ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ވެފައިވާ އެއްވެސް ވައުދެއް ނުފުއްދޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓު، ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެޔާޑް މުހައްމަދު ނާޒިމް ވިދޅާުވެއްޖެއެވެ. ނާޒިމް މިފަދައިން ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނޭ ގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ. މި ގަރާރ...
މުޙައްމަދު އަފްރާޙް
ޖޫރިމަނާ ނުދައްކާ ކުށްވެރިންގެ އަތުން ފައިސާ ހޯދަން ދައުވާކުރަން ފަށައިފި އެވެ. ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ސާބިތުވާ މައްސަލަތަކުގައި ޖަލަށްލުމުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ކަނޑައެޅެ އެވެ. ގިނަ މީހުން ހުކުމާ އެއްގޮތަށް ޖޫރިމަނާ ނުދައްކަ އެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ދަނީ އެފަދަ ޖޫރިމަނާ ނުދައްކާ މީހުން އަތުން އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ފައިސާ ދައްކަން ސިވިލް ކޯޓުން މިހާރު ހުކުމް ކޮށްފައިވެ […]
ހުސައިން ހަބީބް
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީ އިން ވާދަކުރާނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ޖޭޕީގެ ކައުންސިލުން ފާސްކޮށްފިއެވެ. އެ ކައުންސިލުން މިގޮތަށް ފާސްކުރީ މިއަދުއެވެ. ޖޭޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ފަރާތެއް ހޮވުމަށް، ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވައިލުމުން އެކަމަށް ކުރިމަތިލައްވާފައި ވަނީ ވެސް ގާސިމް ގިނިކަންޏާއެވެ. ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާނީ ގާސިމް ކަމަށާއި އެމަނިކުފާނު ކެންޑިޑޭޓު ކަމަށް...
މުޙައްމަދު އަފްރާޙް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް ސިޔާސީގޮތުން ކުރިމަތިވެވަޑައިގެން ކަންކަމަކީ އަމިއްލަ އެދުމާހުރެ ކުރިމަތިވެވަޑައިގަތްކަންކަން ކަމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ. ރާޝިދު މިހެން ވިދާޅުވީ، ‘’ހަސަން ކުރުސީ’’ ނަމުގައި ޓްވީޓާގައި ހަރަކާތްތެރިވާ މީހަކު ކުރި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. ’’ހަސަން ކުރުސީ’’ އަކީ ރައީސް ނަޝީދު ކަމަށް ނުވަތަ ރައީސް ނަޝީދާއި ގާތްގުޅުމެއް އޮންނަ މީހެއްކަމަށް ބައ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކޮށްފިއެވެ. އަލީ ހަމީދަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލިސްއަށް އިންތިޚާބުވެފައިވާ ބޭފުޅެކެވެ. އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރެއްވީ، ރައީސް އިބްރާޙީމް މުޙައްމަދުގެ ހާޟިރުގައި ރިޔާސީ ގަނޑުވަރު މުލިއާގޭގައެވެ. އަލީ ހަމީދު ޖޭޕީ ދޫކޮށްލުމުން ޖޭޕީގެ ޕާލަމެންޓަރީ ގްރޫޕްގައި ދެން ތިއްބަވާނީ އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމާއި، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިނެވެ....
ޔުމްނާ ޢަލީ
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރާ މަސައްކަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝިދު މިހެން ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި އުވާލުމާއި ރެގިއުލޭޓްކޮށް މޮނިޓަރ ކުރެވޭނެ ގާނޫނެއް އެކުލަވާލުމަށް އެދި ސަރުކާރަށް ގޮވާލައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވާހަކަދައްކަވަމުންނެވެ. މަޖިލިސް ރައީސް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނ...
މުޙައްމަދު އަފްރާޙް
އިންޓަރނޭޝަނަލް ހޭންޑްބޯލް ކޯޗިންގ ކޯހުގައި ބައިވެރިވުމަށް ހައިޝަމް އަބްދުﷲ ހަންގޭރީއަށް ފުރައިފިއެވެ. އޭނާ މި ކޯހަށް ފުރާފައިވަނީ އިއްޔެއެވެ. މިއީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ހޯދައިދިން ފުރުސަތެކެވެ. މި ކޯސް އޮންނާނީ މިއަދުން ފެށިގެން ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހަންގޭރީގެ ބުޑަޕެސްޓުގައެވެ. ހޭންޑްބޯލް މޯލްޑިވްސް އިން ބުނީ ހަންގޭރީގެ ޔުނިވަރސިޓީ އޮފް ސްޕޯޓްސް ސައިންސްގައި ކުރިއަށްދާ މި ކޯހުގައި ކޯޗިންގގެ ބޭސިކުން ފެށިގެން ސްޕޯޓްސް ސައިންސާއި ގުޅޭ ގިނަ ކަންތައްތަކެއް ދަސްކޮށްދޭނެ ކަމަ...
މުޙައްމަދު އަފްރާޙް
ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ވަލަޑޮލިޑް ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމް މޮޅުވެފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. ރޭގެ މެޗުގައި ރެއާލްގެ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ވަނީ އަށް މިނެޓްތަރޭ ހެޓްރިކް ހަދާފައެވެ. މިއީ 1992 ވަނަ އަހަރު އެސްޕަނިޔޯލް އަތުން 7-0 އިން ރެއާލް މޮޅުވި މެޗުގައި އެ ޓީމްގެ ފެނާންޑޯ […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ، ވަރުބަލިކަމެއް ނެތި ޚިދުމަތުގައި ހުންނާނެ ކަމަށް އެދާއިރާގެ ގޮނޑިއަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރައްވާ ކެންޑިޑޭޓް އަލީ އަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެމްއެންޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަރީފް ވިދާޅުވީ އޭނާއަކީ މި ދާއިރާއަށް އައްޔަންކުރާނެ އެންމެހީވާގި، އެންމެކެރޭ، އެންމެމުރާލި އަދި އެންމެގާތުން މަސައްކ...
މުޙައްމަދު އަފްރާޙް
މޫނު ބުރުގާގެ މައްސަލައިގާ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މިއީ އެ ސްކޫލްގެ ޔުނީފޯމް ކޯޑާ ހިލާފަށް ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަން އެގޮތަށް ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން، މިނިސްޓްރީއާ ދެކޮޅަށް އެ ސްކޫލްގެ ބެލެނިވެރިން ހުށަހެޅި މައްސަލައެކެވެ. އަރަބިއްޔާ ބެލެނިވެރިންގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅި ރެހެންދި ޗޭމްބާސް ލޯފާމުގެ ފަރާތުންނެވެ. ރެހެންދި ޗެމްބާސް ލޯފާމުން ނެރުނު ނޫސްބަޔާނުގައި ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފަ...
މުޙައްމަދު އަފްރާޙް
ހުޅުމާލެ ފޭސް 2 ގައި ދެ އެކްސިޑެންޓެއް، އެކަކު ނިޔާވެ، އަނެކަކުގެ ހާލު ސީރިއަސް ވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލެ ފޭސް 2 ގެ އެމްޕީއެލް ފްލެޓު ކައިރީ ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:56 ހާއިރު ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި 59 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް […]
މުޙައްމަދު އަފްރާޙް
މީގެ ހަތްމަހެއްހާ ދުވަސް ކުރިން އޭރު ޗެލްސީގެ ކޯޗުކަމުގައި ހުރި ތޯމަސް ޓުޗެލް ވަކިކުރުމަށް ފަހު އެ ޓީމްގެ ކޯޗްގެ މަގާމަށް ހަމަޖެއްސި ގްރަހަމް ޕޯޓާއާއިއެކު ނަތީޖާ ނުނެރެވި އެންމެ ފަހުން އޭނާ އެ މަގާމުން ވަކިކުރަން ޗެލްސީން ނިންމައިފިއެވެ. މި ސީޒަން ޗެލްސީ ފަށާފައި ވަނީ ޓުޗެލްގެ އިރުޝާދުގެ ދަށުންނެވެ. ނަމަވެސް ޗެލްސީގެ ވެރިޔާ އެމެރިކާގެ މަހުޖަނު، ޓޮޑް ބޯލީ ވަނީ އޭނާ އެ ކުލަބް ގަތްތާ ތިން މަސްދުވަސް ފަހުން ޓުޗެލް އެ ޓީމްގެ […]
އިބްރާހިމް ޚަލީލް
އެއްވެސް ގެއްލުމެއް ނުވާނެ ވިޔަފާރިއެއް އޮވެދާނެ ބާއޭ ކޮންމެ ކިޔުންތެރިއެއްގެ ހިތަށް ވެސް އަރައިފާނެއެވެ. ވިޔަފާރީގެ އަސާސީ ޤަވާޢިދަކީ ފައިދާއާއި ގެއްލުން ވެސް އޭގައި ހިމެނުމެވެ. އާންމުކޮށް ފައިދާ ވިޔަސް މަދު ފަހަރެއްގައި ނަމަވެސް ވިޔަފާރިއަކުން ވިއްޔާ ގެއްލުންވާނޭ ކަން ކޮންމެ މީހަކު ވެސް ޤަބޫލު ކުރާނެއެވެ. އެކަމަކު މި ފަހަރު މި އޮތީ އެއްވެސް ގެއްލުމެއް ނުވާނޭ ވިޔަފާރިއެއްގެ ވާހަކައެވެ. ވިޔަފާރިއަކީ ދެ އެއްޗެއް ނުވަތަ ދެ މުދަލެއް ދެފަރާތެއްގެ ރުހުމާ އެކު އެއް ފަރާތުން […]
އައްޝައިޚް މުޙައްމަދު އަފްޟަލް
އުރީދޫ މޯލްޑިވްސް އިން ރަމަޟާން މަހަށް ހާއްސަކޮށްގެން ބާއްވާ އުރީދޫ ބޮކި ބޯޅަ މުބާރާތުގައު ބައިވެރިވާން ރެޖިސްޓަރވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕަ ފުޓްބޯޅައެވެ. މި މުބާރާތް އިންތިޒާމްކޮށްފާވަނީ އުރީދޫގެ ބްރޭންޑް އެމްބަސަޑަރު މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއި އެކުގައެވެ. ބަމްޕަ ފުޓުބޯޅައިގެ މަޖާ ތަޖުރިބާކުރުމުގެ ފުރުސަތު ހޯދުމަށް ކުންފުނިތަކަށް މިހާރު އުރީދޫ...
އަޙްމަދު ވަހީދު
ހއ. އިހަވަންދޫ މަގުތައް ތަރައްގީ ކުރުމަށް ޕްލޭނިން މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިންގ މިނިސްޓްރީގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއެފްއޯ ޔާސިރު ހަސަނެވެ. މި މަޝްރޫއުގެ ދަށުން އިހަވަންދޫގެ 6.9 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަގުތ...
އަޙްމަދު ވަހީދު
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނިން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރުމުން ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން އަންގާފައިވާތީ އެ ފައިސާ ދެ ހަފުތާ ތެރޭގައި ދައްކަން މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން ހުކުމްކުރި […]
ހުސައިން ހަބީބް
ރާއްޖޭގެ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް ޗައިނާއިން ވަރަށް ބޮޑަށް އެހީތެރިވެދެއްވާފައިވާކަން ފާހަގަ ކުރައްވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ވައިސް ޗެއަރމަން، ޑެންގ ބޮކިންގ މިއަދު ނައިބު ރައީސްގެ އަރިއަހަށް ކުރެއްވި ޒިޔާރަތުގެތެރެއިން، އޭނާ އާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް އޮފީހުން ހާމަކުރައްވާ ގޮތުގައި އެ ދެބޭފުޅުންގެ މިބައްދަލުކުރެއްވު...
ޔުމްނާ ޢަލީ
ޔޫތު މިނިސްޓްރީގެ ބިމެއްގައި ހުރި ގުދަނެއްގެ ތަޅު ހަލާކުކޮށްލައިގެން މާލޭ ސިޓީ ކައުންސިލުން ވަން ގުދަނަކީ ޔޫތް މިނިސްޓްރީއާއި ހަވާލުކޮށްފައިވާ ތަނެއްކަން ސާފުކޮށް އެނގޭކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޔޫތު މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ 355 ނަންބަރު ކޮށްޓަކީ ކުޅިވަރު ބޭނުމަށް ދޫކޮށްފައިވާ ބިމެއް ކަމަށް ކަނޑައަޅާ މެއި 15، 2019 ވަނަ އަހަރު ދޫކޮށްފައިވާ ބިމެއް ކަމަށެވެ. އަދި އެ ލިޔުން ދޫކޮށްފައި ވަނީ ޕްލޭނިންގ މިނިސްޓްރީން ކަމަށެވެ. އެ ބިމުގެ ޑިވެލޮޕްމަންޓް […]
މުޙައްމަދު އަފްރާޙް