ބ. އަތޮޅުގެ ފަޅު ރަށެއްގައި ވެލާ ފެޅި 5 މީހުންގެ ބަޔާން ނެގުމަށްފަހު ދޫކޮށްލައިފިއެވެ. އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މި ހިނގާ ފެބްރުއަރީ 3 ވަނަ ދުވަހު ވެލާތަކެއް މަރައި ފަޅައިގެން ކައްކަން ތިއްބައި އަތުލައިގަތީ ކެންދޫއަށް ނިސްބަތްވާ ފަސް މީހުން ކަމަށެވެ. އެމީހުން އަތުލައިގަތްއިރު، އެމީހުންނާއެކު 6 ވެލާގެ ތޮށިގަނޑު ފެނިފައިވާ ކަމަށާއި އެ މައްސަލާގައި ޝާމިލުވާ މީހުންގެ ބަޔާންތައް ނެގުމަށްފަހު މިނިވަންކޮށްފައިވާ ކަމަށް ޓްވީޓުގައި ވަނީ ބުނެފައެވެ...
މުޙައްމަދު އަފްރާޙް
ހައި ޖަމްޕުގެ ރާއްޖޭގެ ގައުމީ ރެކޯޑު 27 އަހަރަށްފަހު މުގުރާލައިފިއެވެ. މި ރެކޯޑު މުގުރާލީ ފުވައްމުލަކު ސީޓީގައި މިހާރު ކުރިއަށްދާ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައެވެ. 19 އަހަރުން ދަށުގެ އަންހެން ހައިޖަމްޕު އިވެންޓުގައި މި ރެކޯޑު މުގުރާލީ އައްޑޫ ހައި ސްކޫލްގެ ދަރިވަރު އައިޝަތު ޝައިމް އަޒީޒް އެވެ. 1996 ވަނަ އަހަރު މާލޭގައި ބޭއްވި 04 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައި 1.47 މީޓަރު މަތިން ފުންމައިގެން މި ރެކޯޑު ކުރިން އޮތީ ރަނާ […]
މުޙައްމަދު އަފްރާޙް
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޑެޓް 20،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ. އިންފްލައިޓް ކޭޓަރިން ޖޫރިމަނާ ކުރީ މ. މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗު ނަރިޝްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ގަވާއިދާއި ހިލާފަށް ކުރިޔަށް ގެންދިއުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން އީޕީއޭ އިން ނެރުނު ބަޔާނެއްގައި ވަނީ މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާ...
މުޙައްމަދު އަފްރާޙް
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ޖޭއެސްސީ މިއަދު ވިދާޅުވީ، ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއެއްގެ އަޑުއެހުމުގައި ދަޢުވާއަށް އިޢުތިރާފުވެފައިވީނަމަވެސް، އެ ޤަޟިއްޔާއަކީ އަވަސް ނިޔާގައި ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަން ލިޔެކިޔުމުންނާއި އިސްމެޖިސްޓްރޭޓު ފަތުޙުﷲ ޖަމީލް މޫސާގެ ބަހުން އެނ...
ޔުމްނާ ޢަލީ
ނަފްސާނީ ހިދުމަތް ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް ގޮވައިލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ. މި ގަރާރު މަޖިލީހަށް ހުށަހެޅެއްވީ ތިމަރަފުށި ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޟްއެވެ. އެމްއެންޕީގެ އެއް ނައިބު ރައީސްގެ ގޮތުގައި ވެސް ހުންނެވި ރިޔާޟް ހުށަހެޅުއްވި، މި ގަރާރުގައި އޭނާ ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ ރައްޔިތުންނަަށް ނަފްސާނީ ސިއްހަތު ނުވަތަ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ހިދުމަތްތަކާއި ނަފްސާނީ ސިއްހަތުގެ ފަރުވާ ދިނުމާއިބެހޭ ހަރުދަނާ އޮނި...
މުޙައްމަދު އަފްރާޙް
ތިލަފުށިން ބިދޭސީންނަށް ބިން ވިއްކުމާއި ދެކޮޅަށް ހުށަހެޅި ކުއްލި މައްސަލައަށް މަޖިލީހުން ނޫނެކޭ ބުނެ، ބޭރުކޮށްލައިފިއެވެ. މިހާރުކުރިއަށްދާ، މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި ކުއްލި މައްސަލައެއްގެ ގޮތުގައި މިކަން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. މި މައްސަލަ ބަލައުގަތުމަށް ވޯޓަށް ހުޅުވައިލުމުން މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް ވޯޓުދެއްވީ 9 މެމްބަރުންނެވެ. އެހެންނަމަވެސް 36 މެމްބަރުން ވޯޓު ދެއްވާފައިވަނީ ބަލައިގަންނަން ނުފެންނަކަމ...
މުޙައްމަދު އަފްރާޙް
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުރިއަށް އޮތް ޤައުމީ ކޮންފަރެންސްގައި އެ ޕާޓީގެ އަސާސީ ޤަވާޢިދަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ. ޖޭޕީގެ އަސާސީ ޤަވާޢިދަށް ބަދަލުތަކެއް ގެނައުމަށް އެ ޕާޓީގެ ގައުމީ ކޮންފަރެންސަށްއަށް ހުށަހެޅުމަށް ތައްޔާރުގައިކޮށްފައިވާ ޑްރާފްޓް އެ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ރޭ ވަނީ އެ ޕާޓީގެ މެންބަރުން ތިބޭ ”ޖޭޕީ ފެމިލީ” ވަޓްސްއަޕް ގްރޫޕްގައި ހިއްސާކުރައްވާފައެވެ. އެ ޑްރާފްޓްގައިވާގޮތުން ކުރިއަށް އޮތް ޖޭޕީގެ ޤައުމީ ކޮންފަރެ...
ޔުމްނާ ޢަލީ
އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލް ފުރަތަމަ މެޗަށް ފަހު ރެފްރީއަށް ހަމަލާދިން މައްސަލް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާނެ ކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހްމަދު މަހްލޫފު އެދިވަޑައިގެންފިއެވެ. ވަޒީރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންޓަރ ސްކޫލް މުބާރާތެއްގެ ތެރެއިން ރެފްރީގެ ނިންމުމަކާހެދި މިފަދަ ކަމެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންނަށްވަނީ ނަފްސާނީގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށެވެ. “ދިވެހި ފުލ...
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ އުފާފާގަތި ދިރިއުޅުން ކަށަވަރު ކުރެވޭނީ ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުތަކަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން އެމަނިކުފާނު ވިދާޅުވީ ހިންގޭ ހުރިހާ މަޝްރޫއަކާއި ނިންމޭ ކޮންމެ ނިންމުމެއްގެ އާޚިރު ލާބަ، ރައްޔިތުންނާ ހަމަޔަށް ވާސިލުވާންޖެހޭ ކަމަށެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރި މިނިވަން ވޭޖު ނުވަތަ އެންމެކުޑަ އުޖޫރަ އާގުޅޭގޮތުން ރައީސް ވިދާޅުވީ މިނިމަމް ވޭޖުގެ ބޮޑު ބަދަލަށް އަހަރެއް ވެއްޖެ ކަމަށާއި...
މުޙައްމަދު އަފްރާޙް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގައި ލެބޯޓަރީ ތަހުލީލްތައް ހެދުމަށް ސާމްޕަލްތައް ނެގުން އައު އޯޕީޑީ އިމާރާތަށް ބަދަލުކޮށްފިއެވެ. އެ ހޮސްޕިޓަލުން ބުނީ މި ބަދަލު ގެނައީ މިއަދުން ފެށިގެން ކަމަށެވެ. އަދި ސާމްޕަލް ނަގާ ގަޑިއަށްވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ސާމްޕަލް ނަގާނީ ހެނދުނު 07:30 ފެށިގެން އިރުއޮއްސި 7 ޖެހުމާއި ހަމައަށް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ. ހޮސްޕިޓަލްގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް...
މުޙައްމަދު އަފްރާޙް
އެމްޕީއެލް ސަރަހައްދުން ދަތުރުކުރަމުން ދިޔަ ޓަގް ބޯޓެއްގެ އިންޖީނުގައި އަލިފާން ރޯވެއްޖެ އެވެ. އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވި ގޮތުގައި މިހާރު އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. އަލިފާންގަނޑު ނިއްވާލާފައިވަނީ އެމްޕީއެލްގެ މުވައްޒަފުން ކުރި މަސައްކަތުންކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވި އެވެ. އެސަރަހައްދުގައި ހުރިމީހަކު މަޢުލޫމާތު ދެމުން ބުނެފައިވަނީ އަލިފާން ރޯވެފައިވަނީ ނޯޓުހާބަރާއި ދިމާ ބޭރުން ދަތުރު ކުރަމުން ދިޔަ ޓަގް ބޯޓެއްގައި ކަމަށާއި އަލިފާން ރޯވެފައިހުރި އިރު ބޯޓުން ދުން އ...
އަލީ އާދިލް
މާލެއިން މީހަކު ގެއްލިގެން އެމީހާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސ. މަރަދޫފޭދޫ / ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް (31އ) ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރައްވަމުން އަންނައިރު، އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އެންމެ ފަހުން ފެނިފައިވަނީ ފެބުރުވަ...
ޔުމްނާ ޢަލީ
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެރިރަށް މާލޭގައި ކުރި އިހުތިޖާޖު ކަވަރުކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް އަނިޔާވި ޗެނަލް13 ގެ ނޫސްވެރިޔާގެ ހާލު ސީރިޔަސްވެ، އިތުރު ފަރުވާ އަށް ސްރީލަންކާ އަށް ފޮނުވަން އޭނާގެ އާއިލާ އިން ނިންމައިފި އެވެ. މިއަދު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވިއިރު، މަޖިލިސް ހުޅުވި ޖަލްސާގައި އޮތީ އާންމު އުސޫލުން ރައީސުލްޖުމްހޫރިއްޔާ މިއަހަރަށް ރިޔާސީ ބަޔާން އިއްވުމެވެ. މިއަދު ހެނދުނު މިޖަލްސާ ކުރިއަށް ދިޔައިރު އިދިކޮޅު ކޯލިޝަނުން ވަނީ މަޖިލިސްގޭ ހުންނަ ސަރ...
ޔުމްނާ ޢަލީ
ށ. މިލަންދޫ ބަނދަރު ސަރަހައްދުގައި ހުރި ޕޭވްމެންޓު ގައު ޕެލެޓުތަކަށް ކުޅެން ނޭރުމަށް އެރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. ކައުންސިލު އިދާރާ އިން ނެރުނު އިލްތިމާސް ދެންނެވުމެއްގައި ވަނީ އެރަށު ބަނދަރު ދަރަހައްދުގައި ބަހައްޓާފައިހުރު ޕޭވްމެންޓު ގައު ޕެލެޓުތަކުގެ މައްޗަށް ކުޅެ ހެދުމަށް ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން މިހާރަކަށް އައިސް އަރަމުންދާ ކަމަށް އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ ކައުންސިލުން ވިދާޅުވީ އެ ޕެލެޓުތައް ބަންނަން އަޅުވާފައި ހުރިި ދަގަނޑު ސްޓްރިޕްތަކުގައި މިހާ...
މުޙައްމަދު އަފްރާޙް
ޤައުމު އާރާސްތު ވާނީ ޒުވާނުން ބިނާވެގެން ކަމަށާއި އެކަމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރާ ހާއްސަ މަސައްކަތްތަކެއް އެބަހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން އެމަނިކުފާނު ވިދާޅުވީ ތަޢުލީމީ ނިޒާމް މުޅި ރާއްޖޭގައި އެއްހަމަކުރުމަށް ފުރަތަމަ ބޭނުންވީ އެކަމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރަން ކަމަށެވެ. އަދި ހެނދުނު ހެނދުނާ އިނގިލިކުރީލައިގެން ގެންގޮސް، ދަރިފުޅު މަދަރުސާގެ ދޮރުން ވައްދަނީ ބޭނުމަކު ކަމަށެވެ. “ކްލާސްރޫމް ނެތިގެން، ފު...
މުޙައްމަދު އަފްރާޙް
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ހދ. ނޮޅިވަރަންފަރު ކައުންސިލް ރައީސް އަބުދުﷲ ނަދީމް އާއި ހުރާ ކައުންސިލްގެ ރައީސް އީސަ ހައްޔަރުކޮށްފިއެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް މިއަދު ހުޅުވާފައިވާއިރު، މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހް ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވާފައެވެ. އިދިކޮޅުން ވަނީ އެ ޖަލްސާ ފެށިގަޑިއާ އެއްވަގުތެއްގައި މަޖިލިސްކުރާ ގޭ ސަރަހައްދަށް އެއްވެ އިޖުތިޖާޖު ފަށާފައެވެ. ފުލުހުން ސަރަހައްދު...
ޔުމްނާ ޢަލީ
ހދ. މަކުނުދޫ އާއި ށ. ބިލެތްފަހި ހިމެނޭހެން އިތުރު ދެރަށެއްގެ އެއަރޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން އިތުރުކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެތެރޭގައި ފަށާނެކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގައެވެ. ރައީސް ވިދާޅުވީ މަކުނުދޫ، ބިލެތްފަހި، ތުޅާދޫ އަދި ވިލުފުށި އެއަރޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރުގެ މެދުތެރޭ ފެށިގެންދާނެ ކަމ...
މުޙައްމަދު އަފްރާޙް
ހދ. ނޮޅިވަރަންފަރުގައި ވިޔަފާރިއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. އެރަށު ކައުންސިލުން އިންތިޒާމްކޮށްގެން މި ފެބްރުއަރީ މަހުގެ 02 އިން 04 އަށް މި ޕްރޮގްރާމު ކުރިއަށް ގެންދިޔައީ ބިޒްނަސް ސެންޓަރާއި ގުޅިގެންނެވެ. މި ޕްރޮގްރާމުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ވިޔަފާރި ރަޖިސްޓްރީކުރުމުގެ މަރުހަލާތައް އަދި ބިޒްނަސް ޕޯޓަލް ގެ މައުލޫމާތު ވަނީ ދީފައެވެ. އަދި ފައިސާގެ ހިސާބުތައް ބަލަހައްޓާނެގޮތާއި އޯތެންޓިކް މޯލްޑިވްސްގެ މައުލޫމާތު ވެސް ވަ...
މުޙައްމަދު އަފްރާޙް