ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ސިޔާސީކޮށްގެން ވާނެ ތަނެއް ނޫން ކަމަށާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ ސިޔާސީ ބޭފުޅުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހަޅުއްވާފައިވާ، ތަޢުލީމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. މެންބަރު
އައިޝަތު ޢާދަމް
ށ. މާއުނގޫދޫގައި މެދުކެނޑިފައިވާ ބަށިބޯޅަ އަލުން އާލާކުރުމުގެ މަޤްޞަދުގައި، އެ ކުޅިވަރުގެ އޮފިޝަލުން ތަމްރީނުކުރުމަށާއި ކުޅިވަރަށް މީހުން އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ޚާއްޞަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ބަށިބޯޅަ ފައުންޑޭޝަނާއި މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީ ގުޅިގެން އެ ރަށުގައި އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ބަށިބޯޅައިގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޖުމްލަ 26 ބައި
ފާތިމަތު ސަޙާ
ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ތައްޔާރުކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް އިސްކަންދީގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ “ނޭޝަން ޗެޓް” ސިލްސިލާ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިހިނގާ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު
ޔުމްނާ ޢަލީ
ހއ. އުތީމު “ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2026” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އުތީމު ކައުންސިލާއި އެ ރަށު އުތުރު ސްޕޯޓްސް ކްލަބް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. އުތީމު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި މުބާރާތުގައި ބައިވެރިވެވޭނީ ސްކޫލް ތަޢުލީމު ނިންމާފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، އުތީމުގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކާ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އަންނަ ނޮވެމްބަ
ފާތިމަތު ސަޙާ
މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި، ގައުމީ އެއާލައިން މޯލްޑިވިއަނުން މާލެއިން ޖިއްދާއަށް ބުރާސްފަތި ދުވަހު ކުރުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރު ފަސްކޮށްފައިވާ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ބުނެފިއެވެ. އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ގުޅިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ މި ދަތުރަކީ މި މަހުގެ 29 ވާ ބުރާސްފަތި ދުވަހު (29 އޮކްޓޯބަރު 2026 ގައި) ކުރުމަށް ތާވަލުކޮށްފައި
ޔުމްނާ ޢަލީ
އޮކްޓޫބަރު 2023 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައަށް ފަހު ބޭއްވި ފުރަތަމަ ޢާންމު އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށްދާއިރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަނަށް ލިބޭނެ ކަމަށް ލަފާކުރެވޭ ގޮނޑީގެ ޢަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ. ޢާންމު ވޯޓު ފޮށިތައް ގުނައި ނިމުނުއިރު، 120 ގޮނޑި ހިމެނޭ ކްނެސެޓް (ޕާލަމެންޓް) ގެ އަޣުލަބިއްޔަތު ހޯދަން ބޭނުންވާ 61 ގޮނޑި ހަމަކުރުމަށް ދެ ފަރާތުން ކުރެ އެއްވެސް ބަޔަކަށް ކާމިޔާބުވެފައި ނުވާ ކަމަށް ޗެނަލް […]
ނާޒިމާ އަލީ
ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ޚަރަދުތައް ކުޑަކުރުމުގެ ގޮތުން “މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް” އުވާލައި، “މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް” އުފެއްދެވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ބަދަލުގެ ސަބަބުން ޚިދުމަތް ދިނުން އަވަސްވެ، ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ “ނޭޝަން ޗެޓް” ސިލްސިލާ
ޝިއުނާ އާދަމް
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތަޢުލީމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އެއްވެސް މާއްދާއެއްގައި ހަރުކަށި ފިކުރެއް އެކުލެވިގެން ނުވާ ކަމަށާއި، މިއީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ހޯމް ސްކޫލިންގެ ފުރުޞަތު ފަހިކޮށްދިނުމަށް ގެނެވޭ މުހިންމު އިޞްލާޙެއް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވި މި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. މަޖިލީހުގެ ޖަލްސާގައި
އައިޝަތު ޢާދަމް
ފްލައިދުބާއީގެ ފްލައިޓެއްގެ ކޮކްޕިޓް ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ބޯޓާއި ފަސިންޖަރުންގެ ފުރާނަ ސަލާމަތްކުރުމަށް ދެއްކި ހިތްވަރުގެ އަގުވަޒަންކޮށް، އިންޑިއާގެ ޕައިލެޓް ކެޕްޓަން ސްމިތު މަޗާރް އަދި ބޯޓުގެ ކްރޫއިންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ޝަރަފުގެ އެވޯޑު އަރުވައިފިއެވެ. ސެޕްޓެމްބަރު 30 ގައި ހިނގި މި ހާދިސާގައި، ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނިކޮށްވެސް ކެޕްޓަން ސްމިތު ކޮކްޕިޓުގެ ދޮރު ހުޅުވުމުން، ކްރޫއިންނާއި ފަސިންޖަރުން ވަދެ ބޮޑު ކާރިސާއަކުން ބޯޓު ސަލާމަތްކުރި
ނާޒިމާ އަލީ
ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާއެކު ރާއްޖޭގައި ފެށިގެންދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހަކީ ތާރީޚު ދެކެފައި ނުވާ މިންވަރަށް ދިވެހި ރައްޔިތުންނަށް ފުރަތަމަ ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެ މުއްދަތެއް ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ “ނޭޝަން ޗެޓް” ޕޮޑްކާސްޓް ސިލްސިލާގެ ހަވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ
ޔުމްނާ ޢަލީ
ރެއާލް މެޑްރިޑަށް ކުޅޭ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ، ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑޮންގަކީ “ޑިކްޓޭޓަރެއް” ކަމަށް ބުނުމާ ގުޅިގެން އުފެދުނު ބޮޑު ނުރުހުމާ ހެދި، އެ ކްލަބުން ޗައިނާގެ ރައްޔިތުންގެ ކިބައިން ބުދަ ދުވަހު ރަސްމީކޮށް މާފަށް އެދިއްޖެ އެވެ. އެމްބާޕޭގެ މި ވާހަކަތަކާ ގުޅިގެން، ވިޔަފާރީގެ ގޮތުން ބޮޑު ފައިދާއެއް ލިބޭ ޗައިނާގެ މާކެޓުގައި ރެއާލްގެ ޓީވީ ޑީލްތަކަށާއި އެމްބާޕޭގެ ސްޕޮންސަރުންނަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފަ އެވެ. ރެއާލް މެޑްރިޑުން ނެރުނު […]
އަޙްމަދު ވަހީދު
1 މިނިޓު
އެމެރިކާގެ މިޑްޓާމް އިންތިހާބަށް ފަހު އީރާނާ ދެކޮޅަށް ކުރު ނަމަވެސް ވަރުގަދަ އަސްކަރީ ކެމްޕޭނެއް ހިންގަން ތައްޔާރުވަމުންދާ ކަމުގެ އިންޒާރު ޑިޕްލޮމެޓިކް އަދި އަސްކަރީ ވަސީލަތްތައް މެދުވެރިކޮށް އެމެރިކާއިން ގަލްފުގެ އަރަބި ގައުމުތަކަށް ދީފި ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓުކޮށްފިއެވެ. މި އޮޕަރޭޝަނާ ގުޅޭ ފަހުގެ ނިންމުން ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ނުނިންމެވި ނަމަވެސް، އިންތިހާބަށް ފަހު ފުޅާ ދާއިރާއެއްގައި އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ބުރަވެވަޑައިގަންނަވާ ކަ...
ނާޒިމާ އަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި އެވެ. މިއަހަރު ނިމުމުން ފަނޑިޔާރުކަމުން ރިޓަޔާވުމަށް ފަނޑިޔާރު އަލީ ރަޝީދު ހުށަހެޅުއްވީ މިދިޔަ ހަފުތާގަ އެވެ. ނަމަވެސް އޭނާއަށް ރިޓަޔާމެންޓް ދިނުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަކިގޮތެއް އަދި ނިންމާފައެއް ނުވެ އެވެ. ފަނޑިޔާރުކަމުން އަލީ ރަޝީދު ރިޓަޔަކުރައްވަން ނިންމެވި ސަބަބެއް ވެސް ސާފެއް ނުވެ އެވެ. ފަނޑިޔާރު އަލީ ރަޝީދަކީ 2007 ވަނަ އަހަރުން ފެށިގެން އެކި ކޯޓުތަކުގައި ފަނޑިޔާރުކަން […]
ހުސައިން ހަބީބް
ދިވެހިރާއްޖޭގެ ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ޒަކާތުގެ ނިޒާމު ޒަމާނީކުރުމުގެ މަޤްޞަދުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ފުރަތަމަ އިސްތިރާޖީ ޕްލޭން އިފްތިތާޙުކޮށްފިއެވެ. މި ޕްލޭނަކީ 2026 އިން 2028 އަށް އެކުލަވާލާފައިވާ ތިން އަހަރު ދުވަހުގެ މަގުޗާޓެކެވެ. މި އިސްތިރާޖީ ޕްލޭން ރަސްމީކޮށް ތަޢާރަފުކޮށްދެއްވީ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2026 ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާއެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، މި މަގުޗާޓަކީ ޒަކާތް ބަ...
ޔުމްނާ ޢަލީ
ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ކަނާތުފިޔައިގެ ސިޔާސީ ލީޑަރު، އަދި ކުރީގެ ރައީސް ޖާއިރް ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ބޮލްސޮނާރޯ، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތުތަކާ ގުޅިގެން ފުރުން މަނާކޮށްފައި ވަނިކޮށް އެ ގައުމުން ފިލައިގެން ހިނގައްޖެއެވެ. އޭނާ ގައުމުން ފިލާފައިވަނީ އަނބިކަނބަލުންނާއި ދެ ދަރިންނާއެކު އެއްގަމު މަގުން އާޖެންޓީނާއަށް އެތެރެވުމަށްފަހު، ޕްރައިވެޓް ޖެޓެއްގައި އެކުއަޑޯ މަގުން އެމެރިކާއަށް ދިއުމަށެވެ. އާޖެންޓީނާގެ މައިގްރޭޝަން އޮތޯރިޓީން ބުނީ ފްލާވިއޯ އާއި އޭނާގ...
ނާޒިމާ އަލީ
1 މިނިޓު
ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ޢަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ދަށުން މިހާތަނަށް 124 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2026 އާ ގުޅުވައިގެން މިއަދު ހެނދުނު ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެ އޮތީ ޒިންމާދާރު ވުނަކުރުންތަކަށް މަރުޙަބާ ކިޔަން ތައްޔާރ...
އަލީ އާދިލް
ދިވެހިރާއްޖެއަށް އަސާސީ ކާބޯތަކެތި އެތެރެކުރުމާއި، ވިޔަފާރީގެ އިތުރު ދާއިރާތައް ހިމެނޭހެން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއް ބަދަލުކޮށްފިއެވެ. މީގެތެރޭގައި ސަރުކާރުގެ ވުޒާރާއަކާއި ކުންފުނިތަކުގެ އިތުރުން، އަމިއްލަ ވިޔަފާރި ކުންފުންޏަކާއެކު ވެވުނު އެއްބަސްވުންތައްވެސް ހިމެނެއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށް ބަދަލުކޮށްފައިވަނީ މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ ހަވާސާގެ ތެރެއިން ކުރިއަށް ގެންދިޔަ “ޗައިނާ މޯލްޑިވްސް އިންވެސްޓުމަންޓް ކޯޕަރޭޝަން ފޯރަމް” ގައެވެ. މި ރަސްމިއ...
ޔުމްނާ ޢަލީ
ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ނެންގެވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން މާދަމާއަށް ތާވަލްކުރުމަށްފަހު އެ މަޖިލިސް ކެންސަލްކޮށްފި އެވެ. ޔާމީންގެ ވެރިކަމުގައި ފުއްގިރި ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި, އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް މިމަހުގެ ކުރީކޮޅު ނިންމާލުމަށްފަހު މާދަމާ ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން އޮތީ ތާވަލްކޮށްފަ އެވެ. […]
ހުސައިން ހަބީބް