މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1370 ވަނަ ޞަފްޙާ

ލަމްހާއަށް ޖަލުގައި ބެޑްރެސްޓް ނުކުރެވޭތީ ޝަކުވާ

ލަމްހާއަށް ޖަލުގައި ބެޑްރެސްޓް ނުކުރެވޭތީ ޝަކުވާ

ނަރުސް މީހާގެ މަރުގެ ދައުވާލިބޭ ހަލީމަތު ލަމްހާއަށް ޖަލުގައި ބެޑްރެސްޓް ނުކުރެވޭތީ އެކަމުގެ ޝަކުވާ އޭނާގެ ފަރާތުން ކޯޓާއި ޕީޖީ އާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފި އެވެ. ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ ފިރިމީހާ މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން މޭރީ މަރާލި ކަމަށް ބުނެ ލަމްހާއަށް ކުރަ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި، ޖަލުގައި ބެޑްރެސްޓް ނުކުރެވޭތީ އާއި އެހީވާނެ މީހަކު ނުހުންނާތީ އެކަމުގެ ޝަކުވާ ލަމްހާގެ ވަކީލުން ކުރި އެވެ. […]

ހުސައިން ހަބީބް
ޑެޕިއުޓީ ޕީޖީއަކަށް ސަމީރު އައްޔަނުކޮށްފި

ޑެޕިއުޓީ ޕީޖީއަކަށް ސަމީރު އައްޔަނުކޮށްފި

ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު އައްޔަންކުރައްވައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވިގޮތުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު ވަނީ އައްޔަންކުރައްވާފައެވެ. ހދ. ނައިވަދޫއަށް ނިސްބަތްވާ ފަނޑިޔާރު ސަމީރު ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުއެވެ. ސަމީރު ވަނީ ހ...

ޔުމްނާ ޢަލީ
ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކްރީޓް ސަޕްލައި ކުރަން އެސްޓީއޯއަށް

ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކްރީޓް ސަޕްލައި ކުރަން އެސްޓީއޯއަށް

ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކުރީޓް ސަޕްލައި ކުރަން އެފްކޮން އިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ ހަވާލުކޮށްފިއެވެ. އެސްޓީއޯ އާއި އެފްކޮން އިންފްރާސްރަކްޗަރ ލިމިޓެޑާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށފައިވަނީ މިއަދު އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދުއެވެ. އެފްކޮންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޕްރޮޖ...

އަޙްމަދު ވަހީދު
ދިއްގަރު ބިން ހިއްކުމުގެ ބޮޑުބައެއް ނިމިއްޖެ

ދިއްގަރު ބިން ހިއްކުމުގެ ބޮޑުބައެއް ނިމިއްޖެ

މ. ދިއްގަރު ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިފައިޗާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޔޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ 63 އިންސައްތަ މަސައްކަތް ވަނި ނިންމާލާފައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން ދިއްގަރުގެ 25 ހެކްޓަރުގެ ބިން ހިއްކުމާއި 384 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު...

އަޙްމަދު ވަހީދު
ދިއްދޫގައި ޖޫނިއާ ކޮލެޖް އަޅަން ހަވާލުކޮށްފި

ދިއްދޫގައި ޖޫނިއާ ކޮލެޖް އަޅަން ހަވާލުކޮށްފި

ހއ. ދިއްދޫގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ ޖޫނިއާ ކޮލެޖްގެ މަސައްކަތް މިއަދު ބަޔަކާއި ހަވާލުކޮށްފިއެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން ހއ. ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. މިއަދު މި...

ޝިއުނާ އާދަމް
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކޮށް، ކުޅުދުއްފުށި ސިޓީން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކޮށް، ކުޅުދުއްފުށި ސިޓީން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކޮށް، ކުޅުދުއްފުށި ސިޓީން ދެ މީހަކު ހައްޔަރުކޮށްފި އެވެ.   ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، މި އޮޕަރޭޝަންއަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ކުޅުދުއްފުށީ ސިޓީ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށި ގެއެއް ބަލައިފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަ...

ހުސައިން ހަބީބް
ފަތުރުވެރިންނަށް ފުރިހަމަ ކަނެކްޓިވިޓީ ދޭން އުރީދޫ އާއި ބޯޓިން އެސޯސިއޭޝަނާ ދެމެދު އެއްބަސްވުމެއް

ފަތުރުވެރިންނަށް ފުރިހަމަ ކަނެކްޓިވިޓީ ދޭން އުރީދޫ އާއި ބޯޓިން އެސޯސިއޭޝަނާ ދެމެދު އެއްބަސްވުމެއް

ފަތުރުވެރިންނަށް ފުރިހަމަ ކަނެކްޓިވިޓީ ފޯރުކޮށްދޭން އުރީދޫ އާއި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މިއީ އުރީދޫގެ “ވިސިޓް މޯލްޑިވްސް ނައު” ކެމްޕޭނުގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. އެއްބަސްވުމާއެކު އުރީދޫއިން ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރާ ވަގުތު އެންމެ ފުރިހަމަ ކަނެކްޓިވިޓީ ފޯރުކޮށްދޭނެއެވެ. އުރީދޫގެ މި ކެމްޕޭނަކީ ކޮވިޑާ ގުޅިގެން ފަތުރުވެރިކަމަށް އައި ހީނަރުކަމުން އަރައިގަތުމަށް އެހީވުމަށް ފެށި ކެމްޕޭނެކެވެ. އެހެންވެ މި އެއްބަސްވުމާއެކު...

އަޙްމަދު ވަހީދު
ޖުވެންޓަސް ބަލިކޮށް އިންޓަމިލާން އިޓާލިއަން ކަޕް ކާމިޔާބް ކޮށްފި

ޖުވެންޓަސް ބަލިކޮށް އިންޓަމިލާން އިޓާލިއަން ކަޕް ކާމިޔާބް ކޮށްފި

އިޓާލިއަން ކަޕް ފައިނަލްގައި 4-2 ގެ ނަތީޖާއިން ޖުވެންޓަސް މައްޗަށް ކުރިހޯދާ އިންޓަމިލާން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލްމެޗްގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ އިންޓައިންނެވެ. މާރިއޯ ބްރޮޒޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ގޯލް ކާމިޔާބް ކޮށްދިނީ މެޗްގެ 6 ވަނަ މިނެޓްގައި ބަރެއްލާއެވެ. ފުރަތަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާއިން އިންޓަ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފް ފަށައިގެން 50 އަދި 52 ވަނަ މިނެޓްގައި ދެގޯލް ޖަހައި […]

އަލީ ރިޔާޟް
ހޯރަފުށީގައި ގެސްޓްހައުސް އަޅަން ދޫކުރި 3 ބިމެއްގައި މަސައްކަތް ފަށައިފި

ހޯރަފުށީގައި ގެސްޓްހައުސް އަޅަން ދޫކުރި 3 ބިމެއްގައި މަސައްކަތް ފަށައިފި

ހއ. ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކުރަން ދޫކުރި ބިންތަކުގެ ތެރެއިން 3 ބިމެއްގައި މަސައްކަތް ފަށައިފިއެވެ. އެ ރަށުގައި ގެސްޓްހައުސް ތަރައްގީ ކުރަން ދޫކޮށްފައި ވަނީ 7 ބިމެކެވެ. އެ ބިންތައް ދޫކޮށް، ބިންތައް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ 3000 އަކަފޫޓާއި، 4000 އަކަފޫޓްގެ ބިންތަކެކެވެ. ހޯރަފުށީ ކައުންސިލުން ވިދާޅުވީ އެ ބިންތަކުންކުރެ 3 ބިމެއްގައި އިއްޔެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އިއްޔެ އަކީ […]

ޔުމްނާ ޢަލީ
ޚިދުމަތް ފުޅާކުރުމަށް އިތުރު ބަސްތަކެއް ގެނެސްފި

ޚިދުމަތް ފުޅާކުރުމަށް އިތުރު ބަސްތަކެއް ގެނެސްފި

މާލޭގެ ދަތުރު ފަތުރުގެ ޚިދުމަތް ފުޅާކޮށް ދާއިމީ ހައްލެއް ހޯދުމަށް އިތުރު ބަސްތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގެނެސްފި އެވެ. މި ބަސްތައް ގެނެސްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެކަން ފާހަގަކޮށް އެމްޓީސީސީ ގެ ސީއީއޯ އާދަމް އާޒިމް ވަނީ މިބަސްތަކުގެ ފޮޓޯތަކެއް ޓްވީޓް ކޮށްފައެވެ. އާޒިމް ވިދާޅުވީ އެ ބަސްތަކުގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ. މިއީ ރައީސް އިބްރާހިމް މ...

އަޙްމަދު ވަހީދު
ކުމުންދޫގައި މަސްތުވާތަކެތި ތިޔާގިވެ ވައްކަން އިންތިހާއަށް، ރައްޔިތުން ސަމާލުވުމަށް އެދެފި

ކުމުންދޫގައި މަސްތުވާތަކެތި ތިޔާގިވެ ވައްކަން އިންތިހާއަށް، ރައްޔިތުން ސަމާލުވުމަށް އެދެފި

ހދ. ކުމުންދޫގައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވުމާއި ގުޅިގެން ރައްޔިތުން ސަމާލުވުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އިއްޔެ ކުމުންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގައި މީހާރަކަށް އައިސް ވައްކަން ކުރުން އާންމު ވުމާއި، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އުޅޭކަމަށް އެ ކައުންސިލައް މައުލޫ ލިބެމުން އަންނަ ކަމަށާއި ވުމާއެކު ރައްޔިތުން އެކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާކަމަށެވެ. މިގޮތުން ނަގުދު ފައިސާ ގިނަ އަދަދަކ...

އިބްރާހިމް ޚަލީލް
ފަސޭހަކަމާއިއެކު ވުލްވްސް ބަލިކޮށް ސިޓީން ލީގު ކާމިޔާބު ކުރުމާއި ގާތަށް

ފަސޭހަކަމާއިއެކު ވުލްވްސް ބަލިކޮށް ސިޓީން ލީގު ކާމިޔާބު ކުރުމާއި ގާތަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ވުލްވްސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ލީގު ކާމިޔާބު ކުރުމާއި ގާތަށް ސިޓީން ޖެހިލައިފިއެވެ. ރޭ ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގައި އެންމެ ބޮޑު ތަފާތެއް ދައްކާފައި ވަނީ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމް މިޑްފީލްޑަރ ޑިބްރޭނާއެވެ. އޭނާ ވަނީ މެޗުގައި މޮޅު ކުޅުމެއް […]

އިބްރާހިމް ޚަލީލް
ފުރަތަމަ ފަހަރަށް އުތުރު ކޮރެއާއިން ކޮވިޑް19 ފެނިއްޖެ، ގައުމު އެލާޓަށް

ފުރަތަމަ ފަހަރަށް އުތުރު ކޮރެއާއިން ކޮވިޑް19 ފެނިއްޖެ، ގައުމު އެލާޓަށް

އުތުރު ކޮރެއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފުރަތަމަ ފަހަރަށް ފެތުރެން ފަށައިފިއެވެ. ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން ބުނެފައިވަނީ، ވެރިރަށް ޕިޔޮންގްޔަންގްގައި ވަކި އަދަދެއްގެ މީހުންގެ ޓެސްޓުތަކުން، އޮމައިކްރޯން ވޭރިއަންޓް ޖެހިފައިވާކަން ކަށަވަރު ވެފައިވާ ކަމަށެވެ. މީގެ ކުރިން އެގައުމުން ބުނަމުން އައީ ކޮވިޑް-19 އަަށް އެގައުމުން އެއްވެސް މީހެއް ޕޮޒިޓިވް ނުވާކަމަށާއި ބަލި ކޮންޓްރޯލް ކުރުމުގައި އެންމެ ފުރިހަމަ ރެކޯޑެއް އޮތީ އެގައުމުގައި ކަމަށެވެ. ޕޮޒިޓިވް ކޭސްތައް ފެނުމު...

ޔުމްނާ ޢަލީ
ފެހެންދޫ ފަޅުގައި އަލިފާނުގެ ހާދިސާއެއް، ބޯޓަކާއި ލޯންޗެއް އަޅިއަށް

ފެހެންދޫ ފަޅުގައި އަލިފާނުގެ ހާދިސާއެއް، ބޯޓަކާއި ލޯންޗެއް އަޅިއަށް

ބ. ފެހެންދޫ ފަޅުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މިހާދިސާގައި މުދާ އުފުލާ ބޯޓަކާއި ލޯންޗެއް ވަނީ އަނދާ އަޅިއަށްވެފަ އެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިހާދިސާ ހިނގާފައިވަނީ މިރޭ 1:25 ހާއިރު ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށެވެ. އަލިފާން ރޯވި އިރު ދެ އުޅަނދުގައިވެސް މީހަކު ނެތްކަމަށެވެ. މިހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ގިނަ އުޅަނދުތަކެއްވަނީ އަޅާފަ އެވެ. ނަމަވެސް ރޯވެ އަނދަން ފެށުމުން އެ އުޅަނދުތައްވަ އެހެން ސަރަހައްދަކަށް […]

އަލީ އާދިލް
ގޫގުލް ޓްރާންސްލޭޓަރ އިން “ދިވެހި ބަސް“ ދަސްކޮށްފި

ގޫގުލް ޓްރާންސްލޭޓަރ އިން “ދިވެހި ބަސް“ ދަސްކޮށްފި

ގޫގުލް ޓްރާންސްލޭޓަރ އިން އަލަށް ދަސްކުރި 24 ބަހުގެ ތެރޭގައި “ދިވެހި ބަސް” ހިމެނިއްޖެ އެވެ. ގޫގުލް ޓްރާންސްލޭޓަރ ޓޫލްއަށް ދިވެހި ބަސް އިތުރުކޮށްފައިވާކަމަށް ގޫގުލްއިން އިޢުލާންކޮށްފައިވަނީ އައިއޯ 2022 ޑިވެލޮޕާރ ކޮންފަރެންސްގަ އެވެ. ގޫގުލް އިން ބުނެފައިވަނީ އަލަށް އިތުރުކުރި 24 ބަހުން ވާހަކަ ދައްކާ 300 މިލިޔަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭކަމަށެވެ. ދިވެހި ބަސް ބޭނުން ކުރާކަމަށް ގޫގުލް އިން ލަފާކުރާ އަދަދަކީ 3 ލައްކަ މީހުންނެވެ. އަލަށް އިތުރުކުރި 24 ބަހާއި […]

އިބްރާހިމް އަސްވާޤް
ކުރިއަށް ދާނީ ސަރުކާރާއެކު، ޕާޓީ ހިންގާނީ އާންމު މެންބަރުން ބައިވެރިކޮށްގެން: ފަޔާ

ކުރިއަށް ދާނީ ސަރުކާރާއެކު، ޕާޓީ ހިންގާނީ އާންމު މެންބަރުން ބައިވެރިކޮށްގެން: ފަޔާ

ރައީސުލްޖުމްޙޫރިއްޔާއާއި، ސަރުކާރުންނާއި އަދި މެންބަރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ކުރިއަށް ދާނީ ސަރުކާރާއެކު ކަމަށާއި އަދި ޕާޓީ ހިންގާނީ އާންމު މެންބަރުން ބައިވެރިކޮށްގެން ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ވިދާޅުވެއްޖެއެވެ. ފަޔާ މިހެން ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ޓީވީ ޗެނަލެއްކަމަށްވާ ރާއްޖެ ޓީވީއިން މިރޭ ކުރިއަށްގެންދިޔަ “ޗެއަރޕާސަން ބަހުސް 2022″ގައި އަންނަ 2023 ވަނ...

ތިލަދުން
ޕާޓީއާއި މެދު ގެއްލެމުންދާ އިތުބާރު މިހިނދުން މިހިނދަށް ހޯދަންޖެހޭ: އިންތި

ޕާޓީއާއި މެދު ގެއްލެމުންދާ އިތުބާރު މިހިނދުން މިހިނދަށް ހޯދަންޖެހޭ: އިންތި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން 2023 ވަނަ އަހަރުގެ ރިޔާސީ ރޭސް ކާމިޔާބު ކުރާން ބޭނުންނަމަ ޕާޓީއާއި މެދު ގެއްލެމުންދާ އިތުބާރު މިހިނދުން މިހިނދަށް ހޯދަންޖެހޭ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ. އިންތި މިހެން ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ޓީވީ ޗެނަލެއްކަމަށްވާ ރާއްޖެ ޓީވީއިން މިރޭ ކުރިއަށްގެންދިޔަ “ޗެއަރޕާސަން ބަހުސް 2022″ގައި އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް […]

ތިލަދުން
ހަނިމާދޫ ކައުންސިލް ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހަނިމާދޫ ކައުންސިލް ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ހަނިމާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން “ހަނިމާދޫ ކައުންސިލް ވޮލީ މުބާރާތް 2022” ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ހަނިމާދޫގެ ދެ ޖިންސްގެ ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 03 ޖޫން 2022 ވާ ހުކުރު ދުވަހުއެވެ. ހަނިމާދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ހަނިމާދޫގެ މުއައްސަސާތަކާއި ކ...

އިބްރާހިމް ޚަލީލް