ރާއްޖޭގެ ކުރިމަގާއި ވެށީގެ ހިމާޔަތަށްޓަކައި ގައުމުގެ ސިޔާސަތުތައް އެކަށައަޅާއިރު ފަރުވާތެރިވާންޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވާހައިގުޅިގެން ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވަމުންނެވެ. ނާޒިމް ވިދާޅުވީ، ދިވެހިރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ދެތަނބު ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަން ބިނާބެފައިވަނީ ކަނޑު...
ޔުމްނާ ޢަލީ
މިއަދަކީ ރައްޔިތުންގެމަޖިލީހުގެ ތާރީޚުގައި ލަދުވެތިދުވަހެއް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް މިއަދު ރިފްއަތުގެ އަރިހުގައި މަޖިލީހަށް ވަޑައިގަތް ބަންޑާރަނައިބު އޮފީހުގެ ދެ ވެރިންކަމަށްވާ، ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީން އާއި ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް) އަނގަބަ...
ޔުމްނާ ޢަލީ
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ. ރައީސްގެ އައްޑޫ ދަތުރުފުޅުގައި، އެ ސިޓީގައި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫޢުތަކެއް ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު އާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢު ހިމެނެއެވެ. އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު ފައްޓަވައި ދެއްވުމަށްފަހު އެ މަޝްރޫޢުއާއި ގުޅޭގޮތުން ރައީސް ވިދާޅުވެފައި ވަނީ، އެއީ އައްޑޫ ސިޓީއަކީ ދ...
ޔުމްނާ ޢަލީ
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މޮރިޝަސްއަށް ފޮނުއްވިކަމަށް ބުނާ ސިޓީފުޅަކީ ދެކުނުގެ އީޒެޑްގެ މައްސަލައިގެ މައުޟޫއާއި އެއްވެސް ގުޅުމެއް ނެތް ސިޓީފުޅެއް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ. ބަންޑާރަ ނައިބު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހެޅިފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުން ފުށުއަރާ ބައި “އިކުއި ޑިސްޓޭންސް”ގެ އުސޫލުން ބެހުމަށް އި...
މުޙައްމަދު އަފްރާޙް
ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ބާއްވާ “މޯލްޑިވްސް – ސްރީލަންކާ ޖޮއިންޓް ކޮމިޝަން”ގެ 4 ވަނަ ސެޝަން މާދަމާ ފެށުމަށް ނިންމައިފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ މި ސެޝަން ކުރިއަށްދާނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި މި ޖޫން މަހުގެ 6 އަދި 7 ގައި ކަމަށެވެ. މިޖޮއިންޓް ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު އާއި ސްރީލަންކާގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލަންސީ އެމް.ޔޫ.އެމް. އަލީ […]
މުޙައްމަދު އަފްރާޙް
ހދ. ހަނިމާދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މިކަމާއި ގުޅިގެން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން އެކައުންސިލުގެ އެގްޒެކެޓިވް އިބްރާހިމް އަލީ ވިދާޅުވީ އަމާޒަކީ އެއްއަހަރުގެ ތެރޭގައި 1000 ގަސް އިންދުން ކަމަށެވެ. މި ޕްރޮގްރާމް މިއަދު ހެނދުނު ފައްޓަވައިދެއްވީ ކައުންސިލުގެ ރައީސް އަބްދުއްސައްތާރު ހަސަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިއަދުގެ ރަސްމިއްޔާތުގައި އެރަށުގައި ހުރި ސަރުކާރުގެ ވުޒާރާތަކާއި ސްކޫލު، އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އިބް...
މުޙައްމަދު އަފްރާޙް
އާބަންކޯ އާއި ހަވާލުކުރި ހިންމަފުށީގައި ޖަލުގެ މަސައްކަތް ނިމިއްޖެއެވެ. މިކަން ހާމަކޮށް އެ ކުންފުނިން ބުނީ މިއީ އާބަންކޯގެ ކޮމިއުނިޓީ ރެޕިޑް ރެސްޕޮންސް (ސީއާރްއާރް) ޓީމުގެ ފަރާތުން ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށެވެ. އަދި މިއީ މާލެ ޖަލު ހުރި ސަރަހައްދުގައި ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް ހަދާތީ، މާލެ ޖަލު އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު ކަމެެއް ކަމަށެވެ. އާބަންކޯ އިން ބުނީ ރައީސް އޮފީހުގެ އެދުމުގެ މަތިން ކުރިއަށް […]
މުޙައްމަދު އަފްރާޙް
ވޭތުވެދިޔަ އަހަރެއްހައި ދުވަހު ކެޕޭސިޓީ ނެތިގެން ނުވަތަ އޯވާލޯޑު ވެގެން ކަރަންޓު ކަނޑައިލާފައި ނުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ގްރޭޓާ މާލޭގެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ޝަރީފް ވިދާޅުވީ މިހާރު ކަރަންޓު ކެނޑި، ޚިދުމަތް ކެނޑޭ މައިގަނޑު ސަބަބަކީ މަގު ހެދުމުގެ މަސައްކަތުގައި ނުވަތަ އެނޫން ވެސް ކޮންމެވެސް މަސައްކަތެއްގެ ސަބަބުން ނެޓްވޯކަށް ނުވަތަ ކޭބ...
މުޙައްމަދު އަފްރާޙް
މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަން ލިބި ޤައުމުތަރައްގީ ވާނެ ފޯމިއުލާއަކީ ރައީސް ޞާލިޙްގެ ސަރުކާރަކަށް ދެވަނަ ދައުރެއް ދީގެން ކަމަށް ހޯމް މިނިސްޓްރު އިމްރާން އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. މިހާރު މިހިންގާ ސަރުކާރުގެ މުހިންމު ބައިވެރިއެއް ކަމަށްވާ އަދާލަތު ޕާޓީ (އޭޕީ) ގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އިމްރާން މިއަދު ވިދާޅުވީ، މުޖުތަމައުގެ މަސްލަހަތާއި، ހަމަޖެހުމާއެކު ފަރުދުންގެ ރައްކާތެރިކަމަށް ކަށަވަރުކުރުމުގެ ގޮތުން ގައުމު ތަރަ...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު މާއްޓޭ ސްޕޯޓްސް އާއި ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުން މާއްޓޭ ސްޕޯޓްސް އިން މޮޅުވާން ދަނިކޮށް މެޗުގެ ފަހު ދިހަމިނެޓްގައި ތިންލަނޑުޖަހައި ނޮޅިވަރަންފަރުން މާއްޓޭ ސްޕޯޓްސް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ފޯރިގަދަ ކުޅުމެއް...
އިބްރާހިމް ޚަލީލް
އައްޑޫ ތަރައްޤީ ނުކޮށް ރާއްޖެ ތަރައްޤީ ކުރުމަކީ ރައީސް ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީ ގަން އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ފައްޔާޟު ވިދާޅުވީ ރާއްޖޭގެ ވެރިކަމާ، 2018 ވަނަ އަހަރު ރައީސް ސާލިހު ހަވާލުވެވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އެންމެބޮޑު ތަސައްވަރެއް އޮތީ އައްޑޫ ސިޓީއަށް ކަމަށާއި ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު...
މުޙައްމަދު އަފްރާޙް
ގްރޭޓާ މާލޭގެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓުގެ މަސައްކަތް ނިންމާލައިފިއެވެ. ހުޅުމާލޭ ބައު އިންޖީނުގޭގައި ގާއިމްކޮށްފައިވާ މި ބެކަޕް ޕަވަރޕްލާންޓްގެ ކެޕޭސިޓީއަކީ 20.2 މެގަވޮޓް އެވެ. ސްޓެލްކޯ އިން ބުނީ މިއީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ ސީދާ ބެއްލެވުމުގެ ދަށުން އެ ކުންފުނީގެ އަތޮޅުތެރޭގައި އަދި ގްރޭޓާ މާލޭގެ އިންޖީނުގެތަކުގެ ތިބި، މި މަސައްކަތައް އެންމެ ގާބިލް މުވައްޒަފުން ހިމަނައިގެން އެކުލަވާލި ޓީމަކުން ކޮށްފައިވާ ބުރަ އަދި އަވަސް މަސައްކަތެއް ކަމަށެވެ. މިއީ ސްޓެލްކޯގެ […...
މުޙައްމަދު އަފްރާޙް
އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން އައިސް އުފައްދާ ޕްލާންޓްތަކެއް 4 ރަށެއްގައި ގާއިމުކުރުމަށް ހަވާލުކޮށްފިއެވެ. ތިމާވެެއްޓާއި ބެހޭ ވުޒާރާ އިން ބުނީ މިއީ ރާއްޖެއިން އިއުލާނުކޮށްފައިވާ ކާރބަން ނެޓް-ޒީރޯ 2023 ގެ ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުން އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން ނ. ލަންދޫ، ތ. ބުރުނީ އެ އަތޮޅު މަޑިފުށި އަދި ވިލުފުށީގައި ކޮމިއުނިޓީ އައިސްޕްލާންޓުތަކެއް ޤާއިމުކޮށްދޭނެ ފަރާތެއް ކަނޑައަޅައި...
މުޙައްމަދު އަފްރާޙް
ދޮށީ އުމުރުގެ މީހުންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތަށް ހެޔޮ ބަދަލު ގެންނަވަން ނިންމަވާފައިވާކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު އައްޑޫ ސިޓީ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ އައްޑޫ ސިޓީ ސްކުއާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ މިރޭގެ ވާހަކަފުޅުގައި ވަނީ އްސަ އެހީއަށް ބޭނުންވާ މީހުންނަށް މިހާރު ދެމުން އަންނަ އިނާޔަތް ބޮޑުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ...
ޔުމްނާ ޢަލީ
ހއ. ހޯރަފުށީ އެއާޕޯޓު ޖެޓީ ހެދުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއު 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މި މަޝްރޫއުގެ ދަށުން، 18,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […]
އަޙްމަދު ވަހީދު
ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫޢު މިއަދު ފަށައިފިއެވެ. އައްޑޫ އަތޮޅު ގަމުގައި މިކަމަށް މިއަދު އޮތް ރަސްމިއްޔާތުގައި މި މަޝްރޫޢު ފައްޓަވައިދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އިންޑިއާގެ މިނިސްޓަ އޮފް ސްޓޭޓް ފޯ އެކްސްޓާނަލް އެފެއާޒް ވީ. މުރަލީދަރަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ބައިވެރިވެވަޑައިގެންނެވި އެވެ. މި މަޝްރޫއުގެ ދަށުން މި އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ޒަމާނީ ކާގޯ ވަސީލަތްތަކާ...
ޔުމްނާ ޢަލީ
ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާލިބޭ ހަލީމަތު ލަމްހާ, މޭރީ މަރުވި ދުވަހު އުޅުނު ގޮތް ހެކިވެރިއަކު ކޯޓުގައި މިއަދު ކިޔައިދީފި އެވެ. އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ލަމްހާ އާއި މާވިންއަކީ ވެސް އޭރު ނަރުހުންނެވެ. މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދިނީ […]
ހުސައިން ހަބީބް
ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތްވެެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދެވަމަ ފިޔަވަހީގެ ދުވާރު ހެދުމުގެ 98 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި ތާރު […]
އަޙްމަދު ވަހީދު