ށ. މާއުނގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި މާއުނގޫދޫ ކައުންސިލުގެ ރައީސް އާދަމް ސަލީމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމްޓީސީސީން ބުނީ, ދަނޑުވެރިކަމާއި ކަންނެލީގެ މަސްވެރިކަމަށް މަޝްހޫރު މާއުނގޫދޫ ބަނދަރު ތަރައްގީކޮށް ނިމުމުން ލަފާފުރުމުގެ ދަތިތައް ހައްލުވެ, އިގްތިސާދީ ފައިދާތައް ލިބިގެންދާނެ ކަމަށެވެ. މި މަ...
އަޙްމަދު ވަހީދު
މާލޭ އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން، އެ މަގު ހެދުމަށް މަގުގައި ހުރި ބައެއް ގަސްތައް ނަގަމުންދާ މައްސަލައާއި މެދު ރައްޔިތުން މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި، ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ގަހެއް ހެދުމަށް 15 ނުވަތަ 20 އަހަރު ނަގާއިރު، މަގެއް ހެދުމަށް ނަގަނީ ތިން މަސް ދުވަސް ކަމަށެވެ. އެހެންކަމުން ގަސްތައް ބަހައްޓައިގެން މަގުތައް ހެދޭނެ ގޮތެެއް ހޯދުމަކީ ކޮންމެހެން ބޭނު...
މުޙައްމަދު އަފްރާޙް
ށ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން “މިލައުތުރު ހޭންޑްބޯލް މުބާރާތް” ގެ ނަމުގައި އަގުބޮޑު ހޭންޑްބޯލް މުބާރާތެއް އެ އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ. މި މުބާރާތަކީ ށ. އަތޮޅުގެ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. އަންނަ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު، ފަށަން ނިންމާފައިވާ މި މުބާރާތުގައި އެ އަތޮޅުގެ 10 ރަށަކުން 10 ޓީމް ވަނީ ބައިވެރިވެފަ އެވެ. ށ. އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ މެޗުތައް ކުޅުމަށް […]
މުޙައްމަދު އަފްރާޙް
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ މަގާމަށް މުޞްޠަފާ ޙަމީދު (ކަނީރުމާގެ، ރ. އަނގޮޅިތީމު) އައްޔަން ކުރައްވައިފި އެވެ. އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ މުޞްޠަފާ ޙަމީދު 2021 ވަނަ އަހަރުން ފެށިގެން އަދާ ކުރައްވަމުން ގެންދަވާފައި ވަނީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންވެސްޓިގޭޓަރގެ މަޤާމެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޖުޑީޝަލް ސައިންސް އެންޑް އިސްލާމިކް ޝަރީޢާ ޕޮލިސީގެ ދާއިރާއިން މާސްޓަރސް ސަނަދަށް މުޞ...
މުޙައްމަދު އަފްރާޙް
ފުލުހުންނާއި ސިފައިންނާއި ދިމާކުރަން އަތުވެއްޖެނަމަ ވަގުތުން އެމީހުންނަށް “ޝޫޓް” ކުރެވެންޖެހޭނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ. ޖާބިރު މިހެން ވިދާޅުވީ މި މަހުގެ 9 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ތިން ފުލުހަކަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ނެވެ. ޖާބިރު ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ތިން ފުލުހަކަށް ގޭންގަކަށް ނިސްބަތްވާ ބަޔަކު ހަމަލާދިން މައްސަލާގައި ތުހުމަތުކުރެ...
މުޙައްމަދު އަފްރާޙް
ކޮވިޑް-19 ގެ ހާލަތު މިހާރު ނިމިއްޖެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން އެމެރިކާގެ ރައްޔިތުންގެ ނުރުހުން ފާޅުކުރަން ފަށައިފި އެވެ. މި މޭރުމުން ބައިޑަން ވާހަކަދެއްކެވީ ކޮލަމްބިއާ ބްރޯޑްކާސްޓިން ސިސްޓަމް “ސީބީއެސް” ގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި އެވެ. ބައިޑަން ވިދާޅުވީ ކޮވިޑްގެ ހާލަތު ނިމިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ކޮވިޑާއި ގުޅުން ހުރި މައްސަލަތައް އެބަހުރިކަމަށާއި އެކަންކަމުން އަރައިގަންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ބައިޑަންގެ...
މުޙައްމަދު ވަސީމް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު މިއަދު މާލެ ގެނެސްފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު މިއަދު މާލެ ގެނެސްދީފައިވާ ކަމަށެވެ. ހާލުބޮޑުވެގެން މާލެ ގެނައީ ފިރިހެނެއް ކަމަށާއި އޭނާ މާލެ ގެނައީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. އެ މީހާ މާލެ ގެނެސްފައި ވަނީ މިއަދު 08:40 ހާއިރު ކަމަށް […]
މުޙައްމަދު އަފްރާޙް
ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ވޮލީ ބޯޅަ މުބާރާތުގައި ވާދަކުރާ، ހދ. ހަނިމާދޫ ކައުންސިލް ތަމްސީލްކުރާ ވޮލީ ޓީމަށް ގައުމީ ފެންވަރުގެ ކުޅުންތެރިއެއް ހޯދަން ޢިއުލާން ކޮށްފިއެވެ. ކުޅުންތެރިއަކު ހޯދަން ހަނިމާދޫ ކައުންސިލުން ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ، މި މުބާރާތުގައި އެ ކައުންސިލް ތަމްސީލް ކުރާ ޓީމަށް ކުޅުމަށް ޝައުގުވެރިވާ އަންހެން ކުޅުންތެރިން މި މަހުގެ 26 ވަނަ ދުވަހުގެ 13:00ގެ ކުރިން އެކަމަށް އެދި ސިޓީއަކުން ހުށަހެޅުމަށް ފުރުސަތު […]
ޔުމްނާ ޢަލީ
ސީޕްލޭންގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެންމެބޮޑަށް ބޭނުންވާ ދެރަށުގެ ތެރޭގައި ހދ. މަކުނުދޫ ހިމެނޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކޮށްފި އެވެ. އެ މިނިސްޓްރީން މިކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ހުށަހެޅި އަހަރީ ރިޕޯޓުގަ އެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ސީޕްލޭންގެ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ ރަށްތައް މިހާރު ކަނޑައަޅާފައިވާ ކަމަށާއި އެއީ ހދ. މަކުނުދޫ އާއި މ. މުލި ކަމަށެވެ. އެ މިނިސްޓްރީން ބުނީ ސީޕްލޭން ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ […]
މުޙައްމަދު އަފްރާޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މެޑަމް ފަޒްނާ އަޙްމަދު، އަވާހަރަވެފައިވާ އިނގިރޭސި ރާނީ އެލިޒަބަތު (2 ވަނަ) ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި ބައިވެރިވެވަޑައިގެންފިއެވެ. އިނގިރޭސި ރާނީ އަވަހާރަވީ، މިސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 96 އަހަރެވެ. ރަސްމީ އެންމެމަތީ ޢިއްޒަތުގައި، ރާނީ އެލިޒަބަތު (2 ވަނަ) ފަސްދާނުލާފައި ވަނީ، އިނގިރޭސި ވިލާތަށާއި، ކޮމަންވެލްތުގައި ހިމެނޭ ޤައުމުތަކަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކު...
ޔުމްނާ ޢަލީ
ހދ. ވައިކަރަދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުކަރީ އެންޑް ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. މި ކޯހަކީ ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޖުވޭސް ކުކަރީ ކުލާސް ގުޅިގެން ހަތް ދުވަހާއި ދިހަ ދުވަހާއި ދެމެދުގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ. މި ކޯހުގައި ޕާޓީތަކަށް ކާބޯތަކެތި ތައްޔާރު ކުރާނެ ގޮތާއި، ސިއްހީ ކާނާ ތައްޔާރުކުރާނެ ގޮތާއި، ގިނައިރު ކާބޯތަކެތި ހަލާކުނުވެ ބެހެއްޓޭނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވ...
އިބްރާހިމް ޚަލީލް
4 ރަށެއްގެ ސިއްޙީ މަރުކަޒުގެ ޖާގަ ބޮޑުކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން މިއަދު ހަވާލު ކޮށްފައިވަނީ ށ. ފީވަށް، ށ. ނަރުދޫ، ށ. ޅައިމަގު، އަދި އއ. މަތިވެރީގެ ސިއްޙީ މަރުކަޒުތަކުގެ މަސައްކަތެވެ. ނަރުދުއާއި ޅައިމަގުގެ މަސައްކަތް ކްލޭ ލިމިޓެޑް ލައިބިލިޓީ ޕާޓްނާޝިޕާ ހަވާލުކޮށްފައިވާއިރު ފީވަކުގެ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލު ކުރީ ޕާސްޓްލައިން ޕްރައިވެޓް ލިިމިޓެޑާއެވެ. އަދި މަތިވެރީގެ ސިއްޚީ މަރުކަޒުގެ މަސައްކަތް ހަވާލު ކުރީ ރައިޒާ ޕްރައިވެޓް ލިމިޓެޑާއެވެ. ހެލްތު މިނ...
އަޙްމަދު ވަހީދު
ސްޓެލްކޯއިން, އަރިއަތޮޅުގެ 14 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވެއްޖެއެވެ. މި މަސައްކަތާ ހަވާލުވުމަށް މިއަދު ސްޓެލްކޯގައި ވަނީ 14 ރަށުގެ ކައުންސިލްތަކާއެކު ފަހުމުނާމާތަކުގައި ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްވެރިންނާއި ރަށްތަކުގެ އިންޖީނުގެތަކުގެ މެނޭޖަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އާއި އއ އަދި އދ އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ރަށްރަށުގެ ކައުންސިލްގެ ރައީސުންގެ އިތުރުން އެލްޖީއޭގެ ސީއީއޯ އަފްޝ...
އަޙްމަދު ވަހީދު
ށ. ފޭދޫގައި ތުއްތު ކުއްޖަކު މަރާލިތާ ނުވަ އަހަރު ފަހުން އެ މައްސަލާގައި އެ ކުއްޖާގެ މާމަ އާއި ދޮންކާފަ 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ. 2013 ވަނަ އަހަރު 15 އަހަރުގެ އަންހެން ކުއްޖަކު ފޭދޫގައި ކުއްޖަކު ވިހެއުމުން އެ ތުއްތު ކުއްޖާ މަރާލުމަށްފަހު ގޭގެ ގިފިލީގައި ވަޅުލީ އެ ކުއްޖާގެ މާމަ އާއި ދޮންކާފަ ބައިވެރިވެގެންނެވެ. ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތަކަށްފަހު އެ ދެ މީހުން 10 އަހަރާއި ހަ މަހަށް ޖަލަށްލުމުގެ […]
ހުސައިން ހަބީބް
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، އިބްރާހިމް ވަހީދު (އިބުރޭ) އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އިބްރޭ މަގާމުން އިސްތިއުފާ ދެއްވީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބަކާހުރެ ކަމަށް އިބްރޭ ވަނީ ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ. އިބްރޭއަކީ އެމްޑީޕީއަށް ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ. ޚާއްޞަގޮތެއްގައި އިންތިޚާބުތަކުގައި އިބްރޭ އަކީ ވަރަށް އ...
އަލީ އާދިލް
މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން ދޭ “ގްރާންޓް” އަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. މިއީ މޯލްޑިވްސް މީޑިއާ ކައުންސިލުން ކަނޑައަޅާ ވަކި ދާއިރާތަކުން ޚަބަރާއި މައުލޫމާތާއި، ރިޕޯރޓްތައް ގެނައުން އިތުރުކުރުމަށްޓަކައި، ނޫސްވެރިންނަށް އެމްއެމްސީން ދޭ “ގްރާންޓް” ސްކީމެކެވެ. މިފަހަރު ނޫސްވެރިންނަށް ގްރާންޓް ދިނުމަށް ކަނޑައަޅާފައިވާ މައިގަނޑު ދާއިރާތަކަކީ މޫސުމާއި ތިމާވެށި، މިންތީގެ ހަމަހަމަކަން، ހެޔޮ ވެރިކަން އަދި ފައިނޭޝިއަލް ރިޕޯޓިންގ އާއި އިންވެސްޓިގޭޓިވް ޖާނަލިޒަމް އެވެ. ޖުމްލަ 3 ފުރ...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށް ނައިބު ރައީސް ފައިޞަލް ނަސީމް އާ މަޝްވަރާ ކުރައްވައިފި އެވެ. މި މަޝްވަރާ ކުރައްވާފައި ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސްވެރިން ވަނީ އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައް...
މުޙައްމަދު އަފްރާޙް
ދިވެހިރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ ނަމަކަށް ހއ. އުލިގަން ސުކޫލުގެ ޕްރިންސިޕަލް ސައުދުﷲ އިދްރީސް ހުށަހެޅުއްވި “އަޒުމް” ހަމަޖައްސާ އެކަން އިއުލާން ކޮށްފި އެވެ. މިކަން އިއުލާން ކުރީ ސްޕޭސްމިޝަނުގެ މަސައްކަތުގައި ހިއްސާވާ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެވެ. ސައުދުﷲ ހުށަހަޅުއްވާ ދެއްވި މި ނަމަށް އެޗްޑީސީން ޝުކުރު އަދާކޮށް ބުނީ މި ސްޕޭސް މިޝަންގައި ޅަ ކުދިންގެ ޚިޔާލުތައް ހަނދާ ހަމައަށް ގެންގޮސްދީ އެކުދިން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށެވެ. […]
މުޙައްމަދު އަފްރާޙް