މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1380 ވަނަ ޞަފްޙާ

ހުޅުމާލޭގައި އިތުރު އެޕާޓްމަންޓުތަކެއް އަޅައިދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި އިތުރު އެޕާޓްމަންޓުތަކެއް އަޅައިދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި އިތުރު އެޕާޓްމަންޓްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން އެޗްޑީސީ އިން އިއުލާންކޮށްފިއެވެ. އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ދެ ސަރަހައްދަކުންނާއި ދެވަނަ ފިޔަވަހީގެ އަށް ސަރަހައްދަކުން ޖުމުލަ ދިހަ ބިމެއްގައި އެޕާޓްމަންޓް އަޅަން ހުޅުވާލައިފައިވާ ކަމަށެވެ. އެއީ ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެކެވެ. އެޕާޓްމަންޓުތައް އަޅަން ދޫކުރަން ނިންމާފައިވަނީ 1،657 އަކަފޫޓާއި 3،411 އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ. އެކަމަށް...

އަޙްމަދު ވަހީދު
ފިތުރު ޒަކާތުގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފި

ފިތުރު ޒަކާތުގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފި

ފިތުރު ޒަަކާތުގެ ގޮތުގައި ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން އިއްޔެ ބުނީ ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދައްކާފައިވަނީ 107,132 މީހުން ކަމަށެވެ. އެ އަދަދު 5.6 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ވަނީ ބުނެފައެވެ. މިދިޔަ އަހަރު ވެސް މި މުއްދަތުގައި 5.6 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ބަލައިގަތެވެ. […]

އަޙްމަދު ވަހީދު
ފެލިވަރުގެ ކޯލްޑް ސްޓޯރެޖް ހަދަން ބީލަމުގެ މަރުހަލާ ފަށައިފި

ފެލިވަރުގެ ކޯލްޑް ސްޓޯރެޖް ހަދަން ބީލަމުގެ މަރުހަލާ ފަށައިފި

ޅ. ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ގާއިމް ކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ޕްރީކޮލިފިކޭޝަން މަރުހަލާ ނިމި، ބީލަމުގެ މަރުހަލާ ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން އިއްޔެ ބުނީ، އެ މަޝްރޫއުގެ ދަށުން ފެލިވަރުގައި 4،000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިން ފެސިލިޓީ އާއި ރެފްރިޖަރޭޓަޑް ސީ ވޯޓާ ފެސިލިޓީ އާއި އެ […]

އަޙްމަދު ވަހީދު
މިދިޔަ އަހަރު އެމްޓީސީސީއަށް 232 މިލިއަން ރުފިޔާގެ ފައިދާއެއް

މިދިޔަ އަހަރު އެމްޓީސީސީއަށް 232 މިލިއަން ރުފިޔާގެ ފައިދާއެއް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް މިދިޔަ އަހަރު ސާފު ފައިދާ ގޮތުގައި 232 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ރިޕޯޓްތަކުން ދައްކައިފިއެވެ. އެ ކުންފުނިން އިއްޔެ އާއްމުކުރި 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު 1.96 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ވަނީ ލިބިފައެވެ. އެއީ 2020 ވަނަ އަހަރާ އަޅާ ބަލާއިރު 43 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ އެމްޓީސީސީގެ ސާފު ފައިދާ އަކީ 232 މިލިއަން ރުފިޔާއެވެ. […]

އަޙްމަދު ވަހީދު
ކޮއްކޮމެންނަށް ހާއްސަ “ގެރިކިރު ކޭކު ވިތު އައިސް ކްރީމް” ވަރަށް އުފާ ވާނެ!

ކޮއްކޮމެންނަށް ހާއްސަ “ގެރިކިރު ކޭކު ވިތު އައިސް ކްރީމް” ވަރަށް އުފާ ވާނެ!

ގެރިކިރު ކޭކަކީވެސް މި ރޯދަމަހު ވަރަށް ގިނަ ސުފުރާތަކުން ޖާގަ ހޯދި ގިނަބަޔެއްގެ ފެވަރިޓެކެވެ. މިއަދު މިލިޔަނީ ގެރިކިރު ކޭކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ގޮތެކެވެ. އައިސްކްރީމާއި އެކު ގެރިކިރު ކޭކު ރަހަބަލާލަން ތައްޔާރުކޮށްލާށެވެ. ޔަގީނުންވެސް ކުދިވެރިންގެ ތަރުހީބު ލިބޭނެ އެވެ. ބޭނުންވާތަކެތި 1 ދަޅު ގެރިކިރު 1/2 ޖޯޑު ފުށް 3 ސަމްސާ ބަޓަރު 1 ސަމްސާ ބޭކިން ޕައުޑަރ 3 ބިސް 1/4 ސައި ސަމްސާ ލޮނު 1 ސައި ސަމްސާ ވެނީލާ އެސެންސް 1 ލީޓަރ އައިސް ކްރީމް (ވެނީލާ ނުވަތަ ބޭނުން […]

ޝިއުނާ އާދަމް
ބާރަ އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނާއި ޖެންޑާ ގުޅިގެން ބަލަންފަށައިފި

ބާރަ އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނާއި ޖެންޑާ ގުޅިގެން ބަލަންފަށައިފި

ބާރަ އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންގެ ޚިދުމަތުންނާއި، ޖެންޑާ މިނިސްޓްރީ ގުޅިގެން ބަލަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ ވިދާޅުވީ، ނޯތް ސެންޓްރަލް ޕޮލިސް ރީޖަން (ކ، އއ، އދ، ވ. އަތޮޅު) ގައި ހިމެނޭ ރަށެއްގައި 12 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއްގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. މި މަހުގެ 26 ވަނަ ދުވަހު ފުލުހަށް ހުށައެޅި އެ މައްސަލައަކީ އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާއަށް އަނިޔާކުރި […]

ޔުމްނާ ޢަލީ
ވާހަކަ: މާކަނާކަލޯ އާއި ފިދަންކަލޯ ވާހަކަ

ވާހަކަ: މާކަނާކަލޯ އާއި ފިދަންކަލޯ ވާހަކަ

މާކަނާކަލޯއާއި ފިދަންކަލޯއަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އެއް ދުވަހަކު މާކަނާކަލޯ ހިތަށް އެރިއެވެ. ފިދަންކަލޯއަކީ ވަރަށް ކުޑަކުޑަ ދޫންޏެކެވެ. އެ ސޮރުގެ ސިކުނޑި ވެސް ކުޑަވާނެއެވެ. އަހަރެން ކަހަލަ ބޮޑު ދޫންޏެއްހާ ބުއްދިގަދައެއް ނުވާނެއެވެ. ވާނީ ލަނޑެއްދޭށެވެ. އެހެން ހިތާ މާކަނާކަލޯ އުދުހިފައި ގޮސް ފިދަންކަލޯ ކައިރިއަށް ތިރިކޮށްލާފައި އެބަ ބުނެއެވެ. ފިދަންކަލޯއެވެ. ކަލޭގެ މޮޔަކަން ނިކަން ދެކޭށެވެ. އަތިރިމަތިން އުކުނޑިބުކުނޑި ހޮވާކައިގެން ބަނޑުފުރާނަމުއްތި ތިޔަ ކުރެވެނީ މުޅި ދުވަސް ތިޔަކަމަށ...

ޢަބްދުﷲ ސަޢީދު
ސަރުކާރާމެދު ނުރުހެނީ ސަރުކާރު ބޭނުންކޮށްގެން އަމިއްލަ ފައިދާ ނުނެގޭތީ: އިބްރޭ

ސަރުކާރާމެދު ނުރުހެނީ ސަރުކާރު ބޭނުންކޮށްގެން އަމިއްލަ ފައިދާ ނުނެގޭތީ: އިބްރޭ

މި ސަރުކާރާއެކު ތިބެ، ސަރުކާރާމެދު ނުރުހެނީ ސަރުކާރު ބޭނުންކޮށްގެން އަމިއްލަ ފައިދާ ނުނެގޭތީ ކަމަށް ކެލާ ދާއިރާގެ މެންބަރު، އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އަންނަ މަހު 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން އެ ޕާޓީ ވަނީ ދެ ފަޅިވެފައެވެ. އެ އިންތިޚާބުގައި އެންމެ ވާދަ ވެރިކަން ބޮޑީ ޗެއާޕާސަންގެ މަޤާމެވެ. އެ ޕާޓީ ދެފަޅި ވެފައިވާއިރު އެއް ފަޅިއަކީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް […]

އަލީ އާދިލް
ހޯރަފުށީ އަންހެނުން ކޮމެޓީން ހއ. އަތޮޅު މަދަރުސާއަށް އެހީއެއް

ހޯރަފުށީ އަންހެނުން ކޮމެޓީން ހއ. އަތޮޅު މަދަރުސާއަށް އެހީއެއް

ހއ. ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ހުންނަ ހއ. އަތޮޅު މަދަރުސާއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ހާމަކުރައްވާފައިވާ ގޮތުގައި އެ ކޮމެޓީން ވަނީ ހއ. އަތޮޅު މަދަރުސާއަށް އެހީތެރިވުމުގެ ގޮތުން އެ ސްކޫލަށް އޭސީ އެއް ހަދިޔާކޮށްފައެވެ. ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އަންނަނީ އެރަށުގެ މުއައްސަސާތަކަށް އެކި ގޮތްގޮތުން މިފަދަ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމު...

ޔުމްނާ ޢަލީ
ދިރިއުޅުމުގައި މާޔޫސްވާ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ނަސޭހަތްތެރިވެއްޖެ

ދިރިއުޅުމުގައި މާޔޫސްވާ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ނަސޭހަތްތެރިވެއްޖެ

ދުނިޔޭގައި ދިރިއުޅެމުންދާއިރު މާޔޫސްވާ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ރޭގެ އިޙްޔާ ފޯރަމްގައި ނަސޭހަތްތެރިވެ ވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ރަމާޟާންމަހު ކުރިއަށް ގެންދަވާ އިޙްޔާ ފޯރަމްގެ ރޭގެ ފޯރަމަކީ މި އަހަރުގެ އެންމެ ފަހު ފޯރަމް އެވެ. އަދި އެ ފޯރަމްގައި ތަޤްރީރު ކުރައްވާފައިވަނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އާއި، އައްޝައިޚް ފައްޔާޟް ޢަލީ މަނިކެވެ. ރޭގެ މައުޟޫއަކީ ”އިންސާނުންގެ ޙާލަތު ކީރިތި ޤުރުއާނުގެ އަލީގައި” އެވެ. މި މައުޟޫޢުއަށް ރޭގެ ފޯރަމްގައި ތަޤްރީރު ކުރައްވަމުން...

ޝިއުނާ އާދަމް
ސަރުކާރަށް ކުރާ ޖެއްސުމުގެ ސަބަބުން އަނިޔާ ލިބެނީ ނިކަމެތި ރައްޔިތުންނަށް: ނިހާދު

ސަރުކާރަށް ކުރާ ޖެއްސުމުގެ ސަބަބުން އަނިޔާ ލިބެނީ ނިކަމެތި ރައްޔިތުންނަށް: ނިހާދު

ޤާނޫނީ ވަކީލުންގެ ޙައްޤުގައި މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނުނިންމައި، ކޮމެޓީގެ މުޤައްރިރުގެ އަމިއްލަ ކެމްޕެއިންގައި އުޅުމަކީ އެ ވަކީލުންގެ ޙައްޤަށް އަރައިގަތުން ކަމަށާއި، ސަރުކާރަށް ކުރާ ޖެއްސުމުގެ ސަބަބުން އަނިޔާ ލިބެނީ ނިކަމެތި ރައްޔިތުންނަށް ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ މުޤަައްރިރަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު...

އަލީ އާދިލް
ޗެލްސީއާއި އެއްވަރުވެ ޔުނައިޓެޑަށް ގަދަ ހަތަރެއްގެ އުންމީދު ގެއްލިއްޖެ

ޗެލްސީއާއި އެއްވަރުވެ ޔުނައިޓެޑަށް ގަދަ ހަތަރެއްގެ އުންމީދު ގެއްލިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވެ، ޕޮއިންޓް ތާވަލުގެ ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތަށް ހުރަސް އެޅިއްޖެއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ފުރަތަމަ ހާފުގައި ޗެލްސީގެ ކައި ހަވާޓްޒްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުޞަތެއް ލިބިފައެވެ. ކަންޓޭ […]

އިބްރާހިމް ޚަލީލް
އަންބަރާއާއި ހުޅިދޫއަކީ ވ. އަތޮޅު ކައުންސިލްގެ ދަށުގައިވާ ދެރަށް ކަމަށް ކަނޑައަޅައި ގަރާރެއް ފާސްކޮށްފި

އަންބަރާއާއި ހުޅިދޫއަކީ ވ. އަތޮޅު ކައުންސިލްގެ ދަށުގައިވާ ދެރަށް ކަމަށް ކަނޑައަޅައި ގަރާރެއް ފާސްކޮށްފި

ފެލިދެއަތޮޅު (ވ. އަތޮޅު) އަންބަރާއާއި ހުޅިދޫއަކީ ވ. އަތޮޅު ކައުންސިލްގެ ދަށުގައިވާ ދެރަށް ކަމަށް ކަނޑައަޅައި އެ އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ. ވ. އަތޮޅު ކައުންސިލްގެ ހަ މެންބަރެއްގެ ވޯޓުން ފާސްކޮށްފައިވާ މި ގަރާރުގައި ބުނެފައި ވަނީ އެ އަތޮޅުގެ ފަޅު ރަށެއް ކަމުގައިވާ ހުޅިދޫއަކީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން “އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް”އަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށެއްކަމަށެވެ. އަދި އަންބަރާއަކީ މިނިސްޓްރީ އޮފް ޓޫރި...

އަލީ އާދިލް
ޖަމާޢަތުގަ ނަމާދުގަ ހުއްޓާ ޖެހިގެން ހުރިމީހާ ގޮސްފި ނަމަ ހަދާނީ ކިހިނެތް؟

ޖަމާޢަތުގަ ނަމާދުގަ ހުއްޓާ ޖެހިގެން ހުރިމީހާ ގޮސްފި ނަމަ ހަދާނީ ކިހިނެތް؟

ޖަމާޢަތުގައި ނަމާދު ކުރުމަށް ސަފުހަދާއިރު، ސަފުތައް ސީދާކޮށް ސަފުގައިވާ ފަރާތްތަކުގެ ދެމެދުގައި ހުސްޖާގަ ނުހުންނާނޭހެން ސަފުހެދުމަށް އަހަމެރެންގެ ނަބިއްޔާ ވަނީ އަމުރު ކުރައްވާފައެވެ. އަދި ސަލަފުއްޞާލިހުން ވަނީ އެބޭފުޅުންގެ ޢަމަލުފުޅުން މިކަން ތަޠުބީޤު ކުރައްވާފައެވެ. އަދި އެންމެ ފުރިހަމަ ނުވިކަމުގައިވީނަމަވެސް، ދުނިޔޭގެ ބައެއް ޤައުމުތަކާ އަޅާބަލާއިރު ދިވެހިންނަކީ ނަމާދަށް ސަފުހެދުމުގައި ރިވެތި ނަމޫނާއެއް ދައްކާ ބައެއްކަމުގައި ފެނެއެވެ. އެގޮތުން ނަމާދަށް ސަފު ހަދާފައި ތިބޭއިރު ސަފުތައް ތެދު ކުރުމ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ބީއެމްއެލްގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމަށް، ބިޝްވަޖިތު

ބީއެމްއެލްގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމަށް، ބިޝްވަޖިތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމަށް އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ، މރ. ބިޝްވަޖިތު މަޒުމްދާރު ހަމަޖައްސައިފިއެވެ. ބީއެމްއެލްއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ބިޝްވަޖިތު ހުންނެވީ ކާބުލްގެ ޣާޒަންފަރު ބޭންކުގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމުގައިކަމަށް ބީއެމްއެލް އިން ހާމަކޮށްފައިވެއެވެ. ބިޝްވަޖިތު އަކީ އިންޓަރނަލް އޮޑިޓިންގ، ބިޒްނަސް އޮޕަރޭޝަންސް އަދި ސްޓްރެޓެޖިކް ޕްލޭނިންގެ ދާއިރާއިން 35 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާގެ...

އަލީ އާދިލް
ރޯދަވީއްލަން ނުވަތަ ތަރާވީހަށް “ފަރާޓާ ޕޮކެޓް ޝަވަރުމާ” ލުއިވެފައި ފަސޭހަ ވާނެ

ރޯދަވީއްލަން ނުވަތަ ތަރާވީހަށް “ފަރާޓާ ޕޮކެޓް ޝަވަރުމާ” ލުއިވެފައި ފަސޭހަ ވާނެ

ބޭނުންވާ ތަކެތި 2 ފަރާޓާ 1 ސައި ސަމްސާ މުގުރި އަސޭމިރުސް 1 ސައި ސަމްސާ މުގުރި ދިރި 1 ސަމްސާ ލުނބޯ ހުތް ރަހަލާވަރަށް ލޮނު 1 ސަމްސާ ތެޅި މިރުސް   1 ޖޯޑު ބޯންލެސް ޗިކަން 1/2 ޖޯޑު ކެބެޖު (ކުދިކޮށް ކޮށާފައި) 1/2 ޖޯޑު މެރިޓް (ކުދިކޮށް ކޮށާފައި) 1/2ބެލްޕެޕަރ (ކުދިކޮށް ކޮށާފައި) 4 ސަމްސާ މަޔޮނައިޒް 2 ސަމްސާ ޗިލީ ސޯސް ތައްޔާރު ކުރާނެ ގޮތް ބޯންލެސް ޗިކަން، ތެޅި މިރުސް، ދިރި، އަސޭމިރުސް، ހުތް، […]

ޝިއުނާ އާދަމް
ނަރުދޫ ބަނދަރު މަރާމާތު ކުރަން އެމްޓީސީސީއާއި ހަވާލުކޮށްފި

ނަރުދޫ ބަނދަރު މަރާމާތު ކުރަން އެމްޓީސީސީއާއި ހަވާލުކޮށްފި

ށ. ނަރުދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި މިއަދު ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގެ މިހާރުގެ ބަނދަރުގެ 36،010.00 ކިއުބިކް މީޓަރު ފުންކޮށް، ބަނދަރަށް އި...

ޔުމްނާ ޢަލީ
އިހަވަންދޫ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

އިހަވަންދޫ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށީގެ ވޭރިއޭޝަން މަސައްކަތްތަކުގެ 90 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން. މި މަޝްރޫއުގެ ދަށުން 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 284 މީޓަރުގެ ސަރަ...

އަޙްމަދު ވަހީދު