ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ހިމެނި ވަޑައިގަންނަވާހެން އެމިނިސްޓްރީގެ ވަފުދެއް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި އެވެ. އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އާތިފް އާއި އެ މިނިސްޓްރީގެ އިސްބޭފުޅުން މިއަދު ހއ. އަތޮޅުން ވަޑައިގަންނަވާފައިވަނީ މޮޅަދޫ އާއި ހޯރަފުއްޓަށެވެ. ހދ. އަތޮޅުން ވަޑައިގެންނެވީ ނޮޅިވަރަމް އާއި ކުޅުދުއްފުށި ސިޓީ އަށެވެ. ނޮޅިވަރަމުގައި ބޭއްވި ބައްދަލުވުމުގައި ހދ. އަތޮޅުކައުންސިލްގެ ރައީސް އަދި ނޮޅިވަރަމްދާއިރާގެ މަޖިލިސް މެމްބަރ މުހައްމ...
މުޙައްމަދު އަފްރާޙް
ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މަރުވި އައްޑޫ ފޭދޫ / ސޮލިޑް، މުހައްމަދު ޒަޔާން މޫސާ ގެ މަރުގެ ތުހުމަތުގައި މިހައިތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެ އެވެ. އެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ އުމުރުން 21 އަހަރުގެ ޒަޔާން މަރުވުމުގެ ކުރިން ހަމަލާދިން ގޮތާއި ހަމަލާދިން މީހުން ކިޔައިދީފައިވާ […]
މުޙައްމަދު އަފްރާޙް
އއ. އުކުޅަހުގެ މަގުތަކުގައި ތާރު އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ. ޕްލޭނިންގ މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން ނެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ޑިރެކްޓަަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ. މި މ...
މުޙައްމަދު އަފްރާޙް
ކުޅުދުއްފުށި ސިޓީ އުތުރު ބަނދަރު ސަރަހައްދުން އާއްމު ވިޔަފާރިއަށް 5 ބިމެއް 25 އަހަރަށް ކުއްޔަށް ދޫކުރަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފި އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ ކުރި ޢިއުލާނެއްގައިވާ ބުނެފައި ވަނީ ދިގު މުއްދަތަށް ކުއްޔަށް ދޭން ނިންމާފައި ވަނީ، 1500 އަކަފޫޓުގެ 5 ބިން ކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް މިހާރުވަނީ ހުޅުވާލާފަ އެވެ. އެގޮތުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 3...
މުޙައްމަދު އަފްރާޙް
އާސަންދަ ކަސްޓަމަރ ސަރވިސް ފްރަންޓް އޮފީސް ފެންބިލްޑިންގ އަށް ބަދަލުކޮށްފި އެވެ. އާސަންދަ އޮފީހުން ވިދާޅުވީ ކުރިން އެސްޓީއޯ ޓްރޭޑް ސެންޓަރުގެ 3 ވަނަ ފަންގިފިލާގައި ހުރި އާސަންދަ ފްރަންޓް އޮފީސް ބަދަލުވެފައިވަނީ އަމީނީމަގުގައި ހުންނަ ފެން ބިލްޑިންގެ 3 ވަނަ ފަންގިފިލާއަށް ކަމަށެވެ. އެހެންކަމުން އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރަށް ފުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ދެން ބަލައިގަންނާނީ ފެން ބިލްޑިންގެ 3 ވަނަ ފަންގިފިލާގައި ހުންނަ ކަސްޓަމަރ ސަރވިސް ކައުންޓަރުތަކުން ކަމަށް އެ ކުންފުނިން […]
މުޙައްމަދު އަފްރާޙް
މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި، 3 ފަރާތަކަށް ދެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާފެ އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 10 ބޭފުޅުންގެ ތެރެއިން 5 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބި...
ޔުމްނާ ޢަލީ
ރާއްޖޭގައި މީހުން ފަގީރުވަނީ ސަރުކާރުގެ ސިޔާސަތުގެ ދޯހަޅި ކަމުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އޯއައިސީގެ ނައިބު ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ. ދުންޔާ މިފަދައިން ވިދާޅުވީ އިއްޔެފާހަގަކުރި ފަގީރުކަން ނައްތާލުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބާގައި ކުރެއްވި ޓްވީޓެއްގަ އެވެ. ދުންޔާ ގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ފަގީރުކަން ނައްތާލުމުގެ ބައިނަލްއަގްވާމީ ދުވަސް ފާހަގަ ކުރާއިރު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ރާއްޖޭގައި މީހުން ފަގީރުވަނީ ސަރު...
މުޙައްމަދު އަފްރާޙް
ށ. މިލަންދޫގައި ދާއިމީކޮށް އެއްގަމު ލައިސަންސް ދޫކުމުގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފަށާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އާއި، މިލަންދޫ ކައުންސިލަރުންނާއި، މުވައްސަސާތަކުގެ ވެރިންނާއި އަދި ކައުންސިލް އިދާރާއާއި، ސަރުކާރުގެ މުވައްޒަފުން ބައިވެރިވިއެވެ. މިލަންދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ އާތިފް ”ތިލަދުން” އަށް ވިދާޅުވީ، އެރަށުން ދޫކުރަން ފަށާފައި ވަނީ އޭ ޒޯންގެ އެއްގ...
ޙުސައިން ޝަހުދީ
މި އޮކްޓޯބަރ މަހުގެ 28 ވާ ހުކުރުދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނީ ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) ކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެ ދުވަހު ހުތުބާގެ މައުޟޫއަކީ “ތިބާއާއި މާތްﷲއާ ދެމެދުގެ ގުޅުންތައް ދިރުވުން” ކަމަށާއި މުސްތީ މެންކް ހުތުބާ ދެއްވާނީ އިނގިރޭސިބަހުން ކަމަށެވެ. Iraadha kurehvihyaa 28 October 2022 vaa Hukuru dhuvahu, […]
މުޙައްމަދު އަފްރާޙް
މަދަރުސާއެއްގައި ކިޔަވައިދޭ މުދައްރިސެއްކަމުގައި އަދި ނުވި ނަމަވެސް، ފާއިތުވި ހަފްތާގައި ވިލާ-ކޮލެޖު ހިންގާ އިމާރާތުގެ ހޯލުގައި، އެކޮލެޖުގެ ރެކްޓަރ، ޑރ. އަހްމަދު އަންވަރު ދެއްވުމަށް ހަމަޖެހިފައިވާ ސެޝަނަކަށް ދިއުމަށް އަޅުގަނޑަށް ދައުވަތު ލިބުނެވެ. ހޯލަށް ވަދެ، މުދައްރިސުންނާއި، ލީޑީން-ޓީޗަރުންނާއި މިނޫންވެސް ތަޢުލީމީ ދާއިރާގައި ސީދާގޮތުން ދަރިވަރުންނާ ކުރިމަތިލައި އުނގަންނައި ދިނުމުގެ މާތް ޚިދުމަތާއިގެން އަވަދިނެތި އުޅުއްވާ އެތައް އަބްޠާލުންނެއް ހާޒިރުވެ ތިބި އެޗާލު ޢިލްމީ ވެށީގައި ރީތިކޮށް އަތު...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ގަތަރަކީ އޭސިއާ ފުޓްބޯޅައިގެ ގަދަ ބާރެއް ނަމަވެސް، ގަތަރަކީ ދުނިޔޭގެ ނިސްބަތުން ފުޓްބޯޅައިގައި މާ ވަރުގަދަ ގައުމެއް ނޫނެވެ. އޭސިއާ ބައްރުގެ އެންމެ ފަހުގެ ޗެމްޕިއަން ގަތަރު ފުޓްބޯޅަ ފެޑެރޭޝަން އުފެދުނީ 1960 ވަނަ އަހަރުގައެވެ. އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން އުފެނުތާ މިހާތަނަށް 62 އަހަރު ވެފައިވާއިރު، މިހާތަނަށް ވޯލްޑް ކަޕައް ކޮލިފައިވެ، ވޯލްޑް ކަޕް މުބާރާތެއް ކުޅެފައެއް ނުވެއެވެ. މިފަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ ގަތަރުގެ ތާރީޚުގައި އެގައުމުން ކުޅޭ ފުރަތަމަ ވޯލްޑް ކަޕް މުބާރާތެވެ. […]
ތިލަދުން
ހިިޔާލުފާޅު ކުރުމަކީ އެންމެ މުގައްދަސް އެންމެ ވަރުގަދަ ހައްގުކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން ބޮޑު ތިލަދުން މަތީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެންމެފަހު މަންޒިލެއްގެ ގޮތުގައި މިއަދު ވަށަފަރުގައި ވާހަކަ ދައްވަމުން ވިދާޅުވީ، ވަށަފަރަކީ ޕީޕީއެމަށް ވަރަށް ޚާއްސަ ރަށެއް ކަމަށެވެ. އަދި އެރަށުގައި އަލަށް ޖަގަހައެއް ހުޅުވިގެން ދިޔަކަން ފާހަގަ ކުރައްވައި އެކަމުގައި އިސްކޮށް މަސައްކަތް ކުރެއްވި އަޙްމަދު ޣާލިބުގ...
އަލީ އާދިލް
އެޗްޑީސީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން “ޒުވާނުންގެ ދިސާ” ގެ ނަމުގައި ހާއްސަ ކޭމްޕެއް ހުޅުމާލޭގައި ބާއްވަން ތައްޔާރުވެއްޖެއެވެ. އެޗްޑީސީން ބުނިގޮތުގައި މިއީ ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލައިފް ސްކިލްގެ އެކި މައުލޫމާތުތަކާއި ހަރަކާތްތައް ކުރިއަށްދާ ގޮތަށް ބާއްބާ ކޭމްޕެއް ކަމަށެވެ. މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. https://forms.office.com/r/bWSSsBkBSH މެދުވެރިކޮށް ކޭމްޕުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅޭނެއެވެ. މި ކޭމްޕް ކުރިއަށްދާނީ އަންނަ ނޮވެމްބަރު 16 އިން...
އަޙްމަދު ވަހީދު
ކ. ތުލުސްދޫގައި ހުންނަ ޑްރީމް އިން ގެސްޓްހައުސް އަށް އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ އިންތިޒާމް ހަމަޖައްސައިފިއެވެ. ޑްރީން އިން އަކީ ތުލުސްދޫގައި ގިނަ ފަތުރުވެރިންގެ މެދުގައި މަގުބޫލު ގެސްޓްހައުސްއެކެވެ. މި ގެސްޓަހައުސްގައި ލޯކަލް ގެސްޓުންނަށް ވެސް ކޮލިޓީ ހިދުމަތް ފޯރުކޮށްދެއެވެ. ޗުއްޓީ ހޭދަ ކޮށްލުމަށް ތުލުސްދޫއަށް ޒިއާރަތް ކުރާ މީހުންނަށް މިހާރު ޑްރީމް އިންގައި ބުކިން ހައްދަން އުރީދޫގެ އެމްފައިސާ ބޭނުން ކުރެވޭނެއެވެ. މީގެ ސަބަބުން ފައިސާ ދެއްކުން ކުރިއަށްވުރެ ފަސޭހަވެގެންދާނެއެވެ...
އަޙްމަދު ވަހީދު
ރ. ކިނޮޅަހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތުގެ 84 އިންސައްތަ ވަނީ ނިމިފައެވެ. އަދި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 81 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ބޭރުތޮށި […]
އަޙްމަދު ވަހީދު
ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފަހުޖާގަ ނަރުދޫ ހޯދައިފިއެވެ. މިއަދު ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މިލަންދޫއާއި ނަރުދޫއެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފަހުޖާގަ ނަރުދޫން ވަނީ ކަށަވަރު ކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި […]
އިބްރާހިމް ޚަލީލް
އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް މާކެޓުކުރަމުން އަންނަ މަކިޓާ ބްރޭންޑުގެ އާ އުފެއްދުންތައް ތައާރަފުކޮށް “މަކީޓާ ނައިޓު” ގެ ނަމުގައި ހަފްލާއެއް ބާއްވައިފިއެވެ. މި ހަފްލާ ބާއްވާފައިވަނީ ރޭ މެންހަޓަން ބިޒްނަސް ހޮޓެލްގައެވެ. މި ހަފްލާގައި އެސްޓީއޯގެ މުވައްޒަފުންނާއި މަކިޓާގެ ސަޕްލަޔަރުންނާއި ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން ބައިވެރިވިއެވެ. މި ހަފްލާގައި އެސްޓީއޯގެ މާކެޓިން ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން އަބްދުލްފައްތާހު ވިދާޅުވީ މަކިޓާގެ ސަޕްލަޔަރުންނާއި ގިނަ އަދަދެއްގެ ސްޓޭކްހޯ...
އަޙްމަދު ވަހީދު
ހއ. ކެލާ ފުޓްސެލް ދަނޑުގައި ޓާފް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި އެވެ. ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ އިން ކުރައްވާފައިވާ އިއުލާނު ގައި ވިދާޅުވެފައިވަނީ އެރަށު ފުޓްސެލް ދަނޑުގައި ޓާފް އަޅައިދިނުމުގެ މަސައްކަތް ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އ...
މުޙައްމަދު އަފްރާޙް