އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެރިރަށް މާލޭގައި ކުރި އިހުތިޖާޖު ކަވަރުކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް އަނިޔާވި ޗެނަލް13 ގެ ނޫސްވެރިޔާގެ ހާލު ސީރިޔަސްވެ، އިތުރު ފަރުވާ އަށް ސްރީލަންކާ އަށް ފޮނުވަން އޭނާގެ އާއިލާ އިން ނިންމައިފި އެވެ.

މިއަދު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވިއިރު، މަޖިލިސް ހުޅުވި ޖަލްސާގައި އޮތީ އާންމު އުސޫލުން ރައީސުލްޖުމްހޫރިއްޔާ މިއަހަރަށް ރިޔާސީ ބަޔާން އިއްވުމެވެ.

Ad
rt

މިއަދު ހެނދުނު މިޖަލްސާ ކުރިއަށް ދިޔައިރު އިދިކޮޅު ކޯލިޝަނުން ވަނީ މަޖިލިސްގޭ ހުންނަ ސަރަހައްދުގައި އިހުތިޖާޖުކޮށްފައެވެ. ސަރަހައްދު ބަންދުކޮށްފައި އޮތުމުން މަޖިލިސް ކުރާގޭ ދޮށަށް އިދިކޮޅުގެ އިހުތިޖާޖުގެ ބައިވެރިންނަށް އެއް ނުވެވުނުން އިހުތިޖާޖު ކުރަމުން ދިޔައީ މަޖީދިއްޔާ ސްކޫލް ސަރަހައްދުގައެވެ.

ގިނަ އަދަދެއްގެ އިދިކޮޅު ސަޕޯޓަރުން ބައިވެރިވި މި އިހުތިޖާޖު ވަކި ހިސާބަކުން ފުލުހުން ރޫޅާލާފައިވާއިރު، އެ މަންޒަރުތައް ކަވަރު ކުރަން އުޅުނު ޗެނަލް13ހެ ދެ ނޫސްވެރިއަކަށް ވަނީ އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައެވެ.

އަނިޔާވި ނޫސްވެރިންކުރެ ޗެނަލް13 ގެ ނޫސްވެރިޔާ ހަސަން ޝަހީދުގެ ހާލު ސީރިއަސް ކަމަށް ޕީޕީއެމުން ބުންޏެވެ. އެހެންވެ އޭނާއަށް އިތުރު ފަރުވާ ދިނުމަށް ލަންކާއަށް ފުރުވާލަން މިހާރު ޢާއިލާއިން ނިންމާފައިވާ ކަމަށް ވެސް ޢާއިލާއާއި ހަވާލާދީ ޕީޕީއެމުން ވަނީ ބުނެފައެވެ: