މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,458 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1312 ވަނަ ޞަފްޙާ

އިންޑިއާގައި ބޮގަރު ބުއި 28 މީހުން މަރުވެއްޖެ، 60 މީހަކަށް ފަރުވާދެނީ

އިންޑިއާގައި ބޮގަރު ބުއި 28 މީހުން މަރުވެއްޖެ، 60 މީހަކަށް ފަރުވާދެނީ

ހުޅަނގު އިންޑިއާގައި ބަދަލުކޮށްފައިވާ ބަނގުރާ (ބޮގަރު) ބުއިމުގެ ސަބަބުން 28 މީހުން މިހާތަނަށް މަރުވެފައިވާކަމަށާއި 60 މީހުން ބަލިވެ ހާލު ދެރަވެ ފަރުވާދެމުން އަންނަކަކަމަށް އޮފިޝަލުން ބުނެފި އެވެ. ސަރުކާރުގެ އިސް އޮފިޝަލު، މުކޭޝް ޕަރްމާރު އޭއެފްޕީއަށް ވިދާޅުވީ މި މީހުން މަރުވެފައިވަނީ ގުޖުރާތު ސްޓޭޓްގެ އަހުމަދުއާބާދު އަދި ބޯޑް ޑިސްޓްރިކްޓްތަކުގައި ކަމަށެވެ. ބަނގުރަލަށް ބަދަލު ގެނައުމަށް ބޭނުންކުރީ ކޮން ކެމިކަލެއް ކަމެއް އަދި އެނގިފައެއް ނުވާކަމަށް އޮފިސަލް ވިދާޅުވެފައިވެއެވެ. ގުޖުރާތު ސްޓޭޓްގެ ފު...

އަލީ އާދިލް
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ވަރާ ކައިރިއަށްވެސް، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަން: ރައީސް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ވަރާ ކައިރިއަށްވެސް، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަން: ރައީސް

ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވި ވަރާ ކައިރިއަށްވެސް ، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ، 58 ވަނަ މިނިވަންދުވަހުގެ މުނާޞަބާގައި ދިވެހިޤައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކޯވިޑާއި ގުޅިގެންނާއި، އަދި މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭ އިޤުތިޞާދަށް އަރަމުންދާ ލޮޅުންތަކާއި އެކަމުގެ ސަބަބުން ރާއްޖެއަށ...

އަލީ އާދިލް
އިހަވަންދޫ މިސްކިތްތަކުގައި ސޯލާ ހަރުކޮށްފި

އިހަވަންދޫ މިސްކިތްތަކުގައި ސޯލާ ހަރުކޮށްފި

ހއ އިހަވަންދޫ މިސްކިތްތަކުގައިމ ސޯލާ ޕެނަލއ ހަރުކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން ވިދާޅުވީ އެރަށުގެ މިސްކިތް ތަކުގެ ތެރެއިން ސޯލާ ހަރުކޮށްފައިވަނީ ރަށުގައި ހުކުރުކުރާ ހަތަރު މިސްކިތުގައި ކަމަށެވެ. މި މިސްކިތް ތަކުގައި ސޯލާރ ހަރުކޮށް ދިނުމުގެ މައިގަނޑު މަސައްކަތްތައް މިހާރުވަނީ އެއްކޮށް ނިމިފައެވެ. އިހަވަންދޫ ކައުންސިލުން ވިދާޅުވީ މިސްކިތް ތަކުގައި ސޯލާ ހަރުކޮށްފައި މިވަނީ ދިގު މުއްތަކަށް ބަހާލާގެން، ފައިސާ ދައްކާ ހަލާސްކުރާ އުޞޫލުން ހއ.އިހަވަންދޫ ކައުންސިލާއި ފެނަކަ ކޯރޕަރޭޝަން ލިމިޓެޑާއި ދެމެ...

ސަނިއްޔާ އަބޫބަކުރު
މިނިވަން ވަޠަން

މިނިވަން ވަޠަން

ދިވެހިރާއްޖެއަކީ ދިވެހިންގެ ވަޠަނެވެ. ދިވެހިންގެ ރާއްޖެއެވެ. ދިވެހިންގެ ވަޠަން ދިވެހިރާއްޖެ ވަނީ އެ ބިމަކަށް ދިވެހިން އުފަންވީމައެވެ. ދިވެހިން އެތަނަކަށް ވިހާ ބޮޑުވީމައެވެ. ދިވެހިން ދިރިއުޅޭ ޤައުމަށް ވީތީއެވެ. ޖުމުލަގޮތެއްގައި މިހެން މާނަ ކުރެވުނަސް ދިވެއްސަކު ބޭރު ޤައުމެއްގައި އުފަންވެފައި ހުރެދާނެއެވެ. ވިހާ ބޮޑުވެފައި ވެސް ހުރެދާނެއެވެ. ދިވެއްސަކު ބޭރު ޤައުމެއްގައި ދިރިއުޅެމުން ވެސް ހިގައިދާނެއެވެ. އެކަމަކު މި ޤައުމަށް ނިސްބަތްވާ ކޮންމެ ރައްޔިތެއްގެ ޙަޤީޤީ ވަޠަނަކީ ދިވެހިރާއްޖެއެވެ. މިއީ ދިވެހ...

ޢަބްދުﷲ ސަޢީދު
މިނިވަން ދުވަހުގެ އަސްކަރީ ޕެރޭޑް ރައީސް ބައްލަވާލައްވައިފި

މިނިވަން ދުވަހުގެ އަސްކަރީ ޕެރޭޑް ރައީސް ބައްލަވާލައްވައިފި

މި އަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ބޭއްވި އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެވެ. މިއަދު ހަވީރު ޖުމްހޫރީ މައިދާން ކުރިމަތީގައި ކުރިއަށްދިޔަ މިއަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ބައްލަވާލެއްވުމަށް ރައީސްގެ ދެކަނބަލުން، ޖުމްހޫރީ މައިދާން ކުރިމައްޗަށް ވަޑައިގެންނެވުމުން، އެދެކަނބަލުންނާ އިސްތިޤުބާލު ކުރެއްވީ، މިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ...

އަލީ އާދިލް
އަދާލަތުގެ ޢިލްމުވެރިންނަށް، ނަޝީދުގެ ރައްދު "ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް"

އަދާލަތުގެ ޢިލްމުވެރިންނަށް، ނަޝީދުގެ ރައްދު "ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް"

އަދާލަތުގެ އިލްމު ވެރިންގެ މަޖިލީހުން އިއްޔެ ނެރުނު ފަތުވާ އަށް، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ. ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެކަން ބަޔާންކޮށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ” ތަފްޞީލީ، އިލްމީ ކަރުދާހެއް އެކުލަވާލާ އާންމުކޮށްފައިވަނީ އިއްޔެ އެވެ. ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމ...

އިބްރާހިމް އަސްވާޤް
ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ސެޓްފިކެޓް ލެވެލް އެކެއްގެ ޖަނާޒާ ކޯހެއް ބާއްވަނީ

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ސެޓްފިކެޓް ލެވެލް އެކެއްގެ ޖަނާޒާ ކޯހެއް ބާއްވަނީ

ހދ.ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން ދާރުލް ޤުރުއާނާއި ގުޅިގެން ސެޓްފިކެޓް ލެވެލް އެކެއްގެ ޒަނާޒާ ކޯހެއް އެ ރަށުގައި ހިންގުމަށް ނިންމައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެއްމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯސް ވަނީ ދެ ޖިންސައް ވެސް ހާއްސަ ކޮށްފައެވެ. ކޯހުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 24 ޖުލައި 2022 ވަނަ ދުވަހުން ފެށިގެން 09 އޯގަސްޓް 2022 ގެ ނިޔަލަށް ނަންނޯޓް ކޮށް ނިންމެވުމަށް އެ […]

އިބްރާހިމް ޚަލީލް
''މިނިވަންކަމަކީ ޤައުމެއް ދިރިދެމިއޮތުމުގެ އެންމެ މުހިއްމު ރުކުން''

''މިނިވަންކަމަކީ ޤައުމެއް ދިރިދެމިއޮތުމުގެ އެންމެ މުހިއްމު ރުކުން''

ޤައުމެއްގެ މިނިވަންކަމަކީ، އެ ޤައުމެއް ދިރިދެމިއޮތުމުގެ އެންމެ މުހިއްމު ރުކުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ، 58 ވަނަ މިނިވަންދުވަހުގެ މުނާޞަބާގައި ދިވެހިޤައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ މިނިވަންދުވަހު މުނާސަބަތުގައި ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލް...

އަލީ އާދިލް
ސޫޒަންގެ މުސާރަ ހާމަކުރަން އެންގި މައްސަލަ ހައިކޯޓުން ބަލައިނުގަތް

ސޫޒަންގެ މުސާރަ ހާމަކުރަން އެންގި މައްސަލަ ހައިކޯޓުން ބަލައިނުގަތް

އެސްޓީއޯގެ ކޮންސަލްޓެންޓެއްގެ މަގާމުގައި ހުރި ސޫޒަން އިބްރާހިމްފުޅުގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އެންގި އެންގުމާ ދެކޮޅަށް އެސްޓީއޯއިން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ. އެމްޑީޕީގައި ހަރަކާތްތެރިވާ ސޫޒަންގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިދިޔަ މަހު އެންގުމުން އެ ނިންމުން އިސްތިއުނާފް ކުރަން ހައި ކޯޓަށް އެސްޓީއޯއިން ހުށަހެޅީ ދައުލަތުގެ އިދާރާއަކަށް އެސްޓީއޯ ނުވާ ކަމަށް ބުނެ އެވެ. ހައި ކޯޓުން މައްސަލަ ބަލައިނު...

ހުސައިން ހަބީބް
ގަސް ކޮށުން - ދިވެހި ދަނޑުވެރީންގެ ނެތް އާދައެއް!

ގަސް ކޮށުން - ދިވެހި ދަނޑުވެރީންގެ ނެތް އާދައެއް!

ގަސް ހައްދައި އުޅޭ މީހުން ތަފާތު ބޭނުމުގައި ގަހުގެ ބައިތައް ކޮށައި ހަދައެވެ. ޒީނަތަށް ގަސް ހައްދާ މީހުން އެމީހުން ބޭނުންވާ ސިފަ ގަހުގައި ޖެއްސުމަށެވެ. ބައެއް ފަހަރު ގިނައިން ކުރި ފެޅުވުމަށެވެ. އަދި ގިނައިން މައު އެޅުވުމަށެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން މޭވާއާއި ތަރުކާރީ ގަސް ކޮށައި ހަދަނީ ވަރަށް މަދު ބައެކެވެ. ދިވެހީންގެ އާދައަކީ ގޯތީގައި ހުންނަ އަނބުގަހާއި ފޭރުގަހާއި ކުންނާރުގަސް ވެސް ކޮންމެ ގޮތަކަށް ކިތަންމެ ދިގުގޮށް ހެދުނުކަމުގައި ވިޔަސް ހެދޭނެ ގޮތަކަށް […]

ހުބާ ޕްލާންޓްސް
މިނީ ވޯކްއައުޓް: ބިޒީ މީހުންނަށް، މާ ރަނގަޅު ގޮތެއް

މިނީ ވޯކްއައުޓް: ބިޒީ މީހުންނަށް، މާ ރަނގަޅު ގޮތެއް

ކޮވިޑް 19ގެ ތަޖުރިބާއަށްފަހު ގިނަ މީހުންގެ ‘ލައިފް ސްޓައިލް’ އަށް ވަނީ އެކިއެކި ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. ދިރިއުޅުމުގެ މި ހަލަބޮލިކަންމަތީގައި ވަޤުތު ހޭދަކުރާއިރުވެސް، ކަސްރަތުގެ މައިދާނުގައި ކުރިއާއި އަޅާބަލާއިރު ގިނަ މީހުން ފެންނަކަމަށް ފާހަގަކުރެވެއެވެ. އެހެން ނަމަވެސް، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އަހަރުމެންގެ ތެރެއިން ބައެއްމީހުންނަށް އެ ނިޔަތާއި އެއްގޮތަށް ޢަމަލު ކުރުން މިވަނީ ކުޑަވަރެއްގެ ގޮންޖެހުމަކަށްވެފައެވެ. ނުވާންވީ ކީއްވެހެއްޔެވެ؟ ވަޤުތަކީ ހޯދީމާ ލިބޭއެއްޗެއްކަން އެއީ ބުނެލަން...

އަންޖުމް އިސްމާޢީލް މުޙައްމަދް
ކުޑަގިރީގައި ފެނަކައިން ގާއިމުކުރި އިންޖީނުގެއިން ހިދުމަތް ދޭން ފަށައިފި

ކުޑަގިރީގައި ފެނަކައިން ގާއިމުކުރި އިންޖީނުގެއިން ހިދުމަތް ދޭން ފަށައިފި

ކުޑަގިރީގައި ފެނަކަ ކޯޕަރޭޝަނުން ގާއިމުކުރި އިންޖީނުގެ ނިންމާ، ނެޓްވޯކަށް ރަސްމީކޮށް ކަރަންޓް ދޭން ފަށައިފިއެވެ. މިއަދު އެ ރަށަށް ވަޑައިގެން މި ހިދުމަތް ފައްޓަވައިދެއްވީ ނައިބުރައީސް ފައިސަލް ނަސީމެވެ. މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ސަރުކާރުން ތަރައްގީ ކުރައްމުން އަންނަ ކުޑަގިރީގައި، އެރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ފެނަކައިން އިމާރާތްކުރި އިންޖީންގެއެކެވެ. މި އިންޖީނުގޭގައި 350 ކިލޯވޮޓުގެ ގެ ކަރަންޓު އުފެދޭނެ ކެޕޭސިޓީ ހުންނާނެ ކަމަށާއި މިއީ އެންމެ ޒަމާނީ ވަސ...

އަޙްމަދު ވަހީދު
އެމެރިކާގެ އަވަށެއްގެ މަތީ ބޮޑު ކޮޅިގަނޑެއް

އެމެރިކާގެ އަވަށެއްގެ މަތީ ބޮޑު ކޮޅިގަނޑެއް

އެމެރިކާގެ އަވަށެއްގައި ތޫފާނީ ބޮޑު ކޮޅިގަނޑެއް އުފެދިއްޖެ އެވެ. މިދިޔަ ހުކުރު ދުވަހު އެ ކޮޅިގަނޑު އުފެދުނީ އެމެރިކާގެ ނޯތު ޑަކޯޓާ ސްޓޭޓުގައި ހުންނަ ލަންސްފޯޑު އަވަށުގެ މަތީގަ އެވެ. އެ ހާދިސާ ހިނގީ އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަރަށް ގަދަޔަށް ގުގުރާ ވިދާނެ ކަމުގެ އިންޒާރުދީފައިވަނިކޮށެވެ. ކެނެޑާގެ ފޮޓޯގްރާފަރެއް ނަގާފައިވާ ވީޑިއޯ މަންޒަރުން ފެންނަގޮތުގައި، ލަންސްފޯޑުގެ ގެތައް މަތިން ފެންނަ އެ ކޮޅިގަނޑަކީ ބިރުވެރި އަދި ބޮޑު ކޮޅިގަނޑެކެވެ. އިނގިރޭސި ބަހުން އޭގެ […]

މުޙައްމަދު ވަސީމް
ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެ: ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލިސް

ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެ: ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލިސް

ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެކަން ބަޔާންކޮށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ” ތަފްޞީލީ، އިލްމީ ކަރުދާހެއް އެކުލަވާލާ އާންމުކޮށްފި އެވެ. މިއަދު އެޕާޓީން ނެރުނު މި ކައރުދާހުގައި ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރެވޭ ޔޯގާ ދުވަހާއި ގުޅިގެން ދިވެހިރާއްޖޭގައިވެސް ދައުލަތުގެ ފެންވަރުގައި ރަސްމީކޮށް އެދުވަސް ފާހަގަ ކުރަމުންދާތީ ރައްޔިތުންނާއި ދީނީ ޢިލްމުވެރިންގެ ފަރާތުން ކަންބޮޑުވުންތަކެއް ފެންމަތިވެފައިވާ...

އަލީ އާދިލް
ޝަރުތުތަކާ އެކު، ހުނޫ ބަންދުން ދޫކޮށްލައިފި

ޝަރުތުތަކާ އެކު، ހުނޫ ބަންދުން ދޫކޮށްލައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ބަންދުކޮށްފައިވާ ޓިކްޓޮކް އަދި ފިލްމީތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ޝަރުތުތަކާ އެކު މިއަދު ބަންދުން ދޫކޮށްލައިފި އެވެ. މއ. އުދުހޭކޮކާ ގެއިން 300 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ހުނޫ އާއި އިތުރު ދެ މީހަކަށް ދައުލަތުން ދައުވާކޮށް، އެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭގެ ތެރެއިން ހުނޫ ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލަން ނިންމީ ބަންދު މުރާޖާ އަޑުއެހުމުގަ އެވެ. ހުނޫ ދޫކޮށްލަން […]

ހުސައިން ހަބީބް
މާޅޮހު ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

މާޅޮހު ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފައެވެ. އެގޮތުން ބޭރުތޮށިލުމުގެ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން ގްރޮއިން ޖެހުމުގެ މަސައްކަތް މިހަފްތާތެރޭގައި ފެށިގެންދާނެ ކަމަށްވެސް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ...

އަޙްމަދު ވަހީދު
އެމްޑީޕީ ޗެއާޕާސަން ނައިބުގެ މަގާމަށް މެންބަރު އަހުމަދާއި އިބުރޭ

އެމްޑީޕީ ޗެއާޕާސަން ނައިބުގެ މަގާމަށް މެންބަރު އަހުމަދާއި އިބުރޭ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީގެ) ގެ ޗެއާޕާސަން ނައިބު އިދާރީ އަދި މާލީގެ މަގާމަށް ދެ ބޭފުޅުން ކުރިމަތި ލައްވައިފިއެވެ. މިއަދަށް ވަގުތު ހަމަވިއިރު މަގާމަށް ކުރިމަތިލާފައިވަނީ ދެ ބޭފުޅުން ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. ޗެއަރޕާސަންގެ ނައިބު އިދާރީގެ މަގާމަށް ކުރިމަތިލެއްވީ، ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ވަހީދު (އިބްރޭ) އެވެ. އަދި ޗެއަރޕާސަންގެ ނައިބު މާލީގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އ...

އަލީ އާދިލް
އަލިފުށީ ބިން ހިއްކަން ޑްރެޖަރު ގެންގޮސްފި

އަލިފުށީ ބިން ހިއްކަން ޑްރެޖަރު ގެންގޮސްފި

ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ޑްރެޖަރު އެ ރަށަށް ގެންގޮސްފިއެވެ. މި މަޝްރޫއުގެ ދަށުން ގެންގޮސްފައިވަނީ ކަޓަ ސަކްޝަން ޑްރެޖަރު- ޖައްރާފާ 4އެވެ. މި ޑްރެޖަރު އެ ރަށަށް ގެންގޮސްފައިވަނީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން...

އަޙްމަދު ވަހީދު