ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި އެވެ. މިއަހަރު ނިމުމުން ފަނޑިޔާރުކަމުން ރިޓަޔާވުމަށް ފަނޑިޔާރު އަލީ ރަޝީދު ހުށަހެޅުއްވީ މިދިޔަ ހަފުތާގަ އެވެ. ނަމަވެސް އޭނާއަށް ރިޓަޔާމެންޓް ދިނުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަކިގޮތެއް އަދި ނިންމާފައެއް ނުވެ އެވެ. ފަނޑިޔާރުކަމުން އަލީ ރަޝީދު ރިޓަޔަކުރައްވަން ނިންމެވި ސަބަބެއް ވެސް ސާފެއް ނުވެ އެވެ. ފަނޑިޔާރު އަލީ ރަޝީދަކީ 2007 ވަނަ އަހަރުން ފެށިގެން އެކި ކޯޓުތަކުގައި ފަނޑިޔާރުކަން […]
ހުސައިން ހަބީބް
ދިވެހިރާއްޖޭގެ ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ޒަކާތުގެ ނިޒާމު ޒަމާނީކުރުމުގެ މަޤްޞަދުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ފުރަތަމަ އިސްތިރާޖީ ޕްލޭން އިފްތިތާޙުކޮށްފިއެވެ. މި ޕްލޭނަކީ 2026 އިން 2028 އަށް އެކުލަވާލާފައިވާ ތިން އަހަރު ދުވަހުގެ މަގުޗާޓެކެވެ. މި އިސްތިރާޖީ ޕްލޭން ރަސްމީކޮށް ތަޢާރަފުކޮށްދެއްވީ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2026 ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާއެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، މި މަގުޗާޓަކީ ޒަކާތް ބަ...
ޔުމްނާ ޢަލީ
ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ކަނާތުފިޔައިގެ ސިޔާސީ ލީޑަރު، އަދި ކުރީގެ ރައީސް ޖާއިރް ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ބޮލްސޮނާރޯ، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތުތަކާ ގުޅިގެން ފުރުން މަނާކޮށްފައި ވަނިކޮށް އެ ގައުމުން ފިލައިގެން ހިނގައްޖެއެވެ. އޭނާ ގައުމުން ފިލާފައިވަނީ އަނބިކަނބަލުންނާއި ދެ ދަރިންނާއެކު އެއްގަމު މަގުން އާޖެންޓީނާއަށް އެތެރެވުމަށްފަހު، ޕްރައިވެޓް ޖެޓެއްގައި އެކުއަޑޯ މަގުން އެމެރިކާއަށް ދިއުމަށެވެ. އާޖެންޓީނާގެ މައިގްރޭޝަން އޮތޯރިޓީން ބުނީ ފްލާވިއޯ އާއި އޭނާގ...
ނާޒިމާ އަލީ
1 މިނިޓު
ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ޢަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ދަށުން މިހާތަނަށް 124 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2026 އާ ގުޅުވައިގެން މިއަދު ހެނދުނު ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެ އޮތީ ޒިންމާދާރު ވުނަކުރުންތަކަށް މަރުޙަބާ ކިޔަން ތައްޔާރ...
އަލީ އާދިލް
ދިވެހިރާއްޖެއަށް އަސާސީ ކާބޯތަކެތި އެތެރެކުރުމާއި، ވިޔަފާރީގެ އިތުރު ދާއިރާތައް ހިމެނޭހެން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއް ބަދަލުކޮށްފިއެވެ. މީގެތެރޭގައި ސަރުކާރުގެ ވުޒާރާއަކާއި ކުންފުނިތަކުގެ އިތުރުން، އަމިއްލަ ވިޔަފާރި ކުންފުންޏަކާއެކު ވެވުނު އެއްބަސްވުންތައްވެސް ހިމެނެއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށް ބަދަލުކޮށްފައިވަނީ މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ ހަވާސާގެ ތެރެއިން ކުރިއަށް ގެންދިޔަ “ޗައިނާ މޯލްޑިވްސް އިންވެސްޓުމަންޓް ކޯޕަރޭޝަން ފޯރަމް” ގައެވެ. މި ރަސްމިއ...
ޔުމްނާ ޢަލީ
ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ނެންގެވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން މާދަމާއަށް ތާވަލްކުރުމަށްފަހު އެ މަޖިލިސް ކެންސަލްކޮށްފި އެވެ. ޔާމީންގެ ވެރިކަމުގައި ފުއްގިރި ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި, އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް މިމަހުގެ ކުރީކޮޅު ނިންމާލުމަށްފަހު މާދަމާ ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން އޮތީ ތާވަލްކޮށްފަ އެވެ. […]
ހުސައިން ހަބީބް
2 މިނިޓު
މުދާ ވިއްކާނެ ކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެ މައްސަލައަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫ، ހީނާގެ، ޢަލީ ޢައްފާން (32އ) އާއި، އެ ރަށު ޕްލާޒާ، މުޙައްމަދު ޙަމީދު (34އ) ގެ އިތުރުން ނ. ވެލިދޫ، ވީނަސް، ޙައްސާނު ޢަލީ (34އ) އެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރުކޮށްފައިވަނީ […]
ޔުމްނާ ޢަލީ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ މަސައްކަތްތައް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ހިންގުމަށް ހައްލުނުކުރެވޭ ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވެ، އެ ކޮމިޝަނުގެ ރައީސް މުހައްމަދު ފަރުޝަތު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އެމްއެމްބީސީގެ ރައީސްކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 27 އޮކްޓޯބަރު 2025 ގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފަރުޝަތު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ކޮމިޝަނުގެ ރައީސްކަމާއި މެން...
ޔުމްނާ ޢަލީ
ގުދުރަތީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ކޮންމެ ގޭބިސީއަކުން ވެސް މަދުވެގެން ތިން ދުވަހަށް ފުދޭވަރަށް ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު ރައްކާކޮށްގެން ތިބުމަށް ޖަޕާނުގެ ސަރުކާރުން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ. ކާރިސާއެއްގެ ވަގުތުގައި އަމިއްލައަށް ކަންކަން ހަމަޖައްސައިގެން އުޅެވޭނެ މިންވަރަށް ތަކެތި ހަމަކުރުމަށް އަންގާފައިވާއިރު، އެންމެ އެކަށީގެންވާ ލަނޑުދަނޑިއަކީ އެއް ހަފުތާގެ މުއްދަތަށް ބޭނުންވާ ސާމާނު ރައްކާކުރުން ކަމަށްވެސް ރަސްމީ އިރުޝާދުތަކުގައި ފާހަގަކޮށްފައިވެއެވެ. ސަރުކާރ...
ނާޒިމާ އަލީ
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ބަދަލުކޮށް، ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރުމުގެ އުންމީދު އެބައޮތް ކަމަށް ޔުނައިޓެޑް އަރަބް ލިސްޓް (ރާމް) ގެ ލީޑަރު މަންސޫރު އައްބާސް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އާންމު އިންތިހާބަށް ފަހު ނެރުނު އެގްޒިޓް ޕޯލްތަކުން އެއްވެސް ބޮޑު ބްލޮކަކަށް ސާފު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ނުދައްކާ ދަނޑިވަޅެއްގަ އެވެ. އިޒްރޭލުގެ ޗެނަލް 12 އަށް ބުދަ ދުވަހުގެ ފަތިހު ދެއްވި […]
ނާޒިމާ އަލީ
ފުރާވަރުގެ އުމުރުގެ ކުދިންނާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އަމާޒުކޮށްގެން، ހއ. ދިއްދޫގެ ބެލެނިވެރިންނަށް ޚާއްޞަ ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފިއެވެ. މި ވޯކްޝޮޕަކީ ވައިބް ޖަމްޢިއްޔާ އަދި ރާއްޖެ ކުރިމަގު އެންޖީއޯ ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތެކެވެ. މި ވޯކްޝޮޕް އިންތިޒާމުކުރުމުގައި ހއ. ދިއްދޫ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގެ އިތުރުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ވެސް ބައިވެރިވާ ކަމަށް މަޢުލޫމާތު ލިބެއެވެ....
ފާތިމަތު ސަޙާ
1 މިނިޓު
25 އޮކްޓޯބަރުގެ އަދަދާއި ގުޅޭ: އެއާއެކު، އަވަސް ނޭވާތަކެއް ދޫކުރަމުން ދިޔަ ސާދުނާ އަވަސް އަވަހަށް މޭޒުކައިރީ އިށީނެވެ. ފެންޑާގެ އެއްފަރާތެއްގައި މަޑުކޮއްލައިގެން ހުރި ލީނާއަށް އެ ދެ މީހުން ދެއްކި ހުރިހާ ވާހަކައެއް ސާފުކޮށް އިވުނެވެ. އޭރު އޭނާގެ މޭ ވެސް ނެގިނެގިފައި ޖެހެމުންދެއެވެ. މަސްލަޙަތު ވަރަށް ގޯސްވެއްޖެކަން އޭނާއަށް އެނގުނެވެ. މަންމަގެ އެ ނުބައި ޢަމަލުތައް ކުށްވެރި ކުރެވުނު ނަމަވެސް އޭނާއަކަށް މަންމަދެކެ ރުޅިއެއް ނާދެވުނެވެ. ރަށު މީހުންގެ މަލާމާތާއި ރުޅިވެރިކަން މަންމައަށް ރައްދުވާނެކަން [...
ސަލާމާ ޢަބްދުލް ޢަލީމް
ހދ. ނައިވާދޫގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ގޭގޭގެ ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނޭޅޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް އެ ރަށު ކައުންސިލުން މުހުލަތެއް ކަނޑައަޅައިފިއެވެ. ނައިވާދޫ ކައުންސިލުން ބުނީ، ކޮންމެ ގެއެއްގެ ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނޭޅޭނެ ނިޒާމެއް 2026 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޤާއިމުކުރުމަށް ރަށުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. މިފަދަ ނިންމުމެއް ނިންމި މައިގަނޑު ސަބަބަކީ، ވިއްސާރައިގައި ފުރާޅ...
ފާތިމަތު ސަޙާ
ހއ. ހޯރަފުށީގެ ހަހެތި ޖަމްޢިއްޔާއިން ކޮންމެ އަހަރަކު ވެސް އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ “ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް” މިއަހަރު ވެސް ބޭއްވުމަށް ތައްޔާރުވެ، މުބާރާތުގެ ސްޕޮންސަރުންނަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 18 އިން 22 އަށެވެ. މިއީ ހއ. އަތޮޅުގައި ބާއްވާ 21 އަހަރުން ދަށުގެ ހަމައެކަނި ފުޓްސަލް މުބާރާތެވެ. މި ފަހަރު ބާއްވަނީ “ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް” ގެ 7 ވަނަ މުބާރާތެވެ. ހޯރަފުށީގެ އިތުރުން […]
ފާތިމަތު ސަޙާ
ށ. މާއުނގޫދޫ ބަށި މުބާރާތް 2026 ގައި ބައިވެރިވާ ޓީމުތަކުން ޓީމު ރަޖިސްޓްރީކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މިއީ އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ)ގެ އިސްނެގުމާއެކު މާއުނގޫދޫ ކައުންސިލް ގުޅިގެން އިންތިޒާމްކުރާ މުބާރާތެކެވެ. މާއުނގޫދޫ ކައުންސިލުން މައުލޫމާތުދެއްވާ ގޮތުގައި، މި މުބާރާތުގެ މަޤްޞަދަކީ އެ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި، ގުޅުން ބަދަހިކޮށް އެކުވެރި މާޙައުލެއްގެ ތެރެއިން ކަނބަލުންގެ ކުޅިވަރު...
ފާތިމަތު ސަޙާ
ކުރިއަށް އޮތް 5 އަހަރު ދުވަހުގެ، ށ. ފުނަދޫގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފުނަދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން، ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ކުރިން ކައުންސިލުގެ އިޢުލާނުގައި ހިމަނާފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެ އިދާރާއިން އެދިފައިވެއެވެ. މީގެއިތުރުން ރަޖިސްޓްރީވާ ފަރާތ...
ފާތިމަތު ސަޙާ
އިންގްލިޝް ލީގު ކަޕްގެ 66 އަހަރުވީ ތާރީޚުގައި ފެނުނު އެންމެ ބޮޑު ސިހުމަކާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން އާސެނަލް، ހަތަރުވަނަ ޑިވިޝަނުގައި ވާދަކުރާ ފްލީޓްވުޑް ޓައުން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ މުބާރާތުގެ ގަދަ 16 އިން އަންގާރަ ދުވަހު ކަޓައިފިއެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަލިވިތާ ފަސް މަސް ފަހުން އާސެނަލަށް އަނެއްކާވެސް މިވަނީ ޕެނަލްޓީ ޝޫޓްއައުޓެއްގައި ހިތްދަތި ނަތީޖާއަކާ ކުރިމަތިލާން ޖެހިފައެވެ. […]
އަޙްމަދު ވަހީދު
ހއ. ހޯރަފުށީގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ވިޔަފާރިތަކާއި ޚިދުމަތްތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި، އެ ރަށުން އެ ކުންފުންޏަށް 6,700 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކޮށްފިއެވެ. މި ބިން އެސްޓީއޯއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ ހޯރަފުށީ ކައުންސިލާއި އެސްޓީއޯއާ ދެމެދު ވެވުނު ކުލީގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އެ ބިން އެ ކުންފުންޏަށް ދޫކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ހޯރަފުށީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ދެ ފަރާތުގެ ދ...
ފާތިމަތު ސަޙާ