މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1366 ވަނަ ޞަފްޙާ

ހަނިމާދޫ ބަނދަރުގެ 66 އިންސައްތަ މަސައްކަތް ނިމިއްޖެ

ހަނިމާދޫ ބަނދަރުގެ 66 އިންސައްތަ މަސައްކަތް ނިމިއްޖެ

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތެވެ. އަދި އެއްގަމު ތޮށި ލުމުގެ މަސައްކަތް ފުރިހަމަވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 53,522.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަ ބޭސިން ފުންކުރުމާއި، 31,575.50 ކިއުބިކް […]

އަޙްމަދު ވަހީދު
އަންނަ ދިރާސީ އަހަރަށް މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލުތަކަށް ކުދިން ވެއްދުމަށް ހުޅުވާލައިފި

އަންނަ ދިރާސީ އަހަރަށް މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލުތަކަށް ކުދިން ވެއްދުމަށް ހުޅުވާލައިފި

މާލޭ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކަށް ދަރިވަރުން ވަނުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ. މިގޮތުން 2022-2023 ދިރާސީ އަހަރު މާލޭ ސަރަޙައްދު ސަރުކާރު ސްކޫލުތަކުގެ ގްރޭޑް 1 ކަށް ކުދިން ވެއްދުމަށް ފޯމު ހުށަހެޅުން ފުރުޞަތުވަނީ މިއަދުން ފެށިގެން އިން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ. މީގެ އިތުރުން މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލުތަކުގެ އެހެނިހެން ގްރޭޑްތަކަށް ޖާގަ ހޯއްދެވުމަށް ފޯމު ހުށަހެޅުއްވުމުގެ ފުރުޞަތު ޖުލައި މަހުގެ 1 ވަނަ ދުވަހުން […]

އިބްރާހިމް ޚަލީލް
އިނގިރޭސި ލީގް: ޓޮޓެންހަމް ތާވަލްގެ ހަތަރު ވަނައަށް ޖެހިލައިފި

އިނގިރޭސި ލީގް: ޓޮޓެންހަމް ތާވަލްގެ ހަތަރު ވަނައަށް ޖެހިލައިފި

އިނގިރޭސި ލީގުގައި އާދީއްތަ ދުވަހު ކުޅުނު މެޗެން މޮޅުވެ ލީގް ތާވަލްގެ ހަތަރު ވަނައަށް ޓޮޓެންހަމް ޖެހިލައިފިއެވެ. ޓޮޓެންހަމް ދަނޑުގައި ކުޅުނު މެޗުން ބާންލޭ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ޖެހި ހަމަ އެކަނި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތު ގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބް ކޮށްދިނީ ހެރީ ކޭން އެވެ. މި މޮޅާއެކު ޓޮޓެންހަމް ތާވަލްގެ ހަތަރު ވަނައިގައި އޮތީ 37 މެޗުން ލިބުނު 68 ޕޮއިންޓާއެކުގައެވެ. ޓޮޓެންހަމް ހަތަރު […]

އަލީ ރިޔާޟް
"ފޮރިން ސާވިސް ޤާނޫނަކީ ޚާރިޖީ ސިޔާސަތު ހަރުދަނާކުރުމަށް ރައީސް ގެންގުޅުއްވާ ތަޞައްވަރުގެ ނަތީޖާ"

"ފޮރިން ސާވިސް ޤާނޫނަކީ ޚާރިޖީ ސިޔާސަތު ހަރުދަނާކުރުމަށް ރައީސް ގެންގުޅުއްވާ ތަޞައްވަރުގެ ނަތީޖާ"

މިއަދު އަމަލުކުރާން ފެށުނު ފޮރިން ސާވިސް ޤާނޫނަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ތަޞައްވަރުގެ ނަތީޖާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިއަދަކީ ދިވެހިރާއްޖޭގެ ފޮރިން ސަާވިސްގެ ޤާނޫނު ތަންފީޒުކުރަންފަށާދުވަހެވެ. މި މުނާސަބަތުގައި ފޮނުއްވި ޚިޠާބެއްގައި ޝާހިދު ވިދާޅުވީ، މިއަދަކީ ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާގެ...

ޔުމްނާ ޢަލީ
‏ފާދިއްޕޮޅު އާބާދު ކުރުމަށް ޖާވާކަރަ އާއި އަލިގާ ސަރަޙައްދު ހިއްކަން ގޮވާލައިފި

‏ފާދިއްޕޮޅު އާބާދު ކުރުމަށް ޖާވާކަރަ އާއި އަލިގާ ސަރަޙައްދު ހިއްކަން ގޮވާލައިފި

‏ފާދިއްޕޮޅު އާބާދު ކުރުމަށް ޖާވާކަރަ އާއި އަލިގާ ސަރަޙައްދު ހިއްކަން ގޮވާލައިފި އެވެ. ފާދިއްޕޮޅު އާބާދު ކުރުމަށް ޕްލޭންކޮށް ތަންފީޒު ކޮށްދެއްވުމަށް ގޮވާލެއްވީ ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ޠައްޔިބް ޝަހީމު އެވެ. ޠައްޔިބް މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ފާދިއްޕޮޅު އާބާދީގެ %85 އުޅެނީ ހިންނަވަރު، ނައިފަރު އަދި ކުރެންދޫގައި ކަމަށާއި މި 3 ރަށަކީ ބިން ބޮޑުކުރެވެން ނެތް 3 ރަށްކަމުން ފާދިއްޕޮޅުގައި ބިން ހިއްކައިގެން މީހުން އާބާދު ކުރެވެން އޮތީ ޖާވާކަރަ އާއި އަލިގާ […]

އަލީ އާދިލް
ގަދަ ވަޔާއިއެކު ވިއްސާރަކުރާ ދުވަސްވަރަކަށްވާތީ، ކުޅުދުއްފުށީ ރައްޔިތުންނަށް ސިޓީ ކައުންސިލްގެ އިލްތިމާސްއެއް

ގަދަ ވަޔާއިއެކު ވިއްސާރަކުރާ ދުވަސްވަރަކަށްވާތީ، ކުޅުދުއްފުށީ ރައްޔިތުންނަށް ސިޓީ ކައުންސިލްގެ އިލްތިމާސްއެއް

މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން މަގުތަކަށް ތަކެތި ވެއްޓޭގޮތަށް ހުރި ރުއްތަކާއި ގަސްތައް ސާފުކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ގަދަ ވަޔާއިއެކު ވިއްސާރަކުރާ ދުވަސްވަރަކަށްވާތީ، ރުއްރުކުން ހިކިފަނާއި ކާށި އަދި ގަސްގަހުން ހިކިފައިވާ ގޮފި ފަދަ ތަކެތި ވެއްޓެމުން އަންނަ ކަމަށެވެ. އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ އުސްކޮށް ހުރި ޢިމާރާތްތަކުގެ ޓެރަސް ނުވަތ...

އިބްރާހިމް ޚަލީލް
ފިނޭންސް މިނިސްޓްރީގެ ޕީއެސް އަކަށް ސިރާޖް

ފިނޭންސް މިނިސްޓްރީގެ ޕީއެސް އަކަށް ސިރާޖް

މިނިސްޓްރީ އޮފް ފިނޭންސްގެ ޕަރމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމަށް އަޙްމަދު ސިރާޖް އައްޔަނުކޮށްފިއެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވިދާޅުވީ، މިނިސްޓްރީ އޮފް ފިނޭންސްގެ ޕީއެސް ކަމަށް އަޙްމަދު ސިރާޖް (ވ. ސިނަމާލެ 4 04-2، މާލެ) މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ. އޭނާ އަށް މަގާމުގެ ލިޔުން ޙަވާލުކުރުމަށް މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިނޭންސްގެ އިސްވެރިންނާއި...

ޔުމްނާ ޢަލީ
އިހަވަންދޫ ފެރީ ޓާމިނަލުގެ މަސައްކަތް ނިންމާލައިފި

އިހަވަންދޫ ފެރީ ޓާމިނަލުގެ މަސައްކަތް ނިންމާލައިފި

ހއ. އިހަވަންދޫ ފެރީ ޓަރމިނަލް ޕްރޮޖެކްޓްގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި ފެރީ ޓަރމިނަލަކީ އިންޓަރގްރޭޓޭޑް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓްގެ ދަށުން ޒޯން 1 އަށް ޚިދުމަތް ދިނުމަށް އިމާރާތްކުރެވިފައިވާ ޓަރމިނަލްއެކެވެ. މި ޓަރމިނަލުން ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށްޓަކައި ކޮމާޝަލް އޭރިއާއަކާއި، ޕޭރެންޓް ރޫމަކާއި، ލަގެޖް ރޫމަކާއި، ޓަކް ޝޯޕެއްގެ އިތުރުން ދެ ޖިންސުގެ ބޭފޫޅުންނަށް ވަކިން ފާހަނާ ވަ...

އަޙްމަދު ވަހީދު
އިންތިގެ މަރުޙަބާ ފައްޔާޒަށް! ވޯޓުދެއްވި އެންމެހާ މެމްބަރުންނަށް ހިތުގެ ފުނުން ޝުކުރު

އިންތިގެ މަރުޙަބާ ފައްޔާޒަށް! ވޯޓުދެއްވި އެންމެހާ މެމްބަރުންނަށް ހިތުގެ ފުނުން ޝުކުރު

އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލަށް، ނާކާމިޔާބުވި ކެނޑިޑޭޓު އިމްތިޔާޒް ފަހުމީ މަރުޙަބާ ދަންނަވައިފި އެވެ. އިންތިޚާބަށްފަހު އިމްތިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިމިދިޔަ އިންތިޚާބުގައި އެމަނިކުފާނާއެކު މަސައްކަތްކޮށް ވޯޓުދެއްވި އެންމެހާ މެމްބަރުންނަށް ހިތުގެ ފުނުން ޝުކުރުވެރިވާކަމަށެވެ. އަދި މިވީހާ ދުވަހު ނަގަހައްޓަމުން އައި ހަމަތަކާ އަސާސްތަކުގައި އެމްޑީޕީއާއެކު ދެގޮތެއްނުވެ، އަބަދުވެސް ދެމިހުންނަވާނެކަމަށް ވިދާޅުވިއެ...

އަލީ އާދިލް
ބޮމުގެ ހަމަލާގެ ޝަރީއަތުގައި ހެކިބަސް ނެގުން އަންނަ މަހު ފަށަނީ

ބޮމުގެ ހަމަލާގެ ޝަރީއަތުގައި ހެކިބަސް ނެގުން އަންނަ މަހު ފަށަނީ

މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ކުރާ ދައުވާގައި ހެކިބަސް ނެގުމުގެ މަރުހަލާ އަންނަ މަހު ފަށާނެ ކަމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރައްވައިފި އެވެ. ބޮމެއް ގޮއްވާލައިގެން މިދިޔަ އަހަރު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުވާ ކުރަނީ މއ. ފޭރުގޭ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ […]

ހުސައިން ހަބީބް
ދައުވާ ނުކުރުމަށް ނިންމައި ފައިލުކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ދައުވާ ނުކުރުމަށް ނިންމައި ފައިލުކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ދައުވާ ނުކުރުމަށް ނިންމައި ފައިލުކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ. ފުލުހުން މިއަދު ބުނެފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލާފައިވާ ކަމަށެވެ. މިތަކެތީގެ ތެރޭގައި ހިމެނެނީ 526 ފުޅި ބަނގުރާ، 20 ޕެޓް ފުޅި، 1005 ބިޔަރު ދަޅު އަދި އެހެނިހެން ތަކެތީގެ ގޮތުގައި ހިމެނޭ 10 އައިޓަމެވެ. މި ތަކެއްޗަކީ ދައުވާ ނުކުރުމަށް ނިންމައި […]

އިބްރާހިމް އަސްވާޤް
ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ

ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ

ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިޢުލާންކޮށްފި އެވެ. ފުލުހުން ބުނީ އެމީހާ ހޯދަން އިޢުލާން ކުރީ، ލ. މާމެންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީކަމަށެވެ. ޖިނާއީ މ...

އަލީ އާދިލް
ރައީސްއާއިއެކު ކޯލިޝަން ޕާޓީތަކަށް ޤައުމަށް ހެޔޮގޮތް ހޯދައިދެވޭނެ: އިމްރާން

ރައީސްއާއިއެކު ކޯލިޝަން ޕާޓީތަކަށް ޤައުމަށް ހެޔޮގޮތް ހޯދައިދެވޭނެ: އިމްރާން

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއިއެކު، ކޯލިޝަން ޕާޓީތައް އެކުގައި މަސައްކަތްކޮށް ޤައުމަށް ހެޔޮގޮތް ހޯދައިދެވޭނެ ކަމަށް ހޯމް މިނިސްޓަރު އަދި ވެރިކަންކުރާ އިއްތިހާދުގެ އެއްބައިވެރިޔާ، އަދާލަތު ޕާޓީގެ ރައީސް ސެއިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަންކަން ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް (ފަޔާ) އަށާއި، އެމްޑީޕީއަށް މަރުޙަބާ ކިޔުއްވައި ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓް...

ޙުސައިން ޝަހުދީ
އިންޑިއާގެ މުސްލިމުންގެ ހައްގުގައި އަޑު އުފުލުމުގެ ހަރަކާތަކަށް މި ދަނީ ތައްޔާރުވަމުން: އަދުރޭ

އިންޑިއާގެ މުސްލިމުންގެ ހައްގުގައި އަޑު އުފުލުމުގެ ހަރަކާތަކަށް މި ދަނީ ތައްޔާރުވަމުން: އަދުރޭ

އިންޑިއާގެ މުސްލިމުންގެ ހައްގުގައި އަޑު އުފުލުމުގެ ޙަރަކާތަކަށް ނުކުތުމަށް ތައްޔާރުވަމުންދާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޢިއުލާންކޮށްފިއެވެ. އެކަން ޢިއުލާންކޮށްފައި ވަނީ، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އަދުރޭ ވިދާޅެފައި ވަނީ، އަވަށްޓެރި އިންޑިޔާގެ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންގެ ޙައްގުގައި އަޑު އުފުލުމުގެ ޙަރަކާތަކަށް ނުކުންނަން ތައްޔާރުވަމުން ގެންދަވާ ކަމަށެވެ. އަވަށްޓެރި އިންޑިޔާގެ...

އަލީ އާދިލް
ރައީސް ޞާލިޙް ޔޫއޭއީއަށް ފުރާވަޑައިގެންފި

ރައީސް ޞާލިޙް ޔޫއޭއީއަށް ފުރާވަޑައިގެންފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ އާއިލާ އަށް ތައުޒިޔާ ދެންނެވުމަށާއި އާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް  ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު އެ ޤައުމަށް ފުރާވަޑައިގެންފިއެވެ. ޔޫއޭއީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްހޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވީ ހުކުރު ދުވަހުއެވެ. އަވަހާރަވިއިރު ޢުމުރު ފުޅަކީ 73 އަހަރެވެ...

ޔުމްނާ ޢަލީ
އައްމަޓީއަށް ހައިކޯޓުން ކާމިޔާބު، އޭނާ ބަންދެއް ނުކުރި

އައްމަޓީއަށް ހައިކޯޓުން ކާމިޔާބު، އޭނާ ބަންދެއް ނުކުރި

ސީލައިފް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ އަލުން ބަންދު ނުކުރެވޭނެ ހައި ކޯޓުން މިއަދު ނިންމައިފި އެވެ. ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ އައްމަޓީ މިދިޔަ މާޗް މަހު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ އެ ނިންމުން ރަނގަޅު ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައިވަނީ އޭނާ ފިލާފާނެ ކަމަށް ދައުލަތުން ދެކުނަސް، އެ […]

ހުސައިން ހަބީބް
މާޅޮހު ބަނދަރުގެ ބޭރުތޮށި ލުމުގެ 61 އިންސައްތަ މަސައްކަތް ނިމިއްޖެ

މާޅޮހު ބަނދަރުގެ ބޭރުތޮށި ލުމުގެ 61 އިންސައްތަ މަސައްކަތް ނިމިއްޖެ

އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށިލުމުގެ 61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް މިއަހަރު މާރޗް މަސްތެރޭ ނިމިފައިވާ ކަމަށެވެ. އެގޮތުން މުޅި ޕްރޮޖެކްޓްގެ 45 އިންސައްތަ މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، […]

އަޙްމަދު ވަހީދު
ހޯރަފުށީ މަގުހެދުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ހޯރަފުށީ މަގުހެދުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ހއ. ހޯރަފުށީ މަގުހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ކާސްޓިންގ މަސައްކަތްތަކުގެ 84 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި އިލެކްޓްރިކަލް ޖަންކްޝަން ފޮށި ވަޅުލުމާއި ހޮޅި ވަޅުލުމުގެ މަސައްކަތުގެ 36 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ކަރބްސްޓޯން ބެހެއްޓުމުގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސީ އިން ބުންޏެވެ. މި […]

އަޙްމަދު ވަހީދު