ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު، މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒަށް އިންޒާރު ދެއްވައިފިއެވެ. ނަޝީދު، ޢަލީ ނިޔާޒަށް އިންޒާރު ދެއްވާ މަންޒަރު ފެންނަ ވީޑިއޯއެއް މަޖިލީހުގެ މެންބަރަކު މި ނޫހާއި މިއަދު ހިއްސާކޮށްފައިވާއިރު ވީޑިއޯއިން ފެންނަ ގޮތުގައި އެކަން ހިނގާފައި ވަނީ ރައްޔިތުންގެ މަޖިލިސްގެ ކުޑަދޮށުގައެވެ. ވީޑިއޯއިން ފެންނަނީ ނަޝީދު، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބުދުލްމުޣުނީގެ ފަހަތްޕުޅުން ވަޑައިގަންނަވަނިކޮށެވެ. މުޣުނީ ވަޑައިގަތީ ހުޅުމާލެ ދާއިރާގެ މެންބަރު...
ޔުމްނާ ޢަލީ
ދަ ޑިމޮކްރެޓިކްސްއަށް ވަންނަ މެމްބަރުންނަށް ބިރުދައްކާ ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ދަ ޑިމޮކްރޭޓްސް ގެ މުއައްސިސް ހަސަލް ލަތީފުއެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގާ ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތު ސަރުކާރުން “ވަގަށް ހޯދައި” އެ މައުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީހުންނަށް ގުޅައި، ބިރު ދައްކަމުންދާ ކަމަށެވެ. އެގޮތުން ސްޓޫޑެންޓް ލޯނާއި ގޯތި...
މުޙައްމަދު އަފްރާޙް
އަމާޒަކީ ރާއްޖެއަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކުރާ ޤައުމަކަށް ހެދުންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރޭ އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީވެސް ޕްލާސްޓިކް ޕޮލިއުޝަނަށް ޙައްލު ހޯދުމާ ގުޅޭ ޝިޢާރެއް ކަމަށެވެ. އަދި ސިންގަލް ޔޫސްޑް ޕްލާސްޓިކްގެ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއިގުޅޭ، ” ނަދާ! އަހަންނަކީ ބަލި މީހެއް!” އަސަރާއެކު ޒައިން އެހެން ބުނެލުމާއެކު ނަދާއަށް ހައިރާންވެފައި ހުރެވުނީއެވެ. ” ތިބުނީ؟ ” ނަދާގެ ސުވާލުކޮށްލިއެވެ. އެއާއިއެކު ޒައިން އިށީނދެލީ ކާމޭޒު ކައިރީގައި ހުރި ގޮނޑިއެއްގައެވެ. އަދި ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަނެއްކާވެސް އޭނާ ނަދާއަށް ބަލައިލިއެވެ. ” އަހަންނަކީ ނަފްސާނީ ބައްޔަށް ބޭސް ކާ މީހެއް.. ” ޒައިން މަޑުމަޑުން އެހެން ބުނުމާއެކު ނަދާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. ” މިހާ ޅަ […]
ސަލާމާ ޢަބްދުލް ޢަލީމް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި ނޮޅިވަރަމް ކުލަބް ހުވާސް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ކޮރަލްސް އިން ފެށުން ރަނގަޅު ކޮށްފިއެވެ. ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ހުވާސް އާއި ކޮރަލްސް ބައްދަލުކުރި މެޗު، ކޮރަލްސް އިން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ކޮރަލްސް އެވެ. މި ލަނޑަކީ މެޗުގެ 10 […]
އިބްރާހިމް ޚަލީލް
މުޅި ދުނިޔެއަށް ވެސް އަދި ދިވެހި ރާއްޖެއަށް ވެސް ތިމާވެށީގެ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ޕްލާސްޓިކްގެ އުފެއްދުންތަކުން ތިމާވެށްޓަށް ލިބޭ ތަޣައްޔަރުވުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވާ ގޮތުގައި އިންސާނުން ދިރިއުޅެމުން އަންނަ ބިމުގެ ޤުދުރަތީ ސިފަތަކަށާއި އޭގެ މާޙައުލީ ނިޒާމަށް، އިންސާނީ ތާރީޚުގައި ވެސް ނުލިބޭ ފަދަ ގެ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހްމަދު ސަލީމު (ރެޑްވޭވް ސަލީމު) ގެ އަމަލަކީ އަންހެން ބޭފުޅުންނަށް އިހުތިރާމުކުޑަ ކުރުމުގެ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. އެ އޮފީހުން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ 8 ވަނަ ޖަލްސާ އަށް ބަންޑާރަނައިބުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އަންހެން ދެ ވަކީލުންގެ ގާބިލުކަމާއިމެދު ސުވާލު އުފައްދައި، އެބޭފުޅުންގެ ޖިންސަށް ނިސްބަތްކޮށް ފުރައްސާރައަ...
މުޙައްމަދު އަފްރާޙް
ބަންޑާރަނައިބު އިބްރާޙީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ރައީސް މިއަދު ކުރިޔަށް ގެންގޮސްފައިވަނީ މަޖިލިސް ގަވާއިދާ ޚިލާފަށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީގެ ފަރާތުން ވާހަކަ ދައްކަވަމުން، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ ޝަފީގު ވިދާޅުވީ ނަޝީދު، މަޖިލީހުގެ ތަޅުން (މަޖިލިސް ފްލޯ) މިއަދު ކުރިޔަށް ގެންދަވަން މަސައްކަތް ކުރައްވާފައިވަނީ ސުވާލާއި ޖަވާބު...
މުޙައްމަދު އަފްރާޙް
ފެނަކަ ކޯޕަރޭޝަންގެ މިހާރުގެ މެނޭޖްމަންޓުން އެ ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ބިރެއް ނުދައްކާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ފެނަކައިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިހާރަކަށް އައިސް، ބައެއް ނޫސްތަކުން ފެނަކައިގެ ނަން ބޭނުންކޮށް، އެއްވެސް އަސާސެއް ނެތް ޚިޔާލީ ވާހަކަތައް އުފައްދައި ޝާއިއު ކުރަނީ އެ ކުންފުންޏަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ މަގުބޫލު ބްރޭންޑަކަށް ވުމުން، އެކަމުގެ ފައިދާ ނަގައި ނޫސް ކިޔުންތެރިން އިތުރުކުރުމުގެ ހީލަތްތެރި އުކުޅެއްގެ ގޮތުގައިކަމަށެވެ. އެހެންވެ، އެކަމަށް ސ...
އަޙްމަދު ވަހީދު
ރެއާލް މެޑްރިޑްގެ ޖޯޒީގައި 14 އަހަރު ކުޅުމަށް ފަހު މި ސީޒަން ނިމުމުން ރެއާލް ދޫކޮށްލަން ނިންމާފައިވާ ކަރީމް ބެމްޒެމާ ނެތްތަން އަންނަ ސީޒަންގައި ފޫބައްދަން ރެއާލުން އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިއަކީ ޓޮޓެންހަމް އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ހެރީ ކޭން ކަމުގައި މީޑީއާ ރިޕޯޓްތައް ބުނެފިއެވެ. އުމުރުން 29 އަހަރުގެ ކޭން ޓޮޓެންހަމްއާއިއެކު ހަދާފައިވާ ކޮންޓްރެކްޓުގައި އަދި ބާކީ އެއް އަހަރު އެބައޮތެވެ. އެކި ފަހަރުމަތިން ޔޫރަޕްގެ ބޮޑެތި ޓީމްތަކުން ކޭން ހޯދުމަށް […]
އިބްރާހިމް ޚަލީލް
ޕާކިސްތާނުން އައި މީހެއްގެ ލަގެޖުން 10 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ އޭނާގެ ލަގެޖުން 10.14 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އަދި އެއީ ވައިގެ މަގުން ރާއްޖެ އައި މީހެއް ކަމަށް ވެސް ބުނެއެވެ. މިތަކެތި އަތުލައިގަނެފައިވަނީ، މިއަދު ކަމަށާއި އެއީ ޕާކިސްތާންގެ ފައިސަލް އާބާދުންް ރާއްޖެ އައި އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ. ކަސްޓަމްސް އިން ބުނީ އެ ފަސިންޖަރަކާއި މެދު […]
މުޙައްމަދު އަފްރާޙް
ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްޑަބްލިއުއެސްސީގެ “ނަލަ ވެށި” ކެމްޕޭންގެ ދަށުން ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ. އެ ކުންފުނީގެ އޮޕަރޭޝަންތައް ހިނގަމުންދާ މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި މި ހާއްސަ ހަރަކާތްތައް ކުރިއަށްދާނެއެވެ. އެގޮތުން، ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި ގަސް އިންދައި ފެހި ކުރުމުގެ ޚާއްސަ ހަރަކާތެއް ހުޅުމާލޭގައި، މިއަދު ހަވީރު ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ހަރަކާތް ފައްޓަވައި ދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އަދި އާބަންކޯގ...
އަޙްމަދު ވަހީދު
ގެދޮރުވެރިންނަށް ހާއްސަކޮށްގެން އެސްޓީއޯ އިން ކުރިއަށްގެންދާ “މަގޭހިޔާ” ޕްރޮމޯޝަން ފަށައިފިއެވެ. މަގޭ ހިޔާ ޕްރޮމޯޝަނަކީ ސަރުކާރު އަދި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ އެކި ހައުސިން މަޝްރޫއުގެ ދަށުން ގެދޮރު ލިބޭ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މިއަހަރުގެ ޕްރޮމޯޝަން ފެށީ މި މަހުގެ އެކެއްގައެވެ. މިދިޔަ ދެ އަހަރުވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ. އެގޮތުން، 15،000ރ. އިން ފެށިގެން 25،000ރ. އާ ދެމެދުގެ މުދަ...
އަޙްމަދު ވަހީދު
ވައްކަމުގެ ތުހުމަތު ކުރެވުނު މީހެއްގެ އަތުން ފުލުހުން އަތުލި 25,000 ރުފިޔާ ހަތް އަހަރު ފަހުން އަނބުރާ އޭނާއާ ހަވާލުކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ. އއ. މަތިވެރީ އިރަމާގޭ, އާދަމް ޝަރީފްގެ އަތުން 25,000 އަށް ވުރެ ގިނަ ރުފިޔާ ހިފައިގެން ދަނިކޮށް މަގުމަތިން އޭނާ ހުއްޓުވައި އެ ފައިސާ ފުލުހުން އަތުލާފައިވަނީ އެލްބިއަން ސްޓޯރުން އޭނާ ވައްކަން ކުރި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގައި އެ މީހާގެ މައްޗަށް ކުރި ވައްކަމުގެ ދައުވާ ސާބިތުނުވާ […]
ހުސައިން ހަބީބް
މޭމަހުގެ 18 ވަނަ ދުވަހާއި ހަމައަށް ދައުލަތައް އާމްދަނީގެ ގޮތުގައި 12.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ފައިބެއަހަރުގެ މިމުއްދަތުގައި އާމްދަނީގެ ގޮތުގައި 10.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއަހަރުގެ މިހައިތަނަށް ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ކަމަށާއި އެގޮތުން މޭ 18 ވަނަ ދުވަހާއި ހަމައަ...
މުޙައްމަދު އަފްރާޙް
ކޯޕަރޭޓް ގަވަނަންސް ދާއިރާގައި ގުޅިގެން މަސައްކަތްކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮޓޯރިޓީ (ސީއެމްޑީއޭ) އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕީސީބީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް އާސިމް މުޙައްމަދެވެ. ސީއެމްޑީއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރ މުޙައްމަދު ހުސައިން މަނިކުއެވެ. ސީއެމްޑީއޭގެ ސީއީއޯ މުޙައްމަދު ހުސައިން މަނިކު ވިދާޅުވީ ޕީސީބީގައި ވެސް...
މުޙައްމަދު އަފްރާޙް
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު އުކުޅަހަށް ވަޑައިގަންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިޢުވާން މުޙައްމަދު ވިދާޅުވީ، ރައީސް މިއަދު މެންދުރުފަހުގެ ވަގުތެއްގައި އއ. އުކުޅަހަށް ރަސްމީ ދަތުފުޅެއް ކުރައްވާނެއެވެ. މި ދަތުރުފުޅަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުކުޅަހުގައި އޮންނަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަސް މި އަހަރު ގައުމީ ފެންވ...
ޔުމްނާ ޢަލީ
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސެމިނާއެއް މިއަދު ބާއްވައިފިއެވެ. ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ވަނީ ސެމިނާއެއް ބާއްވާފައެވެ. ”ޕްލާސްޓިކް ކުންޏަށް ހައްލެއް ގެންނަމާ!” މި ޝިޔާރުގެ ދަށުން ކުރިޔަށް ގެންދިޔަ މި ސެމިނާގައި ޕްލާސްޓިކް ކުނި މަދުކުރުމުގެ މަސައްކަތުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވަމުންދާ ތިން ތަޖުރިބާކާރުން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވިކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ...
ޔުމްނާ ޢަލީ