މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓޭނީ، އެ މުޖުތަމަޢުގެ ކަންކަމާ ހަވާލުވެތިބޭ މީހުން އިޚުލާޞްތެރިކަމާއި ޒިންމާދާރުކަމާ އެކު އެބައިމީހުންގެ މަސްއޫލިއްޔަތު އަދާކޮށްގެންކަން މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކޮށްފިއެވެ. “މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާ އަދާކުރުން” މި މައުޟޫޢަށް ރާއްޖޭގެ އެކިކޮޅުތަކުގައި އިއްވި ހުތުބާގައި ބުނެފައިވަނީ، ކޮންމެ އިންސާނަކީވެސް މި ދުނިޔޭގައި ކުރާ ކަންތައްތަކާ މެދު މާތް ﷲގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނޭ މީހެއް ކަމަށެވެ. ވަކީން ޚާއްޞ...
އަލީ އާދިލް
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ. މި ތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ. ކަސްޓަމްސް އިން ބުނި ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ 2026 ޖުލައި 23 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މުދާތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު ތަކެތީގެ ބަރުދަނުގައި ޖުމްލަ 3,110 ގްރާމް ހުއްޓެވެ. އަތުލައިގ...
ޔުމްނާ ޢަލީ
ޔަހޫދީންގެ ދީނީ މުނާސަބަތެއް ކަމަށްވާ ‘ތިޝާ ބިއާވް’ އާ ދިމާކޮށް، އިސްރާއީލުގެ ހަރުކަށި ފިކުރުގެ 4,200 އަށްވުރެ ގިނަ މީހުން އިސްތިއުމާރުކޮށްފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަނެފި ކަމަށް ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. މިއީ ދުވަހުގެ ކުރީކޮޅު ރިޕޯޓްކުރި 2,300 މީހުންނަށްވުރެ ބޮޑުތަނުން އިތުރު އަދަދެކެވެ. މި އަމަލުގައި އިސްރާއީލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގަވީރު ވެސް ވަނީ ބައިވެރިވެފައެވެ. އޭނާ މިސްކިތުގެ ގޯތިތެ...
ނާޒިމާ އަލީ
އެމެރިކާގެ އެހީތެރިކަމާއެކު ސައުދީ އަރަބިއްޔާގައި މަދަނީ ނިއުކްލިއާ ހަކަތަ އުފެއްދުމަށް ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ، އެ ގައުމުން އިޒްރޭލު ދައުލަތް ބަލައިގަނެ ‘އަބްރަހަމް އެކޯޑްސް’ ގައި ބައިވެރިވުމުން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘ޓްރުތް ސޯޝަލް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ނިއުކްލިއާ މާއްދާތައް މުއްސަނދި ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި، މިއީ ހަމައެކަނި އަސްކަރީ ނޫން ބޭނުންތަކަށް ހާއްސަ އެއ...
ނާޒިމާ އަލީ
ސަރުކާރުން ފަށާފައިވާ 5 މިލިއަން ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމްގެ ދަށުން، މާލޭގެ ބޮޑުތަކުރުފާނު މަގު ފެހިކުރުމަށް ހާއްސަ ގަސް އިންދުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، އެ މަގުގައި އަލަށް ތަރައްގީކުރި ސަރަހައްދު ހުކުރު ދުވަހު ހުޅުވާލާނެކަމަށް އެ މަޝްރޫޢުގެ ކޮންޓެކްޓަރު އެމްޓީސީން ބުނެފުއެވެ. ބޮޑުތަކުރުފާނު މަގުގައި ގަސް އިންދުމަށް މިއަދު ކުރިއަށް ގެންދިޔަ ހަރަކާތަކީ އެމްޓީސީސީ، އެޗްޑީސީ، ބީއެމްއެލް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިއަ...
އަޙްމަދު ވަހީދު
މި އަހަރުގެ މިހާތަނަށް ދިވެހި 16 ޑޮކްޓަރުން ތަމްރީނު ފުރިހަމަކުރައްވައި، ސަރުކާރުގެ މައި ދެ ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތާ ގުޅިވަޑައިގެންފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުނެފިއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލަށް ގުޅުނު މި ޑޮކްޓަރުންނަކީ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ޚިދުމަތް ދެއްވުމަށް ތަމްރީނު ފުރިހަމަކުރެއް...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޚިދުމަތް ރައްކާތެރިކަމާއެކު، ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ ހަމަތައް ބަޔާންކުރާ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ ރައްޔިތުންގެ މަޖިލީހުން ފުރަތަމަ 14 މޭ 2026 ގައި ފާސްކުރި ބިލެކެވެ. ނަމަވެސް، ބައެއް ކަންކަމާ މެދު އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން 31 މޭ 2026 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. އޭގެ ފަހުން، ބިލަށް ގެނެވު...
ޔުމްނާ ޢަލީ
އީރާނަށް ހަމަލާދިނުމަށް އެމެރިކާގެ ބޮންއަޅާ ބޯޓުތަކަށް އިނގިރޭސިވިލާތުގެ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ނުދިނުމަށް އަންގައި އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިނގިރޭސިވިލާތަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އިންޒާރަކީ އިރާނާ ދެކޮޅަށް ހަމަލާދިނުމަށް އެމެރިކާގެ ބޮންއަޅާ ބޯޓުތަކަށް އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ގޮވާލައި ދީފައިވާ އިންޒާރެކެވެ. އައިއާރުޖީސީން ނެރުނ...
ނާޒިމާ އަލީ
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންދަވަނީ ބައިނަލްއަގުވާމީ މުބާރާތްތައް ފުޅާކޮށް ފުޓުބޯޅަ ސިނާއަތް ހަލާކުކުރަމުންކަމަށާއި، އޭނާ ފީފާގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ލަލީގާގެ ރައީސް ހާވިއޭ ޓެބަސް ވިދާޅުވެއްޖެއެވެ. އަންގާރަ ދުވަހު ވާހަކަދައްކަވަމުން ޓެބަސް ވަނީ މެޗުތައް ގިނަވުމާއި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48 އިން 64 އަށް އިތުރުކުރުމުގެ ހުށަހެޅުމާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ލަ ގައްޒެޓާ ޑެލޯ ސްޕޯޓްސް އަށް ދެއްވި […]
އަޙްމަދު ވަހީދު
ގައުމީ ވާޖިބު އަދާކުރުމުގެ މަތިވެރި މަސައްކަތުގައި ދެމިތިއްބަވަނިކޮށް ވަކިވެދިޔަ ފުލުހުންގެ ހިދުމަތުގެ ހަނދާންތައް އާކޮށް، އެ ފުލުހުންގެ ޒިކުރާއާކުރުމަށްޓަކައި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 23 ވަނަ ދުވަހަކީ ”ޕޮލިސް މެމޯރިއަލް ޑޭ” ގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަކުރަމުން އަންނައިރު، މިއަދަކީ އަމިއްލަ ނަފުސުގެ ސަލާމަތަށްވުރެ ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، ފުލުހުން ދައްކުވައިދީފައިވާ ހިތްވަރާއި މަތިވެރި ގުރުބާނީގެ ހަނދާންތައް އާކުރާ ދުވަހެވެ. މި ދުވަސް ޖުލައި 23 ގައި ފާހަގަ...
އަލީ އާދިލް
ށ. ފުނަދޫގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ރެޖިސްޓަރވުމުގެ ފުރުޞަތު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން އިއްޔެ ހުޅުވާލައިފިއެވެ. “އިސްނަގައިގެން – ސިޔާސީ މައިދާނުގައި އަންހެނުން” ނަމުގައި ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 18 އިން 20 އަށެވެ. ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދ...
ޔުމްނާ ޢަލީ
އަށް ގައުމެއްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައިވާ ސަފީރުންނާއި ނޮން-ރެސިޑެންޓް ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތުތައް މިއަދު ހެނދުނު ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުތަކަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައެވެ. އެ ބޭފުޅުން ރައީސް އޮފީހަށް ވަޑައިގެންނެވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ...
ޔުމްނާ ޢަލީ
ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖެމެއިކާގެ ރައްޔިތެއް ކަމަށްވާ އެންޑްރޫ ލޮއިޑް ކޯބިން (53އ) އާއި، ނ. ޅޮހި، ނޯރައިޓްގެ، އިބްރާހީމް އަތޫފް (20އ) ގެ އިތުރުން ދިވެހި ފިރިހެނެކެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ 2026 ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކ...
ޔުމްނާ ޢަލީ
މި އަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރި ފޯރިގަދަ މެޗު، އެމެރިކާގެ ފޮކްސް އަދި ޓެލެމުންޑޯ ނެޓްވޯކް މެދުވެރިކޮށް އެކަނިވެސް 60 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އިތުރު ވަގުތުގެ ތެރޭގައި 1-0 އިން ސްޕެއިން މޮޅުވި މި މެޗަކީ އެމެރިކާގެ ތާރީޚުގައިވެސް އެންމެ ގިނަ ބަޔަކު ބެލި އިނގިރޭސި ބަހުގެ ފުޓްބޯޅަ ޓެލެކާސްޓެވެ. ފޮކްސް ނެޓްވޯކުން ހާމަކުރި ގޮތުގައި، އިނގިރޭސި ބަހުން ދެއްކި މި […]
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކުރިއަށް ގެންދިޔަ ޕްރައިމަރީ ހެލްތު ކެއާ ރިވައިޓަލައިޒޭޝަން ރޯލްއައުޓް ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ކޭއާރުއެޗުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޚަދީޖާ އަލީ އާއި، ޓްރެއިނިން ކޯޑިނޭޓަރ ރަމްލާ ވަޖީހު އަދި ޕީއެޗްސީ ކޮންސަލްޓަންޓް ފަތުހުﷲ ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައިވެއެވެ. އެ ބޭފުޅުންގެ ވާހަކާގައި ރަށްރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމުގައި މިފަދަ ތ...
ޝިއުނާ އާދަމް
ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށް ނުވަތަ ޚިދުމަތާ ގުޅުންހުރި އެކި ހާދިސާތަކުގައި ވަކިވެދިޔަ ފުލުހުންގެ ޒިކުރާ އާކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ‘ޕޮލިސް މެމޯރިއަލް ޑޭ’ ގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މިއަހަރުގެ މި ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ ރޭ މެންދަމު 00:00 ގައި ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކުރުމާއެކުގައެވެ. ކޮންމެ އަހަރެއްގެ ޖުލައި 23 ވަނަ ދުވަހު މި ދުވަސް ފާހަގަކުރަނީ، 2012 ޖުލައި 23 […]
ޔުމްނާ ޢަލީ
ސައުދީ އަރަބިއްޔާގެ މަދަނީ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި، އެ ޤައުމާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއްގައި ބުދަ ދުވަހު ސޮއިކޮށްފިއެވެ. ސައޫދީ ދައުލަތުގެ މީޑިއާއިން ސިފަކޮށްފައިވާގޮތުގައި މިއީ ސައުދީ އަރަބިއްޔާގައި އަމާންކަމާއެކު ނިއުކްލިއާ ހަކަތަ އުފެއްދުމުގެ ދިގު މުއްދަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމަށް ވެވުނު މުހިންމު ތާރީޚީ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެނާޖީ މިނިސްޓަރު ޕްރިންސް އަބ...
ނާޒިމާ އަލީ
ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ބޮޑުބައި ނިމި، މަޝްރޫޢު ނިމުމަކާ ގާތްވެފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން ބުނިގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމް.ޓީ.ސީ.ސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު މި މަޝްރޫޢޫގެ ސައިޓުގައި ކުރިއަށްދަނީ ބަނދަރުގެ ބޭރު...
އަޙްމަދު ވަހީދު