ޔޯގާ ހެދުމާއި މިއުޒިކު ކުޅުމާއި ލަވަ ކިޔުން އަދި އުފަންދުސް ފާހަގަކުރުމަކީ ހަރާމް ކަމެއް ކަމަށް ނުބުނެވޭނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. މައުމޫނު މިހެން ވިދާޅުވެފައިވަނީ، “ހަރާމް ވާނީ ހަމައެކަނި މާތްﷲ ހަރާމް ކުރެއްވި ކަންތައްތަކެވެ.” މި ސުރުހީގެ ދަށުން މިއަދު އެމަނިކުފާނު ލިޔުއްވާފައިވާ ލިޔުމެއްގައެވެ. އެމްނިކުފާނުގެ ޕާޓީ އެމްއާރުއެމްއިން ވިދާޅުވީ، އެއީ، އިޖުތިމާޢީ އެކިއެކި ހަރަކާތްތަކާއި އިސްލާމް ދީނާއި ގުޅުވައި ރައްޔިތުންގެ މެދުގައި ފަތުރާ ބައެއް ރައުޔުތަކާއި...
އަލީ އާދިލް
ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) އަށް 2 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުންނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، “އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް” ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް 2016 އެޕްރީލް 25 ވަނަ ދުވަހު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގ...
އަލީ އާދިލް
ތައިރޮއިޑްއަކީ އިންސާނާގެ ނޭވާލާހޮޅި މަތީ ހުރަހަށްވާ ގޮތަށް، ކޮކާލެއްގެ ސިފައިގައި ހުންނަ ފަށަލައެކެވެ. މި ފަށަލައިގެ މަޤްސަދަކީ ހަށިގަނޑުގެ ހެދިބޮޑުވުމާއި، ހޯމޯންލެވެލްސް އަދި މެޓަބޮލިޒްމް އެއްހަމައެއްގެ މަތިން ބެލެހެއްޓުމެވެ. ތައިރޮއިޑްގެ ބަލި ހުންނަ މީހުންނަކީ މި ފަށަލައިން އެބައެއްގެ ހޯމޯން ލެވެލް އެއްވަރެއްގައި ހިފަހައްޓައިނުދީ މަތިވެފައި ނުވަތަ ތިރިވެފައި ހުންނަމީހުންނެވެ. އޭގެތެރެއިން ހައިޕޯ-ތައިރޮއިޑްސްމް އަކީ ހޯމޯން ލެވެލްސް ދަށްވެފައި ހުރުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ދިރާސާތަކުން ދައ...
އަންޖުމް އިސްމާޢީލް މުޙައްމަދް
ދޭތެރެ ދޭތެރެއިން ފޯނު ބަދަލު ކުރުމަކީ ދިވެހިންގެ ތެރޭގައި އާންމު ކަމެކެވެ. މާބޮޑަށް ފޯނު ބާނުވިޔަސް ނުވަތަ ހަލާކު ނުވިޔަސް ބާޒާރަށް އާފޯނެއް ނިކުމެއްޖެ ނަމަ ބައެއް މީހުން ފޯނު އާކޮށްލަ އެވެ. އާފޯނެއް ލިބުމާއި އެކު ކުރީ ފޯނު ކުޑަ އަގެއްގައި ވިއްކާލަނީ އެވެ. ނޫނީ ކޮންމެވެސް މީހަކަށް ދެނީ އެވެ. ފޯނު ވިއްކާލާއިރު ނުވަތަ މީހަކަށް ދޭއިރު ސަމާލުވާޖެހޭ ކަންކަން ވަރަށް ގިނައެވެ. ހާއްސަކޮން ނުދަންނަ މީހަކަށް ފޯނު ވިއްކާލާނަމަ މިކަން ކަމަށް ހާއްސަ […]
އިބްރާހިމް އަސްވާޤް
ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް، އިތުރު ލޯނެއް ނެގުމަށްވުރެއް ޓެކްސް ބޮޑުކުރުން ރަނގަޅުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ. ރާއީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މުޅި ދުނިޔޭގެ ގައުމު ތަކަށް ދިމާވެފައިވާ އިޤްތިސާދީ ފުންގަނޑުން އަދި ރާއްޖެ އަށްވެސް ދިމާވެދާނެ އުނދަގޫތަކުން އަރައިގަތުމަށް ސަރުކާރުން މިވަގުތު ޓެކްސް އަށް ބަދަލު ގެނައުމަކީ މިވަގުތަށް ކޮންމެހެން އަޅަންޖެހޭ މުހިއްމު ފިޔަވަޅެއްކަމުގަ އެވެ. ރާޢީ އިތުރަށް...
އަލީ އާދިލް
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށާއި ސަބްސިޑީ ދޭގޮތް ބަދަލުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން މަރުހަބާ ކިޔައިފިއެވެ. އައިއެމްއެފް އިން ބުނި ގޮތުގައި މިއީ ރާއްޖޭގައި ކުރިޔަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. މި ގޮތަށް ބުނެފައިވަނީ މިދިޔަ ޖޫން މަހު އައިއެމްއެފްގެ ވަފުދަކުން ރާއްޖެ އައިސް ދިވެހި އިގުތިސޯދީ ހާލަތާއި، ތަސައްވުރާއި، ސަރުކާރުގެ ސިޔާސަތާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު ނެރުނު ނޫސްބަޔާނުގައެވެ. މި ނޫސް ބަޔާނުގައި އައިއެމްއެފް އިން ވަނީ...
އަޙްމަދު ވަހީދު
ކަސްރަތެއްގެ ނަމުގައި ވެސް ނުވަތަ އެ ނޫންވެސް ނަމެއްގައި ވެސް ޔޯގާ ހެދުމާއި ޔޯގާގެ ޙަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ޙަރާމް ކަމެއްކަމަށް ބަޔާންކޮށް ރާއްޖޭގެ 104 ޢިލްމުވެރިއަކު ފަތުވާއެއް ނެރެފިއެވެ. ރާއްޖޭގެ 104 އިލްމުވެރިއަކު ސޮއިކުރައްވާ ނެރުނު މި ފަތުވާގައި ބުނެފައިވަނީ ޔޯގާއަކީ އޭގެ ޒާތުގައި ހިންދޫންގެ އަޅުކަމެއް ކަމަށެވެ. އަދި ޔޯގާގެ ނަން ދީގެން ނުވަތަ ޔޯގާގެ ނިޔަތުގައި ޔޯގާގެ ބައިތައް މުޅިން ފުރިހަމަ ނުވާގޮތަށް ވެސް ކަންތައްތަކެއް ކުރުން ޝަރުއީ ގޮތުން ހުއްދަ […]
އަލީ އާދިލް
އެއްޖިންސުން ގުޅުން ހިންގުމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށާއި، މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިފި ވަސަލަމައަށް ފުރައްސާރަކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން ގޮވާލައިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ އެއް ޖިންސުން ގުޅުން ހިންގުންފަދަ ފާހިޝް އަމަލުތަކަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ އަމަލަކަށްވާއިރު، ދިވެހި ފަސްގަނޑުގައި އެފަދަ ނުބައި އަމަލުތައް ހިންގާކަމީ މި ކަ...
އިބްރާހިމް ޚަލީލް
މިއަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ފަހު ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެއެވެ. ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ. އެ ޙައްޖުވެރިން ރާއްޖެ އައިސްފައި މިވަނީ ތިން ދުވަހެއްގެ މަތިންނެވެ. ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެއައީ ޖުލައި 20 ވަނަ ދުވަހުއެވެ. އެއީ 157 ޙައްޖުވެރިންނެވެ. ދެވަނަ ގްރޫޕްގައި 175 ޙައްޖުވެރިން އައިސްފައި ވެއެވެ. އެ ހައްޖުވެރިން ރާއްޖެއައީ ޖުލައި 23 ވަނަ ދުވަހުއެވެ. ޙައްޖުވެރިންގެ ތިން ވަނަ ގްރޫޕް […]
ޔުމްނާ ޢަލީ
ހދ.ހަނިމާދޫގައި ހިންގަމުން އަންނަ ހިމޭން ބީޗް އިން މޯލްޑިވްސް ގެސްޓްހައުސްގެ ފަރާތުން އެތަނުގައި “ހިމޭން ބީންސް ކެފޭ އެންޑް ބިސްޓްރޯ” ގެ ނަމުގައި ކެފޭއެއް ހުޅުވައިފިއެވެ. ހަނިމާދޫ އުތުރު އަވަށު ބީޗްގެ ހިތްގައިމު ސަރަހައްދާއި ކައިރީގައި ހަދާފައިވާ، ހިމޭން ބީޗް އިން މޯލްޑިވްސް ގެސްޓް ހައުސްއިން މިހާރު ވެސް އަންނަނީ ފަތުރުވެރިންގެ އިތުރުން ލޯކަލްއަށް ވެސް ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. ގެސްޓް ހައުސްއާއި ގުޅުވައި ހަދާފައިވާ މި ކެފޭ އިއްޔެ ހަވީރު ރަސްމީކޮށް ހުޅުވާފައިވާއިރު، ކެ...
އިބްރާހިމް ޚަލީލް
މިނިވަންކަމަކީ ބަހުގެ ގޮތުންބަލާއިރު އަޅުވެރިކަމެއް އަދި ބަންދެން ނެތުމެވެ. ހުހަށް ހުރުމާއި، އަމިއްލަކަމެވެ. ޤާނޫނީ އަދި ސިޔާސީ ޙައްޤުތައް ލިބިގެންވުމާއި މުޢާމަލާތު ކުރުމުގައި އެއްވެސް ހުރަހެއްނެތުމަކީވެސް މިނިވަންކަމެވެ. މިނިވަންކަމަކީ އިންސާނުންނާއި ހުރިހާ ދިރޭ އެއްޗެއްގެ ކިބައިގައިވެސް ލައްވާފައިވާ ޠަބީއީ ސިފައެކެވެ. ހުރިހާ އިންސާނުންވެސް ދުނިޔެއަށް އުފަންވަނީ މިނިވަންކަމުގައި ހަމަހަމަ ޙައްޤުތަކާއެކު ހަމަހަމަ ދަރަޖައެއްގައި ކަމޭހިތެވިގެންވާ ބައެއްގެ ގޮތުގައެވެ. އެހެންވީއިރު އިންސާނުން އެކަކު...
ޢަބްދުﷲ ސަޢީދު
2054 ވަނަ އަހަރާ ހަމައަށް ދާއިރު ހއ. އަތޮޅުގައި ދިރިއުޅޭ އާބާދީ 7800 އަށް ދަށަށްދާނެ ކަމަށް 2019 ވަނަ އަހަރު ނެރުނު 2054 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ދިރިއުޅޭނެ މީހުންގެ އަންދާޒާ ރިޕޯޓުގައި ލަފާ ކޮށްފައި ވެއެވެ. އެހެން ނަމަވެސް ކޯވިޑުގެ ޙާލަތާ ގުޅިގެން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ކުއްލި ބަދަލާއެކު މި ލަފާކުރުންތައް ޙަޤީޤަތަކަށް ވުމާމެދު މިހާރު މިވަނީ ސުވާލު އުފެދި ފައެވެ. 2014 ވަނަ އަހަރުން 2054 ވަނަ އަހަރާ […]
ސަނިއްޔާ އަބޫބަކުރު
ޤުރްއާނަކީ އަހަރެމެން މުސްލިމުންގެ އެންމެ މުޤައްދަސް ފޮތެވެ. އަދި އެއީ އަހަރެމެންގެ ވެރި އިލާހުގެ ކަލާމްފުޅުވެސް މެއެވެ. ވީމާ ޤުރްއާނާ ބެހޭ މަޢުލޫމާތުތައް އެންމެ ފުރިހަމައަށް އުނގެނުމަކީ ކޮންމެ މުސްލިމަކުވެސް ކުރުން ވަރަށް މުހިންމު ކަމެކެވެ. އަދި ޤުރްއާނާ ބެހޭ ފިޤުހީ މައްސަލަތަކާ ބެހޭ މަޢުލޫމާތުތައް ބަލާ ހެދުމަކީ ވެސް ހަމަ އެހާމެ މުހިންމު ކަމެކެވެ. ކުޑަ ޙަދަޘް ވެރިވެފައިވާ މީހާ، އެޙާލަތުގައި ވާ ހިނދު ނުވަތަ އަލުން ވުޟޫ ނުކުރާހާ ހިނދަކު އޭނާއަށް ޤުރްއާން ކިޔެވިދާނެތޯ […]
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ހއ. އިހަވަންދޫ ކައުންސިލުން ރައްޔިތު ބައްދަލުވުމަށް ގޮވާލުމުން ވަރަށް ފިނި ތަރުހީބެއް ލިބިއްޖެ އެވެ. މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އިހަވަންދޫ ސްކޫލުގައެވެ. މި ބައްދަލުވުމުގައި އާންމުގެ ތެރެއިން ބައިވެރިވި 4 މީހުންނާއިއެކު ޖުމްލަ ބައިވެރިވެފައި ވަނީ ވިއްސަކަށް މީހުންނެވެ. އެރަށުގައި ހިންގަމުން އަންނަ އޮންލައިން ނޫސް “އިހަވަންދޫ.ކޮމް” ގައި ބުނެފައިވަނީ އެ ހަތަރު މީހުންގެ އިތުރުން ބައިވެރިވެފައިވަނީ ކައުންސިލްގެ 16 މުވައްޒަފަކާއި، އަންހެނުން ކޮމިޓީގެ މެންބަރެއް ކ...
އިބްރާހިމް އަސްވާޤް
ހުއްދަ ނެތި ދީނީ ފަތުވާ ދޭތީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފިޔަވަޅު އެޅުމަށް ޑރ. މުޙައްމަދު އިޔާޟް ގޮވާލައްވައިފިއެވެ. ޑރ. ޢިޔާޟް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނީ ކަންކަމުގައި ބަސްބުނުމުގެ ހުއްދަ ނެތި، މީސްތަކުންނަށް ޙައްޤާއި ބާޠިލް އޮޅޭފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޢަމަލު ކުރައްވާފައިވާ ކަމަށާއި އެހެން ކަމުން ނަޝީދަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޟް ވިދާޅުވީ ދީނީ ކަންކަމުގައި […...
ސަނިއްޔާ އަބޫބަކުރު
ސައުދީ އިގުތިސާދު ތެލަށް ބަރޯސާ ކުރާ މިންވަރު ކުޑަކޮށް އިގުތިސާދު ހުޅުވައިލުމަށް އަމީރު މުހައްމަދު 2017 އަހަރު އިއުލާނު ކުރި “ނިއޯމް” މަޝްރޫއުގައި ހިމެނޭ “ދަ ލައިން ސިޓީ” ނުވަތަ މިރާ ލައިން މަޝްރޫއުގެ ޑިޒައިންތައް ދައްކާލައިފި އެވެ. މި ޑިޒައިންތައް އާންމުކޮށްފައިވަނީ، ނިއޯމްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަން ވެސް ކުރައްވަމުން ގެންދަވާ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެވެ. މީގެ ކުރިން ނުފެންނަ އާބަން ލިވިން ތަޖުރިބާއެއް ލިބިގެންދާ ތަހުޒީބީ އިންގިލާބެއް ގެނުވާނެ، ދަ ލައިނަކީ ސައުދީ […]
އިބްރާހިމް އަސްވާޤް
މިނިވަން ދުވަހުގެ މުނާސަބާތުގައި މިއަދު “ސެމިލީސް” ރެސްޓޯރެންޓްއިން އުރީދޫގެ ކަސްޓަމަރުންނަށް %26 ޑިސްކައުންޓެއް ދޭން ނިންމައިފިއެވެ. އުރީދޫން މިއަދު ބުނީ، މިނިވަން ދުވަހުގެ އުފަލުގައި އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް “ސެމިލީސް” ޗީޒް ފޮންޑޫ އަދި ޗޮކްލެޓް ފޮންޑޫ އިން %26 ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. ސެމިލީސްގެ މާލޭގެ އައުޓްލެޓް ތަކުން ޑިސްކައުންޓް ލިބިގެން ދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މިއީ އުރީދޫގެ ކަސްޓަމަރުންނަށް އާއިލާ އާއި ރަހުމަތްތެރިންނާއި އެކު އުފ...
އިބްރާހިމް އަސްވާޤް
ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ސީނިއަރ ސިވިލް ސަރވަންޓުންގެ ގުރޫޕެއް ދިއްލީއަށް ހިނގައްޖެއެވެ. ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވީ މި ދަތުރުގައި ފަންސަވީސް މުވައްޒަފުން ބައިވެރިވާ ކަމަށެވެ. ސީއެސްސީން ވިދާޅުވީ ތަމްރީނާއި ތަޖްރިބާ ހާސިލުކުރުމަށް ދިވެހި ސިވިލް ސާވެންޓުންގެ ވަފުދެއް އިންޑިއާގެ ވެރިކަން ކުރާ ނިޔުދިއްލީއަށް ދިޔައީ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޯ ސީނިޔަރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް ގެ ނަމުގައި އިންޑިއާގެ “ނެޝަނަލް ސެންޓާ ފޯ ގުޑް ގަވަނަންސް” އިން އިންތިޒާމްކ...
ސަނިއްޔާ އަބޫބަކުރު