ރާއްޖޭގައި މި ފަހަކަށް އައިސް މަދަހަ ކިޔާ ޒުވާނުން އަންނަނީ އިތުރުވަމުން ނެވެ. އެކުދިން ކިޔާފައި ހުންނަ މަދަހަތަކަށް އާންމުންގެ ތައުރީފު ވެސް އޮހެއެވެ. މީގެކުރިން ތަފާތު އެކި ފަންނާނުން ކިޔާފައިވާ މަދަހަތަކާއި އަލަށް އުފައްދާފައިހުންނަ މަދަހަތައް ޒުވާން “ނޫކަށި” ފުރައިގެ ކުދިންގެ އަޑުން ކިޔާލުމުން ނުހަނު ހިތްގައިމެވެ. އެގޮތުން “ސައުންޑް ކްލައުޑް” އަށް އަޕްލޯޑު ކޮށްފައިވާ “ގުރުބާނީ” މަދަހައަށް އަންނަނީ ގިނަބައެއްގެ ސަމާލުކަން ލިބެމުން ނެވެ. މިއީ ރައުލާ އަބްދުއްސަލާމް ކިޔާފައިވާ މަދަހަ އެކެވެ. މި...
މުޙައްމަދު އަފްރާޙް
ސާނަވީ މަރުހަލާގެ ކޮމްޕިއުޓާ ސައިންސް މާއްދާ ކިޔަވާ ދަރިވަރުންނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް، ސްމާޓްކޮމްއިން ސްޓަޑީ ޓުއާއެއް ބާއްވައިފިއެވެ. މިއީ ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމުގެ ގޮތުން އެކަމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފެށިތާ އެއް އަހަރު ފުރުން ފާހަގަކުރުމަަށް ބާއްވާ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. އެގޮތުން ހުޅުމާލޭގައި ސާނަވީ ފެންވަރަށް ކިޔަވައިދޭ ހަތަރު ސްކޫލު ކަމަށްވާ ރެހެންދި ސްކޫލާއި ހުރަވީ ސްކޫލާއ...
އަޙްމަދު ވަހީދު
ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރަޓަރީގެ މަގާމުގައި ހުންނެވި ހއ ދިއްދޫ ކައުންސިލްގެ ކުރީގެ ރައީސް އަލީ ހާޝިމް ދީދީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ރައްދު ދެއްވައިފި އެވެ. ހާޝިމް ރައްދު ދެއްވާފައިވަނީ، ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ، އިތުރު ދައުރެއް ލިބި...
އަލީ އާދިލް
މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ ރ. މީދޫ ޒުވާނެއް ކަމަށްވާ މުހައްމަދު އަނަސް މަރާލި މައްސަލާގައި ހިމެނޭ ކުޑަކުއްޖާ މަރުގެ އަދަބުން ސަލާމަތްވެ، 18 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޖުލައި، 2017 ގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ އަނަސް މަރާލި މައްސަލާގައި ހިމެނެނީ އެ ހާދިސާ ހިނގިއިރު 17 އަހަރުގެ ކުއްޖަކަށެވެ. އޭނާއަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް، ގާނޫނު އޮންނަ […]
ހުސައިން ހަބީބް
އެއް ޖިންސުން ގުޅުން ހިންގި ފިރިހެނަކަށް، އަފްގާނިސްތާނު ސަރުކާރުން މަރުގެ އަދަބު ދީފި އެވެ. އެއްޖިންސުން ގުޅުން ހިންގާ އެކަން ޕްރޮމޯޓްކޮށް ހިއްވަރުދީގެން، ހައްޔަރުކޮށް މަރާލާފައިވަނީ އުމުރުން 22 އަހަރުގެ ހާމިދު ސަބޯރީ ކިޔާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޓްރެފިކް ޗެކްޕޮއިންޓަކުން ނެވެ. މިފަހަކަށް އައިސް އެއްޖިންސުން ގުޅުން ހިންގާ މީހުން ހޯދަން ތޯލިބާނުންވަނީ ބޮޑު އޮޕަރޭޝަނެއް ހިންގާފައެވެ. އެއްޖިންސުން ގުޅުން ހިންގާ ފަރާތްތައް ހޯދަން ސައްކު ކުރެވޭ ގޭގެއާއި ތަންތަން ބަލާ ފާސްކޮށްފައިވާކަމަށް...
އަލީ އާދިލް
ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް 10000 ރުފިޔާގެ ވެރިފަރާތެއް ހޯދަން ފުލުހުންގެ ޚިދުމަތުން އިއުލާން ކޮށްފި އެވެ. ފުލުހުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެފައިސާ ތަކަކީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ 12:04 އެހައިކަންހާއިރު ބޮޑުތަކުރުފާނު މަގު، 1 ނަމްބަރު ފާލަން ހިމެނޭ ސަރަހައްދުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާ ކަމަށެވެ. އެފައިސާ ހުރީ ހުދުކުލައިގެ ސިޓީއުރައެއްގައި ކަމަށް ފުލުހުން ވިދާޅުވި އެވެ. މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށް މިހާތަނަށް ފު...
މުޙައްމަދު އަފްރާޙް
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަށް ގޯނާކޮށް، ޖެއްސުންކޮށް ފުރައްސާރަ އާއި މަލާމަތް ކުރަށްވާނެ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް މިހާރު ބޮޑު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ހަވީރު ވަނީ ހއ. ދިއްދޫ އަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގެ ތެރެއިން މިރޭ ވަނީ ދިއްދޫ ގައި ޖަލްސާއެއް ބާއްވާފަ އެވެ. ”ދިއްދޫ ވެސް ޕީޕީއެމް” ނަމުގައި ކުރިއަށް […]
އަލީ އާދިލް
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތް ދޭނެ ޑައިވް އިންސްޓްރަކްޓަރުން ތަމްރީނުކުރަން ޕްރޮގްރާމެއް ފަށައިފި އެވެ. ޔޫއެސްއޭ އަދި އެޓޯލްސް ވޯލްޑާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ “ޕޮސައިޑަން ހޭންޑީކެޕް ސްކޫބާ އެޑްވެންޗަރސް” މި ޕްރޮގްރާމް އިފްތިތާހު ކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. އެ ރަސްމިއްޔާތުގައި ޑރ. މައުސޫމް ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޗުއްޓީ ދަތުރުތަކުގެ ތަޖުރިބާ މުއްސަނދި ކުރުމަށް ސަލާމަތްތެރި އަދި ދަތުރު ކުރަން ފަސޭހަ ފިޔަވަޅުތަކ...
މުޙައްމަދު އަފްރާޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އޮމާނަށް ވަޑައިގެންފި އެވެ. އެޤައުމުގެ ވެރިރަށް މަސްކަޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އޮމާންގެ ޗީފް އޮފް ޕްރޮޓޮކޯލް ޚާލިދު އަލް ޖަރަޑީ އެވެ. މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އޮމާންގެ ފޮރިން މިނިސްޓަރ، ސައްޔިދު ބަދުރު އަލްބުސައިދީއާއި ބައްދަލުކުރައްވާ، ދެޤައުމުގެ ދެމެދުގައި ދޭދޭ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ގުޅުން ހުރި ދާއިރާތަކާއ...
މުޙައްމަދު އަފްރާޙް
ވެރިކަން ލިބިއްޖެނަމަ ފަސް އަހަރުގެ ދައުރު ނިންމާނީ ހއ. ދިއްދޫ ފަޅު ހިއްކައި އެއަރޕޯޓެއް އަޅައިދީފައި ކަމަށް ކުރީގެ ރައީސް، އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ރައީސް ޔާމީން ވިދާޅުވީ 2023 ވަނަ […]
މުޙައްމަދު އަފްރާޙް
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން ނެރުނު ހުދު ސަމާލަކީ މިއަދު މެންދުރު 12:30 އާ ހަމައަށް ނެރެފައިވާ ސަމާލެކެވެ. އެ ސަމާލުގައި ވިދާޅުވެފައިވަނީ އެ ސަރަހައްދަށް މިއަދު ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް […]
މުޙައްމަދު އަފްރާޙް
ނިމިގެން ދިޔަ 2021/2022 ގެ ފުޓްބޯޅަ ސީޒަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ‘ފްރާންސް ފުޓްބޯލް؛ މަޖައްލާ އިން ދޭ ބެލޮންޑިއޯ އެވޯޑް ރެއާލް މެޑްރިޑުގެ ކެޕްޓަން ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ ހޯދައިފި އެވެ. މި އެވޯޑް 1998 ވަނަ އަހަރު ފްރާންސްގެ ޒައިނުއްދީން ޒިދާން ހޯދި ފަހުން، އެވޯޑް ކާމިޔާބުކުރި ފްރާންސްގެ އަދި މުސްލިމު ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދި ބެންޒެމާ އަށް ޓްރޮފީ ހަވާލުކޮށްދިނީ ވެސް، ޕެރިހުގައި އޮތް ހަފުލާގައި ޒިދާނެވެ. […]
އަލީ ރިޔާޟް
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ބަނޑުން ވިހޭ ”ނަހަލާލު އެއްޗެއް” ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅު ވެއްޖެއެވެ. ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް މިހާރު ބޮޑު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ހއ. ދިއްދޫ އަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގެ ތެރެއިން މިރޭ ވަނީ ދިއްދޫ ގައި ޖަލްސާއެއް ބާއްވާފަ އެވެ. ”ދިއްދޫ ވެސް ޕީޕީއެމް” ނަމުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ […]
އަލީ އާދިލް
ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ފުނަދޫއިން ހޯދައިފިއެވެ. މިއަދު ހަވީރު ފޭދޫ ފުޓްސަލް ދަނޑުގައި ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފުނަދޫއާއި ކަނޑިތީމެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 1-1 ގެ ނަތީޖާއިން އެއްވަރުވެފައި އޮތުމުން، […]
އިބްރާހިމް ޚަލީލް
ޓެލެގްރާމް ޗެނެލެއްގައި ލޯބި ޖައްސާށާއި ވަރިކުރުވުމަށް ސިހުރު ހަދައިދޭކަމަށް އިސްތިހާރުކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ. އެ މައްސަލައާއި ގުޅިގެން ރުގްޔާކުރާ މީހުންގެ ޖަމިއްޔާ، “ދި އިސްލާމިކް އެކްސޮސިޒަމް” އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޓެލެގްރާމް ޗެނެލްގައި ހުރި މަޢުލޫމާތުތަކަށް ބަލާއިރު، މި ޗެނެލް ހިންގާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ފާޅުގައި ލޯބި ޖައްސާ ސިހުރާއި، ވަރިކޮށް ދުރުކުރުވާ ސިހުރު ހެދުން އިސްތިހާރު ކުރަމުން އަންނަ ކަމަށެވެ. އެ ޖަމިއްޔާއިން ބުނިގޮތުގައި އެ ޓެލެގްރާމް ޗެނަލ...
މުޙައްމަދު އަފްރާޙް
ސަރުކާރުން ނަގާފައިވާ ދަރަނިތައް އަދާކުރުމުގައި އެއްވެސް ދަތި ކަމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަނެއްކާވެސް ވިދާޅުވެއްޖެއެވެ. އަމީރު މިފަދައިން ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ ހާލަތާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންމެވެ. އަމީރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހިނގަނީ އަންދާޒާ ކުރި ވަރަށް ވުރެ ރަނގަޅަށް ކަމަށެވެ. އަމީރު ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު 37 އިންސައްތަ އިތުރުވާނެ ކަމަށް ލ...
އަޙްމަދު ވަހީދު
އަންނަ އަހަރުގެ މެދުތެރޭގައި ކާށިދޫގެ ފެނުގެ މަޝްރޫޢުގެ މަސައްކަތް ނިމުމުން، މަގު ހެދުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ކާށިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. ކާށިދޫގެ ބިންހިއްކުމަކީ ކާށިދޫގެ ރައްޔިތުން ވެސް ބޭނުންވެފައިވާ ކަމެއް ކަމުގައިވާތީ، ކާށިދޫގެ އައު ބަނދަރު ހެދުމުގެ މަސައްކަތާއި އެކު ބިން ހިއްކުމުގެ މަސައްކަތް ފެށ...
މުޙައްމަދު އަފްރާޙް
ހދ. ނޮޅިވަރަންފަރުގެ ކަނބަލުންނަށް ހާއްސަކޮށްގެން އެރަށުގައި ޕޭސްޓްރީ ކޯހެއް ހިންގުމަށް އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ނިންމައިފިއެވެ. މި ކޯސް ހިންގުމަށް ނިންމާފައި ވަނީ، ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، “އަމްސް ކޭކްސް” އާ ގުޅިގެންނެވެ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވިދާޅުވިގޮތުގައި، މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ މަދުވެގެން 20 ބައިވެރިން ހަމަވުމުންނެވެ. މި ކޯހުގެ ފީއަކީ ކޮންމެ ބައިވެރިއަކަށް 150...
މުޙައްމަދު އަފްރާޙް