ށ. ފޯކައިދޫ އިން ގިނަ އަދަދެއްގެ ވެލި ވިއްކާ ކަމަށްބުނެ ބައެއް ފަރާތްތަކުން ފަތުރަމުން ގެންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ. ކައުންސިލުން މިކަން ދޮގުކޮށްފައިވަނީ ރައްޔިތުންގެ މައުލޫމާތައްޓަކައި އެކައުންސިލްގެ ފޭސްކުބް ޕޭޖް ގައި ލިޔެފައިވާ މެސެޖެއްގަ އެވެ. އެމެސެޖުގައި ބުނެފައިވަނީ 3 ބާޖު ވެލި ބޭރުކުރާކަމަށް ދެކެވޭ ވާހަކައަކީ ދޮގު ހަބަރެއްކަމަށެވެ. “ކައުންސިލްގެ 2022 ވަނަ އަހަރުގެ 01 ވަނަ ޢާއްމު ބައްދަލުވުމުން ނިންމާފައި ވަނީ ޔޫތު މިނިސްޓްރީގެ ބޭނުމަށް 25 ލޮރ...
އިބްރާހިމް އަސްވާޤް
މާލޭގެ ފުރާޅުތައް ކުއްޔަށް ނަގައިގެން ސޯލާ ޕެނަލް ހަރު ކުރުމުގެ ޕްރޮޖެކްޓެއް ފަށަން އުޅޭ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑޮރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ވީޓީވީގެ ޕްރޮގްރާމެއްގައި ޝަރީފް ވިދާޅުވީ މާލޭގައި ދެ މެގަވޮޓުގެ ހަކަތަ އުފެއްދޭނެ ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި އިރުން ހަކަތަ އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށްގެންދާނެ ޕްރޮޖްކެޓެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް ހަރުދަނާކުރުމަށްޓަކ...
އަޙްމަދު ވަހީދު
މާރާމާރީއާ ގުޅިގެން ހޯދަމުންދިޔަ ހަތް މީހުންގެ ތެރެއިން 2 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލޭގެ ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މެއި 2 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުންދިޔަ ހަތް މީހުންގެ ތެރެއިން 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މެއި 7 ވަނަ ދުވަހު މާލެއިންނެވެ. ހައްޔަރުކޮށްފައިވާ ދެމީހުންނަކީ ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ […]
އަލީ އާދިލް
ސްޕެނިޝް ލަލީގާ: ރެއާލް މެޑްރިޑް 1-0 ގެ ނަތީޖާއިން ބަލިކޮށް އެތުލެޓިކޯ މެޑްރިޑް ހަތަރުވަނައިގައި 6 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ފަސްވަނައިގައި އޮތް ރެއާލް ބެޓިސް އަށް 35 މެޗުން 58 ޕޮއިންޓް ލިބޭއިރު އެތުލެޓިކޯވަނީ 35 މެޗުން 64 ޕޮއިންޓް ހޯދައިފައެވެ. ލީގުގައި ބާކީ އޮތް ތިންމެޗުން ހަތަރުވަނަ ޔަގީންކުރަން އެތުލެޓިކޯއަށް ބޭނުންވަނީ 4 ޕޮއިންޓެވެ. އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޑްރިޑް ޑާބީ ގައި ޖެހި ހަމަ އެކަނި ލަނޑު މެޗްގެ 40 ވަނަ […]
އަލީ ރިޔާޟް
ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި ސައިޓް މޮބިލައިޒް ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 23,017 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 320 މީޓަރުގެ އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 232 މީޓަރުގެ ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދު، 320 މީޓަރުގެ ސްކައުރިންގ […]
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާއި ނިއުކާސަލް ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ސިޓީން ފަރަގު ބޮޑުކޮށްފިއެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލާއި ޓޮޓެންހަމް ބައްދަލުކުރި މެޗު އެއްވަރު ވުމާއިއެކު، މިރޭގެ މެޗަށް ސިޓީން ނުކުތްއިރު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަރަގު ބޮޑު ކުރުމުގެ […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ އާސެނަލްއާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް އާސެނަލް އިން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފިއެވެ. އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު އާސެނަލުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މިގޮތުން އާސެނަލްއިން ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނެޓުގައި، ލީޑްސްގެ ކީޕަރު އިލަން މެސްލަރއަށް ހެދުނު ގޯހެއްގެ […]
އިބްރާހިމް ޚަލީލް
މާދަމާއިން ފެށިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކޯލްސެންޓަރުން ހިދުމަތް ދެމުން އައި ވަގުތުތަކަށް ބަދަލު ގެންނާނެ ކަން އިއުލާންކޮށްފިއެވެ. މި ބަދަކުތަކަކީ ރޯދައިގެ ކުރިން ކޯލް ސެންޓަރުގެ ހިދުމަތް އޮންނަ ގޮތެވެ. އެގޮތުން، މާދަމާއިން ފެށިގެން ކޯލް ސެންޓަރުން ހުލުރު ދުވަސް ފިޔަވައި އެހެން ދުވަތަކުގައި ހިދުމަތް ދޭނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ. ހުކުރި ދުވަހު ހިދުމަތް ދޭނީ މެންދުރު 2:00ން ރޭގަނޑު 9:00 އަށެވެ. ވެމްކޯއިން އެކުންފުނީގެ އެކި […]
އަޙްމަދު ވަހީދު
ރާއްޖޭގެ ހުރިހާ ރަށަކަށް ގޮސް ދޮރުންދޮރަށް ހިނގައި ނިންމާލެވިފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ. އިންތި މިހެން ވިދާޅުވީ އޭނާއާއި، އޭނާގެ “ތިލަފަތުގެ ރަމްޒް” ކެމްޕެއިން ޓީމް މުޅި ރާއްޖޭގެ އެކި ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރުމަށް ފެއްޓެވި ކެމްޕެއިންގައި ހުރިހާ ރަށަ...
އަލީ އާދިލް
ށ. ފޭދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތް އިން މައުލޫމާތު ދެއްވި ގޮތުގައި އެ މިނިސްޓްރީގެ ފަރާތުން މި މައްސައްކަތް ހަވާލުކޮށްފައި ވަނީ ރައިސަރ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތަށް 4,100,958.67 ރުފިޔާ ޚަރަދު ކުރާނެއެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައި ވަނީ 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ކޮންޓެކްޓަރަކާއި މިއަދު ހަވާލުކުރުމާއި ގުޅިގެން ފޭދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، މި މަސައްކަ...
ޔުމްނާ ޢަލީ
އެސޯސިއޭޝަން އޮފް އޭޝިޔަން އިލެކްޝަން އޮތޯރިޓީގެ(އޭއޭއީއޭ) ގެ އެގްރެކެޓިވް ބޯޑުގެ މެންބަރަކަށް ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަން (އީސީ) ހޮވިއްޖެއެވެ. އީސީން މިއަދު ވިދާޅުވި ގޮތުގައި އެ ކޮމިޝަން، އީސީއެމް އެގްޒެކެޓިވް ބޯޑަށް ހޮވިފައިވަނީ، އެ ޖަމިއްޔާގެ ޢާންމު ބައްދަލުވުމުގައި މެންބަރު ގައުމުތަކުގެ މެދުގައި ނެގި ވޯޓުގެ އިއްތިފާޤުންނެވެ. ދިވެހިރާއްޖޭގެ އިތުރުން އެ ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑަށް ހޮވިފައިވަނީ ރަޝިޔާ އާއި، ކަޒަކިސްތާން އަދި ފިލިޕީންސް އެވެ. އެސޯސިއޭޝަން އޮފް އޭޝިޔަން އިލެކްޝަން އޮތ...
ޔުމްނާ ޢަލީ
ރާއްޖެ އައި ފަތުރުވެރިއެއްގެ އަތުން 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ވިދާޅުވީ، ވައިގެ މަގުން ރާއްޖެއައި ފަތުރުވެރިއެއްގެ އަތުން މަސްތުވާތަކެތި އެ އިދާރާއިން އަތުލައިގަންފައިވާ ކަމަށެވެ. ކަސްޓަމްސްއިން މައުލޫމާތު ދެއްވިގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 3 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއައި ފަސިންޖަރެއްގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމ...
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ދެކުނުގެ ބައެއް މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި ރައީސް ޞާލިޙް މިއަދު ވަނީ ރާއްޖޭގެ ދެކުނުގެ ބައެއް އިސް މަސްވެރިންނާ ބައްދަލުކުރައްވައި، އެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި މަސްވެރިންގެ ފަރާތުން ވަނީ ދެކުނުގެ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ހުށައަޅާފައެވެ. މި ބައްދަލުވުމުގައި މަސްވެ...
ޔުމްނާ ޢަލީ
ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) އަށް ތާއީދު ހޯދުމަށް އިއްޔެ ވިލިމާލޭގައި ކުރިއަށްދިޔަ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. އިއްޔެ ހަވީރު ވިލިމާލޭގައި ހިންގި މަހަރާކާތުގައި އިސްބޭފުޅެއް ގޮތުގައި ބައިވެރިވެވަޑައިގަތީ އެޕާޓީގެ ނައިބު ރައީސް އަދި މާލޭ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒެެވެ. މޭޔަރު މުޢިއްޒުގެ އިތުރުން މި ހަރާކާތުގައި މާލޭ ސިޓީގެ ޕީޕީއެމް ކައުންސިލަރުންނާއި، ފާތުނ...
އަލީ އާދިލް
ގޮތް ނޭނގޭ ފޮއްޓެއް ފެނިގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ. މި ފޮށި ފެނިފައި ވަނީ މާލޭ ސިޓީގެ ސްޓޭޑިއަމް ކައިރީގައި ޕާކްކޮށްފައި އޮތް ވެހިކަލެއްގެ ތެރެއިންނެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ފޮށި ފެނިގެން ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މިކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ އީއޯޑީ ޓީމުން ހަރަކާތްތެރިވެ، ބެލި ބެލުމުން ފޮށިން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ. މާލޭ ސިޓީން ދޭތެރެ ދޭތެރެއިން މިގޮތަށް ފޮށިތަކާއި، ދަބަސްތައް ދަނީ ފެންނަމުންނެވެ...
ތިލަދުން
ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)އަށް ތާއީދުކުރަށްވާކަން ހާމަކުރައްވައިފިއެވެ. ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަންވެސް ކުރަށްވާ އިންތިއަށް ތާއީދުކުރާކަން ރަސްމީކޮށް ހާމަކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ. ތިން ވަނަ ދައުރަކަށް ކުމުންދޫ ކައުންސިލްގެ ރައީސްގެ މަގާމް ފުރުއްވަމުން ގެންދަވާ އަމީން ވަނީ، އިންތިއާއި އިންތިގެ “ތިލަ...
އަލީ އާދިލް
ހދ.ހަނިމާދޫ ޔޫތްސެންޓަރުގެ ގޯތިތެރޭގައި ވޮލީ ކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ހަނިމާދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 17 މެއި 2022 ވަނަ ދުވަހުގެ 11:30 އަށް އެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދިނުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ. މި މަސައްކަތް ކޮށްދިނުމަ...
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ބާސާއިން ކަށަވަރު ކޮށްފިއެވެ. ރޭ ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ރެއާލް ބެޓިސްއަކީ މި ސީޒަންގެ ސްޕެނިޝް ކޮޕަ ޑެލް ރޭގެ ޗެމްޕިއަނުންނެވެ. ވުމާއެކު މެޗު ފެށުމުގެ ކުރިން ބާސާއިން ވަނީ ބެޓިސްއަށް ގާޑް އޮފް އޮނާއެއް އަރުވާފައެވެ. މެޗުގައި ދެ ޓީމްގެ ފަރާތުން ހަމަހަމަ […]
އިބްރާހިމް ޚަލީލް