1 މިނިޓު
25 އޮކްޓޯބަރުގެ އަދަދާއި ގުޅޭ: އެއާއެކު، އަވަސް ނޭވާތަކެއް ދޫކުރަމުން ދިޔަ ސާދުނާ އަވަސް އަވަހަށް މޭޒުކައިރީ އިށީނެވެ. ފެންޑާގެ އެއްފަރާތެއްގައި މަޑުކޮއްލައިގެން ހުރި ލީނާއަށް އެ ދެ މީހުން ދެއްކި ހުރިހާ ވާހަކައެއް ސާފުކޮށް އިވުނެވެ. އޭރު އޭނާގެ މޭ ވެސް ނެގިނެގިފައި ޖެހެމުންދެއެވެ. މަސްލަޙަތު ވަރަށް ގޯސްވެއްޖެކަން އޭނާއަށް އެނގުނެވެ. މަންމަގެ އެ ނުބައި ޢަމަލުތައް ކުށްވެރި ކުރެވުނު ނަމަވެސް އޭނާއަކަށް މަންމަދެކެ ރުޅިއެއް ނާދެވުނެވެ. ރަށު މީހުންގެ މަލާމާތާއި ރުޅިވެރިކަން މަންމައަށް ރައްދުވާނެކަން [...
ސަލާމާ ޢަބްދުލް ޢަލީމް
ހދ. ނައިވާދޫގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ގޭގޭގެ ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނޭޅޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް އެ ރަށު ކައުންސިލުން މުހުލަތެއް ކަނޑައަޅައިފިއެވެ. ނައިވާދޫ ކައުންސިލުން ބުނީ، ކޮންމެ ގެއެއްގެ ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނޭޅޭނެ ނިޒާމެއް 2026 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޤާއިމުކުރުމަށް ރަށުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. މިފަދަ ނިންމުމެއް ނިންމި މައިގަނޑު ސަބަބަކީ، ވިއްސާރައިގައި ފުރާޅ...
ފާތިމަތު ސަޙާ
ހއ. ހޯރަފުށީގެ ހަހެތި ޖަމްޢިއްޔާއިން ކޮންމެ އަހަރަކު ވެސް އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ “ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް” މިއަހަރު ވެސް ބޭއްވުމަށް ތައްޔާރުވެ، މުބާރާތުގެ ސްޕޮންސަރުންނަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 18 އިން 22 އަށެވެ. މިއީ ހއ. އަތޮޅުގައި ބާއްވާ 21 އަހަރުން ދަށުގެ ހަމައެކަނި ފުޓްސަލް މުބާރާތެވެ. މި ފަހަރު ބާއްވަނީ “ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް” ގެ 7 ވަނަ މުބާރާތެވެ. ހޯރަފުށީގެ އިތުރުން […]
ފާތިމަތު ސަޙާ
ށ. މާއުނގޫދޫ ބަށި މުބާރާތް 2026 ގައި ބައިވެރިވާ ޓީމުތަކުން ޓީމު ރަޖިސްޓްރީކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މިއީ އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ)ގެ އިސްނެގުމާއެކު މާއުނގޫދޫ ކައުންސިލް ގުޅިގެން އިންތިޒާމްކުރާ މުބާރާތެކެވެ. މާއުނގޫދޫ ކައުންސިލުން މައުލޫމާތުދެއްވާ ގޮތުގައި، މި މުބާރާތުގެ މަޤްޞަދަކީ އެ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި، ގުޅުން ބަދަހިކޮށް އެކުވެރި މާޙައުލެއްގެ ތެރެއިން ކަނބަލުންގެ ކުޅިވަރު...
ފާތިމަތު ސަޙާ
ކުރިއަށް އޮތް 5 އަހަރު ދުވަހުގެ، ށ. ފުނަދޫގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފުނަދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން، ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ކުރިން ކައުންސިލުގެ އިޢުލާނުގައި ހިމަނާފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެ އިދާރާއިން އެދިފައިވެއެވެ. މީގެއިތުރުން ރަޖިސްޓްރީވާ ފަރާތ...
ފާތިމަތު ސަޙާ
އިންގްލިޝް ލީގު ކަޕްގެ 66 އަހަރުވީ ތާރީޚުގައި ފެނުނު އެންމެ ބޮޑު ސިހުމަކާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން އާސެނަލް، ހަތަރުވަނަ ޑިވިޝަނުގައި ވާދަކުރާ ފްލީޓްވުޑް ޓައުން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ މުބާރާތުގެ ގަދަ 16 އިން އަންގާރަ ދުވަހު ކަޓައިފިއެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަލިވިތާ ފަސް މަސް ފަހުން އާސެނަލަށް އަނެއްކާވެސް މިވަނީ ޕެނަލްޓީ ޝޫޓްއައުޓެއްގައި ހިތްދަތި ނަތީޖާއަކާ ކުރިމަތިލާން ޖެހިފައެވެ. […]
އަޙްމަދު ވަހީދު
ހއ. ހޯރަފުށީގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ވިޔަފާރިތަކާއި ޚިދުމަތްތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި، އެ ރަށުން އެ ކުންފުންޏަށް 6,700 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކޮށްފިއެވެ. މި ބިން އެސްޓީއޯއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ ހޯރަފުށީ ކައުންސިލާއި އެސްޓީއޯއާ ދެމެދު ވެވުނު ކުލީގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އެ ބިން އެ ކުންފުންޏަށް ދޫކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ހޯރަފުށީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ދެ ފަރާތުގެ ދ...
ފާތިމަތު ސަޙާ
ޖަޕާނަށް ކުރިމަތިވެފައިވާ މަސައްކަތްތެރިންގެ ދަތިކަން ހައްލުކުރުމަށްޓަކައި، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ މަދުވެގެން އެއްލައްކަ މީހުންނަށް ވަޒީފާގެ ފުރުޞަތު ދިނުމަށް އެ ޤައުމުން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިއަދު (29 މެއި) ބޭއްވި “ބަންގްލަދޭޝް ސެމިނާ އޮން ހިއުމަން ރިސޯސަސް” ގެ ތެރެއިން ދެ ޤައުމުގެ ކަމާބެހޭ އޮފިޝަލުންނާއި ވިޔަފާރިވެރިންނެވެ. މި ސެމިނާގައި ވާހަކަދައްކަވަމުން ބަންގްލަދޭޝްގެ ޗީފް އެޑްވައިޒަރު މުޙައްމަދު ޔޫނުސް ވިދ...
ނާޒިމާ އަލީ
ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ރަމަޟާން މަހު ށ. ނަރުދޫގައި ކަރާ އަދި ކިޔުކަންބާ ފަދަ ބާވަތްތައް ހެއްދުމަށް ދަނޑު ނަގަން ބޭނުންވާ ފަރާތްތަކަށް އެރަށު ކައުންސިލުން ފުރުޞަތު ހުޅުވާލައިފިއެވެ. އެ ކައުންސިލުން މި ފުރުޞަތު ހުޅުވާލާފައިވަނީ ރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ބަހާލައިގެންނެވެ. މިކަމާ ގުޅިގެން ނަރުދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މި އަހަރުވެސް ދަނޑު ދޫކުރުމަށް ހަމަޖެހިފައިވަނީ “ރޯދައަށް ދަނޑުބިން ދޫކުރުމުގެ އުޞޫލު” ގައިވާ ގޮތުގެމަތިން، މީހުން ދިރިއުޅޭ ގ...
ފާތިމަތު ސަޙާ
ތަމްރީނު ކޭމްޕެއް ފުރިހަމަކުރުމަށްޓަކައި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު ރާއްޖެ އަތުވެއްޖެއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ، އަންގާރަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އެ ޓީމު މާލެ އައުމަށްފަހު، މިހާރު ކޭމްޕް ކުރުމަށް ހަމަޖެހިފައިވާ ކ. ގުރައިދޫއަށް ގޮސްފައިވާ ކަމަށެވެ. އަދި މި ކޭމްޕުގެ މުއްދަތުގައި އެ ޓީމު މަރުކަޒުވެ ތިބުމަށް ހަމަޖެހިފައިވަނީ ވެސް ގުރައިދޫގައެވެ. ފަލަސްޠީނުގެ ޒުވާން ކުޅުންތެރިން ގުރައިދޫއަށް ދިއުމުން އެ ރަށުން ވަނީ އެ […]
އަޙްމަދު ވަހީދު
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން، އިދިކޮޅު މެންބަރުން ދައްކަވާ ވާހަކަތައް އަޑުއަހާނެ މާ ގިނަ ރައްޔިތުންތަކެއް މިއަދު ނެތް ކަމަށާއި، އެ ބޭފުޅުންގެ ކިބައިގައި ޤައުމާ މެދު އެއްވެސް އިޚްލާޞްތެރިކަމެއް ނެތް ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ވިދާޅުވެއްޖެއެވެ. އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމް...
އަލީ އާދިލް
އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ހަނގުރާމައިގެ ޖަރީމާތަކާއި، ލާއިންސާނީ އަނިޔާދިނުމާއި، ރޭޕްކުރުމާއި އަދި ޖިންސީ ގޯނާ ފަދަ އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމަށް އދ. ގެ މިނިވަން ބައިނަލްއަގުވާމީ ތަހުގީގީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވާއިރު، އދ.ގެ ފަހުގެ މި ރިޕޯޓަކީ އިސްރާއީލްގެ ލާއިންސާނީކަމާއި ޖައްބާރުކަމުގެ ފަރުދާ ކަހައިލިދިން އައު ރިޕޯޓެކެވެ. ފަލަސްތީނުގައި ޒަމާނުއްސުރެ އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކަކީ ދުނިޔެއަށް ސިއްރެއް ނުމެނޫންމ...
ނާޒިމާ އަލީ
މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށް، އޭނާއާ އެކު ހއ. ދިއްދޫއަށް ވަޑައިގެންނެވުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދަށް، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު މިއަދު ވަރުގަދަ ދަޢުވަތެއް ދެއްވައިފިއެވެ. ޢަބްދުއްލަޠީފް މި ދަޢުވަތު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވާފައިވާ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާ...
އަލީ އާދިލް
ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ހިންގުމަށްޓަކައި ހޯރަފުށީ ކައުންސިލާއި ސައުތު ފިއުލް ސާވިސަސްއާ ދެމެދު ވެފައިވާ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމަށް އިސްލާހު ގެނައުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މި ނިންމުމާއެކު އެ ރަށުގައި ތެލުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެއެވެ. މި އެއްބަސްވުމަށް އިސްލާހު ގެނައުމަށް ނިންމާފައިވަނީ ސައުތު ފިއުލް ސާވިސަސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ. އެގޮތުން، މި ހުށަހެޅުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމާފައިވަނީ 23 ސެޕްޓެމްބަރު...
ފާތިމަތު ސަޙާ
ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ސޯޝަލް މީޑިއާގެ އަލްގޮރިޒަމްތަކަށް ބަދަލު ގެނައުމާއި، އެމެރިކާ އާއި އިސްރާއީލް ހިމެނޭހެން ބޭރުގެ ފަރާތްތަކުން ފައިސާގެ އެހީ ހޯދި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އެ ގައުމުގެ ސެނެޓަރު ފްލާވިއޯ ބޮލްސޮނާރޯއާ ދެކޮޅަށް ތަހުގީގެއް ހިންގުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އޭނާ ގައުމުން ފުރުން މަނާކޮށް، ޕާސްޕޯޓް ހަވާލުކުރުމަށް ވެސް ފުލުހުން ވަނީ އަންގައިފައެވެ. ހޯމަ ދުވަހު ބްރެޒިލްގެ ފެޑެރަލް ޕޮލިހުން ވަނީ ސެނެޓަރު ފްލާވިއޯ ބޮލްސޮނ...
ނާޒިމާ އަލީ
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ “ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ބައިވެރިވެ، ހއ. ވަށަފަރު، އިމްތިނާން ޝަރީފްގެ “ފިޔަވަޅު ޕްރިންޓްސް” އިން ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. ފިޔަވަޅު ޕްރިންޓްސް އިން މި މައުރަޒުގައި އެވޯޑު ހާސިލުކޮށްފައިވަނީ އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންކުރާ ތަކެތީގެ ގިންތިން ތިންވަނަ ހޯދައިގެންނެވެ. މި އެވޯޑު އެ ފަރާތަށް ލިބިފައިވަނީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ “ބިޒީ ބުކް” އަށެވެ. މައުރަޒުގެ ސްޓޯލްތަކުގަ...
ފާތިމަތު ސަޙާ
ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ސްޕެނިޝް ލަލީގާގެ މެޗުތައް ޗައިނާގައި ދެއްކުން އެ ގައުމުގެ ދައުލަތުގެ ޓީވީތަކުންނާއި މައި ބްރޯޑްކާސްޓަރުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑޮންގާ ގުޅުވައި އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން އުފެދުނު ބޮޑު ހިތްހަމަނުޖެހުމަކާ ގުޅިގެންނެވެ. މި މައްސަލަ އުފެދެން މެދުވެރިވީ، މީޑިއާ އިންޓަވިއުއެއްގެ ތެރޭގައި އެމްބާޕޭ ދެއްކި ވާހަކަތަކަކ...
އަޙްމަދު ވަހީދު
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދިޔަ “ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ވާދަކޮށް، ށ. ކަނޑިތީމަށް ނިސްބަތްވާ ޙުސެއިން ނާއިޝް ފާހަގަކޮށްލެވޭ ރަންވަނަތަކެއް ހޯދައި އެވޯޑް ޙާޞިލުކޮށްފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މި ބޮޑު މައުރަޒުގައި ނާއިޝް ވަނީ މުޅިއެކު ތިން ދާއިރާއަކުން ވަނަ ކަށަވަރުކޮށްފައެވެ. އެގޮތުން އޭނާ ވަނީ ތްރީޑީ އާޓްސް ކެޓަގަރީން 1 ވަނަ ހޯދުމުގެ އިތުރުން، ކްރިއޭޓިވް އާޓްސް އެނ...
ފާތިމަތު ސަޙާ