މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,473 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1079 ވަނަ ޞަފްޙާ

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހޯރަފުށިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހޯރަފުށިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހއ. ހޯރަފުށިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް އެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯރަފުށިން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. ހޯރަފުށީގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައި ވަނީ އެ ރަށު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާރިޗު 30 ވަނަ ދުވަހުއެވެ. އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފަ...

ޔުމްނާ ޢަލީ
'އާބަންކޯ ޕޭ އެންޑް ވިން' ޕްރޮމޯޝަން، ކޮންމެ ތިން މަހުން އެއްމަހު އުމްރާ ދަތުރެއް ލިބޭ

'އާބަންކޯ ޕޭ އެންޑް ވިން' ޕްރޮމޯޝަން، ކޮންމެ ތިން މަހުން އެއްމަހު އުމްރާ ދަތުރެއް ލިބޭ

‘އާބަންކޯ ޕޭ އެންޑް ވިން’ ގެ ނަމުގައި ކޮންމެ ތިން މަހުން އެއްމަހު އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މިއީ ސޯޝަލް ހައުސިންގ ޔުނިޓުތައް ލިބިފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރީގެ އާބަންކޯ (ކުރީގެ އެޗްޑީސީ) އިން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އެ ކުންފުނިން ބުނީ އަލަށް ލޯންޗް ކުރި “ޕޭ އެންޑް ވިން” ޕްރޮގްރާމަކީ ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ތައާރަފްކުރި ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ހުޅުމާލޭގައި […]

މުޙައްމަދު އަފްރާޙް
ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއަށް 15 ޕޮއިންޓްގެ ލީޑެއް

ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއަށް 15 ޕޮއިންޓްގެ ލީޑެއް

ސްޕެނިޝް ލީގުގައި ރޭ އެލްޗޭ ބަލިކޮށް ބާސެލޯނާއިން ޕޮއިންޓް ތާވަލުގެ އެއްވަނާގައި 15 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ރޭ އެލްޗޭގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުން މޮޅުވުމާއިއެކު ބާސާއަށް ވަނީ ދެވަނާގައި އޮތް ޗެމްޕިއަން ރެއާލް މެޑްރިޑަށްވުރެ އެއް މެޗު އިތުރަށް ކުޅެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 15 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ބާސާއަށް ކުޅުނު 27 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް […]

އިބްރާހިމް ޚަލީލް
އެސްއޯއެމް އިން ނަމާދު ވޯކްޝޮޕެއް ބާއްވަނީ

އެސްއޯއެމް އިން ނަމާދު ވޯކްޝޮޕެއް ބާއްވަނީ

ސްޕެޝަލް އޮލިމްޕިކްސް އޮފް މޯލްޑިވްސް (އެސްއޯއެމް) އިން ނަމާދު ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފިއެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން އެސްއޯއެމްގެ ޓެެކްނިކަލް / ސްޕޯޓްސް ޑިރެކްޓަރ އިބްރާހިމް ރަމީޒު (އިބޭ) ވިދާޅުވީ މިއީ ޕީސް ފައުންޑޭޝަނާއި ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެއް ކަމަށެވެ. މި ވޯކްޝޮޕްގައި ނަމާދުގެ ހަރަކާތްތަކާއި ނަމާދުގެ އެކިއެކި ކަންކަން ކުދިންނާއި ގުޅޭގޮތުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށާއި މިއީ އެއްވެސް ފީއެއް ނުނަގާ ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި މި ވޯކްޝޮ...

މުޙައްމަދު އަފްރާޙް
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (20)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (20)

ކުރީގެ ޢަދަދާއިގުޅޭ، ” ނޭނގެ! އުނދަގޫވަނީ.. އުޝާ އެހެން މީހަކަށް ލިބޭކަށް ބޭނުމެއް ނޫން! އަހަރެންގެ ދަރިފުޅު އެހެން މީހަކަށް ބައްޕަ ކިޔާކަށްވެސް ބޭނުމެއް ނޫން!” ޒައިންއަށް ބޭއިޙްތިޔާރުގައި އުޝާގެ ގައިގައި ބައްދާލެވުނެވެ. އެހިނދު ވެރިވެގަތީ ހަމަހިމޭން ވަގުތުކޮޅެކެވެ. އެކަކު އަނެކަކުގެ ނޭވާގެ އަޑު ފިޔަވާ އިތުުރު އެއްވެސް އަޑެއް ނީވެއެވެ. ” އާހް! …” ކުއްލިއަކަށް އުޝާއަށް ދުރަށް ޖެހިލެވުނީ ސިހިގެންނެވެ. ދެލޯބޮޑުކޮށްގެން ހުރެ ބަނޑުގައި ފިރުމާލަ ފިރުމާލަ އޭނާއަށް ހުރެވުނީ ކުރެވުނު އިޙްސާސަކުންނެވެ. ”...

ސަލާމާ ޢަބްދުލް ޢަލީމް
ޓުޗެލް އިރުޝާދުދިން ފުރަތަމަ މެޗުން މޮޅުވެ ބަޔާން އަސްލު މަގާމަށް

ޓުޗެލް އިރުޝާދުދިން ފުރަތަމަ މެޗުން މޮޅުވެ ބަޔާން އަސްލު މަގާމަށް

ދާދި ފަހުން ބަޔާން މިޔުނިކްގެ ކޯޗްކަމާއި ހަވާލުވި ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން އެ ޓީމް ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ޖަރުމަނު ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. މިރޭ ބަޔާނުން ވަނީ އަމިއްލަ ދަނޑުގައި ވާދަވެރި ބްރޫޝިއާ ޑޯޓްމަންޑް 4-2 ގެ ނަތީޖާއިން ބަލިކޮށްފައެވެ. މި މެޗަށް ބަޔާންއާއި ޑޯޓްމަންޑް ނުކުތްއިރު އެއް ޕޮއިންޓްގެ ލީޑަކާއިއެކު ޑޯޓްމަންޑް އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނާގައެވެ. ފަހަކަށް އައިސް ލީގުގައި ބަޔާންގެ ފޯމް ދައްވެ ޑޯޓްމަންޑްގެ ފަހަތަށް […]

އިބްރާހިމް ޚަލީލް
ޝަރުތެއްނެތި މައުސޫމްގެ ތާއީދު ރައީސް ޞާލިޙަށް!

ޝަރުތެއްނެތި މައުސޫމްގެ ތާއީދު ރައީސް ޞާލިޙަށް!

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރައްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. ޢަބުދުﷲ މައުސޫމްގެ ތާއީދު އޮތްކަން އޭނާ ހާމަކުރައްވައިފިއެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވަޒީރަކަށް ހުންނެވި މައުސޫމްގެ ތާއީދު ރައީސް ޞާލިޙަށް ދެއްވިކަން ހާމަކުރެއްވީ އޭނާ މީސްމީޑިއާއަށް ދޫކޮށްލެއްވި މެސެޖެއްގައެވެ. މައުސޫމް ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން ވެސް ވަނީ ރިޔާސީ އިންތިޚ...

ޔުމްނާ ޢަލީ
ރާއްޖެއިން އައިއޯއައިޖީ އަށް ތައްޔާރުވުމަށް އެތުލެޓިކްސް ސްކޮޑު އެކުލަވާލައިފި

ރާއްޖެއިން އައިއޯއައިޖީ އަށް ތައްޔާރުވުމަށް އެތުލެޓިކްސް ސްކޮޑު އެކުލަވާލައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރާއްޖެއިން ތައްޔާރުވުމަށް އެތުލެޓިކްސް އެސޯސިއޭޝަން ގެ ސްކޮޑު އިއުލާނު ކޮށްފިއެވެ. އެ އެސޯސިއޭޝަނުން އިއުލާނުކުރި ސްކޮޑުގައި ދެ ޖިންސުގެ އެތްލީޓުން ހިމެނޭހެން ޖުމުލަ 27 އެތުލީޓުން ވަނީ ހިމަނާފައެވެ. އެއީ ރިލޭ ޓީމާއި އިންޑިވިޖުއަލް ސްޕްރިންޓް، މިޑްލް ޑިސްޓަންސް ދުވުންތެރިން އަދި މެރެތަން ދުވުންތެރިން ހިމެނޭ ގޮތަށެވެ. މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަހު މަޑަގަސްކަރައި ގައެވެ. އެސޯސިއޭޝަނުން ބުނީ ފައިނަލް ޓީމު އެ...

މުޙައްމަދު އަފްރާޙް
އެޗްޑީސީ ރީބްރޭންޑުކޮށް ''އާބަންކޯ'' ގެ ނަން ދީފި

އެޗްޑީސީ ރީބްރޭންޑުކޮށް ''އާބަންކޯ'' ގެ ނަން ދީފި

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރީބްރޭންޑްކޮށް އެ ކުންފުނީގެ ނަން ބަދަލުކޮށްފިއެވެ. އެ ކުންފުނީގެ 22 ވަނަ އަހަރީ ދުވަހާއި ދިމާކޮށް، އެކުންފުނީގެ ނަން ވަނީ “އާބަންކޯ” ގެ ނަމަށް ބަދަލުކޮށްފައެވެ. މި ނަމަށް ގެނައި ބަދަލާއި އެކު އެ ކުންފުނިން ބުނީ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ އަމާޒު މުޅިން އާ ހަރުފަތަކަށް ގެންދިއުމަށް ބޭނުންޖެހިފައިވާ ކަމަށެވެ. ރާއްޖޭގެ އެންމެ ބޮޑު އާބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަގަބު ހޯދާފައިވާކަން ފާހަގަކޮށް އެ ކުންފުނީގެ މިހާރުގެ އަމާޒަކީ […]

މުޙައްމަދު އަފްރާޙް
ސަމާލުވޭ، ރޯދަ ހަދިޔާ ލިބޭނެކަމަށް ބުނެ ކުންފުނިތަކުގެ ނަމުގައި ސްކޭމްތަކެއް ހިންގަނީ!

ސަމާލުވޭ، ރޯދަ ހަދިޔާ ލިބޭނެކަމަށް ބުނެ ކުންފުނިތަކުގެ ނަމުގައި ސްކޭމްތަކެއް ހިންގަނީ!

ރޯދަ ހަދިޔާ ލިބޭނެކަމަށް ބުނެ ކުންފުނިތަކުގެ ނަމުގައި ސްކޭމްތަކެއް ހިންގަމުންދާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކުރައްވައިފިއެވެ. ފުލުހުން ވިދާޅުވީ ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ އެކި ކުންފުނިތަކުގެ ނަމުގައި މެސެޖުތައް ކުރަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެކަން ބަލަމުން އަންނަކަމަށެވެ. ފުލުހުން ވަނީ މިގޮތަށް އަންނަ އެއްވެސް މެސެޖެއްގައިވާ ލިންކަށް ނުފިތުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ. އެފަދަ މެސެޖެއް އަތުވެއްޖެނަމަ، ނުވަތަ އެފަދަ މައުލޫމ...

މުޙައްމަދު އަފްރާޙް
ބްރޭކަށް ފަހު ވެސް އާސެނަލުން ފޯމް ދަމަހައްޓައި ލީޑު ފުޅާކޮށްފި

ބްރޭކަށް ފަހު ވެސް އާސެނަލުން ފޯމް ދަމަހައްޓައި ލީޑު ފުޅާކޮށްފި

އިންޓަނޭޝަނަލް ބްރޭކަށް ފަހު ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފަށާފައިވާއިރު، އާސެނަލުން ބްރޭކަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި މިރޭ ލީޑްސް ޔުނައިޓެޑް ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ފުޅާކޮށްފިއެވެ. މިރޭ އަމިއްލަ ދަނޑުގައި ލީޑްސްއާއި ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވެފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި އާސެނަލުގެ ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި ޖަހައިދީފައި ވަނީ ޖީސަސްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޕެނަލްޓީއަކުންނެވެ. މިއީ ލީޑްސްގެ […]

އިބްރާހިމް ޚަލީލް
ފަސޭހަކަމާއިއެކު ލިވަޕޫލް ބަލިކޮށް ސިޓީން ފަރަގު ކުޑަކޮށްފި

ފަސޭހަކަމާއިއެކު ލިވަޕޫލް ބަލިކޮށް ސިޓީން ފަރަގު ކުޑަކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދި ހަވީރު މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސިޓީން ލިވަޕޫލުގެ މައްޗަށް ކުރި ހޯދާފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. އަނިޔާގެ ސަބަބުން މިއަދުގެ މެޗަށް ސިޓީން ނުކުމެފައި ވަނީ އެ ޓީމްގެ އިތުބާރު ފޯވާޑް ހާލަންޑް ނުލައެވެ. ހާލަންޑް ވަނީ މި ސީޒަންގައި ހުރިހާ މުބާރާތެއް ހިމެނޭހެން މިހާތަނަށް ސިޓީއަށް 42 ލަނޑު […]

އިބްރާހިމް ޚަލީލް
''ދައުރުވަމުންދަނީ ހިންނަވަރުން ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް''

''ދައުރުވަމުންދަނީ ހިންނަވަރުން ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް''

މީސްމީޑިއާގައި ދައުރުވަމުންދަނީ ޅ. ހިންނަވަރުން ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗާގެ ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވެއްޖެއެވެ. ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ ލިސްޓެއްކަމަށްބުނެ މިއަދު ވަނީ މީސްމީޑިއާގައި ބަޔަކު ލިސްޓެއް ދައުރުކޮށްފައެވެ. ދައުރުކުރި ލިސްޓްގައި ބައިން ފެންނަނީ މުޅިން ވެސް ހިންނަވަރު މީހުންނަށް ގޯތި ލިބިފައިވާކަމަށެވެ. އެ ލިސްޓާ ގުޅިގެން އާރިފް ކުރެއްވި ޓްވީޓެއްގައި ވަނީ މީސްމީޑިއ...

ޔުމްނާ ޢަލީ
''ދުނިޔެމަތީގައި ލިބެނީ ވަގުތީ ކާމިޔާބީ، ހަޤީޤީ ކާމިޔާބަކީ ސުވަރުގެއަށް ދެވުން''

''ދުނިޔެމަތީގައި ލިބެނީ ވަގުތީ ކާމިޔާބީ، ހަޤީޤީ ކާމިޔާބަކީ ސުވަރުގެއަށް ދެވުން''

ދުނިޔެމަތީގައި ލިބޭ ކާމިޔާބީ ތަކަކަކީ ވަގުތީ ކާމިޔާބީ ތަކެއް ކަމަށާއި، ހަޤީޤީ ކާމިޔާބަކީ ސުވަރުގެއަށް ދެވުން ކަމަށް އައްޝައިޚް ޢަބްދުﷲ އާމިރު ވިދާޅުވެއްޖެއެވެ. އައްޝައިޚް އާމިރު މިހެން ވިދާޅުވީ ހދ. ކުޅުދުއްފުށީ ސިޓީގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން ރޭ ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. ”އިސްލާމީ ނަޒަރަކުން ވަގުތު” މި މައުޟޫޢަށް ކުޅުދުއްފުށި ސިޓީގައި ތަޤްރީރައްވަމުން އައްޝައިޙް ޢަބްދުﷲ އާމިރު ވިދާޅުވީ ވަގުތު އެންމެ ހެޔޮގޮތުގަ...

ޔުމްނާ ޢަލީ
ޕާޓީން ވަކިވަނީ މަޤާމު ދިފާޢު ކުރުމަށް، އެކަމުގައި ޕާޓީއާއި ޕާޓީގެ ލީޑާޝިޕް ބަދުނާމު ނުކުރޭ: ޤާސިމް

ޕާޓީން ވަކިވަނީ މަޤާމު ދިފާޢު ކުރުމަށް، އެކަމުގައި ޕާޓީއާއި ޕާޓީގެ ލީޑާޝިޕް ބަދުނާމު ނުކުރޭ: ޤާސިމް

ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބަރުން ޕާޓީ ދޫކޮށްލާއިރު، ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކޮށް ކަމުގެ ޙަޤީޤަތް ހާމަކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށް އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. ޖޭޕާ އިސްވެ އޮވެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި، ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައި، އެ ޕްރައިމަރީއަށް ޤާސިމް ކުރިމަތިލައްވާފައިވާއިރު، ސަރުކާރުގެ އެކި މަޤާމުތަކުގައި އެ ޕާޓީގެ ސްލޮޓްތަކުގައި ތިއްބެވި ބައެއް ބޭފުޅުން...

ޔުމްނާ ޢަލީ
ބްރޯޑްކޮމް އަށް އައްޔަން ކުރުމަށް މަޖިލީހުގެ ކޮމެޓީގެ ރުހުން ޝިހާމް އާއި ސޮފާއަށް!

ބްރޯޑްކޮމް އަށް އައްޔަން ކުރުމަށް މަޖިލީހުގެ ކޮމެޓީގެ ރުހުން ޝިހާމް އާއި ސޮފާއަށް!

ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސް ސާލިހު، މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ރުހުން ދީފިއެވެ. މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި ބޭފުޅުންގެ ނަންތައް ދިރާސާކޮށް، އެ ބޭފުޅުންނަށް ގާނޫނު އެނގިވަޑައިގަންނަވާ މިންވަރު ބެލުމުގެ ޓެސްޓެއް ވަނީ ހަދާފައެވެ. އަދި ކޮމިޓީން ވަނީ އެ ބޭފުޅުންނާ އިންޓަވިއު ވެސް ކޮށްފައެވެ. އެކަންކަން ބެލުމަށްފަހު، ނެގި ވޯޓުން ބްރ...

މުޙައްމަދު އަފްރާޙް
ދެގަޑިއިރު ބޯކޮށް ވާރޭ ވެހި މާލެއަށް 88 މިލިމިޓަރުގެ ވާރޭ ވެހިއްޖެ

ދެގަޑިއިރު ބޯކޮށް ވާރޭ ވެހި މާލެއަށް 88 މިލިމިޓަރުގެ ވާރޭ ވެހިއްޖެ

މިއަދު، ދެގަޑިއިރު ބޯކޮށް ވާރޭ ވެހި މާލެއަށް 88 މިލިމިޓަރުގެ ވާރޭ ވެހިއްޖެއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދު ހެނދުނު 7 އިން 9 ޖެހުމާއި ދެމެދު މާލެއަށް ބޯކޮށް ވާރޭ ވެހުނީ ވިއްސާރަ ވިލާތަކެއް އުފެދުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް މިއީ ވަކި މޫސުމެއް އައިސްގެން އުފެދުނު ވިލާތަކެއް ނޫން ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުލެއަށް 49 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވެސް ވަނީ […]

މުޙައްމަދު އަފްރާޙް
އެސްޓީއޯ ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 24 ގެ ނިޔަލަށް

އެސްޓީއޯ ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 24 ގެ ނިޔަލަށް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި އޭޕްރިލް މަހު 24 ގެ ނިޔަލަށް ހުޅުވާލައިފިއެވެ. ޕަބްލިކް ހިއްސާދާރުން ތަމްސީލުކުރުމަށް، ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް ބަޔާންކޮށް، އެ ކުންފުނިން ކޮށްފައިވާ އިއުލާނުގައި ވަނީ އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް އަދި ފޯމާ އެކު ހުށަހަޅަން ޖެހޭ ޑޮކިއުމަންޓްތައް ފުރިހަމަކުރުމަށްފަހު cs@s...

މުޙައްމަދު އަފްރާޙް