މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,458 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1310 ވަނަ ޞަފްޙާ

ކުށްކުރާ މީހުންނަށް އަދަބެއް ދިއުމާ ހަމައަށް ދަނީ، ވަރަށް ގިނަކަންކަން ފެއިލް ވެގެން: މިނިސްޓަރ އިމްރާން

ކުށްކުރާ މީހުންނަށް އަދަބެއް ދިއުމާ ހަމައަށް ދަނީ، ވަރަށް ގިނަކަންކަން ފެއިލް ވެގެން: މިނިސްޓަރ އިމްރާން

ކުށްކުރާ މީހުންނަށް އަދަބެއް ދިއުމާ ހަމައަށް ދަނީ ވަރަށް ގިނަކަންކަން ފެއިލް ވެގެންކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ހއ.ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، ކުށެއް ކޮށްގެން މީހެއްގެ މައްޗަށް ޝަރުޢީ ޤާނޫނީ އަދަބެއް އަންނަނީ ހަތަރުވަނައަށް ކަމަށް ޢިލްމުވެރިން ވިދާޅުވާ ކަމަށެވެ. ނުވަތަ 3 ކަމެ...

އަލީ އާދިލް
ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އަޅައިފި

ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އަޅައިފި

ހޯމް މިނިސްޓްރީން ހއ. ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އަޅައިފި އެވެ. އެ ރަށުގައި  މިއަދު ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހޯރަފުށީގައި މިއަދު ބިންގާ އެޅިގެންދިޔަ ހާފްވޭ ހައުސްގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ކުރީ ކޮޅު ނިމިގެންދާނެ ކަމަށާއި އެއީ ސަރުކާރު ފުރަތަމަ ފެށީއްސުރެ ކުރަހާފައޮތް ރީތި މަގުތަކުގައި ހިނގަމުން އައިސް އޭގެ ނަތީޖާއާ ހަމައަށް ދެވޭ […...

އަލީ އާދިލް
ގޭމަރުންނަށް އުރީދޫގެ ޗުއްޓީ ހަދިޔާއެއް: 100ރ. އަށް 100ޖީބީ

ގޭމަރުންނަށް އުރީދޫގެ ޗުއްޓީ ހަދިޔާއެއް: 100ރ. އަށް 100ޖީބީ

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ގޭމަރުންނަށް ހާއްސަކޮށްގެން ޗުއްޓީ ޕެކޭޖެއް ތައާރަފު ކޮށްފިއެވެ. މި ޕެކޭޖުގެ ދަށުން އުރީދޫ ކަސްޓަމަރުންނަަށް އެ ކުންފުނީގެ އެޕް ބޭނުން ކޮށްގެން އެންމެ 100 ރުފިޔާއަށް 100 ޖީބީ ލިބޭނެއެވެ. ގޭމަރުން ނޫން ކަސްޓަމަރުންނަށް ވެސް މި ޕެކޭޖް އެކްޓީވޭޓް ކުރެވޭނެއެވެ. “ބޮޑު ޗުއްޓީ ޕެކް” ގެ ގޮތިގައި ދޭ މި ޑޭޓާ ޕެކް އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން ތިން ދުވަހަށް ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ. އުރީދޫގެ […]

އަޙްމަދު ވަހީދު
އޮއިވަރު ބަދަލުވެ، ދުނިޔެ ކުރިމަތިލާފައިވަނީ ގޮތް ނޭނގޭ ދުވަސްތަކަކާ: ރައީސް

އޮއިވަރު ބަދަލުވެ، ދުނިޔެ ކުރިމަތިލާފައިވަނީ ގޮތް ނޭނގޭ ދުވަސްތަކަކާ: ރައީސް

ބައިނަލްއަޤްވާމީ ސިޔާސީ އޮއިވަރު މުޅިން ބަދަލުވެ، އިޤްތިޞާދީ ގޮތުންވެސް ދުނިޔެ ކުރިމަތިލާފައިވަނީ ގޮތް ނޭނގޭ ދުވަސްތަކަކާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހިޖްރީ އައު އަހަރު ފެށުމުގެ މުނާޞަބާގައި ދިވެހިރައްޔިތުންނަށް ފޮނުއްވި ތަޙުނިޔާގެ ޚިޠާބުގައެވެ. އެމަނިކުފާނު ވިދާޅުވީ، ދުނިޔަވީ ޙަޔާތުގައި މިއަދު އަރާ ހަމަކުރެވިފައި މިވަނީ، އިންސާނީ ތާރީޚު ނުދެކޭ ފަދަ ހަލަބޮލި ދުވަސްވަރަކާކަމަށެވެ. އެގޮތުން ޞިއްޙީ ގޮތުންނާއި، ތިމާވެށީގެ ގޮތުން ވެސް ގިނަ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ހުޅަނގުފަރާތުގައި ތަރައްގީކުރަމުން އަންނަ ފިނިމައިޒާނަށް ގެއްލުންދީފި

ކުޅުދުއްފުށީ ހުޅަނގުފަރާތުގައި ތަރައްގީކުރަމުން އަންނަ ފިނިމައިޒާނަށް ގެއްލުންދީފި

ކުޅުދުއްފުށި ސިޓީގެ ހުޅަނގުފަރާތު ބީޗުގައި ތަރައްގީކުރަމުން އަންނަ ފިނިމައިޒާނަށް ބަޔަކު ގެއްލުންދީފި އެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ހުޅަނގުފަރާތު ބީޗް ތަރައްޤީ ކުރުމުގެ ފްރޮޖެކްޓަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުންދީފައިވާ ކަމަށެވެ. މޭޔަރު ވަނީ ކުޅުދުއްފުށީގެ ތަރައްޤީއަށް ހިންގޭ މިފަދަ މަޝްރޫތަކަށް ގިނަ ރައްޔިތުންގެ އެއްބާރުލުން ލިބެމުން އަންނަކަން ފާހަގަކުރަށްވާފައެވެ. އެހެންނަމަވެސް ބައެއް ނުވިސްނޭ ފަރާތް...

ޔުމްނާ ޢަލީ
ފުވައްމުލަކާއި ލ. އަތޮޅަށް މިނީ ބަސް ގެންގޮސްފި

ފުވައްމުލަކާއި ލ. އަތޮޅަށް މިނީ ބަސް ގެންގޮސްފި

ރާއްޖެ ޓްރާންސްޕޯޓް ލިންކު މިނީ ބަހުގެ ހިދުމަތް އަތޮޅުތަކުގައި ފެށުމަށް ލ އަތޮޅާއި ފުވައްމުލަކަށް މިނީ ބަސްތައް ފޮނުވައިފިއެވެ. މިނީ ބަހުގެ ހިދުމަތް ރާއްޖޭގައި ދޭނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިންނެވެ. އެ ކުންފުނިން ރާއްޖޭގެ 4 ސަރަހައްދެއްގައި މިނީ ބަހުގެ ހިދުމަތް ފަށާނެއެވެ. އެއީ މާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލާމު އަތޮޅުގައެވެ. މި މަސައްކަތް ފެށުމަށް ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް މިމަހުގެ 16 ވަނަ […]

އަޙްމަދު ވަހީދު
ނާޒިމް ސައްތާރު ބަންދަށް ހަތް ދުވަސް

ނާޒިމް ސައްތާރު ބަންދަށް ހަތް ދުވަސް

ލިވާތުކުރިކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލް ނާޒިމް ސައްތާރުގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ހައްޔަރު ކުރީ ރިސޯޓެއްގައި ހުއްޓައެވެ. ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކޮށްފައިވާ ނާޒިމްގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ހާޒިރު ކުރީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ފުލުހުންގެ ތ...

އަލީ އާދިލް
މާލޭގެ ގެއަކަށް ވަދެ މާރާމާރީ ހިންގައި ތިން މީހަކު ޒަހަމްކޮށްލައިފި

މާލޭގެ ގެއަކަށް ވަދެ މާރާމާރީ ހިންގައި ތިން މީހަކު ޒަހަމްކޮށްލައިފި

މާލޭގެ ގެއެއްގެ ތެރެއަށް ގްރޫޕަކުންވަދެ މާރާމާރީ ހިންގައި، އެ މާރާމާރީގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ބަޔަކު ގްރޫޕް ހަދައިގެން މާލޭގެ ގެއަކަށްވަދެ މާރާމާރީ ހިންގާފައިވާކަމުގެ ރިޕޯޓު ރޭ 22:45 ގައި އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ހާދިސާ ހިނގީ މާލޭ މާފަންނުގައި ހުންނަ ގެއެއްގައެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާ ދީފައިވެއެވެ. ފުލުހުން ވިދާޅުވީ މިހާދިސާގައި އަނިޔާ ލިބުނީ 23 އަހަރުގެ ފިރިހެނަކަށާއި، 35 އަހަރުގެ ރިފިހެނަކަށާއި [...

ޔުމްނާ ޢަލީ
އިންޑިއާގެ އާ ރައީސް ދުރޯޕަދީ މުރްމޫ އާއި، ރައީސް ބައްދަލުކުރައްވާނެ

އިންޑިއާގެ އާ ރައީސް ދުރޯޕަދީ މުރްމޫ އާއި، ރައީސް ބައްދަލުކުރައްވާނެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ރައީސްކަމުގެ މަގާމާއި އަލަށް ހަވާލުވި، ދުރޯޕަދީ މުރްމޫ އާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ހާމަކޮށްފި އެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް (އެމްއީއޭ)ގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ސޯލިހް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ދުރޯޕަދީ މުރް...

އަލީ އާދިލް
ދޮގު ވަރަޢަވެރިކަން: ބޭރު ފުށުން ތިމާޔަކީ ވަރަށް ދީންވެރި މީހެއްކަން ދެއްކުން

ދޮގު ވަރަޢަވެރިކަން: ބޭރު ފުށުން ތިމާޔަކީ ވަރަށް ދީންވެރި މީހެއްކަން ދެއްކުން

ދިވެހި ބަސްފޮތުގައި ވަރަޢަވެރިކަން މާނަކޮށްފައި ވަނީ ތަޤްވާވެރިކަމާއި ދީންވެރިކަމުގެ މާނައިގައެވެ. ނަމަވެސް މިއީ އެ މުޞްތަލަޙުގެ ޢާންމު މާނަކަމަށް ބުނެވިދާނެއެވެ. ދީނީ ނަޒަރަކުން ބަލާ އިރު، ވަރަޢަވެރިކަމުގެ ޚާއްޞަ މާނައަކީ މާތް ﷲ ނަހީކުރައްވާފައިވާ ކަންކަމުން ދުރުވުމާއެކު، މަކްރޫހު ކަންކަމުންވެސް ދުރުވުމެވެ. މާނައަކީ، އެކަމަކީ، ޙަރާމްކަމަށް ވިޔަސް ނުވިޔަސް، ނޭދެވޭ ހުރިހާ ކަމަކުން ދުރުހެލިވުމެވެ. ވަރަޢަވެރިކަން ދެބަޔަކަށް ބެހިދާނެއެވެ. އެއީ ތެދުވެރި ވަރަޢަވެރިކަމާއި، ދޮގުވެރި ވަރަޢަވެރިކަމެވެ. ނު...

ޝެއިޚް ޝަފީއު އަބްދުﷲ
މޭޖާ ޖެނެރަލް ޝަމާލް އިންޑިއާގައި

މޭޖާ ޖެނެރަލް ޝަމާލް އިންޑިއާގައި

އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް މަނޯޖް ޕާންޑޭގެ ރަސްމީ ދައުވަތަކަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، އިންޑިއާއަށް ޒިޔާރަތް ކުރައްވައިފިއެވެ. ހަ ދުވަހުގެ މުއްދަތަށް ޗީފް އޮފް ޑިފެންސް ފޯސް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނު ވަނީ މިއަދު އިންޑިއާގެ ނޭޝަނަލް ވޯރ މެމޯރިއަލްއަށް ޒިޔާރަތްކުރައްވައި، ޝަހީދުންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން އެ މެމޯރިއަލްގައި މާބޮނޑިއެއް ބާއްވަވާފައެވެ. އިންޑިއާގެ ނޭޝަނަލް ވޯރ މެމޯރިއަލްއަށް ޗީފް އޮފް ޑިފެންސް […]

އަލީ އާދިލް
ވެލާ ޕްރައިވެޓް އައިލެންޑްގެ "ނައިޓް ގޮލްފް"، ތަފާތު ތަޖުރިބާއެއް

ވެލާ ޕްރައިވެޓް އައިލެންޑްގެ "ނައިޓް ގޮލްފް"، ތަފާތު ތަޖުރިބާއެއް

ރޭގަނޑުގެ ވަގުތުގައި ގޮލްފް ކުޅެން ބޭނުންވާ ފަތުރުވެރިންނަށް ހާއްސަކޮށް ވެލާ ޕްރައިވެޓް އައިލެންޑްގައި “ނައިޓް ގޮލްފް” ތައާރަފްކޮށްފި އެވެ. ނ. އަތޮޅުގައި ހިންގާ ވެލާ ރިސޯޓުގެ ގޮލްފް އެކަޑަމީގެ ފަރާތުން ހިންގާ ގޮލްފް ކޯސް ނުވަތަ ގޮލްފް ކުޅޭ ބިމަކީ ބޮޑު ޖާގައެއް އޮންނަ ތަނެކެވެ. އެތަން ޑިޒައިން ކޮށްފައިވަނީ މަޝްހޫރު ގޮލްފް ކުޅުންތެރިޔާ އަދި ޑިޒައިނަރު ހޮސެ މަރިއާ އޮލަޒަބަލް އެވެ. އަލަށް ތައާރަފް ކުރި “ނައިޓް ގޮލްފް” ގައި ގޮލްފް ބޯޅައާއި، ހޮރު އަދި […]

މުޙައްމަދު ވަސީމް
ބޮޑުވަޒީރު މޯދީގެ ދަޢުވަތަކަށް، އަންނަ ހޯމަ ދުވަހު ރައީސް އިންޑިއާއަށް

ބޮޑުވަޒީރު މޯދީގެ ދަޢުވަތަކަށް، އަންނަ ހޯމަ ދުވަހު ރައީސް އިންޑިއާއަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުން ވިދާޅުވީ، ރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޙް މިދަތުރު ކުރައްވާނީ މި އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހަށް ކަމަށެވެ. އިންޑިއާއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ...

އަލީ އާދިލް
ނަރުދޫ ކައުންސިލް ކަޕް ފައިނަލުގައި ލެއިޓް ވުލްފްއާއި އަމިގޯސް

ނަރުދޫ ކައުންސިލް ކަޕް ފައިނަލުގައި ލެއިޓް ވުލްފްއާއި އަމިގޯސް

ށ. ނަރުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ނަރުދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022” ގެ ފައިނަލުން އަމިގޯސްއާއި ލެއިޓް ވުލްފް ޖާގާ ހޯދައިފިއެވެ. މި މުބާރާތުގެ ސެމީފައިނަލުގެ މެޗުތައް އިއްޔެ ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ސެމީގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބްލެކް ކޯނާއާއި ލެއިޓް ވުލްފެވެ. މި މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ލެއިޓް ވުލްފެވެ. މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދީފައި […]

އިބްރާހިމް ޚަލީލް
ލިވާތުކުރިކަމުގެ ތުހުމަތުގައި، ކޮއްކޯފުޅު ހައްޔަރު ކުރުމުން ރައީސް ނަޝީދު ކޯފާވެއްޖެ

ލިވާތުކުރިކަމުގެ ތުހުމަތުގައި، ކޮއްކޯފުޅު ހައްޔަރު ކުރުމުން ރައީސް ނަޝީދު ކޯފާވެއްޖެ

ލިވާތުކުރިކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ވަކީލް ނާޒިމް ސައްތާރު ހައްޔަރުކުރުމުން އެމަނިކުފާނު ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައިފި އެވެ. ސަރުކާރަށް ނަޝީދުގެ ނުރުހުން އަމާޒު ކުރައްވައި މިރޭ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ކޮއްކޯފުޅު ހައްޔަރުކުރީ ދީނީ ހަރުކަށި މީހުން ރުއްސަން ކަމަށެވެ. ނަޝީދުގެ ކޮއްކޯފުޅު ހައްޔަރު ކުރީ މިރޭ ނާޒިމް އއ. އަތޮޅުގެ ރިސޯޓެއްގައި ހުންނަވަނިކޮންނެވެ. އެބޭފުޅާ ހައްޔަރުކުރީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގަ އެވެ....

އަލީ އާދިލް
އަލަމްގީރްއާއެކު ލިވާތުކުރިކަމަށް، ހެއްކާއި ގަރީނާ ހޯދިފައިވާ 3 ބޭފުޅުން ހައްޔަރުކޮށްފި

އަލަމްގީރްއާއެކު ލިވާތުކުރިކަމަށް، ހެއްކާއި ގަރީނާ ހޯދިފައިވާ 3 ބޭފުޅުން ހައްޔަރުކޮށްފި

އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ 3 ބޭފުޅުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ. ފުލުހުންބުނީ އެބޭފުޅުން ހައްޔަރުކުރީ، ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައް...

އަލީ އާދިލް
ހއ. ދިއްދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހއ. ދިއްދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 72 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ. މީގެ އިތުރުން އައު ހާބަ ބޭސިން ފުންކުރުމުގެ 80 އިންސައްތަ މަސައްކަތް ނިންމާލެވިފަވާ ކަމަށް […...

އަޙްމަދު ވަހީދު
ތޮޅެންދޫ މައްސަލާގައި ސަރުކާރުން ދުލެއް ނުދިން، މައްސަލަ ސުޕްރީމް ކޯޓަށް

ތޮޅެންދޫ މައްސަލާގައި ސަރުކާރުން ދުލެއް ނުދިން، މައްސަލަ ސުޕްރީމް ކޯޓަށް

ނ. ތޮޅެންދޫ ކުއްޔަށް ދިނުން ކޯޓުން ހުއްޓުވި މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. މީގެކުރިން މީހުން ދިރިއުޅުނު އަދި މިހާރު ފަޅު ރަށެއްގެ ގޮތުގައި އޮތް ތޮޅެންދޫ ކުއްޔަށް ދޭން ސަރުކާރުން ނިންމާފައި ވަނިކޮށް އެކަމާ ދެކޮޅަށް ނ. އަތޮޅު ކައުންސިލުން ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ އެރަށް ކުއްޔަށް ދިނުން މަޑުޖައްސާލަން ސިވިލް ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. އެ އަމުރަށް ހައި ކޯޓުން މިމަހު މަހު ތާއީދުކުރި އެވެ. އެ މައްސަލަ އިސްތިއުނާފް […]

ހުސައިން ހަބީބް