ޓައިވާނުގެ އައްސޭރިފަށުގެ ކަނޑުއަޑިއަށް އައި ބާރުގަދަ ބިން ހެލުމަކާއި ގުޅިގެން މިއަދު ނެރުނު ސުނާމީގެ އިންޒާރުތައް އުވާލައިފި އެވެ. ސުނާމީގެ އިންޒާރު ނެރެފައިވަނީ ބިން ހެލުން އައި ޓައިވާނުގެ އިރުމަތީ އައްސޭރި ފަށް ހިމެނޭ ސަރަހައްދާއި ޖަޕާނުގެ ހުޅަނގުދެކުނުގެ ދެ ސަރަހައްދަށެވެ. ބިން ހެލުމާއި އެކު ޓައިވާނުގެ އެ ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް ފަހުން ވަނީ އެ އެލާޓު އުވާލާފަ އެވެ. ޖަޕާނުން ސުނާމީގެ އިންޒާރު ނެރުނީ މިޔަކޮޖިމާ އާއި ޔައެޔަމާ ރީޖަން އަށެވެ. […]
މުޙައްމަދު ވަސީމް
ޒަޚަމްތަކެއް ލިބުނު މަސްވެރިއަކަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑިއެފް) އިން އެހީތެރިވެއްޖެ އެވެ. އެމްއެންޑީއެފް އިން ބުނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޅ. އަތޮޅު އެތެރެވަރިން ޅ. ކުރެންދޫގެ އިރުން 5 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނުކުމެ އުޅުނު “އަރާކުރި” ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި މީހަކަށް ކަމަށެވެ. އަދި އެއީ 40 އަހަރުގެ މަސްވެރިއެއް ކަމަށެވެ. އެ އިދާރާ އިން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް […]
މުޙައްމަދު އަފްރާޙް
ށ. ފުނަދޫގައި ގާއިމް ކުރާ ފެރީ ޓާމިނަލުގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ފެރީ ނިޒާމުގެ ބޭނުމަށް ޒޯން 1 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގާއިމުކުރާ ފެރީ ޓާމިނެލެކެވެ. މި ފެރީ ޓާމިނަލްގައި ހިމެނޭ އިތުރު ޙިދުމަތް ތަކުގެ ތެރޭގައި، ޓަކް ފިހާރަ، ކޮމާޝަލް ސަރަޙައްދު، ޕޭރަންޓް ރޫމް، ލަގެޖް ބަހައްޓާ ތަން، ޔުނިވާސަލް ޓޮއިލެޓެއް ހިމެނެއެވެ. އާރުޓީއެލްގެ ދަށުން ހއ. އަދި ހދ. އަދި ށ. […]
އަޙްމަދު ވަހީދު
ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެލްތު މިނިސްޓްރީން ގައިޑްލައިންތަކެއް އިފްތިތާހު ކޮށްފި އެވެ. މި ގައިޑުލައިން ތައް އިފްތިތާހުކޮށްފައިވަނީ “ވޯލްޑް ޕޭޝަންޓް ސޭފްޓީ ދުވަސް” ފާހަގަކުރުމަށް މިއަދު ބޭއްވި ޖަލްސާގަ އެވެ. މިއަދު ބޭއްވިގެންދިޔަ ޖަލްސާއަކީ ރާއްޖޭގައި މިދުވަސް ފާހަގަ ކުރުމަށާއި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ތައްޔާރުކޮށްފައިވާ ނެޝަނަލް ސްޓޭންޑަޑް ފޯ ކްލިނިކަލް ލެބޯޓްރީސް، ނެޝަނަލް ގައިޑްލައިން އޮން އެންޓިނޭޓަލް އެންޑް ޕޯސްނޭޓަލް ކެއަރ އިން މޯލްޑިވްސް، ނެޝަނަލް އިންފެކްޝަނ...
މުޙައްމަދު އަފްރާޙް
ބަންގްލަދޭޝްގެ އަލަމްގިރިއާ އެކު އެއް ޖިންސުން ގުޅުން ހިންގި ފުލުސް މީހާ އަބްދުއްރަހުމާނު ރަފީއު އެކަމަށް ކޯޓުގައި އެއްބަސްވެއްޖެ އެވެ. އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ސޯޝަލް މީޑިއާގައި ވީޑިއޯ ލީކުވެފައިވާ އަބްދުއްރަހުމާންގެ މައްޗަށް ކުރި ދައުވާއަށް އޭނާ އެއްބަސްވީ ކްރިމިނަލް ކޯޓުގައި އޭނާގެ ޝަރީއަތް މިއަދު ފެށުމާ އެކު އެވެ. އޭނާގެ މައްޗަށް އަންނަ ބުރާސްފަތި ދުވަހު ހުކުމް އިއްވާނެ އެވެ. ގާނޫނުލް އުގޫބާތުގެ ދަށުން ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނެ […]
ހުސައިން ހަބީބް
އއ. މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 65 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ގްރޮއިން ޖެހުމުގެ މަސައްކަތުގެ 50 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރާނެއެވެ. އަދި 394 މީޓަރުގެ އެއްގަމުތޮށި ލުމާއި 40 މީޓަރުގެ ބޭރުތޮށި ލުމާއި 100 މީޓަރުގެ […]
އަޙްމަދު ވަހީދު
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިއްކާ ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިިފިއެވެ. “ދޮވެހިއްކާ ޕްރޮމޯ”ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި ހިމެނޭ ހިޓާޗީ ބްރޭންޑްގެ ކޮންމެ މެޝިނަކުންވެސް 10 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ. އަދި ޕާސިލް ބެރޭންޑްގެ ޑިޓާޖެންޓް ތިން ފުޅި ހިލޭ ލިބޭނެއެވެ. އެސްޓީއޯ އިން ބުނީ، މި ޕްރޮމޯޝަންގައި ހިޓާޗީ މެޝިނަށް ގަންނައިރު ކޮނ...
އަޙްމަދު ވަހީދު
ސިފައިންގެ ތަމްރީނުތަކެއް މާލެ އަތޮޅު ގިރިފުށި ކައިރީ ކުރިއަށް ގެންދަން ނިންމާފައިވާތީ އެކަމަށް ސަމާލުވުމަށް އަންގައިފި އެވެ. ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީން ބުނީ މި ތަމްރީންތައް ކުރިޔަށް ގެންދަނީ މި ސެޕްޓެމްބަރ މަހުގެ 20 އިން 22 އަށް ކަމަށެވެ. އަދި އެ މުއްދަތުގައި ކޮންމެ ރެއެއްގެ 6:30 ން 10:30 އަށް ތަމްރީނުތައް ކުރިއަށްދާނެ ކަމަށެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 1300 މީޓަރު ކަމަށާއި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ […]
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ މެމްބަރުންތަކެއް އެ ޕާޓީ ދޫކޮށް އެހެން ޕާޓީތަކަށް ދާތީ އެހެން ނުހެދުމަށް އެދިއްޖެ އެވެ. އެމްއާރްއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެހެން ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކުގައި ބައިވެރިވުމަށް އެ ޕާޓީގެ ބައެއް މެމްބަރުން ކެނޑުމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމަކީ އެ ޕާޓީން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ. އެ ޕާޓީން ބުނީ އިތުރު މެންބަރުން އެ ޕާޓީއަށް ގުޅުމަށް އަބަދު ވެސް މަރުހަބާ […]
މުޙައްމަދު އަފްރާޙް
ގދ. ގައްދޫ ގައި ޓާރޯ ލީފް ބްލައިޓަށް ރެސިޓެންޓް އަލައިގެ މުޑުވައް ކުރަން ފަށައިފިއެވެ. އެރަށުގެ ދަނޑުވެރިންނާއި އެކު އެ މަސައްކަތް ފައްޓަވައި ދެއްވާފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން އެވެ. މިކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓަރ ތިލަދުން އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ، އަލަ ހައްދާ ރަށްރަށުގެ އަލަ ދަނޑުތަކަށް ޓާރޯ ލީފް ބްލައިޓް ނަމަކަށް ކިޔާ ބައްޔެއް ޖެހެމުން އަންނާތީ އެކަމުގެ ޝަކުވާ […]
މުޙައްމަދު އަފްރާޙް
ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެރަށުގައި ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާލައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. މި ފަހާކޯހަކީ ށ. އަތޮޅު ކައުންސިލްގެ މާލީ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ކޯހެއް ކަމަށް ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވިދާޅުވެއެވެ. ނިމުނު އޯގަސްޓް މަހު 5 އިން މި ހިނގާ ސެޕްޓެމްނަރު މަހުގެ 4 އަށް ކުރިއަށް ގެންދިޔަ މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު […]
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ވުލްވްސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. ވުލްވްސްގެ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ މިނެޓުގައި ސިޓީން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ފުރަތަމަ މިނެޓުގެ ތެރޭގައި ސިޓީގެ ޕްލޭމޭކަރ ކެވިން ޑިބްރޭނާ ވުލްވްސްގެ އޭރިއާތެރެއަށް ހުރަސްކޮށްދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޖެކް ގްރީލިޝްއެވެ. […]
އިބްރާހިމް ޚަލީލް
އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތައް އުނގަންނަވައި ދެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނަސީމް (ބީއޭ ނަސީމް) އަވަހާރަ ވެއްޖެ އެވެ. އެންމެ ފުރަތަމަ އިނގިރޭސި ބަހުން ބީއޭ ފާސް ހޯއްދެއްވި ދިވެހިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާދަމް ނަސީމް އަވަހާރަވީ މިއަދު ހެނދުނު އެވެ. މަދީނާ ޔުނިވާސިޓީ ތައުލީމު ހާސިލުކުރެއްވި ނަސީމް އަވަހާރަވީ އައިޖީއެމްއެޗުގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ. ސައިޚްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދ...
ޔުމްނާ ޢަލީ
ވަރަށް ގިނައިން ޚަބަރުތަކުން، މީސް މީޑިއާގެ މަންސަތަކުން ފެންނަ، އިވޭ ވާހަކައެކެވެ. ކޮންމެވެސް ސުކޫލެއް ޑިޖިޓަލްކުރުމަށް ކުލާސްރޫމުގައި ހަރުކުރަން ޓީވީ ހަދިޔާކުރެވުނު ވާހަކައެވެ. ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމްޢިއްޔާ އިންނެވެ. ނުވަތަ ކޮންމެވެސް ހެޔޮ އެދޭ ފަރާތަކުންނެވެ. ސުވާލަކީ، ކުލާސްރޫމްގައި ޓީވީ ހަރުކޮށްލުމުން އެއީ ސުކޫލު ޑިޖިޓަލްކުރެވުނީ ބާވައެވެ؟ މިހެން މި ދެންނެވީ، ޑިޖިޓަލްކުރުމަށް އެ ސުކޫލުން ދެން އިތުރަށް ކުރި އެހެން ކަމެއްގެ ވާހަކަ އަޑު ނީވޭތީއެވެ. ބަހައްޓާ ޓީވީން ދޭތެރެއަކުން މުދ...
ތިލަދުން
ދައުލަތުގެ މާލިއްޔަތަށް ލުއި ހޯދައިދީ، ރައްޔިތުންގެ ފައިސާ ޚަރަދުވާ މިންވަރު ކުޑަކުރުމުގެ ގޮތުން ށ. އަތޮޅު ކައުންސިލުން ކުރަންޖެހޭ ރަސްމީ ދަތުރުތައް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ މެދުވެރިކޮށް ކުރަން ނިންމައިފިއެވެ. ށ. އަތޮޅު ކައުންސިލްގެ ރަސްމީ ދަތުރުތައް އާރުޓީއެލް ފެރީ މެދުވެރިކޮށް ކުރަން ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އޮތް އެކައުންސިލްގެ ޖަލްސާގައި މެންބަރުންގެ އިއްތިފާގުންނެވެ. ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ”ތިލަދުން” އަށް ވިދާޅުވީ، ށ. އަ...
ތިލަދުން
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ “އީޓް އެން އެޕަލް ޑޭ” ނުވަތަ އާފަލު ކާ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ހިލޭ އާފަލު ބެހުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި ދުވަސް ފާހަގަ ކުރަނީ ކޮންމެ ސެޕްޓެމްބަރު މަހެއްގެ ތިން ވަނަ ހޮނިހިރު ދުވަހު އެވެ. މި އަހަރު މި ދުވަސް ދިމާވެފައިވަނީ މިއަދާއެވެ. އެސްޓީއޯއިން މި ދުވަސް ފާހަގަކުރުމަށް ހަރަކާތް ކުރިއަށް ގެންދިޔައީ މިއަދު ހަވީރު އެސްޓީއޯ ޕާކުގައެޗެ. ހަވީރު 4:00 […]
އަޙްމަދު ވަހީދު
އިސްލާމީ ޢަޤީދާއަކީ ސާފުސީދާ ޢަޤީދާއެކެވެ. މާތް ނަބިއްޔާ ﷺ ގެ ޒަމާނާއި، އެއަށް ފަހު އެކަލޭގެފާނު އަވަހާރަވުމަށް ފަހު ޞަޙާބީންގެ ޒަމާނުގައި ވެސް މި ކަން އޮތީ މި ގޮތަށެވެ. އީމާންކަމުގެ ރުކުންތަކުގައި ހިމެނޭ 6 ކަންތަކަކީ އެ ބޭކަލުންގެ ހިތުގައި ބިންވަޅު ނެގިފައިވާ ކަންކަމެވެ. އެ ކަންކަމާ އެ ބޭކަލުން ޖަދަލުކުރައްވާ ނުއުޅުއްވައެވެ. އެއީ އެ ކަންކަމުގެ ސާފު ކަމުންނެވެ. އެހެނީ، އެއީ ފިޠުރަތުގެ ޢަޤީދާއެވެ. އެއީ ބަލައިލި ކޮންމެ ދިމާލަކުން ވެސް އެ ކަންކަމަށް […]
ޝެއިޚް ޝަފީއު އަބްދުﷲ
އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ހދ. ހަނިމާދުއަށް ތައާރަފްކޮށްފިއެވެ. އުރީދޫ އިން ބުނީ ހަނިމާދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މިޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބަ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެ ކަމަށެވެ. މީގެ އިތުރުން، އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، އަންނަ މަސް ނިމުމުގެ ކުރިން މިޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ […]
އަޙްމަދު ވަހީދު