1 މިނިޓު
ހޮރުމުޒް ކަނޑުއޮޅީގެ އިރުމަތީ ސަރަހައްދުން ދަތުރުކުރި އެމެރިކާގައި އުފައްދާފައިވާ އެމްކިއު-1 މަރުކާގެ ޑްރޯނެއް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހުއްޓުވައި ގޮއްވާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އައިއާރްޖީސީއާ ހަވާލާދީ އީރާނުގެ ސެމީ-އޮފިޝަލް ނޫސް އެޖެންސީ “އިސްނާ” އިން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައެވެ. އިސްނާ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހޮރުމުޒް ކަނޑުއޮޅީގެ އިރުމަތިން، އީރާނުގެ ސިރީކް އައްސޭރިފަށާ ދިމާލު ވައިގެ ސަރަހައްދުގައ
ނާޒިމާ އަލީ
ޒަޔަނިޒަމާ އެމަނިކުފާނު ދެކޮޅު ކަމަށާއި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ދިވެހިރާއްޖޭގައި ތިބުމުގެ އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރަސްމާލޭގައި ހިންގާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ޕްރޮޕަޓީތަކަކީ އިސްރާއީލުގެ ރައްޔިތުންނަށްވެސް ރާއްޖޭގައި ތިބެވޭނެ މަގު ފަހިކުރާ މަޝްރޫޢެއްގެ ގޮތުގައި ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވަމުންނެވެ. ދައުލަތުގެ މީޑިއާއިން ގެނެސްދޭ ސިލްސިލާ ޕްރޮގްރާމް “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ވާހަ
އަލީ އާދިލް
ރަސްމާލެ މަޝްރޫޢާއި ބޭރުގެ އެފަދަ ބޮޑެތި މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު އަށް ކަމަކަށް ރިޢާޔަތްކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ސަރުކާރަށް މިއަދު އިލްތިމާސްކޮށްފިއެވެ. އެ ޖަމްޢިއްޔާއިން މިކަމަށް އެދުނީ މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާ ގުޅޭ ޤާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް އެކަށައެޅުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކެއް ބަޔާންކޮށް ނެރުނު އިލްތިމާސެއްގައެވެ. ޖަމްޢިއްޔަތުއްސަލަފުން ސަރުކާރަށް މިފަދަ އިލްތިމާސެއް މި ކުރީ، ސަރުކާރުން އިޢުލާންކޮށްފައިވާ ރަސްމާލެ މ
ޔުމްނާ ޢަލީ
އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ގެ ބުރުގައި ބުދަ ދުވަހުގެ ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު، ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހި ޑްރާމާ އިން ފުރިގެންވި ޕެނަލްޓީ ޝޫޓްއައުޓުން 6-5 އިން މޮޅުވެ ލިވަޕޫލުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ކުޑައިރުގެ ދެ އެކުވެރިން ކަމަށްވާ ލިވަޕޫލްގެ ކޯޗު އަންޑޯނީ އިރައޯލާ އާއި ޗެލްސީގެ ކޯޗު ޒަބީ އަލޮންސޯގެ ކުރިމަތިލުމުގައި، އެންފީލްޑްގައި ކުޅުނު މި މެޗުން […]
އަޙްމަދު ވަހީދު
ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑުން ބަރަހަނާ މަންޒަރެއް ފެންނަ ފޮޓޯއެއް ދެއްކި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށް، އެ މައްސަލަ ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ މި މައްސަލަ ފެންމަތިވެފައިވަނީ ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގައި ކަމަށެވެ. އެ ފިހާރައިގެ ބިލްބޯޑެއްގައި ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އަޅުވާފައި ހުރި ކަމުގެ މައުލޫމާތު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 އޮކްޓޫބަރު 29 ވަނަ ދުވަހުގެ ރޭ ދަންވަރު 03:23 އެހައިކަންހާއިރު […]
ޔުމްނާ ޢަލީ
ވިއްސާރަވެ ފެންބޮޑުވާ ހާލަތްތަކުގައި ބޭނުންކުރުމަށްޓަކައި އެހީ ޖަމުޢިއްޔާގެ ފަރާތުން ހދ. ނޮޅިވަރަންފަރު ކައުންސިލަށް 4 އިންޗީގެ ޕެޓްރޯލް ޕަންޕަކާއި ހޮޅި ހަދިޔާކޮށްފިއެވެ. މި އެހީއާ ގުޅިގެން ނޮޅިވަރަންފަރު ކައުންސިލުން ވަނީ އެ ޖަމުޢިއްޔާގެ އެންމެހައި މެންބަރުންނަށް ކައުންސިލާއި ރަށުގެ ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. ކައުންސިލުން ހާމަކުރި ގޮތުގައި ރަށުގެ ލާބައާއި މަންފާއަށް އެހީ ޖަމުޢިއްޔާއިން ވެދެއްވި މި ދީލަތި އެހީތެރިކަމަކީ ނުހަނު ބޭނުންތެރި އަދި ޝުކުރުވެރިކަމާ
ފާތިމަތު ސަޙާ
ސައިބަރ ސެކިއުރިޓީ މަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރެވިފައިވާ ހުރިހާ ރަށެއްގައި ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ކެމްޕޭނުގެ ދަށުން ހއ. އަތޮޅުގެ އެކި ރަށްރަށުގައި ފުލުހުން ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގައިފިއެވެ. އޮކްޓޫބަރު މަހުގެ 18 އިން 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ސައިބާ ސެކިއުރިޓީއަށް އާންމުންނާއި އެކި ދާއިރާތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުމެވެ. ހއ. އަތޮޅު ޕޮލިހުން ބުނީ، މި ކެމްޕޭނުގެ ތެރެއިން ހއ. އިހަ
ފާތިމަތު ސަޙާ
1 މިނިޓު
އެމެރިކާއާއެކު ވެވޭ އެއްބަސްވުމެއް ތަންފީޒުކުރުމަށް ހުށަހަޅާފައިވާ މުއްދަތު ހަތް ދުވަހުން ހަތަރު ދުވަހަށް ކުރުކުރުމާއެކު، ސުލްހައިގެ މަގު އަލިކުރުމަށް އީރާނުން އާ ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މިއީ ދެ ފަރާތުގެ ދެމެދުގައި އަލުން އަސްކަރީ ކުރިމަތިލުމެއް ހިނގިޔަ ނުދިނުމުގެ ގޮތުން، ނޮވެމްބަރު ހަތަރެއްގެ ކުރިން ތުރުކީގައި ބައްދަލުވުމެއް ބޭއްވުމަށް މެދުވެރިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އައި ހުށަހެޅުމެކެވެ. ”އަލް އަރަބިއްޔާ އިންގްލިޝް” އިން އެ ނޫހަށް މައުލޫމާތު ދިން މަސްދަރުތަކާއި ހަވާލާދީ
ނާޒިމާ އަލީ
ޒުވާން އަންހެނުންނަށް އަމާޒުކޮށްގެން، ގައިންގަޔަށް ނާރާ ބަލިތަކާއި އުރަމަތީގެ ކެންސަރާ ގުޅޭގޮތުން މަޢުލޫމާތު ދީ ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ސެޝަނެއް ށަވިޔަނި އަތޮޅު ހޮސްޕިޓަލުގައި ބޭއްވުމަށް ނިންމައިފިއެވެ. ށ.އަތޮޅު ހޮސްޕިޓަލުން ބުނީ މި ސެޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އުމުރުން 35 އަހަރުން ދަށުގެ ޒުވާން އަންހެނުންނަށް ކަމަށެވެ. އެހެންކަމުން، ޚާއްޞަކޮށް 35 އަހަރުން ދަށުގެ ވީހާވެސް ގިނަ އަންހެނުން މި ސިއްޙީ ހޭލުންތެރިކަމުގެ ސެޝަނުގައި ބައިވެރިވުމަށް ށަވިޔަނި އަތޮޅު ހޮސްޕިޓަލ
ފާތިމަތު ސަޙާ
ބްރެޒިލްގެ ސުޕްރީމް ކޯޓުން ޕާސްޕޯޓް ހަވާލުކުރަން އަމުރުކޮށްފައި ވަނިކޮށް، ސިއްރިއްޔާތުގައި އެ ގައުމުން ފިލައިގެން އެމެރިކާއަށް ދިއުމަށްފަހު، ބްރެޒިލްގެ އާ ރައީސަކީ އަދި ހައްގުވެރި ވެރިޔަކީ އޭނާ ކަމަށް އެ ގައުމުގެ ކަނާތުފިޔައިގެ ރިޔާސީ ކެންޑިޑޭޓް ފްލާވިއޯ ބޮލްސޮނާރޯ އަމިއްލައަށް އިއުލާންކޮށްފިއެވެ. އާއިލާއާއެކު ފްލާވިއޯ އެމެރިކާގެ މިއާމީއަށް އެތެރެވުމާއެކު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އޭނާއަށާއި އާއިލާއަށް އެމެރިކާގެ ވިސާ ދޭނެކަން ހާމަކޮށްފައެވެ. ނިމިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އ
ނާޒިމާ އަލީ
ށ. ކޮމަންޑޫ މަގުތަކުގައި ހުރި ތަކެއްޗާއި، ކާބޯތަކެތި އަޅާ ގަސްތައް 1 ނޮވެމްބަރު 2026 ގެ ކުރިން ނެގުމަށް އެ ރަށު ކައުންސިލުން ރައްޔިތުންނަށް އިލްތިމާސްކޮށް، އެކަމަށް މުހުލަތެއް ދީފިއެވެ. މިކަމާ ގުޅިގެން ކޮމަންޑޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މަގުގައި ހިނގާ ފަރާތްތަކަށާއި އެއްގަމު އުޅަނދު ދުއްވުމަށް ދަތިވާނެހެން މަގުމައްޗާއި ގޯޅިތަކުގައި ތަކެތި ބަހައްޓާފައި ހުންނަކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މަގުމައްޗާއި ގޯޅިތަކުގައި އެ ފަދައިން ޢަމަލު
ފާތިމަތު ސަޙާ
ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ސިޔާސީކޮށްގެން ވާނެ ތަނެއް ނޫން ކަމަށާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ ސިޔާސީ ބޭފުޅުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހަޅުއްވާފައިވާ، ތަޢުލީމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. މެންބަރު
އައިޝަތު ޢާދަމް
ށ. މާއުނގޫދޫގައި މެދުކެނޑިފައިވާ ބަށިބޯޅަ އަލުން އާލާކުރުމުގެ މަޤްޞަދުގައި، އެ ކުޅިވަރުގެ އޮފިޝަލުން ތަމްރީނުކުރުމަށާއި ކުޅިވަރަށް މީހުން އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ޚާއްޞަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ބަށިބޯޅަ ފައުންޑޭޝަނާއި މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީ ގުޅިގެން އެ ރަށުގައި އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ބަށިބޯޅައިގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޖުމްލަ 26 ބައި
ފާތިމަތު ސަޙާ
ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ތައްޔާރުކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް އިސްކަންދީގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ “ނޭޝަން ޗެޓް” ސިލްސިލާ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިހިނގާ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު
ޔުމްނާ ޢަލީ
ހއ. އުތީމު “ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2026” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އުތީމު ކައުންސިލާއި އެ ރަށު އުތުރު ސްޕޯޓްސް ކްލަބް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. އުތީމު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި މުބާރާތުގައި ބައިވެރިވެވޭނީ ސްކޫލް ތަޢުލީމު ނިންމާފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، އުތީމުގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކާ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އަންނަ ނޮވެމްބަ
ފާތިމަތު ސަޙާ
މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި، ގައުމީ އެއާލައިން މޯލްޑިވިއަނުން މާލެއިން ޖިއްދާއަށް ބުރާސްފަތި ދުވަހު ކުރުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރު ފަސްކޮށްފައިވާ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ބުނެފިއެވެ. އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ގުޅިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ މި ދަތުރަކީ މި މަހުގެ 29 ވާ ބުރާސްފަތި ދުވަހު (29 އޮކްޓޯބަރު 2026 ގައި) ކުރުމަށް ތާވަލުކޮށްފައި
ޔުމްނާ ޢަލީ
އޮކްޓޫބަރު 2023 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައަށް ފަހު ބޭއްވި ފުރަތަމަ ޢާންމު އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށްދާއިރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަނަށް ލިބޭނެ ކަމަށް ލަފާކުރެވޭ ގޮނޑީގެ ޢަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ. ޢާންމު ވޯޓު ފޮށިތައް ގުނައި ނިމުނުއިރު، 120 ގޮނޑި ހިމެނޭ ކްނެސެޓް (ޕާލަމެންޓް) ގެ އަޣުލަބިއްޔަތު ހޯދަން ބޭނުންވާ 61 ގޮނޑި ހަމަކުރުމަށް ދެ ފަރާތުން ކުރެ އެއްވެސް ބަޔަކަށް ކާމިޔާބުވެފައި ނުވާ ކަމަށް ޗެނަލް […]
ނާޒިމާ އަލީ
ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ޚަރަދުތައް ކުޑަކުރުމުގެ ގޮތުން “މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް” އުވާލައި، “މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް” އުފެއްދެވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ބަދަލުގެ ސަބަބުން ޚިދުމަތް ދިނުން އަވަސްވެ، ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ “ނޭޝަން ޗެޓް” ސިލްސިލާ
ޝިއުނާ އާދަމް