މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1367 ވަނަ ޞަފްޙާ

ދިއްދޫ ބަނދަރުގައި ހުރި ރުއްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރަނީ

ދިއްދޫ ބަނދަރުގައި ހުރި ރުއްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރަނީ

ހއ. ދިއްދޫ އިރުމަތި ބަނދަރު ބުރުތަކުގައި ހުރި ރައްޔިތުންގެ ރުއްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ލިޔެދިނުމަށް ދިއްދޫ ކައުންސިލުން ނިންމައި އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަމަށް އެދި ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މެއި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ދިއްދޫ ކައުންސިލަށް ހުށަހަޅައި ރަޖިސްޓަރީ ވުމަށް އެ ކައުންސިލުން އެދިލައްވައެވެ. ރަޖިސްޓަރީ ފޯމް ފުރިހަމަ ކުރެއްވުމަށް...

އިބްރާހިމް ޚަލީލް
މިދިޔަ މަހުވެސް އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވި

މިދިޔަ މަހުވެސް އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވި

މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދޔަ އޭޕްރީލް މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 37 އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު އާމްދަނީ އަށް 362 މިލިއަން ރުފިޔާ ލިބިފައިވާއިރު 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ލިބިފައިވަނީ 265 މިލިއަން ރުފިޔާއެވެ. މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 4.7 ބިލިއަން ރުފިޔާ އަށް އަރާކަމަށް މޯލްޑިވްސް ކަސްޓަމްސް […]

އަޙްމަދު ވަހީދު
ޗެލްސީ ބަލިކޮށް ލިވަޕޫލުން އެފްއޭކަޕް ކާމިޔާބުކޮށްފި

ޗެލްސީ ބަލިކޮށް ލިވަޕޫލުން އެފްއޭކަޕް ކާމިޔާބުކޮށްފި

އިނގިރޭސި އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް، ލިވަޕޫލުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އެފްއޭކަޕް ފައިނަލް މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އެކްސްޓްރާ ޓައިމްގައި ވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި މެޗު އެއްވަރުވުމާއި ގުޅިގެން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 6-5 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗު ފަށައިގެން ލިވަޕޫލުން މޮޅަށް ކު...

އިބްރާހިމް ޚަލީލް
އެމްޑީޕީ އެތެރޭގެ އިންތިޚާބު: ތިލަދުންމަތީގެ ވަގުތީ ނަތީޖާތައް

އެމްޑީޕީ އެތެރޭގެ އިންތިޚާބު: ތިލަދުންމަތީގެ ވަގުތީ ނަތީޖާތައް

  ހޯރަފުށި ދާއިރާ އިންތި ފައްޔާޒު އުލިގަމު 18 26 ތުރާކުނު 8 117 މާލެ ސިޓީ 41 151 ހޯރަފުށި 84 218 ޖުމްލަ 151 512 އިހަވަންދޫ ދާއިރާ އިންތި ފައްޔާޒު މޮޅަދޫ 13 69 އިހަވަންދޫ 291 377 މާރަންދޫ 64 61 މާލެ ސިޓީ 35 73 ޖުމްލަ 403 580 ބާރަށު ދާއިރާ އިންތި ފައްޔާޒު ތަކަންދޫ 48 49 އުތީމު 12 24 މުރައިދޫ 34 39 ބާރަށް […]

ތިލަދުން
އެމްޑީޕީ "ހިންގާލަން" ފައްޔާޒަށް ލިބިއްޖެ

އެމްޑީޕީ "ހިންގާލަން" ފައްޔާޒަށް ލިބިއްޖެ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކާމިޔާބު ކުރައްވައިފިއެވެ. މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަންގެ މަގާމަށް ފަޔާ އާއި ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. ފަޔާ އާއި އޭނާގެ ޓީމު މި އިންތިޚާބުގެ ކެމްޕެއިން ކުރިއަށް ގެންދެވީ “އެމްޑީޕީ ހިންގާލަން” ޝިއާރުގެ ދަށުންނެވެ. އިންތި ބޭނުން ކުރެއްވީ “ތިލަފަތުގެ ރަމްޒު” ޝިޢާރެވެ. މިއަދުގެ އިންތިޚާބުގައި ބެހެއް...

ޙުސައިން ޝަހުދީ
ބާކީ 100 ފޮށި، "ހިންގާލަން" 59 ޕަސެންޓް

ބާކީ 100 ފޮށި، "ހިންގާލަން" 59 ޕަސެންޓް

މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަންގެ އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށިތަކުން ނަތީޖާ ނުލިބޭ ވޯޓު ފޮށިތަކުގެ ޢަދަދު މިރޭ 21:00 އާއި ހަމައަށް 100 އަށް ތިރިވެފައިވާއިރު، ވޯޓުލީ މީހުންގެ 59 ޕަސެންޓް ވޯޓު ހޯދައިގެން ކުރީގައި އޮތީ އެ މަގާމަށް ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) އެވެ. އެ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 9:00 ގައެވެ. ވޯޓު ފޮށިތައް ބަންދުކުރީ އިރު އޮއްސި 18:00 ގައެވެ. […]

ތިލަދުން
70 ވޯޓުގެ ފަރަގުން ދިއްދޫ ފައްޔާޒަށް

70 ވޯޓުގެ ފަރަގުން ދިއްދޫ ފައްޔާޒަށް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދާއިރު މިހާރު ލިބިފައިވާ ވަގުތީ ނަތީޖާއިން ހއ. ދިއްދޫގައި ބެހެއްޓި ފޮށިތަކުން 70 ވޮޓުގެ ތަފާތުން ފައްޔާޒް އިސްމާޢީލް ހޯދައިފި އެވެ. ދިއްދޫ އެމްޑީޕީ މެންބަރުން ވޯޓު ލުމަށް ޖުމްލަ 2 ފޮއްޓެއް ބަހައްޓާފައިވެއެވެ. 2 ފޮށީގެ ނަތީޖާއަށް ބަލާއިރު އިމްތިޔާޒް ފަހުމީ އަށް 288 ވޯޓު ލިބިފައިވެއެވެ. ފައްޔާޒް އިސްމާޢީލް އަށް ލިބިފައިވަނީ 358 ވޯޓެވެ. ދެކެނޑިޑޭޓުންގެ މެދުގައި ފަރަގު ހުރީ 70 ވޯޓުގެ ތަފާތެކެވެ. […]

އަލީ އާދިލް
ދެބައިކުޅަ އެއްބައި އަށްވުރެ ގިނަ ވޯޓުފޮށީގެ ނަތީޖާ ލިބިއްޖެ، ފައްޔާޒު ކުރީގައި

ދެބައިކުޅަ އެއްބައި އަށްވުރެ ގިނަ ވޯޓުފޮށީގެ ނަތީޖާ ލިބިއްޖެ، ފައްޔާޒު ކުރީގައި

މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަންގެ އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ދެބައިކުޅަ އެއްބައިއަށް ވުރެ ގިނަ ވޯޓު މިރޭ 20:20 އާއި ހަމައަށް ގުނާފައިވާއިރު، އެ އިންތިޚާބުގައި ތަފާތު ބޮޑުކޮށް ކުރީގައި އޮތީ އެ މަގާމަށް ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) އެވެ. މި އިންތިޚާބުގައި ޖުމްލަ 282 ވޯޓު ފޮށި ބަހައްޓާފައިވާއިރު މިރޭ 20:20 އާއި ހަމައަށް ވަނީ 134 ފޮށި ގުނާފައެވެ. އެ ފޮށިތަކުން ފަޔާ ވަނީ […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީގެ އުތުރު ފައްޔާޒަށް، ދެކުނު އިންތިއަށް

ކުޅުދުއްފުށި ސިޓީގެ އުތުރު ފައްޔާޒަށް، ދެކުނު އިންތިއަށް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދާއިރު މިހާރު ލިބިފައިވާ ވަގުތީ ނަތީޖާއިން ކުޅުދުއްފުށި ސިޓީގައި ބެހެއްޓި ފޮށިތަކުން ފައްޔާޒު ބޮޑުތަކުން ކުރި ހޯދައިފި އެވެ. ކުޅުދުއްފުށި ސިޓިގެ އެމްޑީޕީ މެންބަރުން ވޯޓު ލުމަށް ޖުމްލަ 4 ފޮއްޓެއް ބަހައްޓާފައިވެއެވެ. ނަތީޖާ ލިބިފައިވާ 4 ފޮށީގެ ނަތީޖާއަށް ބަލާއިރު އިމްތިޔާޒް ފަހުމީ އަށް 291 ވޯޓު ލިބިފައިވެއެވެ. ފައްޔާޒް އިސްމާޢީލް އަށް ލިބިފައިވަނީ 349 ވޯޓެވެ. ދެކެނޑިޑޭޓުންގެ މެދުގައި ފަރަގު ހުރީ 58 […]

އިބްރާހިމް އަސްވާޤް
އެމެރިކާ ސިފައިންނާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފަށައިފި

އެމެރިކާ ސިފައިންނާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފަށައިފި

ސިފައިންގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާ ސިފައިންނާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފަށައިފި އެވެ. އެމްއެންޑިއެފްއިން ބުނެފައިވަނީ، “އެކްސަސައިޒް ބްލެކް މަރލިން 22-2” ގެ ނަމުގައި ޔޫއެސް ފަސްޓް ބެޓޭލިއަން ފިފްތު ސެކިޔުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފަށާފައިވާކަމަށެވެ. ގައުމީ ދިފާއީ ބާރުން ބުނެފައިވަނީ، މި ތަމްރީންތައް ފަށާފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫގައި މޭ 14 ވަނަ ދުވަހުގެ ހެނދުނު ކަމަށެވެ....

އަލީ އާދިލް
ވިލިމާލެ ވޯޓު ފޮށިތައް އަލުން ގުނަން އެމްއެންޕީއިން އެދިއްޖެ

ވިލިމާލެ ވޯޓު ފޮށިތައް އަލުން ގުނަން އެމްއެންޕީއިން އެދިއްޖެ

މިއަދު ބޭއްވި، ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގެ ވޯޓު ފޮށިތައް އަލުން ގުނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އެދިއްޖެ އެވެ. އެމްއެންޕީއިން އިލެކްޝަން ކޮމިޝަން ގައި އަލުން ވޮޓު ގުނުމަށް އެދިފައިވާކަމަށް އެޕާޓީގެ ސްޕޯކްސް ޕާރސަން އަސްރާ އަޙްމަދު ވިދާޅުވީ މިއަދު ކުރިއަށްދިޔަ އިންތިހާބުގެ ނަތީޖާ ވަގުތީ ނަތީޖާއަށް ބެލުމަށްފަހު އަލުން ގުނުމަށް އެދިފައިވާ ކަމަށެވެ. މި އިންތިޚާބުގައި ވާދަކުރީ ދެ ކެންޑިޑޭޓެކެވެ. އެއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް...

އަލީ އާދިލް
ވިލިމާލެ ވަގުތީ ނަތީޖާ: ފާތުން ކާމިޔާބުކޮށްފި

ވިލިމާލެ ވަގުތީ ނަތީޖާ: ފާތުން ކާމިޔާބުކޮށްފި

މިއަދު ބޭއްވި، ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރި ޕީޕީއެމް ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) ކާމިޔާބު ކޮށްފި އެވެ. މި އިންތިޚާބުގައި ވާދަކުރީ ދެ ކެންޑިޑޭޓެކެވެ. އެއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) އާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އާމިނަތު ޝީޒާ އެވެ. މިވޯޓު ވަގުތީ ނަތީޖާ ދައްކާގޮތުން ފާތުން ކާމިޔާބުކޮށްފައިވަނީ އެއްވޯޓުގެ ތަފާތުނ...

އަލީ އާދިލް
އެރިޔަދޫ ރިސޯޓު ކައިރިން ދޯންޏެއްގެ ބައެއް އޮޔާދާތީ، ސަމާލުވާން އެދެފި

އެރިޔަދޫ ރިސޯޓު ކައިރިން ދޯންޏެއްގެ ބައެއް އޮޔާދާތީ، ސަމާލުވާން އެދެފި

ދޯންޏެއްގެ ބައެއް އޮޔާދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ. އެމްއެންޑީއެފްއިން ބުނީ، މިދޯނި އޮޔާ ދަނީ މާލެ އަތޮޅު އެރިޔަދޫ ރިސޯޓުގެ ދެ ނޯޓިކަލް މޭލު އުތުރުން، އިރުއުތުރަށް ކަމަށެވެ. މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރާކަމަށާއި އަދި ޚާއްޞަ ގޮތެއްގައި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާއިރު، އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކޮށްފައިވެއެވެ. ދޯންޏެއްގެ ބައެއް އ...

އިބްރާހިމް އަސްވާޤް
ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ރައީސް ނުނިންމަވާ: ރައީސް އޮފީސް

ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ރައީސް ނުނިންމަވާ: ރައީސް އޮފީސް

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވާދަނުކުރައްވާނެ ކަމަށް އެއްވެސް ބޭފުޅެއްގެ ގާތު މިހާތަނަށް ވިދާޅުނުވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ރައީސް ގޮތެއް ނިންމެވުމުން އެކަން ހާމަކުރައްވާނެ ކަމަށެވެ. މަބްރޫކް މިހެން ވިދާޅުވެފައި މިވަނީ، ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށް އެމްޑީޕީގެ ރައީސް މ...

އަލީ އާދިލް
އެމްޑީޕީ އެތެރޭގެ އިންތިޚާބު: ވޯޓުލުން 6 ޖެހުމާ ހަމައަށް

އެމްޑީޕީ އެތެރޭގެ އިންތިޚާބު: ވޯޓުލުން 6 ޖެހުމާ ހަމައަށް

މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު ހަވީރު 6 ޖެހުމާއި ހަމައަށް އިތުރުކޮށްފިއެވެ. އެމްޑީޕީން ބުނީ މިހާރު ކުރިއަށްދާ އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުމަށް ދެވިފައިވާ ގަޑި، މިއަދު ވިއްސާރަވުމާއި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެއްޓުލެއް ލަސްވުމުގެ ސަބަބުން މިއަދު ހަވީރު 6:00 އާއި ހަމައަށް ވަޤުތު އިތުރުކޮށްފައިވާ ކަމަށެވެ. ކުރިން ވޯޓުލާ ނިންމަން ދީފައި ވަގުތަކީ ހަވީރު 4:00...

ޔުމްނާ ޢަލީ
މަކުނުދޫ ބަނދަރުގައި ހެދުމަށް ހަމަޖެހިފައިވާ މޮނިއުމެންޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

މަކުނުދޫ ބަނދަރުގައި ހެދުމަށް ހަމަޖެހިފައިވާ މޮނިއުމެންޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.މަކުނުދޫ ބަނދަރު ސަރަހައްދުގައި، އެ ރަށް ރަމްޒުކޮށްދޭ މޮނިއުމެންޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން، މިކަމަށް އެދި 12 މެއި 2022 ން 22 މެއި 2022 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް “ބިޑް ރަޖިސްޓްރީ ފޯމް” ފުރިހަމަކޮށް ރަޖިސްޓްރީގެ ކަންކަން ނިންމެވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު […]

އިބްރާހިމް ޚަލީލް
މޫސުން އަދިވެސް ގޯސް، ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި

މޫސުން އަދިވެސް ގޯސް، ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި

ރާއްޖެގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ އެންމެ އުތުރުން ހއ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދަށެވެ. މި ސަރަހައްދުތަކަށް މިރޭ 20:00 ހަމައަށް ވަނީ ޔެލޯ އެލާޓް ދަމަހައްޓާފައެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ […]

ޔުމްނާ ޢަލީ
ޔޫއޭއީ ރައީސްގެ ޖަނާޒާއަށް ރައީސް ޞާލިޙް މާދަމާ އެ ޤައުމަށް

ޔޫއޭއީ ރައީސްގެ ޖަނާޒާއަށް ރައީސް ޞާލިޙް މާދަމާ އެ ޤައުމަށް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މާދަމާ އެ ޤައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ. ޔޫއޭއީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްހޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވީ އިއްޔެ އެވެ. އަވަހާރަވިއިރު ޢުމުރު ފުޅަކީ 73 އަހަރެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ޔޫއޭއީގެ ރައީސް […]

ޔުމްނާ ޢަލީ