މިފްކޯއަށް އަލަށް ގެނައި “ޖަޒީރާ ރީފާ” ބޯޓުން މަސް އެކްސްޕޯޓް ކުރަން ފަށައިފިއެވެ. އެ ބޯޓަކީ ދިގުމިނުގައި 98 މީޓަރު، ފުޅާމިނުގައި 13.6 މީޓަރު ހުންނަ ބޯޓެކެވެ. އެ ބޯޓުގައި 2500 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭނެއެވެ. މިފްކޯއިން އެ ބޯޓު ރާއްޖެ ގެނައީ މިދިޔަ އަހަރުގެ ޖުލައި މަހުގެ މެދު ތެރޭގައެވެ. އީޔޫ އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އެ ބޯޓު ބޭނުން ކުރަނީ މަސް އެކްސްޕޯޓް ކުރުމަށާއި […]
އަޙްމަދު ވަހީދު
ބާރަށް ގުގުރާނެކަމަށް ލަފާކޮށް، ޅ އަތޮޅުން އދ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ޅ އަތޮޅުން އދ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ 22:00 އިން ފެށިގެން ދަންވަރު 12:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހި ބާރަށް ގުގުރާނެކަމަށް ލަފާކުރެވެއެވެ. https://twitter.com/NDMAmv/status/1519360787285823489?s=20&t=b0EXh7TJK_EFRd4PYP3xqg ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލު...
އިބްރާހިމް އަސްވާޤް
އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެގޮތުން އީދަށް ހާއްސަކޮށް ދަ ސްޕޭސްގެ ބްރައުނީސް ފޮނުވާލެވޭނެއެވެ. މިގޮތަށް އީދު ހަދިޔާއަށް އޯޑަރު ކުރުމުން ގެއާ ހަމައަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. ދަ ސްޕޭސް އިން 10 ބްރައުނީގެ ގިފްޓް ބޮކްސް އާއި ފަސް ބްރައުނީގެ ގިފްޓް ބޮކްސް ލިބޭނެއެވެ. މޫލީ އިން އީދު ހަދިޔާ ގަތުމުން މާލެ އާއި ހުޅުމާލެއަށް ޖެހިގެން އަންނަ ދުވަހު ޑެލިވަރީ ކޮށްދޭނެއެވެ. […]
އަޙްމަދު ވަހީދު
ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ ބޮލަކަށް 274.86 ރުފިޔާގެ މަގުން، 4 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފި އެވެ. މިއަހަރުގެ ބަޖެޓް ފާސްކުރިއިރު، ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބި 4 ޕާޓީގެ ތެރޭގައި ހިމެނެނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ. ފިނޭންސް މިނިސްޓްރީން އެމްޑީޕީއާއި، ޕީޕީއެމް އަދި އަދާލަތު ޕާޓީއަށް ފައިސާ ޖަމާކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ޕީޕީއެމްއަށް […]
އަލީ އާދިލް
އދ.ފެންފުށީގައި ސަރުކާރުން ގާއިމް ކުރާ ފެނުގެނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. އެ ރަސްމިއްޔާތުގައި ފެންފުށީ ކައުންސިލް މެމްބަރުންވެސް ބައިވެރިވިއެވެ. ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން، ކުރިއަށް އޮތް ހަ މަސްތެރޭ، ހޮޅި ވަޅުލައި، ސާފުކޮށް، ޕްރެޝަ...
އަޙްމަދު ވަހީދު
ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމަންޓްގެ ޕްރޮފައިލިން މަސައްކަތްތައް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ މަސައްކަތް ފެށީ 23 އޭޕްރީލް 2022 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، ހަ ހެކްޓަރުގެ ބިން ހިއްކައި 229,663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ބޭރުތޮށި ލުމާއި، 270 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ […]
އަޙްމަދު ވަހީދު
ހދ.ކުޅުދުއްފުށީ ހާބަރ އެކްސްޕެންޝަން ޕްރޮޖެކްޓްގެ ދަށުން އިމާރާތް ކޮށްފައިވާ ފެރީ ޓާރމިނަލް އިމާރާތުގައިވާ ރެސްޓޯރަންޓްބަޔާއި ޓަކްޝޮޕް ކުއްޔަށް ދޫކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައި އެ ފުރުޞަތު ހުޅުވާލައިފިއެވެ. މިގޮތުން އެ އިމާރާތުގައިވާ ރެސްޓޯރަންޓްބައި 15 އަހަރު ދުވަހުގެ މުއްދަތަށް އަދި ޓަކްޝޮޕް 05 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ރެސްޓޯރެންޓްބައި ކުއްޔަށް ހިފުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 19 މެ...
އިބްރާހިމް ޚަލީލް
އެއް ސަހަރެއްގައި މުސްކުޅި ދަނޑުވެރިޔަކު އުޅުނެވެ. ފައިސާ ހުސްވެ އަތްމަތި ދަތިވެގެން ދަނޑުގައި ގެންގުޅުނު ހިމާރު ވިއްކާލަން ނިންމިއެވެ. އެ އަވަށަށްވުރެ ރަނގަޅު އަގެއް ލިބޭނީ ތަންކޮޅެއް ދުރުގައި އޮންނަ ސަހަރަކަށް ގޮސްގެން ކަމަށްވާތީ އޭނާގެ ފިރިހެން ދަރިފުޅު ގޮވައިގެން ހިމާރު ވިއްކާލަންދާން ނިކުތެވެ. ގެއިން ނުކުމެގެން ދެވުނީ ހަމަ ތަންކޮޅަކަށެވެ. އަވަށުގެ ބަޔަކާ ދިމާވެގެން ބުންޏެވެ. މިތިބަ ދާ ދެބަފައިންގެ މޮޔަކަމާއެވެ. ހިމާރެއް އޮވެމެ، މެންދުރުގެ މިއޮތް ގަދަ ހޫނުގައި އެ ދަނީ ހިނގާފައެވެ. އެހެން […]
ޢަބްދުﷲ ސަޢީދު
ފުލުހުންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ސީޕްރިއާ އާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މިއީ ކޮމިއުނިޓީ ސޭފްޓީ ޕާޓްނަޝިޕް ފެށުމުގެ ގޮތުން ވެވުނު އެއްބަސްވުމެކެވެ. އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީއެވެ. އަދި ސީޕްރިއާގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ މެނޭޖަރު މ...
އަޙްމަދު ވަހީދު
އަންނަ މެއި މަހުގެ 14 ވަނަ ދުވަހު އޮންނަ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބުގައި، މިނިސްޓަރ އޮފް ހެލްތް އަހުމަދު ނަސީމް (ކެރަފާ ނަސީމް) ތާއީދު ކުރަށްވާ ކެންޑިޑޭޓަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ކަމަށް އިޢުލާން ކުރައްވައިފި އެވެ. ފެށުނީން ސުރެއް އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ނަސީމް މިކަން އިޢުލާން ކުރެއްވީ މިނިސްޓަރ ފައްޔާޒް އާއި އެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވާ ކުރެއްވި ޓުވީޓެއްގަ އެވެ. މި ޓުވިޓުގައި މިނިސްޓަރ […]
ޔުމްނާ ޢަލީ
ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްލަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 71 އިންސައްތަ ވަނީ ނިމިފައެވެ. އަދި އެ މަޝްރޫއަށް ބޭނުންވާ އެސްފޯލްޓް ޕްލާންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. Gn. Fuvahmulah Internal Roads Construction Project is well underway, with overall 71% project progress. The […]
އަޙްމަދު ވަހީދު
ށ. ފޭދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ށ. ފޭދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022” އަދި “އިންޓަރ އޮފީސް ހެންޑް ބޯލް މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. މިދެ މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 09 ވަނަ ދުވަހު އެވެ. މި މުބާރާތްތައް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ފޭދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމާއި އިޖުތިމާޢީ އަދި ކުޅިވަރުގެ ރޫޙް އާލާކުރުމެވެ. ފޭދޫގައި […]
އިބްރާހިމް ޚަލީލް
އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު (ނަމްބަރު:2022/2) ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ. ރައީސް، މި ޤާނޫނު ތަސްދީޤުކުރެއްވުމާއި ގުޅިގެން މިއަދު ވަނީ މި ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ. މި ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 10 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އިލެކްޓްރޯނިކް މުޢާމަ...
ޔުމްނާ ޢަލީ
މާލެއާއި އަތޮޅުތެރޭގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖޭންސީ، (އެޗް.ޕީ.އޭ) އިން އިލްތިމާސްކުރައްވައިފިއެވެ. އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުރިއަށް އޮތް އީދު ޗުއްޓީގައި ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭތީ ޑެންގީ ފަދަ މަދިރީގެ ޒަރިޔާއިން ފެތުރޭ ބަލިތައް ކޯންޓްރޯލް ކުރުމަށާއި އަދި ބަލި ޖެހިއްޖެ ނަމަ ރައްކާތެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ހާއްސަ ސަމާލުމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. މީގެ އިތުރުނ...
އަލީ އާދިލް
ނ. މަނަދުއާއި ނ. ހޮޅުދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނެފައިވަނީ މިދެމީހުން ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ނ. މަނަދުއާއި ހޮޅުދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ކަމަށެވެ. އެ އޮޕަރޭޝަންތަކުގެ ތެރެއިން މަނަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕ...
އަލީ އާދިލް
ކުނިކެހުމުގެ ވަޒީފާއަށް 50 މީހަކު ހޯދަން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިއުލާންކޮށްފިއެވެ. އިއްޔެ އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ އެއީ ހުޅުމާލެ ކަހައި ސާފު ކުރުމުގެ މަސައްކަތަށް ބޭނުންވާ މީހުން ކަމަށެވެ. އެ މަގާމަށް ހޮވޭ މީހަކަށް މަހަކު 8000ރ. ގެ މުސާރައެއް ލިބޭނެއެވެ. މަގާމަށް އެދި ހުށައަޅާ ފޯމް އަދި ލިޔެކިޔުންތައް ބަލައިގަންނާނީ މއ. ޖަންބުގަސްދޮށުގެ ދެވަނަ ފަންގިފިލާއިންނެވެ. ފޯމު ބަލައިގަންނާނީ ހެނދުނު 9:00 އިން މެންދުރު 1:00 ހަމައަށް އަންނަ […]
އަޙްމަދު ވަހީދު
އަންނަ ފިޠުރު ޢީދު ވިލޭރޭ ހދ. މަކުނުދޫ މަގުތަކަށް ތަކެތި ނެރެފައި ނުބެހެއްޓުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ. މަކުނުދޫ ކައުންސިލުން މިއަދު އާންމު ކުރި އެންގުމެއްގައި ވިދާޅުވެފައި ވަނީ، ޢީދުވިލޭރޭ މަގުތަކަށް އެކި ބާވަތްބާވަތުގެ ސާމާނު ނެރެ މަގުތަކުގައި ބެހެއްޓުމަކީ ފާއިތުވި އަހަރުތަކުގައި އެރަށުގައި ހިނގަމުންދާ ކަމެއް ކަމަށެވެ މިކަމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓަތައް ހިނގައި، އެކި ވަރުގެ އަނިޔާތައް ފަރުދުންނަށް ލިބިފައިވާކަމަށް އެ ކައުންސިލުން ފާހަގަ ކުރައްވާފައި ވެއެވެ. އެހެނ...
ޔުމްނާ ޢަލީ
ޓޫރިޒަމް މިނިސްޓްރީ އިން ސޯޝަލް މީޑިއާގައި ފަށާފައިވާ “ނަލަ ނަލަ ރާއްޖެ” ވީޑިއޯ ޗެލެންޖުގެ އެސޯސިއޭޓް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. އެ ޗެލެންޖަކީ ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރަން ނެރުނު ނަލަ ނަލަ ރާއްޖެ ލަވައަށް ލިޕްސިންކް ކުރާ ޗެލެންޖެކެވެ. މިނިސްޓްރީއާއެކު ވެފައިވާ ޕާޓްނާޝިޕްގެ ދަށުން އުރީދޫ އިން އެ ކުންފުނިން ހިދުމަތް ދެމުން އަންނަ 10 ގައުމުގައި 117 މިލިއަނަށްވުރެ ގިނަ މީހުންނަށް ޗެލެންޖް ޕްރޮމޯޓް ކުރާނެއެވެ. އެ ޗެލެންޖަކީ […]
އަޙްމަދު ވަހީދު