ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް މަލްޓި ޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ. ފިނޭންސް މިނިސްޓްރީން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ މި ބީލަން ކުރިއަށްގެންދާނީ ޕްލޭނިންގ މިނިސްޓްރީގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން ކަމަށެވެ. މީގެ އިތުރުން އިކޮނ...
މުޙައްމަދު އަފްރާޙް
އިންޑޮނޭޝިއާގެ މޮލުއްކަސް އަށް 7.1 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވިދާޅުވީ ބިންހެލުން އައި އިންޑޮނޭޝިއާގެ މޮލުއްކަސް އާއި ރާއްޖޭގެ ވެރިރަށް މާލެ އާއި ދެމެދު 5948 ކިލޯމީޓަރުގެ ދުރުމިން އެބަހުރި ކަމަށެވެ. މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭ ކަމަށް ވެސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވިދާޅުވެއެވެ. ދޭތެރެ ދޭތެރެއިން އިންޑޮނޭޝިއާގެ ބައެއް ރަށްތަކާއި އެރަށްތަކާއި އިންވެގެން އޮންނަ ކަނޑު...
ޔުމްނާ ޢަލީ
6 މޭ 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ދިން ޓެރަރިސްޓް ހަމަލާއިން އެމަނިކުފާނު ސަލާމަތްވެވަޑައިގެންނެވުމުން އަޖައިބުވި ކަމަށާއި، ކޮންމެ ކަމެއްގައި ވެސް މާތްރަސްކަލާނގެ ސަބަބެއް މެދުވެރިކުރައްވާނޭ، އެ ހަމަލާއިން ސަލާމަތްވެވަޑައިގަތުމުން ހިތްޕުޅަށް އަރައިވަޑައިގަތްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ، ދިވެހި ޗެނަލަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޕްރެޒެންޓަރ ޔާމީން ރަޝީދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ބަސްދީގަތުމ...
ޔުމްނާ ޢަލީ
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް. ޖައިޝަންކަރު، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ. ހާރިޖީ ވުޒާރާ އިން ވިދާޅުވީ ޖައިޝަންކަރުގެ މި ދަތުރުފުޅަކީ މިއަދުން ފެށިގެން އަންނަހުކުރު ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި ރައީސް ސާލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައް ކުރައްވާނެ ކަމަށާއި މިއީ ރާއްޖޭގެ ހާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ހާމަކުރައްވ...
މުޙައްމަދު އަފްރާޙް
ހދ. ދިއްދޫގައި އެއާޕޯޓެއް ތަރައްގީކުރަން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އެކުލަވާލާ މެނިފެސްޓޯގައި ހިމަނުއްވާނެ ކަމަށާއި، އަދި އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ވެސް ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި އިއްޔެ ދިއްދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މިހާރު އެރަށުގައި އެޅުމަށް ނިންމާފައިވާ 75 ހައުސިން ޔުނި...
ޔުމްނާ ޢަލީ
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާ ވެސް ހުޅުވާލައިފި އެވެ. އެރަށު ކައުންސިލުން ވިދާޅުވީ މިކަމަށް އަނެއްކާ ވެސް ހުޅުވައިލީ އެ މަސައްކަތް ކޮށްދެނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު 27 ގައި ކޮށްފައިވާ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ ކަމަށެވެ. އެހެންވެ، އެ އިއުލާނު ބާތިލްކޮށް އަލުން އެފުރުސަތތު ހުޅުވާލާފައިވާ ކަމަށް ކައުންސިލުން ވިދާޅުވި އެވެ. އެކައުންސިލުން ވިދާޅުވީ މި ބީލަން ހު...
މުޙައްމަދު އަފްރާޙް
ދައުލަތް ހިންގާން ލިބިއްޖެނަމަ އެންމެ ބޮޑު އަމާޒަކަށް ވާނީ މީހެއްގެ ފިކުރަކަށް، ކުލަޔަކަށް ނުބަލައި އިންސާފުގާއިމުކުރުމުގައި އާއި އެހެނިހެން ހުރިހާ ކަމެއްގައި ވެސް ހަމަހަމަކަމުގެ އުސޫލު ހިފެހެއްޓުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ)ގެ ރައީސް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި އޭނާ ފްރޭމްކޮށް ޖަލަށްލިތާ 8 އަހަރު ފުރުމުގެ ހަނދާންތައް އައު ކުރައްވައި އާންމު ކުރ...
ޔުމްނާ ޢަލީ
ހއ. ދިއްދޫގައި އަޅާ ހައުސިން ޔުނިޓްތަކުގެ އަދަދު އިތުރުކޮށް، އެރަށުގައި އައުޓް ޑޯ ޖިމެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި މިއަދު ދިއްދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ދިއްދޫ އަކީ އިސްލާހީ މަސައްކަތުގައި ވަރަށް އިސް ސަފުގައި މަސައްކަތް ކުރައްވާ އެމްޑީޕީގެ މެންބަރުން ތިބި ރަށެއްކަން ފާހަގަ ކުރައްވާފައެވެ. މިހާރު އެރަށުގައި އެޅުމަށް ނިންމާފައިވާ 75 ހައުސިން ޔުނިޓްގ...
ޔުމްނާ ޢަލީ
ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރައްވައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ނަމަވެސް އެ އިންތިޚާބުން ރައީސް ޞާލިޙް ހޮވުން ވަރަށް ދަތިކަމަށް އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ދިވެހި ޗެނަލަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޕްރެޒެންޓަރ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު ފެ...
ޔުމްނާ ޢަލީ
އދ. އޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫއުގެ ދަށުން 49،765 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ބަނދަރު ފުން...
އަޙްމަދު ވަހީދު
މި ސަރުކާރަކީ ވައުދެއްވެއްޖެނަމަ އެ ވައުދެއް ފުއްދަވައިދެއްވާނެ ސަރުކާރެއް ކަމަށާއި، ހޯރަފުށީ ރައްޔިތުންނާ ދެން ބައްދަލުކުރައްވާނީ އެރަށުގައި ސަރުކާރުން އަޅުއްވައިދެއްވަން ވައުދުވި ހޮސްޕިޓަލްގެ މަސައްކަތް ނިންމާފައިކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި މިއަދު ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި ކުރިއަށް ގެންދެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހޯރަފުށީގެ ރައްޔިތުންީ ތ...
ޔުމްނާ ޢަލީ
ހއ. ބާރަށުގައި ފުޓްބޯޅަ އެކަޑަމީ އެއް ހިންގަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފި އެވެ. ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ އިން ވިދާޅުވީ މިއީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ފަރާތުން ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްގީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުމުގެ މަތިވެރި މަގުސަދުގައި، ހިންގާ އެކަޑަމީއެއް ކަމަށެވެ. އެ ކުލަބްގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުއި ފުޓްބޯޅަ އެކަޑަމީ ހިންގުމަށް އެއްމެ ފުރަތަމަ ފަށާ ރަށްތަކުގެ ތ...
މުޙައްމަދު އަފްރާޙް
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުން އަންނަ ބަހުގެ ހިދުމަތް ވިލިމާލެއަށް ތައާރަފު ކުރަން ތައްޔާރުވެއްޖެއެވެ. އެމްޓީސީސީން ބުނީ އާރުޓީއެލް ބަހުގެ ހިދުމަތް މާލެ ސިޓީއަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެ އަދި ހުޅުމާލެ އާއި އެއްފަސްގަނޑަކުން މިވަގުތު ގުޅިފައި ނެތް ނަމަވެސް ވިލިމާލެއަށް އެ ހިދުމަތް ދޭން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ވިލިމާލޭގައި އެ ކުންފުނިން ފޯ...
އަޙްމަދު ވަހީދު
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނަ ކޮންމެ އިންތިޚާބެއްގައި ”ހިތްޕުޅު ފުރި ބަންޑުންދާވަރުގެ” ނަތީޖާއެއް ހޯރަފުށިން ކަށަވަރުކޮށްދެއްވާނެ ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވެއްޖެއެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙް ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރަށްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއް ގޮތުގައި...
ޔުމްނާ ޢަލީ
ގއ. ވިލިނގިލީގައި އިމާރާތްކުރާ 50 ރޯހައުސްގެ ބިންގާ އަޅައިފިއެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ ޕްލޭނިން އެންޑް ހައުސިން ނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދިި އެ ރަށު ކައުންސިލް މެމްބަރުންނެވެ. ވިލިނގިލީގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ހައުސިންގް ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް އާއެވެ. މިދިޔަ އަހަރު ޖޫންމަހު...
ޔުމްނާ ޢަލީ
ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްްމިއްޔާތެއްގައި އެ މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރީ ރ. ވާދޫ އާއި އއ. ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. ރ. ވާދޫ ގޮނޑުދޮށ...
އަޙްމަދު ވަހީދު
“ޅެންވެރިޔާ 2023″ މުބާރާތުގެ ގެ އެއްވަނަ ހޯދައި، މި އަހަރު ލިޔުންތެރިންގެ ގުޅުމުގެ ”ޅެންވެރިޔާ 2023” ގެ ޝަރަފު، ކުޅުދުއްފުށި ސިޓީ، ދުރުމީ / އާދަމް އިބްރާހިމް ހޯދައިފި އެވެ. އޭނާ ވަނީ މި މުބާރާތުން 2 ވަނަ އަދި 7 ވަނަ ވެސް ހޯދާފައެވެ. މިއީ ރާއްޖޭގެ ލިޔުންތެރިންގެ ޖަމިއްޔާ ލިޔުންތެރިންގެ ގުޅުމުން މި އަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މުބާރާތެކެވެ. މި މުބާރާތުގެ ތިންވަނަ އާއި ފަސްވަނަ ހޯއްދެވީ ޢަބްދުﷲ ޝާކިރު (ހަތިފުށީޝާކިރު) […]
މުޙައްމަދު އަފްރާޙް
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ތައާރަފްކޮށްފައިވާ “ބިލެއްކަމަނަ” އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ. އެ ކޮމެޓީން ވިދާޅުވީ، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައި، މާޗު 1 އިން 10 ގެ ނިޔަލަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ އަހަރުގެ އަންހެނުންގެ ދުވަހާއި ގުޅުވައިގެން އެ ކޮމެޓީން ތައާ...
މުޙައްމަދު އަފްރާޙް