މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,462 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1239 ވަނަ ޞަފްޙާ

ޑްރީމްލިފްޓާގެ ބޮޑު ބޯޓެއް ނައްޓާލި ފަހުން ފުރޮޅު ވެއްޓިއްޖެ

ޑްރީމްލިފްޓާގެ ބޮޑު ބޯޓެއް ނައްޓާލި ފަހުން ފުރޮޅު ވެއްޓިއްޖެ

ބްރެޒިލްގެ ޓޮރާންޓޯގެ އެއާޕޯޓަކުން ނައްޓާލިތާ މާގިނަ އިރު ނުވަނީސް ޑްރީމްލިފްޓާގެ ބޮޑު ބޯޓެއްގެ ފުރޮޅު ވެއްޓިއްޖެ އެވެ. މީސްމީޑިޔާގައި މި ވީޑިއޯ މިހާރު ދައުރުވަމުންދާއިރު މިހާދިސާ ހިނގާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. ކުރީ ބްރެޒިލްގެ އޭވިއޭޝަން ބްލޮގްގައި ބުނެފައިވާ ގޮތުގައި އެ ފުރޮޅުގެ ބަރުދަނުގައި 100 ކިލޯ ހުންނާނެ އެވެ. އާންމުވެފައިވާ ވިޑިއޯ އިން ފެންނަ ގޮތުގައި، މަތިންދާބޯޓު ނައްޓާލި ވަގުތު ރަންވޭން މައްޗަށް އަރަނިކޮށް ފުރޮޅު ނެއްޓިގެން ވެއްޓޭތަން ފެނެއެވެ. ބިންމައްޗަށް ވެއްޓުމުގެ […]

މުޙައްމަދު ވަސީމް
އެސްއެމްއީ ހަބުން ކިއޯސްކަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

އެސްއެމްއީ ހަބުން ކިއޯސްކަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ)ން ތަރައްގީކުރާ އެސްއެމްއީ ހަބުން ކުދި ވިޔަފާރިތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޯސްކުތަކަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު ބީސީސީން ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުޅުވާލި މި ފުރުސަތުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ މިއަދާ ހަމައަށެވެ. ނަމަވެސް މިހާރު އެ މުއްދަތު ވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ. ބީސީސީގެ އެސްއެމްއީ ހަބަކީ މި އަހަރުގެ ތެރޭ...

އަޙްމަދު ވަހީދު
ހޯރަފުށި ހިމެނޭހެން ތިން ރަށެއްގެ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ

ހޯރަފުށި ހިމެނޭހެން ތިން ރަށެއްގެ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ. ހޯރަފުށި ހިމެނޭހެން ތިން ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ. ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ފޮނުވާފައިވަނީ ހއ. ހޯރަފުއްޓާއި، ބ.ތުޅާދުއާއި ރ.މީދޫގައެވެ. މި ތިން ރަށުގައި ހޮސްޕިޓަލު ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ މިއަހަރުގެ ބަޖެޓުގައި ހިމަނައިފައެވެ. މިސަރުކާރުން ވަނީ 12 ރަށެއްގައި ޒަމާނީ ހޮސްޕިޓަލްތަކެއް އެޅުމަށް ނިންމާ އެރަށްތައް އިއުލާންކޮށްފައެވެ. މީގެތެ...

އަޙްމަދު ވަހީދު
ޓޫރިޒަމް ދާއިރާއިން ރާއްޖެއަށް އަނެއްކާ ވެސް ގިނަ އެވޯޑުތަކެއް

ޓޫރިޒަމް ދާއިރާއިން ރާއްޖެއަށް އަނެއްކާ ވެސް ގިނަ އެވޯޑުތަކެއް

ޓޫރިޒަމް ދާއިރާއިން ރާއްޖެއަށް އަނެއްކާ ވެސް ގިނަ އެވޯޑުތަކެއް ލިބިއްޖެ އެވެ. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވިދާޅުވީ މި އެވޯޑުތައް ރާއްޖެއަށް ހާސިލުކުރެވިފައިވަނީ ކެންޔާގެ ކެންޔާޓާ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރު (ކޭއައިސީސީ) ގައި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެފްރިކާ އަދި އިންޑިއަން އޯޝަން ގާލާ ރަސްމިއްޔާތުގައި ކަމަށެވެ. އެގޮތުން އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަން 2022 ޓައިޓަލްއާއި އިންޑިއަން އ...

މުޙައްމަދު އަފްރާޙް
ރައީސް މިރޭ ގައުމާ މުހާތަބު ކުރައްވަނީ

ރައީސް މިރޭ ގައުމާ މުހާތަބު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިރޭ ޤައުމާއި މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެ އެވެ. އެ އޮފީހުން ވިދާޅުވީ ރައީސް ސާލިހު ޤައުމާއި މުހާތަބްކުރައްވާނީ މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް މިރޭ 8:30 ދަރުބާރުގޭގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ކަމަށެވެ. މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް ލިބިވަޑައިގަންނަވާއިރު، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅުންނާއި 3 ފަރާތަކަށް ދެއްވުމަށް ވަނީ ނިންމަވާފަ އެވެ. މި...

މުޙައްމަދު އަފްރާޙް
ހިޔާގައި ޓިއުޝަން ސެންޓަރެއް ހުޅުވައިފި

ހިޔާގައި ޓިއުޝަން ސެންޓަރެއް ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގައި ޓިއުޝަން ސެންޓަރެއް ހުޅުވައިފިއެވެ. މި ސެންޓަރު ހުޅުވާފައިވަނީ ހިޔާގެ ދެވަނަ ޓަވަރުގެ ތިރީގައެވެ. މި ޓިއުޝަން ސެންޓަރު ހުޅުވާފައިވަނީ މީޒާ އިންސްޓިޓިއުޓް އިންނެވެ. މި ޓިއުޝަން ސެންޓަރުން ގްރޭޑް އެކަކުން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދެއެވެ. ހިޔާގައި މީހުން ދިރިއުޅެން ފެށި އިރު އެތަނުގައި ޙިދުމަތް ދޭ ތަންތަން ނެތުމުން އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ދަތިތަކާ ދިމާވިއެވެ. ނަމަވެސް އެޗްޑީސީން އަންނީ އެ ތަނުގައި އާއްމ...

އަޙްމަދު ވަހީދު
ސަމާލުވޭ! އާސަންދަ ކުންފުނީގެ ނަމުގައި ފޭކް މެސެޖުތަކެއް ދަނީ ދައުރުވަމުން

ސަމާލުވޭ! އާސަންދަ ކުންފުނީގެ ނަމުގައި ފޭކް މެސެޖުތަކެއް ދަނީ ދައުރުވަމުން

އާސަންދަ ކުންފުނީގެ ނަމުގައި ފޭކް މެސެޖުތަކެއް ދައުރުވާން ފަށާފައިވާ ކަމަށާއި އެކަމަށް ސަމާލުވުމަށް ކަސްޓަމަރުންގެ ކިބައިން އެ ކުންފުނިން އެދިވަޑައިގެންފި އެވެ. އެ ކުންފުނިން ވިދާޅުވީ އާސަންދަ ކުންފުނީގެ ނަމުގައި މަކަރާއި ހީލަތުން ފޭރެމުންދާ މީހުން އެކި ނަންބަރުތަކަށް މެސެޖު ފޮނުވަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކުންފުނީގެ ނަމުގައި އޮޅުވާލައިގެން ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރަމުން ދާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ޝައްކުވާފަދަ ނުވަތަ އޮޅުންއަރާފަދަ ކަމެއް ދިމާވެއްޖެނަމ...

މުޙައްމަދު އަފްރާޙް
އޮޑިޓް އޮފީހަށް ފާސްކޮށްދިނީ 93.4 މިލިއަން ރުފިޔާގެ ބަޖެޓެއް

އޮޑިޓް އޮފީހަށް ފާސްކޮށްދިނީ 93.4 މިލިއަން ރުފިޔާގެ ބަޖެޓެއް

އޮޑިޓް އޮފީހުގެ އަންނައަހަރުގެ ބަޖެޓަކީ 93.4 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން އެ ބަޖެޓު ފާސްކުރައްވައިފި އެވެ. އަންނަ އަހަރަށް ލަފާކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި 95 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކުރިއަށް އޮތް އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓަށްވުރެން ކުރިން އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓު، މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭއިރު، ކޮމިޓީން ފާސް ކުރުމަށްފަހު އެ ބަޖެޓް...

މުޙައްމަދު އަފްރާޙް
ބ. ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި

ބ. ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި

ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު ސަސްޕެންޑް ކޮށްފި އެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްއީ) އިން މިއަދު ވިދާޅުވީ ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު އައްޔަނުކުރެވިފައިވާ ކޯޓަށް ޤަވާއިދުން ނުކުތުމުގެ ބަދަލުގައި ނުކުންނަމުން ގޮސްފައި ވަނީ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރުއާ ހަވާލުކުރެވިފައިވާ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށްކަން ކަމާބެހޭ ލިޔެކިއުމުންނާއި އިސްމެޖިސްޓްރޭޓްގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ. ޖޭއެސްސީން ވިދާ...

މުޙައްމަދު އަފްރާޙް
ރެއާލް މޮޅުވިއިރު، އެތުލެޓިކޯ އަމިއްލަ ދަނޑުގައި އެއްވަރުވެއްޖެ

ރެއާލް މޮޅުވިއިރު، އެތުލެޓިކޯ އަމިއްލަ ދަނޑުގައި އެއްވަރުވެއްޖެ

ލަލީގާގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ރަށުން ބޭރުގައި ރެއާލް މެޑްރިޑް މޮޅުވިއިރު އަމިއްލަ ދަނޑުގައި ކުޅުނުޗުން އެތުލެޓިކޯ މެޑްރިޑް އެއްވަރު ވެއްޖެއެވެ. އެލްޗޭ އާއި ވާދަކޮށް ރެއާލް މެޗު ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަގޯލު މެޗުގެ 11 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވަލްވަޑޭ އެވެ. މި ހަފްތާގައި ބޮލެންޑިއޯ އެވޯރޑް ހޯދި ކަރިމްބެންޒެމާގެ ގޯލުން ރެއާލްއިން ލީޑު ފުޅާކުރިީ މެޗުގެ 75 ވަނަ މިނެޓުގައެވެ. ބެންޒެމާ މި ގޯލުޖެހީ ރޮޑްރިގޯގެ […]

އަލީ ރިޔާޟް
މާފަރަށް ޖެއްސި ޕްރައިވެޓް ޖެޓުގެ އަދަދު އިތުރުވެއްޖެ

މާފަރަށް ޖެއްސި ޕްރައިވެޓް ޖެޓުގެ އަދަދު އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަަ ތިން ކުއާޓަރުގައި ނ. އަތޮޅުގައި އޮންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ޕްރައިވެޓް ޖެޓްގެ އަދަދު އިތުރުވެއްޖެއެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި މާފަރު އެއާޕޯޓަށް 298 ޕްރައިވެޓް ޖެޓު ޖެއްސިއެވެ. އެއީ 596 ފްލައިޓް މޫވްމަންޓެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރެކޯޑް ކޮށްފައިވަނީ 595 މޫވްމަންޓެވެ. މާފަރަށް އެންމެ ގިނައިން ދަތުރު ކޮށްފައިވަނީ ރަޝިއާގެ ފަތުރުވެެރިންނެވެ. އެގޮތުން އެ ގައުމުން މިއަހަރުގެ މިހާތަނަށް 410 ފަތުރުވެެރިން...

އަޙްމަދު ވަހީދު
ޔުނައިޓެޑް، ލިވަޕޫލް މޮޅުވިއިރު ޗެލްސީ މެޗަށް ހަމަހަމަ ނިމުމެއް

ޔުނައިޓެޑް، ލިވަޕޫލް މޮޅުވިއިރު ޗެލްސީ މެޗަށް ހަމަހަމަ ނިމުމެއް

ޕްރިމިއާ ލީގުގައި ބުދަދުވަހުގެރޭ ކުޅުނު މެޗުތަކުން ޔުނައިޓެޑް، ލިވަޕޫލް މޮޅުވެ ޗެލްސީ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. އަމިއްލަ ދަނޑުގައި ޓޮޓެންހަމްއާއި ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހި އެވެ. ދެވަނަ ހާފު ފަށައިގެން 47 ވަނަ މިނެޓުގައި ސަންޗޯގެ އެހީތެރިކަމާއެކު ފުރެޑް ވަނީ ޔުނައިޓެޑަށް މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދީފައެވެ. މޮޅަށް ކުޅެމުންދިޔަ ޔުނައިޓެޑަށް ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ މެޗުގައި ކެޕްޓަން […]

އަލީ ރިޔާޟް
ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ނައިވާދޫ ބަލިކޮށް ނޮޅިވަރަންފަރު ސްޕޯޓްސް ފައިނަލަށް 

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ނައިވާދޫ ބަލިކޮށް ނޮޅިވަރަންފަރު ސްޕޯޓްސް ފައިނަލަށް 

ހދ. އަތޮޅު ވޮލީބޯޅަ މުބާރާތް 2022 ގެ ފިރިހެން ޑިވިޜަންގެ ފުރަތަމަ ސެމީ ފައިނަލް ކާމިޔާބު ކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ނޮޅިވަރަންފަރު ސްޕޯރޓްސް ކުލަބުން ކަށަވަރު ކޮށްފިއެވެ. ރޭ ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅުނު މެޗު ނައިވާދޫ އާއި ބައްދަލުކޮށް ފަރުން މެޗު ކާމިޔާބުކުރީ ސީދާ 3 ސެޓުން ނެވެ. ބުދަ ދުވަހުގެރޭ ކުޅުނު ފޯރިގަދަ ސެމީގެ ސެޓުތަށް ފަރުން ގެންދިޔައީ ފުރަތަމަ ސެޓު 25-21 ދެވަނަ ސެޓު 25-20 އަދި ތިންވަނަ ސެޓު 25-21 […]

އަލީ ރިޔާޟް
އުތުރާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާކުރާނެ: މެޓް

އުތުރާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާކުރާނެ: މެޓް

ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެ އެވެ. އެ އިދާރާއިން މިހެން ވިދާޅުވީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގ ގަ އެވެ. އެ ބްލެޓިންގ ގައި ވިދާޅުވެފައިވަނީ އެ ސަރަހައްދުގެ ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް […]

މުޙައްމަދު އަފްރާޙް
ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: އިކުއެޑޯ

ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: އިކުއެޑޯ

އިކުއެޑޯ އަކީ ބައިނަލްއަގުވާމީ ފުޓުބޯޅައިގެ މާބޮޑު ތާރީހެއް އޮތް ގައުމެއް ނޫނެވެ. 1925 ވަނަ އަހަރު އެކުއެޑޯ ފުޓްބޯޅަ ފެޑެޜޭޝަން އުފެދުނު ފަހުން އެ ޓީމުން ވޯލްޑް ކަޕަށް ކޮލިފައިވީ ވެސް އެންމެ ތިން ފަހަރުއެވެ. މިފަހަރުފެ ވޯލްޑް ކަޕަކީ އެގައުމުގެ ހަތަރުވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން 2002 އަދި 2006 ވަނަ އަހަރު ވޯލްޑްކަޕްކުޅެފައިވާ އިކުއެޑޯއަށް ވޯލްޑްކަޕްގައި އެންމެ ކުރިއަށް ދެވުނީ 2006 ވަނަ އަހަރު ގަދަ 16 އާއި ހަމައަށެވެ. އެފަހަރު މުބާރާތުން […]

ތިލަދުން
މަގޫދޫ އެއާޕޯޓު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

މަގޫދޫ އެއާޕޯޓު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ފ. މަގޫދޫ އެއާޕޯޓް ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވޅަު ކުރީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 5 ކިލޯމީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމާއި ޕެސެންޖާ […]

އަޙްމަދު ވަހީދު
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ހުރިހާ މެޗަކުން މޮޅުވެ ޗެމްޕިއަންކަން ފުނަދޫއިން ހޯދައިފި

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ހުރިހާ މެޗަކުން މޮޅުވެ ޗެމްޕިއަންކަން ފުނަދޫއިން ހޯދައިފި

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދިޔަ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފުނަދޫއިން ހޯދައިފިއެވެ. ފުނަދޫއާއި ނަރުދޫ ބައްދަލުކުރި، މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފުނަދޫއިން ވަނީ 4-0 ގެ ނަތީޖާއިން ފަސޭހަކަމާއިއެކު ނަރުދޫ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ފުނަދޫއިން ވަނީ މުބާރާތުގައި އެ ޓީމް ކުޅުން ހުރިހާ މެޗަކުން ވެސް މޮޅުވެ...

އިބްރާހިމް ޚަލީލް
ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ފުރަތަމަ ސެމީ ކާމިޔާބުކޮށް ލައިކަން ފައިނަލަށް

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ފުރަތަމަ ސެމީ ކާމިޔާބުކޮށް ލައިކަން ފައިނަލަށް

ހދ. އަތޮޅު ވޮލީބޯޅަ މުބާރާތް 2022 ގެ އަންހެން ޑިވިޜަންގެ ފުރަތަމަ ސެމީ ފައިނަލް ކާމިޔާބު ކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ނޮޅިވަރަންފަރު ލައިކަން ކަށަވަރު ކޮށްފިއެވެ. މިއަދު ހަވީރު ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅުނު މެޗު ނައިވާދޫ އާއި ބައްދަލުކޮށް ލައިކަން މެޗު ކާމިޔާބުކުރީ ސީދާ 3 ސެޓުން ނެވެ. މި މެޗުގެ ސެޓުތަށް ލައިކަން ގެންދިޔައީ ފުރަތަމަ ސެޓު 25-8 ދެވަނަ ސެޓު 25-3 އަދި ތިންވަނަ ސެޓު 25-14 އިންނެވެ. މެޗުގެ މޮޅު […]

އަލީ ރިޔާޟް