ހއ. ދިއްދޫގައި އަޅާ ހައުސިން ޔުނިޓްތަކުގެ އަދަދު އިތުރުކޮށް، އެރަށުގައި އައުޓް ޑޯ ޖިމެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި މިއަދު ދިއްދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ދިއްދޫ އަކީ އިސްލާހީ މަސައްކަތުގައި ވަރަށް އިސް ސަފުގައި މަސައްކަތް ކުރައްވާ އެމްޑީޕީގެ މެންބަރުން ތިބި ރަށެއްކަން ފާހަގަ ކުރައްވާފައެވެ.

Ad
rt

މިހާރު އެރަށުގައި އެޅުމަށް ނިންމާފައިވާ 75 ހައުސިން ޔުނިޓްގެ ތެރެއަށް އިތުރު 25 ހައުސިން ޔުނިޓް އިތުރުކޮށްދެއްވުމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު އެދިލައްވާފައިވާތީ އެކަން އެގޮތަށް ކޮށްދޭން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށުގައި އައުޓް ޑޯ ޖިމެއް ގާއިމުކޮށްދޭން އެދިލައްވާފައިވާތީ އެކަން ވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި މިފުރުސަތަކީ އަލުން އަނިޔާވެރިކަމުގެ ތެރެއަށް އެނބުރިނުގޮސް، ތަރައްގީ އާއި އަދި އެމްޑީޕީއާއިއެކު ކުރިއަށް ދިޔުމަށް ވިސްނަންވީ ވަގުތު ކަމަށެވެ.