އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުން މެޗު ކާމިޔާބުކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، މި ބުރުގައި ޓޮޓެންހަމް ކުޅުނު މެޗުން ބަލިވެ އެ ޓީމް މުބާރާތުން ކަޓައިފިއެވެ. ރޭ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ވެސްޓްހޭމްއާއި ދެކޮޅަށް ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ވެސްޓްހޭމުންނެވެ. މެޗުގެ 54 ވަނަ […]
އިބްރާހިމް ޚަލީލް
ހއ. އަތޮޅުގައި ގާނޫނުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވަނީ ހއ. އަތޮޅުގެ ހޯރަފުށި، އިހަވަންދޫ، އުލިގަމު، ތުރާކުނު އަދި މަނަފަރު ރިސޯޓުގައެވެ. މިދިޔަ ފެބްރުއަރީ މަހުގެ 24 އިން 28 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްތަކާގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި މިއީ، ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިން...
ޔުމްނާ ޢަލީ
ނ. ކެނދިކުޅުދޫ އިން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށް އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ސިޔާސީ ޕާޓީތަކަށް ބިންދޫކުރުމަށް ހުޅުވާލައި، ކެނދިކުޅުދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާންގައި ވިދާޅުވެފައި ވަނީ އެ ފުރުސަތު ހުޅުވާލީ އެެރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ސިޔާސީ ޙަރަކާތްތައް ހިންގާ ކުރިއެރުވުމަށްޓަކައި ކަމަށެވެ. އެރަށުން ބިމަށް އެދި ކުރިމަތިލެވޭނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން އިލެކްޝަން ކޮމިޝަން (އީސީ)ގައި ރަޖިސްޓަރީކޮށްފައިވާ ޕާޓީތަކަށް ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ. ކެނދިކުޅު...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި އެވަޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް އާސެނަލުން ލީޑު ފުޅާކުރިއިރު، ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަ ލިވަޕޫލުން ވުލްވްސް އަތުން މުހިންމު މޮޅެއް ހޯދައިފިއެވެ. ރޭ އާސެނަލްގެ ދަނޑުގައި އެ ޓީމުން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން އެވަޓަން ބަލިކޮށްފައެވެ. މި މެޗުގައި ކޮންމެ ހާފެއްގައި އާސެނަލުން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް […]
އިބްރާހިމް ޚަލީލް
އުރީދޫ މޯލްޑިވްސްއިން މޮބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިޔުސީ) 2023 ގައި ބައިވެރިވެއްޖެއެވެ. މިއަހަރު އެ ކޮންގްރެސް ކުރިއަށްގެންދަނީ ސްޕެއިންގެ ބާސެލޯނާގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދުތެ ނިޔަލަށެވެ. މި ކޮންގްރެސްގެ މިއަހަރުގެ ތީމަކީ “5ޖީ އެކްސަލަރޭޝަން، ރިއަލިޓީ ޕްލަސް އޯޕެން ނެޓް، ފިންޓެކް އެންޑް ޑިޖިޓަލް އެވްރީތިންގް” އެވެ. އުރީދޫއިން ބުނީ އެމްޑަބްލިޔުސީގެ ތެރެއިން އެ ކުންފުނީގެ މަންދޫބުން ދާއިރާގެ ޕާޓްނަރުންނާ ބައްދަލުކޮށް، މުވާސަލަތީ ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި އެ ދާއިރ...
އަޙްމަދު ވަހީދު
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ދަރުބާރުގެ ހަމަޖައްސައިފިއެވެ. އެކަން ހާމަކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު، ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުންނެވެ. އިންތިޚާބުގެ ކަންކަން ހަމަޖެއްސުމަށް މައިމަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސަވައިދެއްވީ އެތަނުގެ ބެލެނިވެރި ސަރުކާރުގެ އިދާރާ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ. “އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ދަރުބާރ...
މުޙައްމަދު އަފްރާޙް
ޗެލްސީއަށް ކުޅެމުން އަންނަ އުމުރުން 38 އަހަރުގެ ތަޖުރިބާކާރު ބްރެޒިލް ޑިފެންޑަރ، ތިއާގޯ ސިލްވާއަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ. ސިލްވާގެ ކަކުލަށް އަނިޔާވެފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ޓޮޓެންހަމް އަތުން ޗެލްސީ ބަލިވި މެޗުގައެވެ. އޭނާގެ ކަކުލަށް އަނިޔާވުމުގެ ސަބަބުން އެ މެޗުގެ 19 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުވެސް ކޮށްފައެވެ. ސިލްވާގެ ކަކުލަށް ލިބުނު އަނިޔާގެ އިތުރަށް ބެލުމަށްޓަކައި މި ހަފްތާގެ ހޯމަދުވަހު ޓެސްޓުތަކެއް ހަދާފައިވީ ނަމަވެސް އޭނާ އަނިޔާއިން […]
އިބްރާހިމް ޚަލީލް
ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ވަޑައިގެންފި އެވެ. ދިވެހި ޚާރިޖިއްޔާއިން ވިދާޅުވީ ޝާހިދުގެ މި ދަތުރުފުޅަކީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ރައިސީނާ ޑައިލޮގް ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ރައިސީނާ ޑައިލޮގް އަކީ އިންޑިއާގެ ފޮރިން މިނިސްޓްރީ އާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަނާ ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ކުރިއަށް ގ...
ޔުމްނާ ޢަލީ
ސްޓެލްކޯ އާއި ޕޮލިޓެކްނިކް ގުޅިގެން މަސައްކަތްތެރި ކަމުގެ ދާއިރާތަކަށް މީހުން ބިނާ ކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފައެވެ. އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްއެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ މުހައްމަދު ހާޝިމެވެ. މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯގައި ހިންގާ ތަފާތު ފަންނީ އަދި މަސައ...
އަޙްމަދު ވަހީދު
ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުތެ ދަށުން، ބިން ހިއްކުމުގެ މަސައްކަތުގެ 54 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ މަސައްކަަތަށް ބޭނުންވާ ބޮޑުހިލައިގެ ހުރިހާ ޝިޕްމަންޓެއް ވެސް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން […]
އަޙްމަދު ވަހީދު
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އަންހެން ކަނބަލުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އެވޯޑަކީ ދިގުމުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް ހޯރަފުއްޓަށް ކޮށްދެއްވާފައިވާ ކަނބަލުންނަށާއި ތަފާތު ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް އެ ރަށަށް ކޮށްދެއްވާފައިވާ ކަނބަލުންނަށާއި، ރަށަށް އެންމެ ޚިދުމަތްތެރި ކަނބަލުންނަށާއި، ދުނިޔޭގެ ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި އަދި ރަށުފެންވަރުގައި އެ ރަށަ...
އިބްރާހިމް ޚަލީލް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން އިންތިޒާމްކޮށްގެން ހިންގާ ކާބޯތަކެތީގެ މައުރަޒު “އެމް.އެން.ޔޫ ފަހި ސުފުރާ” ހުޅުވައިފިއެވެ. މިފެސްޓިވަލް އިފްތިތާޙު ކޮށްދެއްވުމަށް ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގަތީ ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަބްދުﷲ ޖާބިރެވެ. މިފެސްޓިވަލް ކުރިއަށް ދާނީ 1 ން 2 މާރިޗް 2023 އަށް ކޮންމެ ދުވަހަކު 10:00 ން 22:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ. ތަފާތު އެކި ވިޔަފާރިތަކުންނާއި އަމިއްލަ ބައެއް ފަރާތްތައް ހިމެނޭ...
އިބްރާހިމް އަސްވާޤް
ބަންގްލަދޭޝްގެ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ފުލުސް މީހާގެ އަދަބުން އަދަބުން އެއް މަސް ދުވަހުގެ މުއްދަތެއް އެ ކޯޓުން މިއަދު އުނިކޮށްފި އެވެ. ބަންގަލްދޭޝްގެ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ކުރީގެ ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ އެއް އަހަރާއި އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ އޭނާ ކުށްކުރީ ފުލުހެއްގެ ގޮތުގައި ހުރެ ކަމަށްވާތީ އަދަބުގެ މިންވަރު މަތި ކުރުމަށް […]
ހުސައިން ހަބީބް
ށ. މާއުނގޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި، ބ. މާޅޮސް ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. މި ދެރަށުގެ މަޝްރޫޢުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ. މިގޮތުން ށ. މާއުނގޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ 16,132,014 ރުފިޔާއަށެވެ. އ...
ޔުމްނާ ޢަލީ
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމްގެ ބައްދަލުވުމެއް ރައީސް އޮފީހުގައި ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޤާސިމް ރައީސް ޞާލިޙާއި ބައްދަލު ކުރައްވަން ރައީސް އޮފީހަށް ވަޑައިގަތީ މިއަދު ހެނދުނު 11:00 ގައެވެ. މި ބައްދަލުވުމަކީ ރައީސްގެ އެދިވަޑައިގަތުމަށް ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ޤާސިމް ރައީސް އާއި ބައްދަލު ކުރައްވަން ވަޑައިގަތީ އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓ...
ޔުމްނާ ޢަލީ
އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ރޭ މެންޗެސްޓާ ސިޓީއާއި ޗެމްޕިއަންޝިޕްގެ ބްރިސްޓޮލް ސިޓީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ސިޓީ ޖާގަ ހޯދައިފިއެވެ. ރޭ ބްރިސްޓޮލް ސިޓީގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މިއީ ބްރިސްޓޮލް ސިޓީ މި އަހަރު ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމް އެންމެ ފަހުން ބަލިވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ފަހުކޮޅު ވެސްޓްބްރޯމް އަތުންނެވެ. އެއަށްފަހު […]
އިބްރާހިމް ޚަލީލް
އަންނަ ރޯދަ މަހު އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް ވިއްކާނެ އަގުތައް އާއްްމުކޮށްފިއެވެ. އެސްޓީއޯއިން މިއަދު އާއްމުކުރި އަގުތައް ދައްކާ ގޮތުން މި ރޯދަ މަހު އެންމެ އަގުހެޔޮވާނީ ފިޔާއެވެ. އެގޮތުން، ފިޔާ ކިލޯއެއް އެންމެ 9ރ. އަށް އެ ކުންފުނިން ވިއްކާނެއެވެ. އަދި ބަސްތާއެއް ލިބޭނީ 180ރ. އަށެވެ. އެ ކުންފުނިން މި ރޯދަ މަހު ބިސް ކޭހެއް ލިބެން ހުންނާނީ 320ރ. އަށެވެ. ވަކިން ބިހެއް ވިއްކާނީ 1.75ރ. އަށެވެ. މީގެ އިތުރުން […]
އަޙްމަދު ވަހީދު
އިޓާލިއަން ލީގުގައި ޔުވެންޓަސްއާއި ޓޮރީނޯ ބައްދަލުކުރި މެޗު ޔުވެންޓަސްއިން ކާމިޔާބު ކުރިއިރު، ޕޮއިންޓް ތާވަލުގެ ފުލުގައި އޮތް ކްރެމޮނީސޭއިން ރޯމާ ބަލިކޮށްފިއެވެ. ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 4-2 ގެ ނަތީޖާއިން ޓޮރީނޯ ބަލިކޮށްފައެވެ. ޔުވެންޓަސް ދޫކޮށް 89 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގެ ދަށުން 2015/16 ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އަލުން ޔުވެންޓަސްއާއި ގުޅުނު ޕޮގްބާ ރޭގެ މެޗުގައި ވަނީ ކުޅެފައެވެ. […]
އިބްރާހިމް ޚަލީލް