ ސަރަހައްދަށް ވަތް އެމެރިކާގެ ކްރޫޒް މިސައިލެއް އީރާނުގެ އިންޓެގްރޭޓެޑް ޑިފެންސް ނެޓްވޯކުން ވަނީ ދެނެގަނެ، ވައިގެ ތެރޭގައި ގޮއްވާލާފައެވެ. އީރާނުން ބުނާ ގޮތުގައި މި މިސައިލް...
ނާޒިމާ އަލީ
ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓަން އެންޑް ނޮދަރން އަޔަރލެންޑް (އިނގިރޭސިވިލާތު) ގެ ބޮޑުވަޒީރުކަމުގެ މަޤާމާ އަލަށް ހަވާލުވެވަޑައިގެންނެވި، އެންޑްރޫ ބަރނަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އެންޑްރޫ ބަރނަމާ މަތިކުރެވުނު އައު މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅ...
ޔުމްނާ ޢަލީ
ގަވާއިދާ ހިލާފަށް ކުނި އުކުމާއި، ވެއްޔާއި އަކިރި ނެގުމުގެ އިތުރުން، ފަރަށް އަރާ އުޅަނދުފަހަރާ މެދު އަމަލުކުރާނެ އުސޫލުތަކާ ގުޅޭގޮތުން އެންވަޔަރަންމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އާއި ކުޅުދުއްފުށީ ސިޓީ ޕޮލިހުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ޕޮލިހުން މީސް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގާނޫނުތައް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި އެކަން...
ޔުމްނާ ޢަލީ
ފޯރިގަދަ ކުޅުމަކަށްފަހު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިންގެ ފިރިހެން ފުޓްބޯޅަ ޓީމު އެނބުރި ގައުމަށް އައުމުން، އެ ގައުމުގެ ރަސްކަމުގެ އާއިލާއާއި އާންމު ރައްޔިތުންގެ ފަރާތުން ކުލަގަދަ މަރުޙަބާއެއް ކިޔައިފިއެވެ. ހޯމަ ދުވަހު ސްޕެއިންގެ 26 ކުޅުންތެރިންގެ ސްކޮޑް މެޑްރިޑަށް އައުމުން، އެންމެ ފުރަތަމަ މަރުޙަބާ ދެންނެވީ ރަސްކަމުގެ އާއިލާގެ ބޭފުޅުންނެވެ. އޭގެ ފަހުން ޓީމުގެ ކުޅުންތެރިން ވަނީ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއާ ބައްދަލުކުރައްވާފައެވެ. މި ކާމިޔާބީ ފާހަގަކުރުމަށްޓަކައި، މަތި ހާމައަށް ހުރި ބަހެއް...
ނާޒިމާ އަލީ
އިނގިރޭސިވިލާތުގެ 59 ވަނަ ބޮޑުވަޒީރުގެ ގޮތުގައި އެންޑީ ބާންހަމް ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގެންފިއެވެ. ބާންހަމް މި މަގާމާ ހަވާލުވެވަޑައިގަތީ ކުރިން އެ މަގާމުގައި ހުންނެވި ކިއަރ ސްޓާމަރ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބަކިންހަމް ޕެލަސްގައި ބޭއްވުނު ސަގާފީ “ކިސިންގ އޮފް ހޭންޑްސް” ރަސްމިއްޔާތުގައި، ސަރުކާރެއް އެކުލަވާލުމަށް ރަސްގެފާނު ޗާލްސް ތިންވަނަ ދެއްވި ދައުވަތު ބާންހަމް ވަނީ ގަބޫލުފުޅު ކުރައްވާފައެވެ. މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާ...
ނާޒިމާ އަލީ
ހުޅުމާލޭގައި ހުންނަ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، އެ މިސްކިތަށް ގެއްލުން ދީފިއެވެ. އެނގިފައިވާގޮތުގައި ގެއްލުންދީފައި ވަނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ (އަޒީޒާ މިސްކިތް) އަށެވެ. ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، ހުޅުމާލޭގެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 20 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ ފަތިހު 3:47 އެހައިކަންހާއިރުއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު...
ޔުމްނާ ޢަލީ
އިންޑިއާގެ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ “ކޮކްރޯޗް ޖަންތާ ޕާޓީ” (ސީ.ޖޭ.ޕީ-ކުރަފި ޕާޓީ)ގެ ސަޕޯޓަރުން އެ ގައުމުގެ ޕާލަމެންޓާ ދިމާލަށް ހިނގާލުމެއް ބާއްވަން އުޅުމުން، ފުލުހުން ހުރަސްއަޅައި ކަރުނަގޭހާއި މުގުރު ބޭނުންކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ޕާލަމެންޓުގެ މޫސުމީ ދައުރު ފެށުނު ދުވަހު، ޖަންތަރު މަންތަރު ސަރަހައްދުގައެވެ. ހާހަކަށްވުރެ ގިނަ ޒުވާނުން ބައިވެރިވި މި މުޒާހަރާގެ ބައިވެރިން ސަލާމަތީ ފިޔަވަޅުތައް ފޫއަޅުވާލައި ކުރިއަށްދާން މަސައްކަތް ކުރުމުން ފުލުހުން ވަނީ ބާރުގެ ބޭނ...
ނާޒިމާ އަލީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގައިގައި ކުރަންޖެހޭ ޓެކްނިކަލް އަޕްގްރޭޑިންގ ނުވަތަ ފަންނީ މަރާމާތުގެ މަސައްކަތްތައް މި މަހުގެ 21 ވާ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު މިއަދު ބުނެފިއެވެ. ސްޓެލްކޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން، އެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މުހިންމު މަސ...
އަޙްމަދު ވަހީދު
ހދ. ހޮނޑާފުށީ ރިސޯޓް ކައިރީ އެންދަމަން އޮތް ދޯންޏަކުން ކަނޑަށް ފުއްމާލި މީހަކު އެރަށު ގޮނޑުދޮށުގައި ލައްގާފައިއޮއްވާ ފެނިއްޖެއެވެ. އެމްއެންޑީއެފުން ބުނީ ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް “ބަހުރު” ނަމަކަށް ކިޔާ މަސްދޯންޏަކުން މީހަކު ގެއްލިގެން، އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ފަތިހު 04:05 ހާއިރުއެވެ. ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ މީހާ ހޯދުމުގެ މަސައްކަތް ފެށިކަމަށް އެ އިދާރާއިން ބުންޏެވެ. ގެއްލު...
ޔުމްނާ ޢަލީ