މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1372 ވަނަ ޞަފްޙާ

ޝީޒާ، ފަސްޓް ލޭޑީ ފަޒްނާ އާއި ބައްދަލުކޮށްފި

ޝީޒާ، ފަސްޓް ލޭޑީ ފަޒްނާ އާއި ބައްދަލުކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓު އާމިނަތު ޝީޒާ، ސްޓް ލޭޑީ ފަޒްނާ އަޙްމަދު އާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މުލިއާގޭގައި، މެޑަމް ފަޒްނާއާއި ބައްދަލުކުރެއްވުމަށްފަހު ޝީޒާ ވިދާޅުވީ، އޭނާ އިސްވެ ހިންގަވާ ވީލަވް ޖަމްޢިއްޔާގެ ކަންކަމާގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މެޑަމް ފަޒްނާއާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި އެ ޖަމްޢިއްޔާއަށް ދިމާވާ ގޮންޖ...

އަލީ އާދިލް
ދެ ދޯނި ދޭތެރޭގައި ފިތިގެން މީހަކު ނިޔާވެއްޖެ

ދެ ދޯނި ދޭތެރޭގައި ފިތިގެން މީހަކު ނިޔާވެއްޖެ

މ. ކޮޅުފުށީ ކައިރީގައި ދެ ދޯނި ކައިރިކޮށްގެން އުޅުމުގެ ތެރޭގައި ފިތިގެން މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ، މ. އަތޮޅު ކޮޅުފުށީ ކައިރީގައި ދެ ދޯނި ކައިރިކޮށްގެން އުޅެނިކޮށް ދެ ދޯނި ދޭތެރޭ މީހަކު ފިތިފައިވާކަަމަށެވެ. އެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ މިއަދު ހަވީރު 16:41 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދެއްވާ ފުލުހުން ވިދާޅުވެއެވެ. ނިޔާވެފައިވަނ...

ޔުމްނާ ޢަލީ
އެހެންރަށެއްގެ ރައްޔިތުން ހިތުގައި ޖައްސާފައި ދަނޑު ހަދަން ވެލި ގެނައުމަކީ އެދޭގޮތެއް ނޫން: ފުނަދޫ ކައުންސިލް

އެހެންރަށެއްގެ ރައްޔިތުން ހިތުގައި ޖައްސާފައި ދަނޑު ހަދަން ވެލި ގެނައުމަކީ އެދޭގޮތެއް ނޫން: ފުނަދޫ ކައުންސިލް

އެހެން ރަށެއްގެ ރައްޔިތުން ހިތުގައި ޖައްސާފައި ފުނަދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް އެރަށަށް ވެލި ގެނައުމަކީ ފުނަދޫ ރައްޔިތުންނާއި، އެ ކައުންސިލް ވެސް އެދޭގޮތެއް ނޫންކަމަށް ށ. ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ށ. ފޯކައިދޫ ބަނދަރު ސަރަހައްދުން ނަގާފައިވާ ވެލިން ވެލި އެހެން ރަށަކަށް ގެންދާތީ އެރަށުގެ ބައެއް މީހުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އެރަށުގެ ބައެއް މީހުން މީސްމީޑިއާގައި މިކަމާއި ނުރުހި ޝުޢޫރުފާޅުކުރަމުންދާއިރު، އަދި އެރަށު ބައެއް މީހުން ވަނީ ބަނދަރު ސަރަޙައްދެއް އެއް ވެ...

އަލީ އާދިލް
ޓްރެފިކް ޖޫރިމަނާއިން ރެކެން ދޮގު ހެދުމުން 14،000ރ. ގެ ޖޫރިމަނާއެއް

ޓްރެފިކް ޖޫރިމަނާއިން ރެކެން ދޮގު ހެދުމުން 14،000ރ. ގެ ޖޫރިމަނާއެއް

ޓްރެފިކް ޖޫރިމަނާއިން ސަލާމަތްވުމަށްޓަކައި ފުލުހުންނަށް ދޮގު މައުލޫމާތު ދިން މީހަކު 14،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮޮށްފި އެވެ. އދ. ދަނގެތި މީހަކު 14،440ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2020 ވަނަ އަހަރު އޭނާ ލައިސަންސް ނެތި މާލޭގައި ދުއްވި މައްސަލާގައި ޖޫރިމަނާ ކުރަން ފުލުހުން އުޅުމުން ފުލުހުންނަށް ދޮގު މައުލޫމާތު ދިނުމުންނެވެ. އޭނާ ހުއްޓުވީ ސިނަމާލެ ބްރިޖުން ބާރު ސްޕީޑްގައި ސައިކަލް ދުއްވުމުންނެވެ. ޖޫރިމަނާ ކުރަންވެގެން ފުލުހުން އޭނާގެ […]

ހުސައިން ހަބީބް
ޑަބްލިއު އާއި ޝެރެޓަން ވިއްކާލަނީ

ޑަބްލިއު އާއި ޝެރެޓަން ވިއްކާލަނީ

ޔުނިވާސަލްގެ ހިއްސާ އޮންނަ ފުރަނަފުށީގައި ހިންގަމުން އަންނަ ޑަބްލިއު މޯލްޑިވްސް އާއި ފެސްދޫގައި ހިންގަމުން އަންނަ ޝެރެޓަން މޯލްޑިވްސް ވިއްކާލަން ނިންމައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އެ ދެރަށް ވިއްކާލަން އުޅޭ ކަމަށް އިއުލާންކޮށްފައެވެ. އެގޮތުން، އެ ދެރަށުގެ ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ހޯދަން ވަނީ އިއުލާނުކޮށްފައެވެ. ޑަބްލިއު މޯލްޑިވްސް އާއި ޝެރެޓަން މޯލްޑިވްސް އަކީ ޔުނިވާސަލް ކުންފުނީގެ 50 އިންސައްތަ ހިއްސާ އޮންނަ ދެ ރިސޯޓެވެ. އެ ދެ ރިސޯޓް ވެސް ހިންގަނީ ދުނިޔޭގެ […]

އަޙްމަދު ވަހީދު
އެސްޓީއޯ އިން މިއަދު ކުޑަކުދިންގެ ހަވީރެއް

އެސްޓީއޯ އިން މިއަދު ކުޑަކުދިންގެ ހަވީރެއް

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މިއަދު ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ. “އައިވީ ކިޑްސް އިވްނިން” ގެ ނަމުގައި ހިންގާ އެ ހަރަކާތް އޮންނާނީ މިއަދު ހަވީރު 4:00 ޖަހާއިރުއެވެ. އެ ހަރަކާތް ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ. މި ހަރަކާތުގައި ރޮބޯމޭންގެ ހަރަކާތްތަކާއި ފޭސް ޕެއިންޓިން އާއި އާޓް އެންޑް ކްރާފްޓް ފަދަ ކުޅިވަރުތަކުގެ އިތުރުންވެސް ގިނަ ކަންކަން ކުޑަކުދިންނަށް ކުރެވޭނެއެވެ. https://twitter.com/stopc_mv/status/1523570089072947202?t=G25ENhxHBiXUodMmBjUXTg&s=19 މިއީ އެސްޓީއ...

އަޙްމަދު ވަހީދު
ވެމްކޯއިން ކުނި ނަގާ ވަގުތުތަކަށް ވެސް ބަދަލު ގެނެސްފި

ވެމްކޯއިން ކުނި ނަގާ ވަގުތުތަކަށް ވެސް ބަދަލު ގެނެސްފި

ރޯދަ މަހު ކުނި ނަގަމުން އައި ވަގުތުތައް އިއްޔެއިން ފެށިގެން ވެމްކޯއިން ބަދަކު ކޮށްފިއެވެ. އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ މާލެ ސިޓީގެ ގޭބިސީތަކުން ދެން ކުނި ނަގާނީ ކުރިއެކޭ އެއްގޮތަށް ރޭގަނޑު 6:00 ން 11:00 އާ ދެެމެދު ކަމަށެވެ. ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތަށް ކޮވިޑް-19 އާ ގުޅިގެން ގިނަ ބަދަލުތަކެއް ގެނައެވެ. އެގޮތުން އޭރު އިމާރާތުގެ ތިރީގައި ކުނި ބަހައްޓަން ޖެހޭ ގޮތަށް ނިންމި ނަމަވެސް މިހާރު ވަކި އެޕާޓްމަންޓުތަކަށް ކުނި […]

އަޙްމަދު ވަހީދު
ހަ ކުދިންނާ ބެހުމުގެ ތުހުމަތުވާ މީހާ ދޫކޮށްލައިފި

ހަ ކުދިންނާ ބެހުމުގެ ތުހުމަތުވާ މީހާ ދޫކޮށްލައިފި

މާލޭގައި ހަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލަން އަންގައިފި އެވެ. އުމުރުން 55 އަހަރުގެ މީހަކު މިދިޔަ މަހު ހައްޔަރުކުރީ އޭނާއާ އާއިލީގެ ގޮތުން ގުޅުން އޮންނަ ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގަ އެވެ. އޭނާގެ ބަންދަށް ކޯޓުން ކުރިން 30 ދުވަސް އިތުރުކޮށްދިނެވެ. އޭނާ މިއަދު ބަންދުން ދޫކޮށްލީ ކްރިމިނަލް ކޯޓަށް އަލުން ބަންދު މުއްދަތު އިތުރުކުރަން ގެންދިއުމުންނެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކާ އެކު […]

ހުސައިން ހަބީބް
ފާތިހު އާއި ގުޅުވައިގެން ދައުރުވަމުންދާ ވާހަކަތައް ދޮގުކޮށްފި

ފާތިހު އާއި ގުޅުވައިގެން ދައުރުވަމުންދާ ވާހަކަތައް ދޮގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ލ. ގަން، ތުނޑި/ދުންފިނިއުފާ، އަޙްމަދު ފާތިހު، މެއި 6 ވަނަ ދުވަހުގެ ހަމަލާ ދިން އިރުވެސް ހުރީ ފުލުހުންގެ ވަޒީފާގައިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. 2021 މެއި 6 ވަނަ ދުވަހު ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ […]

އަލީ އާދިލް
ނޮޅިވަރަންފަރުގައި "މޫދު ކަސްރަތުން އުފާވެރިކަން" ނަމުގައި ކަސްރަތު ޕްރޮގްރާމެއް ފަށަނީ

ނޮޅިވަރަންފަރުގައި "މޫދު ކަސްރަތުން އުފާވެރިކަން" ނަމުގައި ކަސްރަތު ޕްރޮގްރާމެއް ފަށަނީ

“މޫދު ކަސްރަތުން އުފާވެރިކަން” މި ނަމުގައި ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަސްރަތު ޕްރޮގްރާމް 11 މެއި 2022 ވާ ބުދަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ރަށުގެ އާބާދީއަކީ ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމުގެ އިތުރުނ ކަސްރަތު ކުރުމުގައި ދެމިތިބުމަށް ހިތްވަރު ދިނުމެވެ. މި ޕްރޮގްރާމަކީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފ...

އިބްރާހިމް ޚަލީލް
ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް އަންނަ މަހު، ބައިވެރިވާން ހުޅުވާލައިފި

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް އަންނަ މަހު، ބައިވެރިވާން ހުޅުވާލައިފި

ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވުމަށް ނިންމާފައިވާ 05 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް އަންނަ މަހު ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. އެ އެސޯސިއޭޝަނުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ އެ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 05 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހު ފަށަން ނިންމާފައިވާ ކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ އެ އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުން...

ޝިއުނާ އާދަމް
ޖަމްޢިއްޔާތަކުގެ އާ ޤާނޫނެއް، ބިލު ތަސްދީޤު ކުރައްވައިފި

ޖަމްޢިއްޔާތަކުގެ އާ ޤާނޫނެއް، ބިލު ތަސްދީޤު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖަމްޢިއްޔާތަކުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މިއީ 2022 އެޕްރީލް 18 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން ޖަމްޢިއްޔާތަކުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނު ބުނާގޮތުން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކ...

ޔުމްނާ ޢަލީ
ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ އަޟްހާ އީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ނެއްލައިދޫ ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ޓީމް ތަކަށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 02 ޖޫނ...

އިބްރާހިމް ޚަލީލް
ލަންކާގެ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށް ދިވެހި ޚާރިޖިއްޔާގެ އިލްތިމާސެއް

ލަންކާގެ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށް ދިވެހި ޚާރިޖިއްޔާގެ އިލްތިމާސެއް

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާއި އެޤައުމަށް ދަތުރުކުރާ ދިވެހިން އެ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށް ދިވެހި ޚާރިޖިއްޔާއިން އިލްތިމާސްކޮށްފިއެވެ. ލަންކާގައި ފެށިފައިވާ ހަމަނުޖެހުން ވަރަށް ބޮޑަށް ގޯސްވެ ބައެއް މީހުން މަރުވެ، އެ ގައުމުގެ ޕާލަމެންޓް މެންބަރުންގެ ގެދޮރާއި، އެހެން ބައެއް އިމާރާތްތަކާއ،ި އުޅަނދުތަކުގައި ހުޅުޖަހަމުންދާއިރު މުޅި އެ ޤައުމުގައި އޮތީ ކާފިއު ހިންގާފައެވެ. ދިވެހި ޚާރިޖިއްޔާއިން މިއަދު ވިދާޅުވީ، މުޅި ސްރީލަންކާ ހިމެނޭގޮތަށް މިވަގުތު ސްރީލަންކާގައި ކާފިއު...

ޔުމްނާ ޢަލީ
ފަޔާ އާއި ރޮޒޭ މަކުނުދޫ ދާއިރާގެ 90 ޕަސެންޓް ވޯޓު ނަގާނެ: ރާޢީ

ފަޔާ އާއި ރޮޒޭ މަކުނުދޫ ދާއިރާގެ 90 ޕަސެންޓް ވޯޓު ނަގާނެ: ރާޢީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އާއި، އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް (ރޮޒޭ)، އެމްޑީޕީގެ މަކުނުދޫ ދާއިރާގެ މެންބަރުންގެ 90 ޕަސެންޓް ވޯޓު ކާމިޔާބު ކުރާނެކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރ...

އަލީ އާދިލް
ފޭދޫ އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ފޭދޫ އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ށ.ފޭދޫ ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުންނަ މުއައްސަސާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތް 2022” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ފޭދޫގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާކުރުމާއި ހަށިހެޔޮ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމާއި، ކުޅިވަރުގެ ރޮނގުން ހުނަރުވެރި މީހުން އެ ރަށުގައި އެފެއްދުމެވެ. މި މުބާރާތް ފެށުމަށް ހަމަޖެހި...

އިބްރާހިމް ޚަލީލް
އައްމަޓީ ބުނަނީ ރާއްޖެއިން ބޭރުގައި އުޅުނީ ފިލައިގެން ނޫން ކަމަށް

އައްމަޓީ ބުނަނީ ރާއްޖެއިން ބޭރުގައި އުޅުނީ ފިލައިގެން ނޫން ކަމަށް

ސީލައިފް ކުންފުނީގެ ޚިޔާނާތުގެ މައްސަލައަށްފަހު ރާއްޖެއިން ބޭރުގައި އުޅުނީ ފިލައިގެން ނޫން ކަމަށް އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ހައި ކޯޓުގައި މިއަދު ބުނެފި އެވެ. ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ އައްމަޓީ ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން މިއަދު ބޭޭއްވި އަޑުއެހުމުގައި އައްމަޓީ ބުނީ އޭނާ ފިލައިގެން އުޅުނު ކަމަށް ބުނެ ދައުލަތުން […]

ހުސައިން ހަބީބް
ރާޖަޕަކްސަ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވައިފި

ރާޖަޕަކްސަ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވައިފި

ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވީ ލަންކާގައި ހަމަނުޖެހުންތައް ބޮޑުވުމުންނެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވައި ފޮނުވި ސިޓީ މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމު ވެސް ވެފައެވެ. އެ ސިޓީގައި ރާޖަޕަކްސަ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ކުރިމަތިވި ހީނަރުކަން އަދިވެސް ދަނީ ގޯސްވަމުން ކަމަށާއި މިކަމާ ގުޅިގެން ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފަށް ނިމުމެއް ގެނެސް ކަންކަން ރަނގ...

އަޙްމަދު ވަހީދު