މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކޯލިޝަނެއްގައި ބައިވެރި ނުވުމަށް އެމްއެންޕީ އިން ނިންމައިފިއެވެ. އެ ޕާޓީން މިގޮތަށް ނިންމީ ޖުމްހޫރީ ޕާޓީ އިސްވެއޮވެ މަސައްކަތްކުރާ ގޮތަށް، އެޕާޓީން ސިޔާސީ ޕާޓީތަކަށް ފޮނުއްވި ދައުވަތާއި ގުޅޭގޮތުން އެ ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހުއެވެ. މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެގޮތަށް ނިންމީ، ޖޭޕީގެ ހުށަހެޅުން އެމްއެންޕީ އަށް 3 އޭޕްރީލް ގައި ލިބުމުން، އެ ދައުވަތު ރަގަޅަށް ކިރާ ވަޒަންކުރުމަށްފަހު ކަމަށެވެ. ޖުމްހޫރީ […]
މުޙައްމަދު އަފްރާޙް
ރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށް ތިން ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ. މަޖިލީހުން ރުހުން ދީފައިވަނީ ސީޝެލްސް، މޮރިޝަސް، ޤަތަރު، ސައުތު އެފްރިކާ އަދި ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަލީ ފާއިޒް އަށާއި ކެނެޑާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަނަވާ ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދު އެވެ. މީގެ އިތުރުން އިތިއޯޕިއާ އަދި ކެންޔާއަށް...
މުޙައްމަދު އަފްރާޙް
ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ މީހުން ގެ ބަންދުގެ މުއްދަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް ދައުލަތުން މުރާޖަޢާ ނުކުރާ މައްސަލަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) އިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗް.އާރު.ސީ.އެމް.) އަށް ހުށަހަޅައިފިއެވެ. އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި އެމައްސަލަ އެޗްއާރުސީއެމަށް ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ މީހުން ގެ ބަންދުގެ މުއްދަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ބުނާ […]
މުޙައްމަދު އަފްރާޙް
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) މިއަދު އައްޔަންކޮށްފި އެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ސައީދު، އެސްޓީއޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ މިއަދުއެވެ. އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ސައީދު ވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ކެބިނެޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވުމަށްފަހު، 2011 ވަނަ އަހ...
މުޙައްމަދު އަފްރާޙް
އެކައުންޓެންޓް ޖެނެރަލްގެ މަގާމު އުފައްދަވައި، އެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފިއެވެ. ދައުލަތުގެ މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އުފައްދާފައިވާ މި މަގާމަށް އައްޔަން ކޮށްފައިވަނީ މުހައްމަދު އަޒާދު އެވެ. ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 44 ވަނަ މާއްދާއަށް ގެނައި އިސްލާހާއެކު އެ މާއްދާގައި ވަނީ ދައުލަތުގެ ފައިސާއާއި ހިސާބުގެ އިތުރުން ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް ބެލެހައްޓުމަށާއި ހިންގުމަށް ފިނޭންސް މިނިސްޓްރީގައި އެކައުންޓަންޓް ޖެނެރަލް އެއް ހުންނަން ވާނެ ކަމަށެވެ. އިސްލާހު ގެނައު...
މުޙައްމަދު އަފްރާޙް
މާލެ ސަރަޙައްދުން ދޫކުރާ ގޯއްޗަށް އެދި ކުރިމަތިލާފައިވާ މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަަށްދާ ކަމަށާއި އެ މަސައްކަތް ނިންމައި، ރިޕޯޓް ކުރެވޭނީ މެއި ނުވަތަ ޖޫންގެ ކުރީކޮޅު ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މާލޭގެ މީހުންނަށް ދޫކުރާ ގޯއްޗާއި ބެހޭގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ކުރެއްވި، ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަސްލަމް ވިދާޅުވީ އެ މަސައްކަތް ހިނގާ ގޮތް ކޮންމެ ދުވަހަކު ނުބަލާ ކަމަށާއި އެހެންނަ...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ މައްސަލަ ބަލައިގަނެ ރަޖިސްޓްރީ ކޮށްފައިވާ މިއަދު ހައި ކޯޓުން […]
ހުސައިން ހަބީބް
އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ދަނީ ރަނގަޅު ސްޕީޑްގައި ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަސްލަމް ވިދާޅުވީ އޭގެ ތެރެއިން ބައެއް ޔުނިޓްތަކުގެ ކޮންކްރީޓް މަސައްކަތް ނިމި، ފިނިޝިން މަސައްކަތްތައް ވެސް ފަށާފައިވާ ކަމަށެވެ. ހުޅުމާލޭގައި އަޅާ ހައުސިން އ...
މުޙައްމަދު އަފްރާޙް
ޕްރޮގްރެސިވް ކޯލިޝަނަކުން އެހެން އެއްވެސް ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނެ ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރުމަށް ނިންމައި، އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ދައުވަތު ދިނުމަށް ނިންމާފައިވާކަމަށް އަޑު ފެތުރުމާއި ގުޅިގެންނެވެ. ޖޭޕީގެ ލީޑަރ އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ގާސިމް އިބްރާހިމް އާއެކު ކޯލިޝަން ހެދުމަށް ދައުވަތު ޕީޕީއެމް/ޕީއެ...
މުޙައްމަދު އަފްރާޙް
ކ. ހުރާގައި މިހާރު ކުރިއަށްދާ އެމް.އޭ.ކަޕް 1444 ވޮލީ މުބާރާތުގައި ރޭ ކުޅުނު މެޗު ފަސޭހަކަމާއެކު ޓީމް ތަންޑަރ ބޯލްޓް (ހުރާ) އިން ކާމިޔާބުކޮށްފިއެވެ. އެ ޓީމުން މި މެޗު ކާމިޔާބުކުރީ ހިންމަފުށި ސްޕޯޓްސް އާ ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ. އެއީ 22/25 ،14/25 ،14/25 އިންނެވެ. މި މެޗުގައި ލަންކާގެ ޖޫނިއަރ ގައުމީ ޓީމުގެ ކުޅުންތެރިޔާ ޓީމް ތަންޑަރ ބޯލްޓުގެ ޕަތުން ދިލްޝާން، އަބްދުﷲ ހަސަން (ޔަންމާ) އަދި ރާއްޖޭގެ ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ […]
މުޙައްމަދު އަފްރާޙް
މައްސަލަ ގަނޑަކަށްފަހު ށ. އަތޮޅު ކައުންސިލަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ. މި މަގާމަށް ހަމަޖައްސާފައިވަނީ ށ. ފުނަދޫ، ތަރި މުހައްމަދު ހަސަން އެވެ. މިކަމާއި ގުޅިގެން ށ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަދި ށ. ފޭދޫ ކައުންސިލުގެ ރައީސް އަގްމަދު ރައިޝަމް ‘ތިލަދުން’ އަށް ވިދާޅުވީ އެސްޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވުނީ ވަރަށް މަސައްކަތުން ކަމަށާއި ސިވިލް ސާވިސް ކޮމިޝަންގެ އުނދަގޫތައް ވެސް ކުރިމަތިވި ކަމަށެވެ. އޭނާ ވިދާޅުވީ […]
މުޙައްމަދު އަފްރާޙް
އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބް ރައީސް ޑރ. އަހުމަދު އާސިމް ވެސް ރައީސް ސާލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ. އެކަން ހާމަކުރައްވާ، އާސިމް ކުރައްވާފައިވާ ޓްވީޓުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ޒަޢާމަތުގައި ރާއްޖެއަށް ގެނެސްދެއްވާފއިވާ ތަރައްޤީ އާއި ކުރިއެރުމާއި ޢިޖުތިމާޢީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ކުރަން ނިންމައިފި ކަމަށެވެ. އާސިމަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި ސަރުކާރުގައި ހުންނެވ...
މުޙައްމަދު އަފްރާޙް
އުރީދޫ މޯލްޑިވްސްއިން ބާއްވާ ފަން ރަން މިފަހަރު ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އުރީދޫއިން އިއްޔެ ބުނީ ފަން ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. މި ފަން ރަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް http://ore.do/funrunkit މެދުވެރިކޮށް ރަޖިސްޓްރީވެވޭނެ ކަމަށެވެ. ފަން ރަންގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ފަން ރަން އަކީ އުމުރުން ހަ އަހަރުން މަތީގ...
އަޙްމަދު ވަހީދު
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލް ކުދިންނަށް ހާއްސަ ދަތުރުތަކެއް ބާއްވަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެ ކުންފުނިން ބުނީ ރޯދަ މަސް ނިމެންދެން މިހާރު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު އާރު 7 އަދި އާރު 8 ރޫޓުގައި ސްކޫލް ކުދިންނަށް ހާއްސަ ކުރެވިފައިވާ ބަހެއް އޮންނާނެ ކަމަށެވެ. އެ ބަސް ދަތުރު ފަށާނީ ހެނދުނު 8:05 ގައި ކަމަށާއި 7:50 އިން ފެށިގެން ހިޔާ ފްލެޓް ސްޓޮޕް […]
އަޙްމަދު ވަހީދު
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން ކޮންމެ އަހަރެއްގެ ރޯދަމަހާއި ގުޅިގެން ކުރިއަށް ގެންދާ ދީނީ މަޢުލޫމާތު ހިމެނޭ ފޮތް ބެހުމުގެ ޕްރޮގްރާމްގެ ދަށުން މި އަހަރު އެ ރަށު ކޮންމެ ގެޔަކަށް މުސްހަފެއް ހަދިޔާ ކޮށްފިއެވެ. އެހަވަންދޫ ކައުންސިލުގެ މުވައްޒަފުންނާއި ކައުންސިލުގެ މެމްބަރުން ނުކުމެ އިއްޔެ ވަނީ އެ ރަށުގެ 450 ގެ އަށް މުސްހަފް ހަދިޔާ ކޮށްފައެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހް […]
އިބްރާހިމް ޚަލީލް
މިސަރުކާން މަސްތުވާތަކެއްޗާއި ދެކޮޅަށް ފުރަތަމަ ދުވަހުން ފެށިގެން އަޅަމުންދާ ފިޔަވަޅުތަކަށް ހެޔޮ ބަދަލުތަކެއް ފެންނަކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ ގޮތް ހެދުމަށް ގޮވާލައި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. ޝިފާއު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އެތައް އަހަރެއްވީ ބޮޑު މައްސަލައަކަށްވާއިރު،...
މުޙައްމަދު އަފްރާޙް
ކ. ހުރާގައި 9 ޓީމާއެކު ހުރާގައި “އެމްއޭ ކަޕް” ވޮލީ މުބާރާތް ފަށައިފިއެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މައުސޫމް އަބުދުލްޣަފޫރު (މާސޭ) އާއި ހުރާގައި ގިނަ ކުޅިވަރުތަކެއް އިންތިޒާމް ކުރައްވާ ފަރާތެއްކަމުގައިވާ އަހުމަދު އަޔާޒުގެ އިސްނެގުމަކަށް މި މުބާރާތް ބާއްވާ މިއީ ހަތަރު ވަނަ ފަހަރެވެ. މިއަހަރުގެ މިބާރާތުގައި ހުރާގެ ޓީމުތަކުގެ އިތުރުން ތުލުސްދޫ، ހިންމަފުށިން ވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން ހުރާއިން ފިރިހެން ތިން ޓީމާއި އަންހެން ދެޓީމު ވާދަ ކުރާއިރު، ތުލުސްދޫ އަދި […]
މުޙައްމަދު އަފްރާޙް
ހދ. ކުނބުރުދޫ ގައި ގާއިމުކުރާ ކުނި ޖަމާކުރާ ޝެޑް އަދި އެކްސަސް ރޭމްޕް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިޖް ބުނި ގޮތިގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ޝިޕްމެންޓް މިހާރު ވަނީ ސައިޓަށް ގެންދެވިފައެވެ. މި މަޝްރޫއުގައި ހިމެނޭ ކުނި ޖަމާކުރާ ޝެޑް އެޅުމުގެ މަސައްކަތް މިހާރު ވަނީ 75 އިންސައްތަ ފުރިހަމަކުރެވިފައެވެ. މީގެ އިތުރުން، ސައިޓުގައި […]
އަޙްމަދު ވަހީދު