ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރާ ގައުމަކަށް، އިނާމު ފައިސާގެ ގޮތުގައި 51 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ފީފާއިން ނިންމާފައިވާއިރު، މިއީ މުބާރާތުގެ ތާރީޚުގައި ވެސް ޗެމްޕިއަން ޓީމަށް ދޭ އެންމެ ބޮޑު އިނާމެވެ. ފޯރި ގަދަ މި މުބާރާތުގެ ތަށި ސްޕޭނުން އުފުލާލާފައިވާއިރު 51 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން ފުރަތަމަ ފަހަރަށް ‘ޗެމްޕިއަންޝިޕް ރިންގް’ ވެސް ވަނީ ދީފައެވެ. މުބާރާތުގެ ދެވަނަ ހޯދާ ޓީމަށް (އާޖެންޓީނާ) 34 މިލިއަން ޑޮލަރު ލިބޭއިރު، ތިންވަނަ ޓީމަށް […]
އަޙްމަދު ވަހީދު
ފަރަންސޭސިވިލާތުގެ ތަރި ކީލިއަން އެމްބާޕޭ، އެ ގައުމުގެ ގައުމީ ޓީމަށް ކުޅެގެން އޭނާއަށް ލިބޭ މެޗު ފީ އާއި ބޮޑެތި ބޯނަސްތައް އަމިއްލަ ބޭނުމަށް ބޭނުންކުރުމުގެ ބަދަލުގައި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހަދިޔާކުރަން ނިންމައިފިއެވެ. ރިޕޯޓްތައް ބުނާގޮތުގައި އެމްބާޕޭ މި ނިންމުން ނިންމާފައިވަނީ ގައުމީ ޓީމަށް ކުޅުމަކީ ޝަރަފެއްގެ ގޮތުގައި ދެކޭތީއާއި، ގައުމަށްޓަކައި ކުރާ މަސައްކަތުން މާލީ މަންފާއެއް ހޯދުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށް ނުވާތީއެވެ. ރިޕޯޓްތައް ބުނާގޮތުން، ބައިނަލްއަގުވާމީ ފުޓްބޯޅަ...
އަޙްމަދު ވަހީދު
ރާއްޖޭގެ 42 ރަށެއްގައި ގާއިމުކުރާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކައި، އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ “ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން ރާއްޖެއާއި އިންޑިއާއާ ދެމެދު އިއްޔެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ޚާރިޖީ ވުޒާރާގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ...
ޔުމްނާ ޢަލީ
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗަށްފަހު، އާޖެންޓީނާގެ ކުޅުންތެރިން ސްޕޭންގެ ކުޅުންތެރިންނާ މާރާމާރީ ހިންގައި ދަނޑުމަތީގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފިއެވެ. އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ ފައިނަލް މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތަށި އުފުލާލީ ސްޕޭންއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ އިތުރު ވަގުތު ކުޅެގެންނެވެ. ސްޕޭންގެ ހަމައެކަނި ލަނޑު 106 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒްއެވެ. މެޗު...
އަޙްމަދު ވަހީދު
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ޝަރަފުވެރި އެވޯޑް ސްޕެއިންގެ ޒުވާން ޑިފެންޑަރު ޕާއު ކިއުބާސީ ކާމިޔާބުކޮށްފިއެވެ. އުމުރުން އެންމެ 19 އަހަރުގެ ކިއުބާސީ ވަނީ މި މުބާރާތުގައި ސްޕެއިންގެ ފަހަތް ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައެވެ. ފައިނަލްގައި އިތުރު ވަގުތު ކުޅެގެން 1-0 އިން އާޖެންޓީނާ ބަލިކޮށް، ސްޕެއިން އިން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލިއިރު، ކިއުބާސީގެ ހިއްސާ ބޮޑެވެ. މި މުބާރާތުގައި ކިއުބާސީ […]
އަޙްމަދު ވަހީދު
މުޅި ދުނިޔެ އާސޯޚްކޮށްލި ފޯރިގަދަ ފައިނަލް މެޗުގައި، އާޖެންޓީނާ ބަލިކޮށް ސްޕޭނުން ދުނިޔޭގެ ފުޓްބޯޅަ ތަށި (ވޯލްޑް ކަޕް) ދެވަނަ ފަހަރަށް އުފުލާލައިފިއެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗު ސްޕޭނުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ސްޕޭނަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ފައިނަލް ބައްލަވާލަން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވެސް ވަޑައިގެންނެވިއެވެ....
އަޙްމަދު ވަހީދު
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް، ދުނިޔޭގެ ރަސްކަން ސްޕެއިނުން ދެވަނަ ފަހަރަށް ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ދޭ “އެޑިޑާސް ގޯލްޑަން ބޯލް” އެ ގައުމުގެ މެދުތެރޭގެ ތަނބު، ރޮޑްރީ ކާމިޔާބުކޮށްފިއެވެ. ސްޕެއިންގެ “ލާ ރޯހާ” ޓީމުގެ ހިތުގެ ގޮތުގައި ބެލެވޭ ރޮޑްރީ މި ޝަރަފުވެރި އެވޯޑު ހާސިލްކުރީ މުޅި މުބާރާތުގައި އޭނާ ދެއްކި މޮޅު ކުޅުމާއި، ޓީމު ރޭވުމުގައި އަދާކުރި މުހިންމު ދައުރަށް ބަލާފައެވެ. ފައިނަލް މެޗުގައި އާޖެންޓީނާއާ ބައްދަލުކޮށް، […]
އަޙްމަދު ވަހީދު
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމާއެކު، މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަށްދޭ “އެޑިޑާސް ގޯލްޑަން ގްލޯވް” އެވޯޑް ސްޕެއިންގެ ގައުމީ ޓީމުގެ ކީޕަރު އުނާއި ސިމޯން ރަސްމީކޮށް ކާމިޔާބުކޮށްފިއެވެ. ސްޕެއިން މިފަހަރުގެ ތަށި އުފުލާލުމުގައި ސިމޯންގެ ދިފާއީ ހުށިޔާރުކަން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މި މުބާރާތުގައި ސިމޯން ވަނީ ތާރީޚީ އެތައް ރެކޯޑުތަކެއް މުގުރާލާފައެވެ. އެގޮތުން އެއް މުބާރާތެއްގައި އެންމެ ގިނަ “ކްލީން ޝީޓް” ނުވަތަ ބައިކޮޅަށް ލަނޑެއް ވަނަނުދީ […]
އަޙްމަދު ވަހީދު
މިފަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިން އަތުން އާޖެންޓީނާ 1-0 އިން ބަލިވި މެޗުގައި ލިއޮނަލް މެސީއަށް ލަނޑެއް ނުޖެހުމާއެކު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު (ގޯލްޑަން ބޫޓް) ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ކާމިޔާބުކޮށްފިއެވެ. މިއީ އެމްބާޕޭ މި ޝަރަފުވެރި އެވޯޑު ހޯދި ދެވަނަ ފަހަރެވެ. މި މުބާރާތުގައި ހަތަރުވަނަ ހޯދި ފްރާންސް ޓީމަށް އެމްބާޕޭ ވަނީ ޖުމްލަ 10 ލަނޑު ޖަހައިދީ، ހަތަރު އެސިސްޓް ހަދައިދީފައެވެ. އަނެއްކޮޅުން […]
އަޙްމަދު ވަހީދު
2026 ވަނަ އަހަރުގެ ފޯރިގަދަ ވޯލްޑް ކަޕް ފައިނަލްގައި، ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކޮށް، ސްޕެއިނުން ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ދެވަނަ ހާފުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެރާން ޓޮރޭޒް ޖަހައިދިން ލަނޑާއެކު ސްޕެއިން މޮޅުވީ 1-0 އިންނެވެ. މި މެޗުގައި އާޖެންޓީނާގެ ފަރާތުން ފެނުނީ އުންމީދު ކުރިވަރުގެ […]
އަޙްމަދު ވަހީދު
ތިލަފުށީގައި ކުނި މެނޭޖުކުރާ ސަރަހައްދު ނުވަތަ ގޮނޑުގައި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި، ތިލަފުށި ގޮނޑުގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ 2026 ޖުލައި 19 ވާ އާދީއްތަ ދުވަހުގެ ރޭ 21:30 އެހައިކަންހާއިރުއެވެ. މި ހާދިސާއާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ދަނީ ވަގުތުން ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ...
ޔުމްނާ ޢަލީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިނގި މާރާމާރީއަކާ ގުޅިގެން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، ހުޅުމާލެ ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްދުގައި ބައެއްގެ މެދުގައި މާރާމާރީއެއް ހިންގަމުންދާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި 19 ވަނަ ދުވަހުގެ ރޭ 20:40 އެހައިކަންހާއިރުއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ. ފުލުހުން ބުނި ގޮތުގައި މި […]
ޔުމްނާ ޢަލީ
ސްޕެއިން އާއި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ބައްދަލުކުރާ ފައިނަލް މެޗާއެކު، ފުޓްބޯޅައިގެ ތާރީޚުގައި ބޭއްވުނު އެންމެ ބޮޑު މުބާރާތް ނިމުމަކަށް އަންނާނެއެވެ. އަންގާރަ ދުވަހު ނިއު ޖާޒީގައި ކުޅޭ މި ފައިނަލް މެޗުގެ ފަހު ފުމެލުމާއެކު، ތިން ގައުމެއްގައި ހަ ހަފުތާގެ މުއްދަތަށް ކުރިއަށްދިޔަ މި މުބާރާތުގައި ރެކޯޑް އަދަދެއް ކަމަށްވާ 104 މެޗު ކުޅެ ނިމޭނެއެވެ. މި ފަހަރުގެ މުބާރާތުން ފެނިގެންދިޔައީ އުންމީދު ނުކުރާ ފަދަ ނަތީޖާތަކާއި، ހައިރާންކުރުވަނިވި އަނބުރާލުންތަކުގެ އިތުރުން، ފުޓްބޯޅައިގެ އެންމެ […]
އަޙްމަދު ވަހީދު
ވޯލްޑް ކަޕް 2026ގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފޯރިގަދަ ފައިނަލް މެޗާ ގުޅިގެން، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޗުގެ ފޯރީގައި ސަޕޯޓަރުން ބައިވެރިވާއިރު، މުޖުތަމައުގެ އަމާންކަން ގެއްލިދާނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. ޚާއްޞަކޮށް ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތު...
ޔުމްނާ ޢަލީ
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ވޯލްޑް ކަޕްގެ ފައިނަލްގައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއި މެސީ، ވަރުގަދަ ސްޕެއިންއާ ދެކޮޅަށް ނުކުތުމަށް މިވަނީ ވަގުތު ކުޑަތަންވެފައެވެ. ފަހަކަށް އައިސް ކަންކަން ހިނގަމުން އައި ގޮތަށް ބަލާއިރު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއާއި ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ ޓީމު، މި ކުޅިވަރުގެ އެންމެ ބޮޑު މައިދާނުގައި އަންދާޒާ ކުރެވުނު ފަދައިން ބައްދަލުކުރަން މިވަނީ މަގުފަހިވެފައެވެ. މެސީއާއި އާޖެންޓީނާ އާދީއްތަ ދުވަހު ނުކުންނާނީ 2024 ވަނަ އ...
އަޙްމަދު ވަހީދު
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު އާދީއްތަ ދުވަހު އެމެރިކާގެ ނިއު ޖާޒީގެ އީސްޓް ރަދަފޯޑްގައި ކުޅުމަށް ތައްޔާރުވަމުންދާއިރު، އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށްދޭ ‘ގޯލްޑަން ބޫޓް’ ހޯދުމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައެވެ. އެކަމަކު މެސީގެ ހުނަރަށް ބަލާއިރު އެއީ ނުވާނެކަމެއްކަމަށް ވެސް ނުބުނެވޭނެއެވެ. މިހާތަނަށް ފުޓްބޯޅައިގައި ހޯދެންހުރި ހުރިހާ ކާމިޔާބީއެއްހެން ހޯދާފައިވާ އުމުރުން 39 އަހަރުގެ...
އަޙްމަދު ވަހީދު
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ފުޓްބޯޅައިގެ ލެޖެންޑް ލިއޮނަލް މެސީއާ ދެކޮޅަށް ނުކުތުމަކީ ގަބޫލުކުރަންވެސް ދަތި، ހުވަފެނީ ކަމެއްގެ ގޮތުގައި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ސިފަކޮށްފިއެވެ. މި ތާރީޚީ ކުރިމަތިލުމާ ގުޅޭގޮތުން ބޭރުގެ ބައެއް ނޫސްވެރިންނާ ވާހަކަދައްކަމުން ޔަމާލް ބުނީ، ވޯލްޑް ކަޕް ފައިނަލެއްގައި ކުޅުމަކީ ކޮންމެ ކުޅުންތެރިއަކު ދެކޭނެ އެންމެ ބޮޑު ހުވަފެން ކަމަށާއި، ނަމަވެސް އޭނާ ތުއްތުއިރު މެސީގެ އަތްމައްޗަށް އުފުލާލައިގެން ހުރި މަޝްހޫރު ފޮޓޯއިން ފެންނަ […]
އަޙްމަދު ވަހީދު
ހދ. ނައިވާދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ތިންވަނަ މިނިވަން ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ. ނައިވާދޫ ކައުންސިލުން މި މުބާރާތް ކުރިއަށް ގެންދަނީ އަންހެން އަދި ފިރިހެން ޑިވިޒަނަށް ހުޅުވާލައިގެންނެވެ. މި މުބާރާތުގެ ފިރިހެން ޑިވިޒަންގައި ހަތަރު ޓީމު ވާދަކުރެއެވެ. އެއީ ސީ ވިއު، ގިޒަމްބޯ، ޓޮއްޓޮލާ އަދި ދަންފުޅިއެވެ. އަންހެން ޑިވިޒަންގައި ކަނބުރު ޖޭއާރު، ކަނބުރު، ވަން ޓަޗް، ރަންރިހި އަދި ރަބްޔީ ހިމެނޭހެން ފަސް ޓީމު ވާދަކުރެއެވެ. މި މުބާރާތުގެ ދެ […]
ޔުމްނާ ޢަލީ