މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1363 ވަނަ ޞަފްޙާ

ޑީޖޭޖޭ ގެ ފަރާތުން މިލަންދޫގައި މުހިންމު ސެޝަންތަކެއް

ޑީޖޭޖޭ ގެ ފަރާތުން މިލަންދޫގައި މުހިންމު ސެޝަންތަކެއް

ޑިޕާޓުމެންޓު އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) ގެ ފަރާތުން ށ. މިލަންދޫ ގައި މުހިންމު ސެޝަން ތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންތައް އަމާޒުކޮށްފައިވަނީ މިލަންދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށެވެ. ވަކިވަކިން ކުރިއަށް ގެންދިޔަ މި ސެޝަން ތަކުގައި މުހިންމު ގިނަ މައުލޫމާތުތަކެއް ވަނީ ހިއްސާކުރައްވާފައެވެ. ދަރިވަރުންނަށް ޚާއްޞަކުރެވުނު ސެޝަނުގައި ރައްކާތެރި ޢަބުރިވެރި ނަފުސެއް ބިނާކުރުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި ސައިބަރ ކްރައިމްތަކާއި އެހެ...

އިބްރާހިމް އަސްވާޤް
ކުޑަ މައްސަލައެއް ޖެހިގެން، "ބުދު ދީނުގެ ޕްރޮގުރާމެއް" ދިރާގު ޓީވީގެ ހޯމް ޕޭޖަށް!

ކުޑަ މައްސަލައެއް ޖެހިގެން، "ބުދު ދީނުގެ ޕްރޮގުރާމެއް" ދިރާގު ޓީވީގެ ހޯމް ޕޭޖަށް!

ދިރާގު ޓީވީގެ ސިސްޓަމްއަށް ކުޑަ މައްސަލައެއް ޖެހިގެން “ބުދު ދީނުގެ ޕްރޮގުރާމެއް” އެޓީވީގެ ކޯމް ޕޭޖުގައި ރެކޮމެންޑޭޝަން ލިސްޓަށް އަރައިފި އެވެ. ދިރާގު ޓީވީގެ ލައިވް ޓީވީ ރެކޮމެންޑޭޝަން ނުވަތަ ބަލާލަން ބޭނުންވެދާނެ ޕްރޮގްރާމްތަކުގެ ތެރޭގައި ބުދު ދީނަށް ނިސްބަތްވާ ޕްރޮގްރާމެއް ޕްރޮމޯޓްކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން މީސް މީޑިޔާގައި ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާއި ގުޅިގެން މިނޫހުން ދިރާގުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ. މީޑިޔާތަކަ...

އިބްރާހިމް އަސްވާޤް
އާ އަދަބީ ބަހެއް ހަދައިގެން މެލޭޝިއާ ދެކޮޅު ޓިކެޓާއި 1000 ޑޮލަރު ލިބޭ މުބާރާތެއް

އާ އަދަބީ ބަހެއް ހަދައިގެން މެލޭޝިއާ ދެކޮޅު ޓިކެޓާއި 1000 ޑޮލަރު ލިބޭ މުބާރާތެއް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަދަބީ ބަސް ހެދުމުގެ މުބާރާތެއް ފަށައިފިއެވެ. އެސްޓީއޯއިން ފެށި މިމުބާރާތަކީ، ދިވެހި ބަހުގައި ހިމެނޭ އަދަބީ ބަސްތަކުގެ ހަޒާނާ އިތުރަށް މުއްސަނދިކުރުމުގެ ގޮތުން ކުރިޔަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާ މީހުން ހުށަހަޅަން ޖެހޭނީ އާ އަދަބީ ބަސްތަކެކެވެ. މިމުބާރާތުން އެއް ވަނައަށް ހޮވޭ ފަރާތަތަކަށް މެލޭޝިއާ ދެކޮޅު ޓިކެޓާއި 1000 ޑޮލަރުގެ ފައިސާގެ އިނާމެއް އެސްޓީއޯއިން ވަނީ ހުށަހަޅައިފައެވެ. މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން...

އަޙްމަދު ވަހީދު
ކުޅުދުއްފުށި ދޮށި ބޯޓު ނައިފަރު ކަނޑުތޮށީގައި ޖެހި ފަޅައިގެން

ކުޅުދުއްފުށި ދޮށި ބޯޓު ނައިފަރު ކަނޑުތޮށީގައި ޖެހި ފަޅައިގެން

ހދ. ކުޅުދުއްފުށި ސިޓީ އާއި މާލެއާއި ދެމެދު ދަތުރުކުރާ ދޮށި ބޯޓު ނައިފަރުން ނިކުންނަނިކޮށް ކަނޑުތޮށީގައި ޖެހި ފަޅައިގެން ގޮސްފި އެވެ. އެބޯޓުން “ތިލަދުން” އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ ބޯޓަށް ގެއްލުން ލިބުނީ ނައިފަރަށް މުދާބާލާފައި އެރަށުން ނިކުންނަނިކޮށް ގަލެއްގައި ޖެހިގެން ކަމަށެވެ. މިހާރު ނައިފަރު ބަނދަރަށް ބޯޓު ކައިރިކޮށް ބޯޓުގެ ދިޔަގަނޑު ހިއްކާފައިވާކަމަށް ބުންޏެވެ. މިކަމުގައި އެމްއެންޑީއެފް އާއި ނައިފަރު ރައްޔިތުން އެހީތެރިކަން ލިބިފައިވާކަމަށް ބުންޏެވެ. މި ބޯޓުގައި 30 މީހުންނަށްވުރެ ގ...

އަލީ އާދިލް
ރާއްޖޭގައި އައިއެސްގެ އިސް މީހާކަމަށް ތުހުމަތުކުރާ ހޫދުގެ ޝަރީއަތް ފަށައިފި، ސާބިތުވެއްޖެ ނަމަ 34 އަހަރަށް ޖަލަށް

ރާއްޖޭގައި އައިއެސްގެ އިސް މީހާކަމަށް ތުހުމަތުކުރާ ހޫދުގެ ޝަރީއަތް ފަށައިފި، ސާބިތުވެއްޖެ ނަމަ 34 އަހަރަށް ޖަލަށް

ރާއްޖޭގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް މީހާ ކަމަށް ބުނެ އެމެރިކާގެ އެފްބީއައިއާ ގުޅިގެން ހައްޔަރުކުރި ހޫދު މުހައްމަދު ޒާހިރުގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަށައިފި އެވެ. މިދިޔަ ޖެނުއަރީ މަހު މާލެއިން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު އަތުލައިގަތީ އެފްބީއައި އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެންނެވެ. އައިއެސްގެ ދީނީ ހަރުކަށި ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ ހޫދުގެ މައްޗަށް ގިނަ ދައުވާތަކެއް ކުރެ އެވެ. […]

ހުސައިން ހަބީބް
ރައީސް މައުމޫންގެ ޒަޢާމަތުގައި ފުނަދޫގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު

ރައީސް މައުމޫންގެ ޒަޢާމަތުގައި ފުނަދޫގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ ޒަޢާމަތުގައި ށ. ފުނަދޫގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު ދަންނަވައިފި އެވެ. ފުނަދޫ ކައުންސިލުން މިއަދު ބުނީ ރައީސް މައުމޫނަށް ޝުކުރު ދަންނަވާފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ އަރިހަށް ފުނަދޫ ކައުންސިލްގެ މުވައްޒަފުންނާއި ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާކޮމެޓީން ކުރި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންކަމަށޭވެ. މިބައްދަލުވުމުގެ ފޮޓޯތައް ހިއްސާ ކުރައްވަމުން ރައީސް މައުމ...

އިބްރާހިމް އަސްވާޤް
މޮޅަދޫ ސްކޫލުގައި 3 ކްލާސްރޫމް އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި

މޮޅަދޫ ސްކޫލުގައި 3 ކްލާސްރޫމް އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި

‏ހއ. މޮޅަދޫ ސްކޫލުގައި 3 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ، 4،779،049.14 ރުފިޔާއަށް، 118 ދުވަސް ތެރޭ ނިންމާގޮތަށެވެ. މި މަސައްކަތް ހަވާލުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި މާރަންދޫ ތަމްސީލް ކުރައްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވެސް ބައިވެރިވެރިވެ ވަޑައިގެންނެވިއެވެ. މޮޅަދޫ ސްކ...

ޔުމްނާ ޢަލީ
ދެ ފަނޑިޔާރުންގެ މައްސަލާގައި މަޖިލީހާއި ޖޭއެސްސީ އަރައިރުމަކަށް

ދެ ފަނޑިޔާރުންގެ މައްސަލާގައި މަޖިލީހާއި ޖޭއެސްސީ އަރައިރުމަކަށް

ހައި ކޯޓުގެ ދެ ފަނޑިޔާރަކު ވަކިިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި މައްސަލާގައި އެ ކޮޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއާ ދެމެދު އަރައިރުމަކަށް ހިނގައްޖެ އެވެ. ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވީ ކުރީގެ ސަރުކާރުގައި ސަރުކާރުން ދޫކުރި ފްލެޓްތަކެއް އެ ބޭފުޅުން ގަބޫލު ކުރެއްވި ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެވެ. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މުގަރިއްރުކަން ކުރައްވާ […]

ހުސައިން ހަބީބް
10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ބްރެޒިލް އިން ރާއްޖެ އައި އެމެރިކާގެ ރައްޔިތެއްގެ އަތުން 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ވިދާޅުވީ، ބްރެޒިލް އިން ރާއްޖެއައި އެމެރިކާގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަންފައިވާ ކަމަށެވެ. ކަސްޓަމްސްއިން މައުލޫމާތު ދެއްވިގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއައި އެމެރިކާގެ ރައްޔިތަކާއި މެދު ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝ...

އަލީ އާދިލް
ކަނޑުއޮތްގިރީގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ކަނޑުއޮތްގިރީގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ކ. ކަނޑުއޮތްގިރި ބަނދަރު ޑިޒައިންކޮށް ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އީނާސް ނަސީރުއެވެ. މި މަޝްރޫއުގެ ދަށުން 10،000 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 10،000 މީޓަރުގެ ނެރު ފުންކުރުމާއި، 125 މީޓަރު...

އަޙްމަދު ވަހީދު
ޕެންޝަންގެ ހައްގު ފުރިހަމައަށް ދިނުމަށް ގޮވާލާ ހުށަހެޅި މައްސަލައަށް ތާއިދު ނުކުރުމަކީ ޚިދުމަތުގެ އަގުވަޒަން ނުކުރުން: ރިޔާޟް

ޕެންޝަންގެ ހައްގު ފުރިހަމައަށް ދިނުމަށް ގޮވާލާ ހުށަހެޅި މައްސަލައަށް ތާއިދު ނުކުރުމަކީ ޚިދުމަތުގެ އަގުވަޒަން ނުކުރުން: ރިޔާޟް

ރާއްޖޭގައި ރިޓަޔަމަންޓް ޕެންޝަން ސްކީމް ދެމުން އަންނަ ގޮތް އިންސާފުވެރި ނޫން ކަމަށް ބުނެ، ޕެންޝަން ގާނޫނުން ކަށަވަރު ކޮށްދީފައިވާ ހައްގުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ގޮވާލައި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް މަޖިލީހަށް ހުށަހެޅި މައްސަލައަށް އެމްޑީޕީއިން ތާއީދު ނުކުރުމަކީ، ގައުމަށް ދިގުމުއްދަތެއްގައި ޚިދުމަތްކޮށް ދެއްވި ބޭބޭފުޅުންގެ ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަން ނުކުރެއްވުންް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕާލިމަންޓްރީ ގުރޫޕު ލީޑަރު...

އަލީ އާދިލް
ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި

ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލަ އެރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ރަށަށް ގެންދިޔައީ މި މަޖުގެ 16 ވަނަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމާއި، 80 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. […]

އަޙްމަދު ވަހީދު
މާރަންދޫ ސްކޫލްގައި ދެ ފަންގިފިލާގެ އިމާރާތެއް އަޅަން ހަވާލުކޮށްފި

މާރަންދޫ ސްކޫލްގައި ދެ ފަންގިފިލާގެ އިމާރާތެއް އަޅަން ހަވާލުކޮށްފި

ހއ. މާރަންދޫ ސްކޫލުގެ ދެ ފަންގިފިލާގެ އިމާރާތް އަޅަން މިއަދު ކޮންޓެކްޓަރާއި ހަވާލު ކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި މާރަންދޫ ތަމްސީލް ކުރައްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވެސް ބައިވެރިވެރިވެ ވަޑައިގެންނެވިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ، ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ދެބުރީގެ އިމާރާތުގައި ހިމެނެނީ ސްޓާފް ރޫމަކާއި، ސައިންސް ލެބެއްގެ އިތުރުން ދެ ކިލާސް ރޫމެވެ. މި...

ޔުމްނާ ޢަލީ
ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަަސައްކަތް ފަށައިފި

ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަަސައްކަތް ފަށައިފި

ގދ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެކުންފުނިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިމަޝްރޫއުގެ ދަށުން، 170 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 890 އަކަ މީޓަރުގެ ސަރަހަދެއްގައި ހާބަ ޕޭވްމެންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 9.52 މިލިޔަން ރުފިޔާއަށެވެ. އެމްޓީސީސީން މި މަޝްރޫއ...

އަޙްމަދު ވަހީދު
ކުރީގެ މެންބަރު މުޙައްމަދު ހައްޔަރުކޮށްފި

ކުރީގެ މެންބަރު މުޙައްމަދު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް މިއަދު ހައްޔަރުކޮށްފިއެވެ. އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނީ ކުރީގެ މެންބަރު މުޙައްމަދާއި، އެ ޕާޓީގެ އިތުރު މެންބަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މުޙައްމަދުގެ އިތުރުން ހައްޔަރުކޮށްފައި ވަނީ ޕީޕީއެމްގެ އެކްޓިވިސްޓް އަލީ ނަސީމް (ތަކަނޭ) އެވެ. އެމީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން މިއަދު ވިދާޅުވީ، “އިންޑިއާ އައުޓް” ނަމުގައި ކުރިއަށް ގެންދާ އެއްވު...

އަލީ އާދިލް
ކައުންސިލްތަކަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި، ހައްލު ހޯދޭނެ: އަފްޝަން

ކައުންސިލްތަކަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި، ހައްލު ހޯދޭނެ: އަފްޝަން

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާޙްތައް ތަންފީޒުކޮށް ޙަޤީޤީ މަންފާ ލިބުމަށް ކައުންސިލްތަކަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށާއި، ކުރެވެމުންދާ މަސައްކަތާއެކު އެކަމަށް ހައްލު ހޯދޭނެކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިދޭ ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން ހުވާކޮށް މަގާމާއި ހަވާލުވިތާ އިއްޔެއަކީ އެއް އަހަރު ފުރޭ ދުވަހެވެ. ހަތަރ...

ޝިއުނާ އާދަމް
މިލަންދޫގައި ދަރިވަރުން ރަށުތެރޭގައި ހަރަކާތްތެރިވާގޮތް މޮނީޓާ ކުރަނީ

މިލަންދޫގައި ދަރިވަރުން ރަށުތެރޭގައި ހަރަކާތްތެރިވާގޮތް މޮނީޓާ ކުރަނީ

ށ. މިލަންދޫގައި ދަރިވަރުންނަށް ރައްކާތެރި މާޙައުލެއް ކަށަވަރު ކޮށްދިނުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި ސްކޫލު ދަރިވަރުން ރަށުތެރޭގައި ޙަރަކާތްތެރިވާގޮތް މޮނީޓާ ކުރުމަށް ނިންމައިފިއެވެ. މިކަން ބަޔާންކޮށް މިލަންދޫ ކައުންސިލުން އާންމުކުރެއްވި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، މިހާރަކަށް އައިސް އެރަށުގައި ސްކޫލު ދަރިވަރުންގެ މެދުގައި ބުލީ ކުރުމުގެ ޢަމަލުތައް އިތުރުވެ، މުހިންމު ބޭނުމެއްނެތި ދަރިވަރުން ރަށުތެރޭގައި ގްރޫޕް ހަދައިގެން އުޅޭ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން މިފަދަ ޢަމަ...

ޔުމްނާ ޢަލީ
ސައޫދީން ހަދިޔާކުރި 25,000 ޕެކެޓް ކަދުރު ބަހަން ފަށައިފި

ސައޫދީން ހަދިޔާކުރި 25,000 ޕެކެޓް ކަދުރު ބަހަން ފަށައިފި

ސައުދީ އަރަބިއްޔާއިން މިއަހަރު ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނު ކަދުރު ބަހަން ފަށައިފިއެވެ. ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ރޯދަމަހާއި ދިމާކޮށް ދިވެހި ރައްޔިތުންނަށް ކަދުރު ހަދިޔާ ކުރަމުންދެއެވެ. ނަމަވެސް މިއަހަރުގެ ކަދުރު ލިބިފައި ވަނީ ރޯދަ މަސް ނިމުނު ފަހުންނެވެ. އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރި ކަދުރު ބެހުމާބެހޭގުޅޭ ގޮތުން މިއަދު އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މި އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައ...

އަލީ އާދިލް