ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ ޕާފޯމެންސް އޮޑިޓެއް ހަދަަން ފެނިވަޑައިގަންނަވާ ކަމަށް އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. ހޯމަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަދި އަންގާރަ ދުވަހު ކުރިއަށް ދިޔަ ދެވަނަ ޖަލްސާ ވެސް ތަޅުމުގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން ނިންމާލާފައިވާއިރު، އެކަމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން ކަންބޮޑު...
އަލީ އާދިލް
ހއ. ދިއްދޫ ކައުންސިލް ރައީސްގެ ގޮތުގައި ހޭދަކުރި ފުރަތަމަ އެއް އަހަރު ދުވަހަކީ ވަރަށް ބޮޑެތި އުދަގޫތަކާ ގޮންޖެހުން ތަކާ ކުރިމަތި ލާންޖެހުނު އަހަރެއް ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދު ﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިދޭ ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން ހުވާކޮށް މަގާމާއި ހަވާލުވިތާ މިއަދަކީ އެއް އަހަރު ފުރޭ ދުވަހެވެ. ދިއްދޫ ކައުންސިލް ރައީސް އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއަދުގެ […]
އަލީ އާދިލް
މާދަމާ ށ. ފުނަދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އޯޕަންޑޭ އެއް ބާއްވަން ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށްދާނީ މާދަމާ މެންދުރު 2 އިން ހަވީރު 5 އަށް ފުނަދޫ ކައުންސިލް ހޯލުގައެވެ. މި އޯޕަންޑޭ އަކީ އެމްޓީސީސީގައި ހުރި ވަޒީފާ ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދީ ވަޒީފާއަށް އެދުމުގެ ފުރުސަތު ދޭން ބާއްވާ ހަރަކާތެކެވެ. އެމްޓީސީސީގައު ހުރި ވަޒީފާގެ ފުރުސަތުތަކުގެ ތެރޭގައި ޑްރެޖް މާސްޓާ އާއި އޮޕަރޭޓަރާއި އޮޕަރޭޓާ ޓްރެއިނީ […]
އަޙްމަދު ވަހީދު
ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން އިސްރަށްވެހިންނަށް ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފިއެވެ. މި ޕެކޭޖުގެ ދަށުން 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް އަދި ވައިބާ ބޭނުންކޮށްލުމަށް ހިލޭ ޑޭޓާ ލިބޭނެއެވެ. “އިސްރަހަވެހިޕްލޭން” އަކީ، މި އަހަރުގެ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހަށް އުރީދޫ އިން ހިންގާ ހަރަކާތްތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޕޯސްޓްޕެއިޑް ޕްލޭނެކެވެ. މިއީ ޓެލެކޮމިއުނިކޭޝަންސް ދުވަހުގެ ޝިއާރުގައި ބާރުއަޅާފަދައިނ...
އަޙްމަދު ވަހީދު
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ފެށި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގިނަ ވަޒީފާތަކަކަށް ހުޅުވާލައިފިއެވެ. އެ ކުންފުނިން ހުޅުވާލި ފުރުސަތުގެ 13,000 ރުފިޔާއިން ފެށިގެން 107،940 ރުފިޔާ އާ ދެމެދުގެ ވަޒީފާތައް ހިމެނެއެވެ. މީގެ ތެރޭގައި އެންމެ މުސާރަ ބޮޑީ ޗީފް އިންޖިނިއަރުގެއެވެ. އެ ކުންފުނިން ވަނީ އެކި ދާއިރާތަކުން 15 ވަޒީފާގެ ފުރުސަތު ހުޅުވާލައިފައެވެ. މި ފުރުސަތުގެ ދަށުން އެސްޓީއޯ ވެބްސައިޓް މެދުވެރިކޮށް ވަޒީފާއަށް އެދެވޭނެއެވެ. https://twitter.com/stoplc/status/15...
އަޙްމަދު ވަހީދު
ސްޓެލްކޯ އިން އަލުން ބޯފެން އުފައްދަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ޕީއެސްއެމް ނިއުސް ޕްރޮގްރާމެއްގައި ވިދާޅުވީ ހަމައެކަނި ކަރަންޓްގެ ހިދުމަތްދޭ ކުންފުންޏެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އިތުރު ދާއިރާތައް ސްޓެލްކޯގެ ތެރެއަށް ތައާރަފުކޮށް، އާމްދަނީ އިތުރުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދާދި ފަހުން ގާއިމުކުރި 50 މެގަވޯޓް އިންޖީނުން، ފެން ކުންފުންޏަކުން ފެން އުފައްދާ މިންވަރަށް ބޯފެން އުފެއްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފެން އުފެއ...
އަޙްމަދު ވަހީދު
ފަހަކަށް އައިސް ކުލިކް ކޮމްޕިއުޓާރސްގެ “ވަންޑޭ އޮފަރ” އަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުން ނެވެ. އެއީ އެފިހާރައިން ވިއްކަމުން އަންނަ އެކި ޕްރޮޑަކްޓް ތަކުން ބޮޑު ޑިސްކައުންޓެއް ލިބޭ ދުވަހަކަށް ވާތީ އެވެ. ކޮންމެ މަހެއްގެވެސް 22 ވަނަ ދުވަހު ކްލިކްގެ ފިހާރަތަކުން އަޅުވަމުން އަންނަ ބޮޑު އޮފާ އަޅުވަނީ އެދުވަހަށް އެކަންޏެވެ. މިމަހުގައި އަންނަ އެންމެ ރީތި ތާރީޙްކަމުގައިވާ 22.5.22 އެފިހާރައިން މިފަހަރު ބޮޑު ތަނުން އަގު ހެޔޮކޮށްފައިވަނީ ޓީވީ، ލެޕްޓޮޕާއި މޮނީޓަރާއި ގޭމުކުރޭ ފަރާތްތަކަށް […]
އިބްރާހިމް އަސްވާޤް
ހއ. ވަށަފަރު، ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނީ އެ 5 ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، ޖުލައި މަހުގެ 02 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. ކޮމަންޑޫން އިންތިހާބުކުރަން ހުޅުވާ...
އަލީ އާދިލް
އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން ހޯދަން އިއުލާނުކޮށްފައިވާ ކ. މާލެ / މއ. ލެއްގި، ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު (34އ) ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ، ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅެމުންދާ ގޭގެ ފާހާނާ ތެރޭގައި ފިލާ އޮއްވައި މިއަދުގެ 17:12 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. ފުލުހުންގެ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅ...
އަލީ އާދިލް
ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ވެސް ކުރާނެ އިތުރު މަސައްކަތެއް ނެތުމުން މިއަދުގެ މަޖިލިސް ޖަލްސާ ވެސް ނިންމާލައިފިއެވެ. މިއަދުގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި އޮތީ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު އާއި ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުމެވެ. އެ ސުވާލުތައް ކުރުމަށްފަހު މިއަދުގެ ޖަލްސާގައި ކުރާނެ އިތުރު މަސައްކަތެއް ނ...
އަލީ އާދިލް
ހއ. ހޯރަފުށީ ކައުންސިލްގެ ކާމިޔާބީގެ 1 އަހަރު މިއަދު ފާހަގަކޮށްފިއެވެ. ހޯރަފުށީ ކައުންސިލްގެ ކާމިޔާބީގެ 1 އަހަރު ފާހަގަކޮށްފައި ވަނީ އެ ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ފަރާތުންނެވެ. މިއަދު އެކައުންސިލްގައި ވަނީ މިކަމަށް ޚާއްޞަ ކޭކެއް ފަޅާފައެވެ. މި ކަމަށް މިއަދު އެ ކައުންސިލްގައި ބޭއްވި ހަފްލާއެއްގައި ހޯރަފުށީ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި އަދި ކައުންސިލް އިދާރާގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. ހޯރަފުށީ ކައުންސިލުން ވަނީ އެ ކައުންސިލ...
ޔުމްނާ ޢަލީ
ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި ކައުންސިލްތަކުންވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ. އެލްޖީއޭއިން މިގޮތަށް ބުނެފައިވަނީ، ހަތަރު ވަނަ ދައުރަށް ހުވާކުރެވުނު ކައުންސިލަރުންނާއި މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވިތާ އެއް އަހަރު މިއަދަށް ފުރުމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގަ އެވެ. އެބަޔާނުގައި ބުނެފައިވަނީ، ވޭތުވެ ދިޔަ އެއް އަހަރުގެ ތެރޭގައި ކައުންސިލްތަކުންވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިކަމަށާއި ލާމަރުކަޒީ ނިޒާމަށް...
އަލީ އާދިލް
މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ނަތީޖާ މިއަދު ޢިއުލާންކޮށްފިއެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިޚާބު ވެފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފަޔާ) އެވެ. އޭނާއަށް 27،163 ވޯޓު ލިބުނެވެ. ފަޔާ އާއި ވާދަކުރެއްވި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ލިބިފައިވަނީ 19،980 ވޯޓެވެ. އަންހެނުން ރޫހުގެ ރައީސާކަމަށް ވާދަކުރެއްވި އައްޑޫ މީދޫ […]
ޔުމްނާ ޢަލީ
ކުޅުދުއްފުށީ އެއާޕޯޓްގެ ޚިދުމަތް ހުއްޓުމަށް އަޔަކަ ނުދެއްވާނެކަމަށް ނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ވަނީ ކުޅުުދުއްފުށީ އެއާޕޯޓާއި ގުޅިގެން ބައެއް ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ. ޖަމްޝީދު ފާހަގަ ކުރެއްވި ގޮތުގައި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ އެންމެ ޑިމާންޑް ބޮޑު އެއާޕޯޓަކީ ކު...
އަލީ އާދިލް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި އިންޑިއާ އައުޓް ބެނާ ހަރުކުރި މައްސަލާގައި އެގެއަށް ވަންނަން ކްރިމިނަލް ކޯޓުން ދިން އަމުރު ޔާމީންގެ ފަރާތްޕުޅު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާތައް ފުލުހުން މިދިޔަ ރޯދަ މަހު ގެންދިޔައީ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެއްސަށް ވަދެ އެވެ. އެ އަމުރު އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިގަތުމާ […]
ހުސައިން ހަބީބް
ހޯމަދުވަހުގެރޭ ކުޅުނުމެޗުން ނިއުކާސަލް އަތުން 2-0 ގެ ނަތީޖާއިން އާސެނަލް ބަލިވެ ގަދަ ހަތަރަކަށް އެރުމުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ. ލީގްގެ ފަހުމެޗްގައި ނޯވިޗްސިޓީ މެޗުން ޓޮޓެންހަމް 1 ޕޮއިންޓް ހޯދިޔަސް އާސެނަލްއަށް ގަދަ ހަތަރެއް ގެއްލޭނެއެވެ. ހޯމަދުވަހުގެރޭ ކުޅުނުމެޗުގައި ނިއުކާސަލް ލީޑުނެގީ 55 ވަނަ މިނިޓްގަ އެވެ. ޖޮއެލިންޓަން ނެގި ހުރަހެއް ޑިފެންސް ކުރަން އުޅުމުގެ ތެރޭގައި ބެން ވައިޓް ޖައްސާލި ބޯޅަ ވަނީ ބައިކޮޅަށެވެ. ނިއުކާސަލް އިން ދެ ވަނަ ގޯލެއް ޖެހީ މެޗުގެ […]
އަލީ ރިޔާޟް
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިދޭ ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން ހުވާކޮށް މަގާމާއި ހަވާލުވިތާ މިއަދަށް މިވީ ބަރާބަރު އަހަރު ދުވަހެވެ. ރައްޔިތުންގެ ބައިވެރިވުން ކުރިއަށްވުރެ މާބޮޑަށް ޝާމިލުވާ ގޮތަށް، ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް ތަންފީޒުކުރަން ފެށުމަކީ، އެދުވަހު ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެެދުވަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދިޔަ ދުވަހެއްކެވެ. ސަބަބަކީ، ޙަޤީޤީ ލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސި...
ތިލަދުން
ޢާއްމު ރައްޔިތުންނަށް އިންސާފަކީ ކޮބައިކަން ވިސްނިފައި އޮންނަ މިންވަރަށް ނަޒަރު ހިންގާލާއިރު ފެންނަމުންދާ ހަޤީޤަތަކީ، ޢާއްމު ރައްޔިތު މީހާ “އިންސާފު” މި ބަސް މާނަކުރަމުން ދަނީ ވަރަށް ހަނި ގޮތަކަށް ކަމެވެ. “އިންސާފު” މި ބަސް އޭގެ އެންމެ ފުޅާ މާނާގައި ޢާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ވިސްނިފައި ނެތްކަމެވެ. މިއީ އެންމެންގެ ވާހަކައެއް ނޫނެވެ. މުޖުތަމަޢުގައި ހިމެނޭ ގިނަ ބަޔެއްގެ ވާހަކައެވެ. އިންސާފު ލިބުނީކަމަށް ގިނަ ބަޔަކު ޤަބޫލުކުރަނީ ކުށް ކުރާ މީހަކީ ކުޑަކުއްޖަކަށް […]
ތިލަދުން