މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,475 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1104 ވަނަ ޞަފްޙާ

އުރީދޫ ސްޓެމް ފެއާ: މުޖުތަމައަށް ދިމާވާ މައްސަލަތަކަށް ސްޓެމް ދާއިރާއިން ދަރިވަރުންގެ އީޖާދީ ހިޔާލުތަކެއް

އުރީދޫ ސްޓެމް ފެއާ: މުޖުތަމައަށް ދިމާވާ މައްސަލަތަކަށް ސްޓެމް ދާއިރާއިން ދަރިވަރުންގެ އީޖާދީ ހިޔާލުތަކެއް

ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތެމެޓިކްސް ނުވަތަ “ސްޓެމް” ތައުލީމާއި މެދު ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި އުރީދޫއިން އިސްނަގައިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ވިމެން އިން ޓެކް މޯލްޑިވްސްއާއެކު ކުރިއަށްގެންދާ “އުރީދޫ ސްޓެމް ފެއާ” ފަށައިފިއެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފެއާ ފަށާފައިވަނީ ހުކުރު ދުވަހު އިއްޒުއްދީން ސްކޫލް ހޯލުގައެވެ. މި ފެއާގައި މުޅިއަކު 7 ސްކޫލަކުން ނޮވިސް، ޖޫނިއަރ އަދި ސީނިއަރ ކެޓަގަރީގައި ވަނީ ބައިވެރިވެފައިއެވެ...

އަޙްމަދު ވަހީދު
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާބަކިޔު އޭރިއާއެއް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާބަކިޔު އޭރިއާއެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން, ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާބަކިއު އޭރިއާއެއް ގާއިމުކޮށްދީފިއެވެ. ދެވަނަ ފިޔަވަހީގެ ބާބަކިޔު އޭރިއާ ހަދާފައިވަނީ ރުއްގަނޑު 3ގައެވެ. އެ ސަރަހައްދު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ހިޔާ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް އެޗްޑީސީން ވަނީ މިއަދު ހަވީރު ބާބަކިއު އިވެންޓެއް ބާއްވާފައެވެ. މި އިވެންޓުގައި ހިޔާ ކޮމިއުނިޓީތަކުގެ އިސް ބޭފުޅުންނާއި, އެޗްޑީސީގެ އިސްވެރިން ބައިވެރިވެލެއްވިއެވެ. ހުޅުމާލޭގައި ބާބަކިއު ހަ...

އަޙްމަދު ވަހީދު
އިދިކޮޅު ކޯލިޝަންގެ ވަފުދެއް ގުރައިދޫ ދާއިރާއަށް

އިދިކޮޅު ކޯލިޝަންގެ ވަފުދެއް ގުރައިދޫ ދާއިރާއަށް

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑާޝިޕްގެ ވަފުދެއް ގުރައިދޫ ދާއިރާއަށް ދަތުރެއް ފަށައިފިއެވެ. އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމުން ބުނީ މި ދަތުރަކީ އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރު އިބްރާޙީމް ރިޟާ އަވަހާރަވުމުގެ ހިތާމާގައި ބައިވެރިވެ، ރިޟާގެ ޢާއިލާއާއި ދާއިރާގެ ރައްޔިތުންނާ ބައްދަލުކޮށް ރައީސް ޔާމީންގެ ތައުޒިޔާ ރައްދުކޮށް ހިތްވަރު ދިނުމަށް ކުރާ ދަތުރެއް ކަމަށެވެ. މި ދަތުރުގައި ލީޑު ކުރައްވަނީ އިދިކޮޅުގެ ވަގުތީ ލީޑަރު، އިދިކޮޅު ކޯލިޝަންގެ ދެވަނަ ޕާޓީ ޕީއެންސީގެ ރައީސް އަބުދުއްރ...

ޔުމްނާ ޢަލީ
ރޮނާލްޑީނިއޯގެ ދަރިފުޅު ބާސާއަށް

ރޮނާލްޑީނިއޯގެ ދަރިފުޅު ބާސާއަށް

ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކައި އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ބްރެޒިލްގެ ތަރި ރޮނާލްޑީނިއޯގެ ދަރިފުޅު ޖޯ މެންޑޭސް ބާސާއަށް ސޮއިކޮށްފިއެވެ. އުމުރުން 18 އަހަރުގެ މެންޑޭސް ބާސެލޯނާގެ ޔޫތު ޓީމާއިއެކު ކޮންޓްރެކްޓްގައި ސޮއިކުރިކަން ބާސާއިން ހާމަ ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މެންޑޭސްއާއިއެކު ބާސާއިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އެ ކުލަބުން ހާމަ ކޮށްފައި ނުވެއެވެ. ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބާސާއިން މެންޑޭސްއާއިއެކު އެއްބަސްވުން ހަދާފައި ވަނީ 20...

އިބްރާހިމް ޚަލީލް
މާލޭގައި ދިރިއުޅޭ 50000 އާއިލާއަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ، އެވާހަކަ ދެއްކީ ކުރެވޭނެކަން ޔަގީންވާތީ: މުޢިއްޒު

މާލޭގައި ދިރިއުޅޭ 50000 އާއިލާއަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ، އެވާހަކަ ދެއްކީ ކުރެވޭނެކަން ޔަގީންވާތީ: މުޢިއްޒު

މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދެވޭނެ ކަމަށް ކެމްޕެއިންގައި ދެންނެވީ ކަމާ ބެހޭ ހުރިހައި ހޯދުންތަކެއް ހޯދައި، މައްސަލައިގެ ހައްލު ދެނެގަނެ، އެކަން ކުރެވޭނެކަން ޔަގީންވާތީކަމަށް މާލޭ ސިޓީގެ މޭޔާރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ރޭ މާލޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އިދިކޮޅު ކޯލިޝަންގެ އެއް ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޑރ. މުޢ...

ޔުމްނާ ޢަލީ
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްއެންޕީން ވާދަކުރަނީ

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްއެންޕީން ވާދަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމައި، ޕްރައިމަރީއަށް ހުޅުވާލައިފިއެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެމްއެންޕީގެ މެމްބަރުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، އެމްއެންޕީގެ މައި އޮފީހަށް ހުށަހަޅަން ޖެހެނީ 7 މާރޗް 2023 ވާ (އަންގާރަ) ދުވަހުގެ 14:00 ކުރިންނެވެ. މިތަކެތި އެ ޕާޓީގެ އީމެއިލް adm...

ޔުމްނާ ޢަލީ
ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯން އެކެއްގެ ފައިނަލުގައި ނައިވާދޫއާއި ކަނޑިތީމް

ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯން އެކެއްގެ ފައިނަލުގައި ނައިވާދޫއާއި ކަނޑިތީމް

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން އެކެއްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުތަށް ކާމިޔާބުކޮށް ހދ.ނައިވާދޫއާއި ށ.ކަނޑިތީމް ފައިނަލުން ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ފައިނަލުން ނައިވާދޫ ޖާގަ ހޯދާފައި ވަނީ ސެމީ ފައިނަލުގައި ށ.އަތޮޅުގެ ޗެމްޕިއަން ފޯކައިދޫ 4-0 ގެ ނަތީޖާއިން ބަލިކޮށްގެންނެވެ. މި މެޗުގައި ނައިވާދޫއަށް ލަނޑުތައް ޖަހައިދީފައި ވަނީ އަހުމަދު ހަމީދު (އައްމަޑޭ)، ޔާމީން މުހައްމަދު (ޔާންޓެ)، އަބްދުﷲ ވިސާމް (ވިސާންޓެ)ގެ އިތުރުން އިސްމާއިލް ވަހީދު އެވެ. މުބާރާތުގެ ފައިނަލުން ކަނޑިތީމް...

އިބްރާހިމް ޚަލީލް
މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މޭވާއަކީ، ޒިންމާދާރު ޒުވާން ޖީލެއް: ރައީސް

މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މޭވާއަކީ، ޒިންމާދާރު ޒުވާން ޖީލެއް: ރައީސް

މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މޭވާއަކީ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރެވިގެން ދިޔުންކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކޮޅުމަޑުލު ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި އިއްޔެ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ދައުލަތުން އެ ޒިންމާއާއި ހަވާލުވުމުގެ ކުރީން ދަރިންނަށް ކިޔަވައިދިނުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަމުން އައީ ރައްޔިތުން އަމިއްލައަށް ކަމަށާއި، ތާރ...

ޔުމްނާ ޢަލީ
ރާއްޖެއަކީ އެހެން ގައުމެއްގެ މަސްލަހަތު ހިމާޔަތްކުރާ ތަނަކަށް ވެގެންނުވާނެ، އެމްއެންޕީން އެފުރުސަތެއް ނުދޭނަން: ނާޒިމް

ރާއްޖެއަކީ އެހެން ގައުމެއްގެ މަސްލަހަތު ހިމާޔަތްކުރާ ތަނަކަށް ވެގެންނުވާނެ، އެމްއެންޕީން އެފުރުސަތެއް ނުދޭނަން: ނާޒިމް

ދިވެހި ފަސްގަނޑަކީ ބޭރުގެ އެއްވެސް ގައުމެއްގެ މަސްލަހަތު އެއްގޮތަކަށް ވެސް ހިމާޔަތްކުރާ ތަނަކަށް ވެގެންނުވާނެކަމަށާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ވެެރިކަމެއްގައި އެއްވެސް ބަޔަކަށް އެފުރުސަތު ނުދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީން ރޭގައި ވަނީ “ނާޒިމް ބުނަނީ ކީކޭ؟” ނަމުގައި ކްލަބް ހައުސް އިވެންޓެއް ކުރިއަށް ގެންގޮސްފައެވެ. ކްލަބް ހައުސްގެ އިތުރުން އެ ޕާޓީގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވްކުރި މި އިވ...

ޔުމްނާ ޢަލީ
ރެއާލް ބަލިކޮށް ފައިނަލުގެ އުންމީދު ބާސާއިން ބޮޑުކޮށްފި

ރެއާލް ބަލިކޮށް ފައިނަލުގެ އުންމީދު ބާސާއިން ބޮޑުކޮށްފި

ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ. ރޭ ރެއާލްގެ ދަނޑުގައި ކުޅުނު އެލް ކްލެސިކޯ މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗަށް ނުކުތުމުގެ ކުރިން ބާސާ އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފައިވުމާއި، އެ ޓީމްގެ ފުރަތަމަ އެގާރާގައި އާންމުކޮށް ހިމެނޭ ލެވްނަޑޯސްކީއާއި އުސްމާން ޑެމްބެލޭގެ އިތުރުން ޕެޑްރީ އަނިޔާގައި ހުރުމާއިއެކު […]

އިބްރާހިމް ޚަލީލް
ތެލުގެ ވިޔަފާރިއަށް ބާރަށުން ބިން ދޫކުރަނީ

ތެލުގެ ވިޔަފާރިއަށް ބާރަށުން ބިން ދޫކުރަނީ

ތެލުގެ ވިޔަފާރި ކުރުމަށް ތިލަދުންމަތީ އުތުރުބުރީ ބާރަށުން ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައި، ބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ބާރަށުގައި ތެލުގެ ވިޔަފާރި ކުރުމަށް އެ ރަށުގެ ސިނާއީ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 (ދެހާސް) އަކަފޫޓުގެ އެއް ބިމެވެ. ތެލުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން، މި މަހުގެ 9 ވަނަ ދުވަހުގެ 11:00 ގެ ކުރިން، ބީލަމުގައި ރަޖިސްޓަރީވުމަށް […]

އިބްރާހިމް ޚަލީލް
ނައިވާދޫގައި މިނީ ފުޓްބޯޅަ ދަނޑެއް ޤާއިމްކުރަނީ

ނައިވާދޫގައި މިނީ ފުޓްބޯޅަ ދަނޑެއް ޤާއިމްކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫގައި މިނީ ފުޓްބޯޅަ ދަނޑެއް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ އިތުރުން ކުލަބު ޖަމިއްޔާ ތަކަށެވެ. އަންދާސީ ހިސާބާއިއެކު އެ ފަރާތްތަކު ތަޢާރަފާއި މަޤުޞަދު އެނގޭނޭހެން ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ. ކޮންމެ ފަރާތަކަށް ވެސް އެއް އަންދާސީ ހިސާބު ހުށަހެޅ...

އިބްރާހިމް ޚަލީލް
ސަރުކާރުގެ ޔުނިވާސިޓީތަކުގެ ލެޗްކަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކޮށްފި

ސަރުކާރުގެ ޔުނިވާސިޓީތަކުގެ ލެޗްކަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކޮށްފި

ސަރުކާރުގެ ޔުނިވާސިޓީތަކުގެ ލެޗްކަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކޮށްފައިވާ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު އިއުލާން ކުރައްވައިފި އެވެ. ސަރުކާރުގެ ޔުނިވާސިޓީތަކާއި މަތީތަޢުލީމުގޭ މުއައްސަސާތަކުގެ މުސާރައަށް ގެންނެވި ބަދަލު ރައީސް ޞާލިޙް ޢިއުލާން ކުރެއްވީ، ކޮޅުމަޑުލު ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު މެންދުރުފަހު، ހިރިލަންދޫ ސްކޫލުގައި ބޭއްވި މި ޖަލްސާގައި ރައީސް ވަނީ، މާރިޗު 1 ވަނ...

ޔުމްނާ ޢަލީ
މާޅޮހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި

މާޅޮހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި

އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާަލައިފިއެވެ. މި މަޝްރޫއު ހިންގަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތިގައި މި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން އެއްގަމުތޮށި ލުމުގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައެޗެ. މި މަޝްރޫއުގެ ދަށުން، އައު އަދި މިހާރު ހުރި ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތާއި، ނެރު ފުންކުރުމުގެ މަސައްކަތާއި، ބޭރުތޮށި ލުމުގެ މަސައްކަތާއި، ރޭމްޕް ހެދުމުގެ […]

އަޙްމަދު ވަހީދު
ރައީސް، ހިރިލަންދޫ ފެނަކައިގެ އާ އިމާރާތް ހުޅުއްވައިދެއްވައިފި

ރައީސް، ހިރިލަންދޫ ފެނަކައިގެ އާ އިމާރާތް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު، ތ.ހިރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން އިމާރާތްކުރި އޮފީސް އިމާރާތް ރަސްމީގޮތުން މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި އޮފީސް ހުޅުއްވައިދެއްވީ ރައީސް މިހާރު ހިރިލަންދުއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ޤައުމު ތަރައްގީ ވާނީ ރައްޔިތުން ތަރައްގީވެގެން ކަމަށާއި، ރަށްރަށުގައި އާއިލާތަކަށް ދިރިއުޅެވޭނެ ގޮތްތައް ހަމަޖެހިގެން ކަމަށެވެ. އެގޮތުން، މިސަރުކާރުން ތަރައްގީ ގެނައުމުގައި ވަކިރަށެއް ތަފާތ...

އަޙްމަދު ވަހީދު
ކޮޕަ ޑެލް ރޭ: ބިލްބާއޯ ބަލިކޮށް އޮސަސޫނާއިން ފައިނަލުގެ އުންމީދު އައުކޮށްފި

ކޮޕަ ޑެލް ރޭ: ބިލްބާއޯ ބަލިކޮށް އޮސަސޫނާއިން ފައިނަލުގެ އުންމީދު އައުކޮށްފި

ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލް ރޭ ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގެ، ފުރަތަމަ ލެގުގައި އެތުލެޓިކް ބިލްބާއޯއާއި އޮސަސޫނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް އޮސަސޫނާއިން ފައިނަލުގެ އުންމީދު އައުކޮށްފިއެވެ. ރޭ އޮސަސޫނާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި އެ ޓީމުން އެތުލެޓިކް ބިލްބާއޯގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ ބިލްބާއޯގެ ދަނޑުގައެވެ. އެ މެޗު ކުޅުމަށް ތާވަލު […]

އިބްރާހިމް ޚަލީލް
ނަރުދޫ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ނަރުދޫ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ށ. ނަރުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ފެށުން ސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން، 51,212 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 4,120 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 371 މީޓަރުގެ ބޭރުތޮށި ލުމާއި، 205 މީޓަރުގެ ސަރައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 210 މީޓަރުގެ އެއްގަމުތޮށި ލުމުގެ މ...

އަޙްމަދު ވަހީދު
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (11)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (11)

ކުރީގެ ޢަދަދާއިގުޅޭ: ” އެކަމަކު އަހަރެން؟ އަހަންނަށް މިލިބުނީ ހިތްދަތިކަމާ، ދާއިމީ ނިކަމެތިކަމެއް!” އުޝާ އެހެން ބުނުމުން ހައިރާންކަމާއެކު ނަދާއަށް ބަލާލެވުނީ ޒައިންއަށެވެ. ” ރަށުން އަނެއްކާ ކަމެއް ދިމާވީތަ؟ އަހަންނަށް އުޝާ އުޅޭކަންވެސް އެނގުނީ މިއަދު” ޒައިންގެ އަތުން ދޫކޮށްލަމުން ނަދާ ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. ކޮޅަށް ގިނައިރު ހުންނަން އުނދަގޫވާތީ އުޝާ އެނދުގައި އިށީނދެލިއެވެ. އޭރުވެސް ކުރިމަތީގައި ފަޓްލޫންގެ ދެޖީބަށް އަތްޖަހާލައިގެން ޒައިން ހުއްޓެވެ. ” ތަޤްދީރުގައި ރޭވިފައިވާ ގޮތަށް ހުރިހާ ކ...

ސަލާމާ ޢަބްދުލް ޢަލީމް